އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި ގުޅިގެން ކުރިއަށް ގެންދާ ތަޙްޤީޤުގައި މިރޭ ބައެއް ތަންތަން ފާސްކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވާ އިދާރާތައް ފުލުހުންނަށް އޮޅިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ މީޑިއާ އަށް ފޮނުވި މެސެޖެއްގައި ފުރަތަމަ ވިދާޅުވީ ހަތަރު ތަނެއް ފާސްކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގައި ފުލުހުންގެ އިތުރުން ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި މީރާ އިން ވެސް ބައިވެރިވާ ކަމަށެވެ.

ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އޮޕަރޭޝަންގައި މީރާ އިން ބައިވެރި ނުވާ ކަމަށެވެ.

މީރާ އިން މިއޮޕަރޭޝަންގައި ބައިވެރިވާ ކަމަށް ފުރަތަމަ ބުނެވުނީ އޮޅިގެންނެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަނާއި ގުޅިގެން ފާސްކުރަމުން ގެންދަނީ މާލެ އާއި ހުޅުމާލޭގައި ހުރި ތަންތަން ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އަދި އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވީ 2015 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްގައި ބޮމެއް ގޮއްވާލި ހާދިސާއަށް ފަހުއެވެ. އެމްއެމްޕީއާރްސީ މައްސަލައިގައި އޭރުގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ޙުކުމްތަކެއް އައި ނަމަވެސް ފަހުން މަތީ މަރުހަލާތަކުގެ ކޯޓުތަކުން ވަނީ އެ ޙުކުމްތައް ބާތިލް ކޮށްފައެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ އެމްއެމްޕީއާރްސީގެ މައްސަލަ ތަހްޤީޤުކޮށް، މައްސަލައިގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އެތައް ފަހަރަކު ވައުދުވުމަށް ފަހުއެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ މައްޗަށް އައި ފަސް އަހަރުގެ ޖަލު ޙުކުމް ފިޔަވައި އިތުރު އެހެން އެއްވެސް މީހެއްގެ މައްޗަށް އަދި ޙުކުމެއް އައިސްފައެއް ނުވެއެވެ.

ރައީސް ޞާލިހްގެ ވެރިކަމަށް ދޮޅު އަހަރު ވެގެން ދިޔައިރު އެމްއެމްޕީއާރްސީ މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ލޫޓުވާ

    ރައްޔިތުންގެ މަޖްލިހުގެ 241 ކޮމިޓީން ބައިވެރިނުވޭތޯ. އަދި ބޮޑުވަޒީރު ބައިވެރި ވަޑައިނުގަންނަވާތޯ. ޖެންޑަރ އާއި އިސްލާމިކް މިނިސްޓްރީން ބައިވެރިވާނެކަމަށް ބެލެވޭ. އަނެއްކާ އިރުކޮޅެއްފަހުން އޮޅުން އިސްލާހު ނުކުރިއްޔާ ރަނގަޅު. މިސަރުކާރުގެ ހުރިހާ މުއައްސަސާތައް މިތިބެނީ އޮޅިފަ. ހަމައިންނެއްޓިފަ ހުންނަ ވަގުތުގިނަވަނީ.

    48
    1
  2. ރަބަރޭ

    ސިޔާސީވެ ނިމިއްޖެ “އޮޅިގެން”

    40
  3. މުހައްމަދު?

    މިހާރު ތިތިބަގެން ކުރާނެކަމެ އް ނެތިގެން ތެޅިތެޅި ހުޅުނބުދަނީ..
    ކީ އްކުރާނީ ! ގަމާރުންތަކަކަށް ވެރިކަން ލިބިފާވީ އްޔާ މި އޮތީ...

    51
    1
  4. ސަމި

    މި ސަރުކަރުގެ އޮޅުމުގެ ތެ ރެ އަށް ފުލުހުންވެސް ހިމެނުނީތަ

    46
  5. އަހްމަދު

    ނަޝީދު، ޙަސަންލަތީފް، އިވާ އަދި އީސާ ގެންދިޔާމަ ވާނެ!

    22
    • ޝްރޭ

      އަސްލުވެސް އެވެރިންނަށް ހީވާކަހަލަ ދެން ތިމަންނާމެން ހިފެއްޓޭނެ އެއްވެސް ފަރާތެއް ނެތޭ..

  6. އޮޅުވާލި

    މިސަރުކާރުއައީވެސް އޮޅިގެން މިހާރުއެވާގޮތަކީ އެމީހުން އެހެންމީހުންނައް އޮޅުވާލިއެތި އެމީހުންނައްއޮޅެންފެށީ

    21
  7. ދދދދދދ

    ހުޅުހެންވޭރު ދާއިރާ މެންބަރު ފެންވަރުވާދޭނެ މީހަކު ހޯދަން އިއުލާނު ކުރަންވީ ނޫންތޯ.

    18
  8. ފާތުން

    ކާކީ ސޯޓުބުރިލައިގެންދޭބަލަ ރޭޕް މައްސަލަ ބަލަން. ޙެޔޮތި އެމް.އެމް.ޕީ.އާރ.ސީ މައްސަލަ.ނުބެލިއަސް.

    15
  9. ސަރުކާރު

    މިހާރު ރާއްޖެއަށް އައިސްގެން އުޅޭ ސީޒަން އަކީ އޮޅޭ ސީޒަން ( ސީޒަން އޮޅުންބޮޅުން ) އޮޅޭ ސީޒަން އޮޅޭ

    23
  10. އަދުރެމެޓިކްސް

    ހެޔޮނިޔަތުގައި ބައިވެރިވި މީހުންންނާއި ތަންތަން ޗެކްނުކުރާނެ ދޯ ހަހަހަހަ

    16
  11. ޢަފްލާ

    އަދި ދެފައިވެސް އޮޅޭނެ އޮޅިގެން ނުބައި ގެއެއް ފާސްކުރާނެ މިވަރައް އޮޅޭ ބަޔަކައް ﷲ ގެ ހުކުމް ތައްވެސް އޮޅިފަ

  12. އަޙުމަދު

    މިހާރު މި ސަރުކާރު ބޮޑުތަނުން ފޭލިވެ، ކުރާނެކަމއެއްނެތި، ޚަބަރުހުސްވަނީތަ. ދިމާއަށްފެންނަންހުރި ކުއްތައްނުބަލައި ރޯޔަލްފެމެލީ ފުލލުހުންނާދިމަކުރަނީ ކީއްވެބާ