ރައްޔިތުންގެ މަޖިލީހުގައި އާޓިފިޝަލް ބީޗަކާއި ސްވިމިން ޕޫލަކާއި އަދި ހެޔޮވަރު ސްޕާއެއްވެސް ހެދިދާނެ ކަމަށް، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން މިގޮތަށް ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލިސް ހިންގާ އިދާރާގައި ރެސްޓޯރެންޓަކާއި ޖިމެއްގެ އިތުރުން ފިހާރައެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނިކޮށް އެކަމަށް އިޝާރާތްކުރައްވައި، ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި އަލްހާން ވިދާޅުވީ، "ތިލަފަތަށް އެޅި ވޯޓު ވަގަށް ނަގައިގެން ކުޑަހުއްތު ބޮޑުވަޒީރަކަށް ވުމުގެ ވިސްނުމަކީވެސް އޮތް ވިސްނުމެއް!" ކަމަށެވެ. އެހެންކަމުން "އެދެނީ މަޖްލިސް ގޭގައި އާރޓިފިޝަލް ބީޗަކާ، ސުވިމިން ޕޫލެއްވެސް ހަދަން" ކަމަށާއި، "އަދި ހެޔޮވަރު ސްޕާއެއްވެސް ހެދިދާނެ" ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

އިއްޔެގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މަޖިލިސް އިދާރާގައި ރެސްޓޯރެންޓު ހެދުމަށް ނިންމާފައިވަނީ އާ އިމާރާތުގެ ޓެރެހުގައި ކަމަށެވެ. އެ ރެސްޓޯރަންޓު ހުޅުވުމުން، ދާއިރާގެ ރައްޔިތުންނާ އެކު ކޮންމެ މެންބަރަކަށް ވެސް ވާހަކަ ދައްކާލަ ކޮފީ ބޯލަން އެތަނަށް ޒިޔާރަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރެސްޓޯރަންޓު ފަރުމާކޮށްފައި ވާނީ މެންބަރުންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށާއި، ކޮންމެ މެންބަރެއްގެ މުވައްޒަފުންނަށް ވެސް އެތަނަށް ވަދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ އިދާރާގައި ފިހާރައެއް ހުޅުވާއިރު، މި ފިހާރަ އަކީ މަޖިލިހުގެ ޔައުމިއްޔާ އާއި ތައްޔާރު ކުރާ ރިޕޯޓުތައް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ހުޅުވަ ފިހާރައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަމަ އެހެންމެ މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރުންނަށް ހާއްސަ ކޮޓަރިތަކެއްވެސް މަޖިލީހުގެ އާ އިމާރާތުގައި ގާއިމްކޮށްފައިވާނެ ކަމަށް އިއްޔެގެ ޖަލްސާގައި ނަޝީދު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ބުއްޅަ

  މަށަށް ފެންނަނީ ތިތަން ތަޅާލާފަ ގެރި ކޮށްޓެއް ހަދާފަ ބުއްޅަބޭ ގެރި ހުއިހައްޕަން ދަނޑި ބުރިއަކާއި ލުންގީއެއް ލައިގެން ހުންނަން.ދެން ޗާއެ، ވިއްކަން އަނދުން ބަހައްޓާފަ..ލޮލީ އާއި...ހެލިޕެޑެއް ވެސް ގާއިމް ކުރަން ޖެހޭނެ...ބަނބުކެޔޮ ގަސް ހައްދާ..އެވެސް ތެލުލާ ވިއްކާނީ،ގެރި ގުއި،ކިރު މަސް ހަމަ ވިއްކައިގެން ލިބޭ ލާރިން ދަނޑިފަނުން ގެ ހަދާ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިކަންވެސް ފިލުވާލެވޭނެ..ހާދަ ފަހަތުގައޭ އަލްހާން މެން ތިއުޅެނީ..ބުއްޅަބެ އެއީ ގެރި އަކާ ލޯ ދިމާވެފަ ހުރި މީހެކޭ އެހެންވީމަ ޗޯކީދާރު އުޅޭހެން އުޅެން ޖެހޭނީ....

