ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒަކީ ރައްޔިތުންނާއި ކޮވިޑް-19 އާ ދޭތެރޭގައި އެޅުނު "ފާލަމެއް" ކަމަށާއި ރާއްޖޭގައި ތާރީހުގައި ޖެހިޖެހިގެން ގިނަ ޕްރެސް ކޮންފަރެންސްތަކެއް ދެއްވި ދެ ވަނަ ބޭފުޅެއް ނުހުންނަވާނެ ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ތައުރީފްގެ ބަސްތައް މަބްރޫކަށް ރޭ އޮއްސަވާލައްވައިފިއެވެ.

މިދިޔަ މާޗް ހަތް ވަނަ ދުވަހު ރާއްޖެ އިން ކޮވިޑް-19 ފެނުނު ފަހުން، އެ ބައްޔާ ގުޅޭ ހުރިހާ މައުލޫމާތުތަކެއް މީޑިއާ އަށް ފޯރުކޮށްދިނުމުގައި ސަރުކާރުގެ ފަރާތުން ހަމަޖެއްސި ތަރުޖަމާނަކީ މަބްރޫކެވެ. އޭގެ ފަހުން، ކޮންމެ ރެއަކު ހެން މަބްރޫކް ގެންދަވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވަމުންނެވެ. އެކަމަކު، މަބްރޫކް ބަލިވެ އުޅުއްވާ ބައެއް ރޭތަކުގައި ނޫސްވެރިންގެ ބައްދަލުވުންތަކުން ފެނިފައެއް ނުވެއެވެ.

މަބްރޫކްގެ ވިސްނައި ދިނުމަށް އެއްވަނަ، ހިތްވަރަށް ސަތޭކަ!

އެންއީއޯސީގެ ތަރުޖަމާނަކަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކްގެ ބަސް މޮށުންތެރިކަމުގެ ފުރިހަމަކަމާއި ނޫސްވެރިންގެ ބައްދަލުވުންތައް ގެންދަވާ ގޮތުން މަބްރޫކަށް މިއަދު ގިނަ ބަޔަކު ކުރަނީ ތައުރީފެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ހިމެނެއެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވާހަކަ ދައްކަވާ އިރު، މަބްރޫކް އަޑު އައްސަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ މަބްރޫކް ވަދެގެން ދާނީ ރާއްޖޭގެ ތާރީހުގެ ތެރެއަށް ކަމަށެވެ. އަދި ޖެހިޖެހިގެން މިހާ ގިނަ ޕްރެސްތަކެއް ދެއްވި ދެވަނަ ދިވެއްސެއް ނުހުންނާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ. ރާއްޖޭގެ ނޫސްވެރިންނަށް މެދުކެނޑުމެއް ނެތި މައުލޫމާތު ފޯރުކޮށްދިން ބޭފުޅެއް ރާއްޖޭގައި އަދި ނެތް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

"އެހެންވީމަ އެތައް ގޮތަކުން މަބްރޫކްގެ ހިދުމަތް އަޅުގަނޑުމެން ފާހަގަ ކުރަން ޖެހޭ،" އަމީން ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ފޮރުވުމެއް ނެތި މައުލޫމާތު ފޯރުކޮށްދިނުމުގައި މަބްރޫކް ދެއްކެވި ކެތްތެރިކަމާއި ހާމަކަމާއި ނަމޫނާައަކީ ކުރިއަށް އޮތް ތަނުގައި މިފަދަ މަސައްކަތް ކުރާ މީހުން ހިފަހައްޓަން ޖެހޭ ކަމެއް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

މަބްރޫކް. -- ފޮޓޯ: ރައީސް އޮފީސް

"އެއްވެސް ސިޔާސީ ކަމެއް ނެތި، އެއްވެސް ފަރާތަކަށް ބުރަވުމެއް ނެތި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ނޫސްވެރިން ކުރާ ހުރިހާ ސުވާލުތަކަށް ރައްޔިތުން އެދޭ ހުރިހާ މައުލޫމާތެއް ސާފު ބަހުން، ސާފުކޮށް ކިޔައިދެވި ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ފާހަގަ ކުރަން ޖެހޭ،" އަމީން ވިދާޅުވިއެވެ.

މަބްރޫކްގެ ޕްރެސް ކޮންފަރެންސެއް ނެތް ނަމަ، އެއީ ފަޅުކަމެއްގެ ގޮތުގައި ރައްޔިތުން ފާހަގަ ކުރާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ކޮންމެ މީހަކު ވެސް މަބްރޫކް ދެއްވާ މައުލޫމާތަކީ އެންމެ ފުރިހަމަ މައުލޫމާތު ކަމަށް ބަލައިގަތް ކަން އަމީން ފާހަގަ ކުރެއްވިއެވެ.

