ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ބިލާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް މިރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ދަނިކޮށް، އެބައްދަލުވުމަށް ވަދެ، ޒުވާނުންތަކެއް ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް ހަމަހިމޭން އިހްތިޖާޖެއް ކޮށްފިއެވެ.

މިއިހްތިޖާޖުގައި ހައެއްކަ ޒުވާނުން ދަނީ ބައިވެރިވަމުންނެވެ. އެމީހުން ތިބީ ރޭޕް ކުރުމާއި ޖިންސީ ގުޅުމާއި ގުޅޭ މައްސަލަތަކުގެ ތަޙްޤީޤު ފުލުހުން ކުރިއަށް ގެންދާ ގޮތުން ހިތްހަމަނުޖެހުން ފާޅުކޮށް ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. ނަމަވެސް އެއްވެސް މީހަކު އަޑުގަދަކޮށް، ބައްދަލުވުމަށް ހުރަސް އަޅާފައެއް ނުވެއެވެ.

އިހްތިޖާޖް ކުރި މީހުން ވަނީ ސުވާލު ކުރަން ލިބުނު ފުރުސަތުގައި ޖިންސީ ގޯނާ ލިބޭ މީހުންގެ ހިމާޔަތައް ފުލުހުންގެ ބިލްގައި ހުރި ކަންކަމާއި ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ.

ފުލުހުންގެ ބިލާއި ގުޅޭ ގޮތުން މަޖިލީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހް އާއި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ ޚިޔާލު ފާޅުކުރައްވާ، ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ފުލުހުންގެ ބިލާއި ގުޅޭ ބައްދަލުވުމަށް ވަދެ، ބަޔަކު އިހްތިޖާޖުކޮށްފައި ވާއިރު މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ވަނީ ހޫނުވެފައެވެ. އެމައްސަލައިގައި ފުލުހުން އަމަލު ކުރި ގޮތުން ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ފުލުހުންނަށް އަމާޒުވެފައެވެ. އަދި ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޝަރަފް

    ވޭތުވެދިޔަ ފަސްއަހަރު މިމީހުންތިބީ ކޮންތާކުތަ؟ މުޒާހަރާއެއް ކީއްކުރަން ސޯޝަލް މީޑިއާގައި ހިޔާލެއްވެސް ފާޅުކޮއްލަން ނުކެރިތިބީ ޖަލަށް ލާފާނެތީ ބިރުންދޯ. ؟؟ އެމްޑީޕީގެ ވެރިކަމުގަ ރައީސް އޮފީސްތެރޭވެސް މުޒާހަރާކުރެވޭނެ ކަން އެގޭތީ ދެން މާކެރޭ ބަޔަކަށް ހެދިގެން ގައްޑާވާން އުޅޭބައެއްތީ. އަސްލު ހަމަ ފިޑިން.??

    6
    21
    • އަލީ

      އެއީ އެމް ޑީ ޕީ ކުދިންކޮޅެއް. އެއީ އަންނިގެ ޚިޔާލަކަށް އެތަނަށް ދިޔަ ކުދިންކޮޅެއް

      12
      4
    • Anonymous

      ޔާނު ބެއްޔާ ޕެޕާ ސްޕްރޭ ޖަހާނެ ކިތަންމެ ކުޑަ އެއްވުމެއް ބޭއްވިޔަސް . ޒުވާނުން ފިޔަފަޅަން ފެށީ މިސަރުކާރުގަ

    • ހަސަނުގެ ދަރި

      ޢެއީ އަންނިގެ ރޭވުމަކުން ހިންގި ކަމެއް އެހެން ނޫންނަމަ އާއްމުންނަށް ކީއްވެއެބައްދަލު ވުމަށް ވަދެވެންވީ މީ ހުނަށް ހީކުރުވަން އުޅެނީ މި ހާރު ބިރެއްނެތި ކޮންމެ ތަނަކަށް ވެސް ވަދެވި ދާނެޔޭ ރައްޔިތުންނަކީ ގަމާރުންބާ ތި ކުރާ ކަންތައްތައް ނޭގޭނެ ކަމަށް ހީކުރަނީ

  2. އޮޅުވާލި ވޯޓު

    ޙުރިހާމީހުން ވެސް ވަންނަންވީ ރައްޔަތުންގެ ތަނެއް ރައްޔަތުންނައް ވަދެވޭނެ

    22
  3. ޏަމް

    އެމްޑީޕީގެ މުޒާހަރާތަކުގަ ހަޔާތްގޮވާ ކުދިންކޮޅެއްތީ ގެރަންޓީ..

    8
    2