ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކޮށްފިއެވެ.
މިއަދުގެ އަޑުއެހުން ކެންސަލް ކުރިކަން ކްރިމިނަލް ކޯޓުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް ޝަރީޢަތް ކެންސަލް ކުރި ސަބަބެއް ވިދާޅެއް ނުވެއެވެ.
މިއަދު ޝަރީޢަތް ބާއްވަން ތާވަލް ކޮށްފައި އޮތީ ހެނދުނު 10:00 ގައެވެ.
ފާއިތުވި ދުވަސްތަކުގައި ރައީސް މައުމޫންގެ ޝަރީޢަތް ކެންސަލް ކުރައްވާފައި ވަނީ ރައީސް މައުމޫންގެ ސިއްހީ ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ.
އިއްޔެ ވެސް ރައީސް މައުމޫންގެ ޝަރީޢަތް ތާވަލް ކުރުމަށް ފަހު ރައީސް މައުމޫން ކޯޓަށް ހާޒިރު ނުކުރެވިގެން ޝަރީޢަތް ކެންސަލް ކުރިއެވެ.
މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަަޖިލީހުގެ ހަތަރު މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ.
މައުމޫން މުސްކުޅިވިދުހު އަނަނިއާއި ގުޅުނީމާވާނެގޮތްމިވީ އެން ޑީ ޕީ ބޭނުންވާގޮތައް މިހާރުމިވަނީ ވަރަށްއުފާވާނޭ އަންނި
ބަލިކަމުން މިއަދު ދޫކޮށްލިޔަސް މިރޭ ހުންނާނެ ކުނޫޒު ޕޯޑިޔަމަށްއަރާ ގަދަބުނަން!!1