ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.

މިއީ ރާއްޖެއިން މި ބަލި ޖެހިގެން ނިޔާވި ދިހަ ވަނަ މީހާއެވެ.

މިކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ވިދާޅުވީ، މިރޭ ނިޔާވީ އުމުރުން 92 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އެ އިދާރާއިން ވިދާޅުވީ، ނިޔާވެފައި ވަނީ ކޮވިޑް-19 ޖެހިގެން ދަރުމަނަވްތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ މިރޭ 11:54 ގައި ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ތިން މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާކަން މީގެ ކުރިން އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ރާއްޖެއިން ނިޔާވުމާއެކު މި ބަލީގައި ނިޔާވި ދިވެހިންގެ އަދަދު ވަނީ 6 އަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 2382 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތޭރާގައި ހިމެނެނީ 834 ދިވެހިންނާއި 1548 ބިދޭސީއެކެވެ. ރާއްޖެއިން މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 1954 މީހެކެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ އާ ވޭދަނަތައް (ކޭސްތައް) އަދިވެސް ފެންމަތިވަމުން އަންނައިރު، މިހާރު ތައްޔާރުވަމުން ދަނީ އާ އާންމު ހާލަތަކަށް ދިއުމަށެވެ. މިގޮތުން މީގެ ކުރިން ކޮވިޑާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.

މިވަގުތު ރާއްޖެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ މާލެ ސަރަޙައްދަށެވެ. އަދި މިހާތަނަށް ބަލީގެ އެންމެ ގިނަ ވޭދަނަ ފެންމަތިވެފައި ވަނީ ވެސް މާލެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވަގުތު ޖެހިދާނެ

    މާލެ އަނބުރާ ފުރަބަންދު ކުރަން ގޮވާލާން..ލުއުދިނުމުން ނުރައްކާ މާބޮޑުވާނެ..ސަބަބަކީ ރައްޔިތުން ބުނާ ގޮތަކަށް ހަދަނީކީނޫން..ގޯސްހާލަތަކަށް އެޅިއްޖިއްޔާ ތަރަތަރަޖަހާ ރޯނެ އަދި ފަހުން

    62
    7
    • ނަސްމާ

      ލުއިތައް ނުދީ ބަލިން މިންޖުވެވިދާނެ! ދެން ކައިބޮއި ހަދަން ތީނަ ބައްޕަތަ ލާރި ދޭނީ. އަތުންފައިން މަސައްކަތެއް ނުކޮށް ކިހިނެއް ގޭގައި ބަންދުވެފަ ތިބެނީ
      ކަމެއް ވެގެން ހުރިހާ ޤައުމެއްގަވެސް ނިއުނޯމަލްއެއް އެފެށީ ރާއްޖެ އެކަންޏެއް ނޫން އިނގޭތޯ . 3 މަސްދުވަހު ތިބިން ދޯ ގޭ ބަންދުވެފަ ބަލި ކޮންޓްރޯލް ވި ތަ؟ ގޭގަ ބައިތިއްބަންވީ ކުޑަކުދިންނާ، އުމުރުން ދުވަސްވި މީހުންނާ ބޮޑެތި ބަލިތައް ހުންނަ ދިފާއީ ނިޒާމު ބަލިކަށި މީހުން. އަދި މިހާތަނަށް އަޑު އިވިއްޖެތަ ދިފާއިނިޒާމު ވަރުގަދަކޮށް ހުރި ޒުވާނެއް ރާއްޖޭގަ ނިޔާވި ހަބަރު ކޮވިޑް ޖެހިގެން؟ ހުސް އުމުރުން ދޮށީ މީހުންނާ ބޮޑެތި ބަލިތައް ޖެހިފަ ތިބި މީހުން ނިޔާވީ . ވައިރަހާ އެކު ދިރިއުޅެން ދަސްކުރަންވީ

