މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވުނު ދެމީހުން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރާތީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހްމަދު ހައިލަމް ސުވާލު އުފައްދައިފިއެވެ.

ރައްޔިތުންގެ ކަންބޮޑުވުން ހުންނަ ކަންކަމުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުން ބެލޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވުމުން، އެ ޚަބަރުގެ ލިންކާއި އެކު ކުރެއްވި ޓްވީޓެއްގައި ހައިލަމް ވަނީ ކަން ހިންގައިދިޔަގޮތް ބަލަން ސީނަށްދިޔަ ފުލުހުންނާއި ވިކްޓިމް މަޖިލީހަށް ގެންގޮސް ބަޔާން ނަގާގޮތަށް ތުހުމަތުކުރެވޭ ފަރާތްތައްވެސް މަޖިލީހަށް ގެންދަންވީ ނޫންތޯ ސުވާލު ކުރައްވާފައެވެ.

ސަފާރީއެއްގައި ޖިންސީ އަނިޔާ ލިބުނު ކެންޔާ އަންހެން މީހާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އާއި އޭނާގެ ވާހަކަތައް ހިއްސާ ކުރަން ބޭނުންނަމަ އެފުރުސަތު ދިނުމަށް މަޖިލީހުގެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ. އެއާއިއެކު ވަރަށް ގިނަ ބަޔަކު ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ނިންމުމަށް ފާޑުކިޔަމުންނެވެ.

އިއްޔެ މަޖިލީހުގެ ކޮމެޓީއަށް ފުލުހުން ހާޒިރުކޮށް، އެމައްސަލައިގައި ފުލުހުންނާއި ވެސް ސުވާލު ކޮށްފައި ވެއެވެ.

ސަފާރީ ރޭޕްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ތަޙްޤީޤާއި ގުޅިގެން ބާކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބާކައުންސިލުން ބުނެފައި ވަނީ ފުލުހުން ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ކުރެވޭ ތުހުމަތުތަކަކީ އެކަން ހިނގައިދިޔަ ގޮތް ބެލެންޖެހޭނެ ކަމަށާއި ނަމަވެސް އެކަން ބަލަންވާނީ ހިނގަމުންދާ ތަޙުޤީޤަކަށް އަސަރުނުކުރާނޭ އަދި ހުރަސްނޭޅޭނޭ ގޮތެއްގެ މަތިން ކަމަށެވެ.

ޤާނޫނުއަސާސީގެ 5، 6 އަދި 7 ވަނަ މާއްދާއަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މެއި މަހުގެ 29 ވަނަ ދުވަހު ދީފައިވާ އިސްތިޝާރީ ލަފާގެ 8 ވަނަ ނަންބަރުގެ (ނ) އާ ޙަވާލާދީ، ދައުލަތުގެ ތިން ބާރު ވަކިކުރެވިފައި އޮންނަ އުޞޫލަށާއި، މިއިން ކޮންމެ ބާރަކަށްވެސް ބާރު ލިބިދީފައިވަނީ ޤާނޫނުއަސާސީއިން ސަރީޚަ ބަހުން އެފަރާތަކަށް ބާރުތައް ދީފައިވާ މިންވަރަށްކަން ރައްޔިތުންގެ މަޖިލީހަށް އަށް ހަނދާންކޮށްދޭ ކަމަށް ބާކައުންސިލުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބެއްޔާ

    ކީއްވެބާ މޮޅެތި ޤާނޫނީ ވަކީލުން ހަނުތިބެނީ. ތިންބާރު އެއްބާރަށްވެ ނިމޭއިރު ކަންކަން އޮންނަގޮތް ބުނެދޭންވަނެ. ޑިމޮކްރަސީގެ މުހިއްމުކަން ބޭނުންވަނީ ތިމާ ވެރިކަމުގައި ނުހުންނައިރުތޯ. ވެރިކމަށް އާދެވުނީމަ ޑިކްޓޭޓަރަކަށް ބަދަލުވަނީ. ދައްކާނެ ދެކުނުކޮރެޔާގެ ރައީސްގެ ވާހަކަ. އެހެންމީހުން ކުރާކަންކަން ފެންނަނީކީއްވެބާ

    14
  2. މައްލާ

    ކިޔަވައިގެން ތިބޭމީހުން ގައުމުތަކަށްކުރާ ގެއްލުމާ،ހަލާކު ނުކިޔަވާ ތިބޭމީހުންކުރާގެއްލުމަށްވުރެއެތަ އްގުނައެއް ބޮޑު. ސަބަބައެމީހުން ކިޔެވި އެއްޗެތި ދުނިޔެގެ އެދުމަށް ޓަކާ ނަހަމަ ގޮތު ގަ ބޭނު ކުރެވޭތި. ނިކަމެތި މިހާއަށް ގިނަފަރު ކުރެވީ ގައިދާހިލާފު ކަމެއް. އެކަމަކު އެފަދަ ކަމެއް ވެސް ހަމަ މަގުން ނިންމަން ކިޔަވަިގެން ތިބިމީހުންނަށް ކެރި ކުޅާ ދާނަ ނުވީމަ ދެން ކުރާނެ ކަމަކީ ކޮބާ..

  3. Anonymous

    ގޮތްކުޑަ ލަދު ކުޑަ މަޖިލސް ވިކްޓިމް ހާސްކޮށްލައިގެން ހުރިހާ ފިރިހެނުން އޭނަ ލައްވާއައުގުރާނަ ކިއުވާ އޭނަ ހާރު ވަން ހިންގާ ލާއިންސާނީ ޖަރީމާއެއް ޓައީ އަޅާފަ ތިބެގެން ބޮޑު އަންހެނަކު ލައްވާ އައުގުރާނަ ކިއުވައިގެން އަޑުއަހަން ޗީޗީ އީވާޔާ ރޮޒޭ ގެ ހިސްޓްރީވެސް އެސޮރުމެންނަށް ކިޔާދީބަލަ ޖީހާން އަބި ފިރި ކަމުގެ ގުޅުމުގެ ވާހަކަވެސް އެސޮރުމެންނަށް އަވަހަށް ކިޔާދީބަލަ އަންހެނުންގެ ހައްގު ހިމާޔަތް ކުރެވޭނީ އޭރުން ދޯއަންހެނަކަށްވެހުރެ އީވާ ރޮޒޭ އަދި ޖީހާން ލަދުގަންނަންޖެހޭނެ ތިފަދަ މުޑުދާރު ކަންތައް އެހެން އަންހެނަކަށް ކުރަން ޖީހާންގެ ފިރިރޯޔަލް ޕަވާފުލް މޭން ވެސް ތިތަނަށް ގަދަޔަށްރާ ބޯންދީފަ ގެންދެބަލަ އޭރުން ސަޅި ވާހަކަ ކިޔާދޭނެ

  4. ތަމެންދޯ

    ނުގެންދާނެނޫންތޭ އެއީ ތަމެން މެމްބަރުންގެ މަތި ކިބަ އެއީ ރޭޕް މުއްލާ ވިއްޔާދޯ...