ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަސައްކަތް ކުރައްވަމުން ގެންދަވަނީ އަމިއްލަ މަސްލަހަތު އިސްކޮށް، ފުޓުބޯޅައިގެ ތެރެޔަށް ސިޔާސީ ނުފޫޒު ވެއްދުމަށް ކަމަށް، މާޒިޔާ އިން ބުނެފިއެވެ.

މާޒިޔާގެ ހޫނު ބަހުގެ ހަމަލާތަކެއް މެންބަރު އާޒިމް އަށް އަމާޒުމިވީ ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅައިދިނުމަށް އެދި މިދިޔަ އަންގާރަ ދުވަހު އާޒިމް މަޖިލީހަށް ގަރާރެއް ހުށަހެޅުމާ ގުޅިގެންނެވެ. މި ގަރާރަށް އަންގާރަ ދުވަހު ބަހުސް ކުރުމަށް ފަހު ވަނީ ދިރާސާކުރަން އިޖްތިމާއީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އެފްއޭއެމުން ފީފާގެ ސަމާލުކަމަށް ގަރާރުގެ މައްސަލަ ގެނައުމުން ފީފާ އިން ވަނީ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ވެސް ދީފައެވެ.

މިކަމާ ގުޅޭގޮތުން މާޒިޔާ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެފްއޭއެމްއާ ދެކޮޅަށް އާޒިމް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން، އެ ކްލަބުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި އާޒިމަކީ ވާދަވެރި ކްލަބެއް ކަމަށްވާ ނިއުރޭޑިއަންޓްގެ ޗެއާމަންކަން ކުރެއްވި ބޭފުޅަކަށް ވެފައި، އެ ކްލަބަށް މި ވަގުތު ދިމާވެފައިވާ ހާލަތުގެ ސަބަބުން، އަމިއްލަ މަސްލަހަތު އިސްކޮށް، ޒާތީ ގޮތުން އެފްއޭއެމް އާއި އެހެން ކްލަބުތަކާއި ޖައްސާލައި އަދި މުޅި ފުޓްބޯޅަ އާއިލާއަށް ގެއްލުންވާ ގޮތަށް އާޒިމް އަމަލުކުރަމުންދާ ކަމަށް ގަބޫލުކުރުމުގެ ޖާގަ އެބައޮތް ކަމަށެވެ.

އާޒިމް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ، އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއްގެ މައްޗަަށް ބިނާކޮށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ދެކޭ ކަމަށާއި، މިއީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ދިވެހި ސަރުކާރާއި އެފްއޭއެމް ގުޅިގެން މަސައްކަތް ކުރަމުންދާ ވަގުތެއްގައި، އެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ތުހުމަތު ކުރާ ކަމަށެވެ. މިކަމުގެ ސަބަބުން މުޅި ފުޓްބޯޅަ އާއިލާ އަށް ގެއްލުންވާނެކަން ފާހަގަކޮށް މާޒިޔާ އިން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މާޒިޔާގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބުންވެސް ވަނީ މި މައްސަލައާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް އާޒިމް އަށް ފާޑުކިޔައިފައެވެ. އެ ކްލަބުން ބުނީ އެފްއޭއެމްގެ އިންތިޚާބު ކައިރިވެފައިވަނިކޮށް، މިފަދަ ގޮތަކަށް ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ކުޅިވަރުގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި ފުޓްބޯޅަ ކުޅެގެން އާމްދަނީ ހޯދަމުންދާ އެތަކެއް ޒުވާނުންގެ މުސްތަގުބަލަށް ނުވިސްނާ، ރާއްޖެ ފުޓްބޯޅައިން ސަސްޕެންޑު ކުރުމުގެ ނިޔަތުގައި ސިޔާސީ ބޭފުޅެއް މިފަދަ ކަމެއް ކުރުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ޓީސީ އިން ނެެރުނު ބަޔާނުގައިވެ އެވެ.

މާޒިޔާ އާއި ޓީސީ އަކީ ކުރިއަށް އޮތް އެފްއޭއެމްގެ އިންތިޚާބުގައި އެ އިދާރާގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތާއީދުކުރާނެކަން އިއުލާނުކޮށްފައިވާ ދެ ކްލަބެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަފަރުކައްދަ

    ފުރަތަމަ އޭނަ ދަތް އުނގުޅައިގެން ފެންވަރައިގެންތާ އެހެންކަމެއް ކުރެވޭނީ..އެ އުޅެނީ ފުޓްބޯޅައަކުން މޫނުމަތީ ނުޖަހައިގެން...ހެހެހެ...#ގެރިކަހީނު