  63
  3
 2. ޟަމީރު

  އެކަކު އިސްޓިކާ ވިއްކައިގެން ލާރި ހަދަނީ، ދެން ހުރީ ކަލޭ. އެހެންވީމާ ކަލޭވެސް މަޖިލީހުގެ ޔައުމިއްޔާ އާއި، ރިޕޯޓްތައް ވިއްކައިގެން ލާރި ހަދާ. މަށަށް ފެންނަނީ ތިޔަ ރިޕޯޓްތައް ގަތުމަކީ ކޮންމެ ރައްޔިތަކަށް މަޖުބޫރު ކަމަކަށް ހަދަން، މަޖިލީހަށް ބޭޤަރާރެއް ހުށަހަޅާ ފާސްކުރުން.

  51
  1
 3. އިބްރާހީމް ރަޝީދު.

  އެ ކޮޓަރި ތަކަށް މެމްބަރުންގެ 'ހާސްކަން' ފިލުވައިދިނުމަށް ބާންދީން ޢައްޔަން ކުރިވާހަކަ ވިދާޅުނުވީމަ ހިތާމަކުރަން.

  18
  1
 4. Anonymous

  ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ދިވެހީންނަށް ފުރައްސާރަ ކުރަނީ އެތާ ތިބެ ދީނަށް ފުރައްސާރަ ކުރުން ނުވިތާކަށް ދިވެހި ރައްޔިތުންނަށް އެއްވެސް ފައިދާއެއް މަންފާއެއް ހޯދައިދޭ ތަނެއް ވެސް ނޫން ތިތަން އުވާލާފަ ތިތާގައި 25 ބުރީގެ 2 ޓަވަރު 02 ކޮޓަރި ގެ އެޕާރޓްމަންޓް އަޅަންވީ އޭރުން ކުލި ކޮންމެވެސް ވަރަކަށް މާލެއިން ކުޑަވާނެ

  16
  1
 5. މުހައްމަދު

  އޯކޭވާނެ. އެއީ ރައްޔިތުން ބޭނުންވީގޮތް...
  މިދާވަރުން ދައްޔާ ތިތަތަނުގާ ންއިޓް ކުލަނބުވެސް އަޅާނެ....
  މިހާރު މިތާނގާ ޖުމޮހުރީ ވެރިކަމެއްނެތް.. އޮތީ ޖަނަވާރު މަޖިލީހެއް. ޢެތަނުން ހުރިހާކަމެއް ކުރަނީ....

  19
  1
 6. މިސްރާބު

  އަދި ކުޑަބާއެއްވެސް ހަދާލެވި ދާ ނެތޯއްޗެއް

  18
  1
 7. ބެއްޔާ

  ދެން ގެސްޓުން ގެންނަށްވީނުން. އެއިރުން ޑޮލަރު ލިބޭނެ.

  19
  1
 8. ނަައީމް

  ވިސްނަވާ ބަރުލަމާނީ އަކަށް ފައްކާކުރަނީ މެމްބަރުން ގުބޯ ހެދިފަ ރައްޔިތުންވިސްނާ ގައުމު މިހިރަގެން އޮޔާދަ ދިވެހިންގެ ދެލޮލުގެ ކުރިމަތީ ރޯމާދުވާލު މީހަކު ހައިކޮމސަނުގަ ދިރިއުޅުކަންވެސް ހަނދާންކުރެ މެންބަރުން ތިޔަކަން ތިޔަކުރަށްވަނީ ރައްޔިތުންނޭ މިކަމަށް އަވަސްގޮތެއްނުނިންމާފިނަމަ ގައުމު ހޯދައް އުދަގޫވާނެ އެމްެންސީއެލްވެސް އެދޫކޮށްލީ ބޭރުގެ މީހުންގެ ބާރުގެދަށަށް ހަމަ ތިޔަ އަތްޖަހަނީ ދެންއަންނަ ވެރިޔަކަށްވެސް ގައުމުސަލާމަތް ނުކުރެވޭނެ ވަރަށް މިމީހުން މިގައުމު ހަލަކުކުރާނެ ރައްޔޮތުން ވިސްނާ މިހުރިހާ ކަމެއް މިކުރަނީ ހަމަ ދިވހިންގެ އަތުން ...

