ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އިތުރު ދިވެހިންނަށް އިންޑިއާއަށް ދެވޭނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ދެއްވައިފިއެވެ.

ރާއްޖެއިން ފަރުވާކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް 28 ދިވެހިން އިއްޔެ އިންޑިއާއަށް ގޮސްފައެވެ.

އިތުރު ދިވެހިންނަށް ފަރުވާއަށް އިންޑިއާއަށް ދެވޭނެ ކަމުގެ ޔަގީންކަން ދީފައި ވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއެކު މިއަދު ހަވީރު ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އިންޑިއާއަށް އެތެރެވާ ހުރިހާ ފަރާތްތަކުން ކަރަންޓީންވާން ޖެހޭތީ، ފަރުވާއަށް ދާ ދިވެހިންވެސް ކަރަންޓީން ފުރިހަމަކުރަން ޖެހެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، އިންޑިއާ ސަރުކާރާއެކު އެ މިނިސްޓްރީން ކުރި މަޝްވަރާތަކަށްފަހު ހޮސްޕިޓަލްގެ ވަކި ސަރަހައްދެއްގައި ކަރަންޓީން ވުމުގެ ފުރުސަތު ވަނީ ދިވެހިންނަށް ދީފައުވާ ކަމަށެވެ.

އަދި ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތައް އިންޑިއާއަށް ގެންދިޔުމަށް ލިބުނު ޚާއްސަ ހުއްދައިގެ ދަށުން ބަލި މީހުން އިންޑިއާއަށް ގެންދިޔުމުގެ މަސައްކަތް އާސަންދަ ކުންފުންޏާއި ގުޅިގެން މިނިސްޓްރީން ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރެއްކާ

    އާނ އެބަރަނގަޅުވޭ. ބައިތުލްމާލު އެއްކޮށް އެމީހުންނަށްދީ. މިރާއްޖެއިން އެއްވެސް ބައްޔަކަށް ފަރުވާ ލިބޭނޭ ގޮތްނަހަދާތި. އެއިރުންނެއްނު ނަމްބަރު ވަން އެކުވެރިގައުމަށް އާސަންދަ ފަންޑް އެއްކޮށް ދެވޭނީ. ފުއްޕާތި ތިބެގެން އަދިވެސް. ކަލޭމެން ރުހުނަށް ނުރުހުނަށް މާލޭގައި ހުރި ހޮސްޕިޓަލްތަށްވެސް ޓްރީޓޮޕްވެސް އައްޑޫ ހޮސްޕިޓަލްވެސް ދެންހުރިތަންތަންވެސް ހުންނާންޖެހޭނީ އެތަންތަނަށް ފަރުވާހޯދުމަށްދާ މީހުން އިންޑިޔާއަށް ފޮނުވަން މެމޯލިޔެދޭ ތަންތަނުގެ ގޮތުގައި. އެތަންތަނުގައި އެކްސްރޭ ސީޓީ އެމްއާރުއައި ފަދަ ޒަމާނީ ވަސީލަތްތަށް ހުއްޓަކަށް ވާނެ ހަމަ އެއްވެސް ކަމެއްނޯންނާނެ، ދިވެހިންނަށް މޮޅުވާނެ ސިއްހީ ފަރުވާ ނުލިބުނަކަށް ފިނިކުރި އަރާމު ސާފުތާހިރު އޭސީއާއި އެކު ޒަމާނީ އިމާރާތެއްލިބިފައި މޮޅު އިކުއިޕްމަންޓްސް ހުރެފައި މީރުކޮށް ކެވޭކަހަލަ ރެސްޓޯރެންޓަކާއި އެކު ހަސްފަތާލު ނަމެއްގައި ހުރީމައި. ހީވާކަހަލަ އާސްންދަ އެކައުންޓަކީ އިންޑިޔާ ސަރުކާރުގެ ބެލުމުގެ ދަށުން އޮޕަރޭޓްކުރާ އެކައުންޓެއްހެން.

    6
    1
  2. ނާރު

    ކިތައް މީހުން ނުފޮނުވި ތިއްބާ މަރުވެއްޖެތަ އެންމެ 9 ޕޭޝެންޓުން ފޮނުވުނީ ގޮސް ތިބެން މިޖެހުނީ ފޮތިގަނޑުދަމައިގެން ދާް ކުރާ ޚޜަދައްވުރެ ފޮތިގަނޑުދަށުގަ ނިދަންދާ ޚަރަދު ބޮޑު ތިޔާ ކޮއްދެވެނީ ބޮޑުކަމެއްތާ ޝާހިދު ތިބޭފުޅާ މިތަނަށް އައިސް ނިކަން އެންމެރެއަކު ނިދާލަބަލަ

  3. ޚަރުން

    ޢާނ ގެރި އަކާއި ބަކަރިއެއް ލޮލާ ލޯ ދިމާވެފަ އެތިބީ...#ގެރިކަހީނު#

  4. Anonymous

    2023 ގެ ރިޔާސީ ކެނޑިޑޭޓް އެންބެސެޑަރާ ބައްދަލުކުރިޔޭ
    ލިޔަންވީ....ޖީވަން ޝާހިދު ދަނީ ކޮންމެދުވަހަކު އެކަން
    ޢިންޑިޔާ އާއި ގުޅިގެން ކުރަމުން....މިއީ ވަރަށް ވާހަކަ