    26
    1
  2. ނަައީމް

    މިސަރުކާރުން ހުރިހަކަމެއްހަލާކުކުރާނޭ ހަމަގޮވާއިރުވެސް ކަލޭމެނެއްނޫންތޯ ހެޔޮވެރިކަންކުރަން ގެނައީ ދެންނުވީމާ ބާލަންވީނު ކަމުނުދާއެއްޗެހި ބާލަނީ ދޯ އަޅެނިކަންވިސްނާލަބަލަ ކޮންކަމެއްކުރެވުނީ ޔާމީންސަރުކާރުގަ މަޖިލީހުން ކިހާބާރަކާއި ހިތވަރެއް އެފްއޭއެމަށް ދިނީ އޭރުވެސް އާޒިމުމެން އިދިކޮޅުން ކިހާމަސައްކަތެއްކުރި އެފްއޭއެމް ފުނޑާލަން މަޖިލީހަކުން ނުބެހޭ ކަންކަންނިންމުގެބާރުދީފާ ބުނީ ކަންނިމްމާނީ ސީދާ އެފްއޭއެމުންނޭ ....

    13
  3. އަހުމަދު

    ފުޓުބޯޅަޔާ ފުޓުބޯޅަޔާ ވިސްނާތި ތިޔަ އާޒިމަކީ ވަރަށް މުނާފިގުމީހެއް ތިކަހަލަ ފަނި ނުވަންނަ ތަނެއްނޯންނާނެ، ބަލާތި މީނަ މަޖިލީހުގަ ޝިޔާމަށް ހެދިގޮތް

    20
  4. ނުލަފާނުފުރާ

    ތި އާޒިމް ތީ ފެށުނީއްސުރެ މި ޤައުމަށް ހަރާންކޯރުވަމުންދާ ނުލަފާ މީހެއް، ރައްޔިތުން ގެ ލާރި ކަމުންދަނީ ހަލާލު ގޮތުގައެއްނޫން، އަންނި އަށް ވާގިދޭ ކޮންމެ މީހަކުވެސް ހުންނާނީ ތިހާލުގަ،، ވ ވ ނުލަފާ މީހެއްތީ ތިމީހަކުގެ ދާއިރާގެ މީހުންވެސް ލަދުގަންނަން ޖެހޭ ތި މީހަކާހުރެ،،،،،،،،

    20
  5. ޟާނު

    މާޒިޔާ ބައްސާމުއަތުން ލާރިނަގާ ފިހާރަހިންގާ ކުޅުންތެރިންނަށްމުސާރަދިންސް އަޅުވެތޮކޮށްގެން އެހެން ޓީމުތަށް ހަލާކުކުރަމުންދުވާ ޓީމެއް.މާޒިޔާ މިއުޅެނީ ކޮކީއަށްނައިބުރައީސްކަންގެއލިދާނެތީވެ

    2
    10
  6. ސާބިތު

    މީނައަކީ ވަރަންވެސް ގޮތްކުޑަ މީހެއްކަން މަށަން އެގުނީ މިދިޔަ ރޯދަމަހު މީނަ ދިޔައީ ފެންޓަސީ ބޭކަރީއަށް ހަވީރު އެއީ މަވެސް އެތާގެ ކިޔޫހުންޓަ ތިބޭނެ އޭރު 6ވަރަކަން މީހުން ކިޔުގަ މީނަގޮސް ކިއުފަޅާލާފާ އެތާރެއަށް ވަންނަން އުޅުމުން ދޮރުވާނު ނުވެއްދީމަ ވަރަން ހަޑި އެއްޗެތިކި އަދި މާސްކުވެސް ނާޅާހުރުމުން އެދޮރުވާނު ބުނީ މާސްކުމާޅާ އެތެރެއަށް ނުވަދެވޭނެއޭ ބުނީމަ ބުނީ ކަލޭތީ ކާކުހޭ ކަލޭތީ އަމިއްލަ ޤައުމުން މަސައްކަތެއް ނުލިބިގެން މިތަނަންއައިސް ދޮރުވާނުކަން ލިބުނީމަ ނިކަން ބަލާބަލާށޭ ފުއްޕާވަރު މި ތަނުން ގޯހީ ކާކުބާ؟

    15
  7. ނޫނޭ އަދިވެސް ވޯޓުދީ

    ރީނދޫ ބަލި ޖެހިއްޖެ މީހަކު އެއަމަލެއް ނުފިލާނެ.

    8
    1
  8. ޜަސްގެފާނު

    އާއާއާ ޒިމޫމޫމޫމޫ. ފުޓްބޯޅަ އޯކޭ. ޢާޒިމު ސަކަރާތް. ބައްސާމު އޯކޭ އާޒިމު ސަކަރާތް.
    އެފް އޭ އެމް އޯކޭ. އާޒިމު ސަކަރާތް

    7
    1