  15
  1
 9. ނ

  މިގޮތަށް މިކަން ކުރަން ނަޝީދު އެއުޅެނީ ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ އަގު ވައްޓާލުން މިކަމުން ދެން އަންނަން އޮތް ސަރުކަރާތަކުގެ އަގުވެސް ވައްޓާލުން ކިތަންމެ ރަނގަޅު ބަޔަކު މަޖިލީހަށް ހޮވުނަސް ރައްޔިތުންގެ އިތުބާރު ގެއްލުވާލުން ކުނި ގޮނޑަކަށް މުޅިދައުލަތް ހެދުން މިއީ ވަރަށް ނުރައްކާ ކަމެއް ކުރިން ފުލުހުންނާއި ސިފައިންގެ އަގު ވައްޓާލީ މިހާރު އެދިމާ ކުރީ މަޖިލީހުގެ އަގު ވައްޓާލަން ތިޔަ ތަނުގައި އިސްޕާއެއް ވެސް ހުޅުވަފާނެ... މުލިއާގޭގައި ވެސް ސްޕާ ހެދީ މީނާވިއްޔާ

  16
  1
 10. ވަހީދު

  ކުޑަ ޖޫސް ޕޮއިންޓަކާއި އިންޑިޔާ އެންބަސީ މީހުންގެ އެކޮމަޑޭޝަން ބްލޮކަކާއި ބިޑި އަބުރާ ތަނެއް އަދިހެދޭނެ. ނަމަނަމަ ވަޑާން ގެއެއް ނުހަދާތި. ކުރިންވެސް ވަޑާންގެއެއް ބަފާ ހަވާލުކުރީމާ ކޮށްލީ ބަނގުރޫޓް.

  17
  1
 11. ރައްޔިތުން

  ނަޝީދު އޮޅިއްޖެ ، އަވަހަށް އިސްތިއުފާ ދީފަ ގެއަށްދޭ، މަޖިލީހުން ކުރާކަންކަމާއި ލިއުންތައް އެހެރީ މަޖިލީހުގެ ވެބް ސައިޓުން ގޭގައި އަދި މަހަށް ގޮސް ހުއްޓަސް އަދި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުންނަ މީހަކަށްވެސް ލިބޭގޮތަށް މިކަން ނޭގޭމީހަކަށް ކިހެނެއް މަޖިލީހުގެ ރައީސް ކަންކުރެވޭނީ، ނަޝީދު އިސްތިއުފާ

 12. އިބްރާހީމް މުޙައްމަދު

  އަދި ވަރަން ސަޅިވާނެ މަސާޖް ޕާލާއެއް ހަދާލުން އެއި މި ރާއްޖޭގައި ހަމައެކަނި ގާނޫނާ ގަވައިދު ހާދާތަންވީމަ ސިފައިންނާއި ޕޮލިހުންގެ ފަރާތުން ހަމައެކަނި ހިމާޔަށް ލިބެނީ މި ތަނުން އެހެންވީމަ ބިރަކާނުލާ ބޭނުން ގޮތަކަން މަސާޖް ކުރެވޭނެ އަދި ވަރަން ޑިމާންޑްވެސް ބޮޑުވާނެ އަދި ކިހާބައިރު ފައިސާއެއް ތި ތާގެ ބަޖެޓްއަށް ވައްނާނެ ސަޅިކަމެއް

  4
  1
 13. އަޙްމަދު

  ކުޑަ ބާރ އަކާއި ކެސިނޯއެއްވެސް ރަނގަޅުވާނެ! އޭރުން ހުކުރު ހޮނިކިރުގައި ލަންކާ އަށާއި ބެންކޮކަށް ދާކަށް ނުޖެހޭނެ! އެލާރިކޮޅުވެސް މިތާނގައި އެނބުރޭނެ!

 14. ހަގީގަތް

  މި އިއްޒަތްތެރި މެމްބަރުން ކިޔާވަރުގެ ބައެއްތަ؟ ތިތާގިނައީ ތަޖުތިބާއެއްނެއް، ގާނޫނެއް ގަވާއިދެއް ނޭންގޭ، އޯލެވެލް ފެންވަރުވެސް ނެއްމީހުން. ގޮނޑީގައި އިދެ ފޮޑިޖަހާ ނިދާ މީހުން ގިނައީ. ކީއްކުރާ މަޖިލީހެއް ރައްޔިތުންފެލާގެން އުލޭ ގުންޑާއިން ތަކެއް. ކެރެންޏާ މަޖިލިސްއަށް ކުރިމަތިލެވޭ ޝަރުތުތައް ބަދިލުކޮއްބަލަ. މިހާތަނައް ބިލެއްފާސް ކުރަން އެމީހެއްގެ ދާއިރާގެ މީހުން އެދޭގޮތް އެހިތަ ތީގެން އެކަކުވެސް. ތީ ރައްޔިތުންގެ މަޖިލިސް އެއްނޫން ރައްޔިރުން ފެލާގެން ދިރިއުޅޭ ބައެއް.