      8
      10
      • ކީކޭ

        ދެވަނަ ރާޅެއްގެ އަޑުއެބައިވޭ

  2. ޢަންސާރު

    މާލެ އޭރިޔާ އެއްކޮށް ފުރަބަންދުކޮށް ބޯޑަރު ހުޅުވުން ލަސްކޮށް.ސްކޫލް ތަކާ ފިހާރަ ރެސްޓޯރެންޓް ތައް ބަންދު ކުރަން ޖެހޭ.ރޭގަނޑު 8 ގެ ފަހުން މުޅި ރާއްޖޭގަ ކާފިއު އިއުލާން ކޮށް .ވީ އެންމެ އަވަހަކަށް ވީހާވެސް ގިނަ ބިދޭސީން ގައުމަށް ފޮނުވާލަން ޖެހޭ.ރައްޔިތުންގެ މަޖިލީސް ވެސް ބަންދުކޮށް ގ.ކެނެރީގެ މުހައްމަދު ނަޝީދު ހައްޔަރު ކުރަންޖެހޭ...އިގްތިސާދަށް ކިތަންމެ ބޮޑު.ގެއްލުމެއް ވިޔަސް.މުޅި ރާއްޖެއަށް މި ބަލި ފެތުރިޔަ ދީގެން ނުވާނެ..މަސްވެރިކަމާއި ދަނޑުވެރިކަމަށް ގިނަ ޒުވާނުން.ނިކުމެ އިމްޕޯޓް މަދުކުރަން ޖެހޭ..އިންޑިޔާޔެ ނުފޫޒުން އެއްކިބާވާން ޖެހޭ..ސިޔާސީ ހަރަކާތްތައް ހުއްޓާލަން ޖެހޭ..ބަދަލު ވަމުންދާ ދުނިޔޭގެ ހާލަތުގެ ސަބަބުން ދުނިޔެ ފަގީރުވެ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑު..މި ހާލަތުގަ ﷲ އަށް ބިރުވެތިވެ އަގީދާ ވަރުގަދަ ކުރަންޖެހޭ...ދިވެހިން ދިވެހިންގެ އަސްލު އުސޫލު ތަކުގަ ހިފަހައްޓަވާ..ސަލާމަތީ ބާރުތަކަށް އިހްތިރާމް ކުރައްވާ .ދެކޮޅުވެރިކަން ދޫކޮށްލާ..އުންމަތެއްގެ ސިފައިގަ ދުނިޔޭގެ މުސްލިމުންނާއި މެދު ވިސްނަވާ.ނިކަމެތިންނަށް އެހީތެރި ވެލައްވާ.އިލްމުވެރިންގެ ބަސް އަޑު އައްސަވާ.ﷲ އަށް ވަކީލް ކުރުން ނޫން ގޮތެއް ނެތް....

    47
    9
    • Anonymous

      ކަލޭ ހުރެބަލަ ގޭގަ އަހަރެމެން ވަޒީފާއަށް ދާންޖެހޭ އަނގަޔާ އަތާ ދިމާކުރަން

      6
      1
      • ފައުޗީ

        ބަލަމާ ދެން ވާގޮތެއް..ގޯސްހާލަތަކަށް އެޅުމުން ކަލެއަށް ވަޒީފާ ދެވޭނެތޯ ބަލާނަން...

  3. ފެކްޓް

    ތިއީ ކޮވިޑް ޖެހިގެން ނިޔާވުނެކޭ ނުބުނެވޭނެ. ތިއީ މުސްކުޅިބަލީގައި ނިޔާވުން. ރާއްޖޭގައި ނިޔާވި އެންމެންހެން ނިޔާވެފައިވަނީ މުސްކުޅީގެ ބައްޔާއި ގުޅިގެން. اللهم اغفرلهم وارحمهم وعافهم واعف عنهم

    36
    6
    • އަރީ

      ރަނގަޅުވާހަކައެއް.. ތާއީދުކުރަން.. ކޮވިޑަކީ ބިލާހެއް.. މަރަކީ ޔަގީންއެއްޗެއް

      7
      10
  4. ސަހަރާ

    ކެނެރީގޭ ރާއްޖޭގެ އަނދިރި ދައުލަތުގެ ރައީސް ހިފާ ހައްޔަރު ކުރުމަށް ރާއްޖޭގެ އެންމެހާ ރަށްޔަތުންނަށް ގޮވާލަން.

    3
    2