އަދި އަމީންގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ "މިއީ މަބްރޫކް"ގެ ރޭ ކަމަށެވެ. މިނިސްޓަރު އަމީންގެ ތައުރީފްގެ ބަސްތަކާ ގުޅިގެން މަބްރޫކް ވަނީ ޕްރެސް ކޮންފަރެންސްގައި އަމީނަށް ޝުކުރު ދަންނަވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މަބޫ

    ޢޭނަ ރަނގަޅު އެކަމަކު އަމީން އިސްތިއުފާ ދީފަ މަހަށް ދާން ތައްޔާރުވޭ.

    15
    13
  2. ނަައީމް

    ވެރިކަންކުރީ މަބުރޫކު ދެންއެނިމުނީ ދެންމަބުރުގެ ވަޒީފާވެސް އެނިމުނީ މަބުރޫކު މިހާރު ބޭކާރު

    16
    4
  3. ބޯގޯސް

    ޥެރި ން ވައްކަ ން ކުރަ ން މަގުފަހި ކޮއްދި ނީމަ ތައުރީފު އޮއްސަ ންވާ ނެތާދޯ

    11
    7
  4. ޙ

    ރައްޔިތުންނަށް ކަންތަށް އޮޅުވާލުމުގަ އިސްކޮށް މަބްރޫކް ބެހެއްޓީ

    8
    11
  5. Anonymous

    މަބޫ ވަރަށް ލޯބި އިގޭ ބޭބީއެއްހެން ވަރަށް ހީވޭ ސަޅި

    16
    6
  6. އަންފިޓްފަޒިލް

    މަބްރޫކް ހެލްތް މިނިސްޓަރަށް ވާން ރަނގަޅު. ވަރަށް ހިތްވަރުގަދަ ތެދުވެރި މަސައްކަތްތެރި ބޭފުޅެއް. ލީޑަރެއްގަ ހުރިހާ ކޮލިޓީއެއް އެބަހުރި. އެންމެ ތަންކޮޅެއް ރަނގަޅު ކޮށްލަން ޖެހެނީ. “އަބަ” ކިޔުން ހުއްޓުން އަދި “މިވަގުތު މައުލޫމާތު ލިބިފަ ނެތް” ނުބުނުން

    10
    2
  7. ދިވެހިބިން

    މިނިސްޓަރު އަމީން ފުރިހަމައަށް ޒިންމާވާންޖެހޭނެ ލޮކްޑައުންގެ އެޅިފިޔަވަޅުތަކާހެދި ފަރުވާނުދެވި އަދި އަޅާނުލެވި މަރުވެދިޔަ އެންމެހާ މީހުން ގެ މަރުތައް! ސަރުކާރު މިވަނީ ބޮޑުތަނުން ފެއިލްވެފަ!

    10
    3
  8. އަހަރެން

    މަބުރޫޫކް. ވ ހަބޭސް

    11
    1
  9. މިއަދު

    އަމީނުގެ ތިތައުރީފްގެ ރަހަ އަމީނިއަށްވާނީހިތިއެއްޗަކަށް އެކަމު މަބުރޫކަށް އެރަހަ ވ ފޮނިވާނެ ކުޑަދުވަސްކޮޅެއްބަލާ

    26
  10. ބޯހަލާކު

    މަރާކީކޮފީ ތެރޭގަ ސަހިންދާމެން ކުރިކަންތައްވެސް ސަޅިތަ.!!

  11. ޙހހހ

    ހަމަ ރަނގަޅަށްވެސް ތީ ތެދެއް ، މަބްރޫކް ނެތްނަމަ މުޅިހެލްތް ސެކްޓަރ އާއި ސަރުކާރު އިސްތިއުފާދީފަ ގެއަށް ދާންޖެހޭނެ ، ތީ އަމިއްލަ ވިސްނުމެއް ހުރިބައެއްނޫން

    1
    1
  12. މިރާއްޖޭ

    މިރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީކޮށް ސްޕޯކްސްމަން ކަން ކުރި މީހަކު އެކަން ކުރިކަމުގެ އެއްވެސް ރެކޯޑެއްވެސް ނެތް ކަމަށާއި އެކަން ކުރިކަންވެސް ނޭނގޭކަމަށް އެދުވަސްވަރު އޭނާޔާ އެއްޓީމެއްގައި މަސައްކަތްކުރި މީހެއް އަދި މިހާރުވެސް ރައީސްއޮފީހުގައި އުޅޭ މީހަކު އެބަބުނޭ. މަބުރޫކަށްވެސް ހަދާނީ އެހެން ކަންނޭނގެ!

  13. އަހުމަދު

    މަބުރޫކު ވަރެއް ހަމަ ނެތް.