ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނިންމާ އެއްވެސް ނިންމުމެއް ބަލައިނުގަނެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައީސް އޮފީސް ޓެގް ކުރައްވައި މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެއީ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ ކަނޑަ އެޅިގެން ޚިލާފު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކު، އެމަނިކުފާނުގެ ވާހަކަފުޅު އަމާޒު ކުރެއްވީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ވިދާޅެއް ނުވެއެވެ. ޒީރޯ ޓޮލަރެންސަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

އެކަމަކު، މައުމޫންގެ ޓުވީޓު މި އައީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާނުގައި 18 އަހަރު ނުފުރޭ ދަރިންނާއި މެންބަރުންގެ އަނބިން ނުވަތަ ފިރިން ނުހިމެނޭ ގޮތަށް މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި ޝާއިއު ކުރުމާއި މެދު އާއްމުން ނުރުހުން ފާޅުކުރަމުން ދަނިކޮށް، އާއިލާގެ މައުލޫމާތު ނުހިމަނާ މާލީ ބަޔާން އާއްމުކުރަން މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފައި ވަނިކޮށެވެ.

އެކަމަކު އެ ބަޔާންތައް ވެސް މަޖިލިހުގެ އަމީންއާންމަށް ހުށައެޅުމުން، އޭގެ ކޮޕީ އޮޑިޓަ ޖެނެރަލްއަށް ފޮނުވަން ޖެހެއެވެ.

މަޖިލިހުގެ ގަވައިދު އަދިވެސް އޮތީ މެމްބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށެވެ.

ގަވާއިދު ކުރިން އޮންނަ ގޮތުން މެމްބަރުންނާއި މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބެއްޔާ

    މައުމޫނު ތިހެނެއްވިދާޅެއް ނުވެވޭނެ. ތިއީވެސް މިލާދީނީ ބައިގަނޑޫގެ ބައިވރިއެއް. ހިހޫތަނުން ކައިގެން ތިއުޅެނީ. ޒީރޯޓޮލެރެންސްގެ މާނައެއް މައުމޫނަކަށް ނޭނގޭނެ. އޭގެ މާނައަކީ ތިމާގެ ޖީބު ފުރާލެވުނުގޮތަކަށް ފުރާލުން.

    29
    1
  2. ޓ

    އެމްޑީޕީ މެނެފިސްޓޯ...އަތަޢް އޮޅާލީތޯ
    ޢޭގާ އޮތީ ހާމަ ކުރާނެކަމުގެ ވައުދު

    25
  3. ނ

    ޢެފް ޕީ އައި ޑީ ހިޔާނާތުގެ
    ޢިނާމަކީ ދެވަނަ ފަހަރަށް
    ޢިލްޔާސް އަށް ވަޒީރުކަން ދިނުން
    ދީނާ ދެކޮޅަށް މިވަރަށް ފުރައްސާރަ ކުރާއިރު
    ޗުއްޕުވެސް ނުބުނޭ

    25
  4. މޫސަ

    އައްޕާ! އެބަ އުޅެންތަ؟

  5. ސަންތިމަރިޔަބު

    މަނިކުފާނު ކޮރަޕްޝަނާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަކީ ވަރަށް ބޮޑު ލަދުވެތިކަމެއް
    ހަމަހިނިއަންނަނީ

    12
  6. ފަތުހުﷲ

    އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް އަކީ ބުނެވޭގޮތުގައި ދީނީއިލްމު ހާސިލްކުރައްވައިގެން ހުންނެވި އިލްމީބޭފުޅެއް. އެހެންނަމަވެސް ދުނިޔޭގެ އެދުމަށްޓަކައި އާޙިރަތް ވިއްކާލިމަންޒަރު ފެނިގެން ދިއުމަކީ ގައުމައްޓަކައި ކުރެއްވި ދިގު 30 އަހަރުގެ ވެރިކަމުގެ އިހުލާސްތެރިކަމާއި މެދު ރަށްޔިތުން ސުވާލު އުފައްދާނެކަމެއްކަން ކަށަވަރު. ގައުމުގެ ވެރިކަމުގެ ބާރުތަށް މައުމޫންގެ ހިއްސާއާއިއެކު ހަވާލުކުރި މީހުންގެ ވަނަވަރާއި، އެމީހުންގެ ފާސިގުކަން ރަށްޔިތުންނަށް ހާމަކޮށްދީފައި، އިހުނަށްވުރެން ޖާހިލުއަމަލްތަށް އެމީހުންކުރަމުންދާއިރު އެމީހުންގެ ހިޔަންޏެއްފަދައިން މައުމޫން ހުންނެވުމުން އަސްލު މައުމޫނަކީ ކާކުކަން އިތުރަށް ކިޔާދޭން ނުޖެހޭ. މިއަދު ރަށްޔިތުންނަށް ސަރުކާރުން ދެމުންދާ އަނިޔާގެ ބައިވެރިއެއް މައުމޫނަކީ. ރައްބެއް ،ރަސޫލެއް، މިއްލަތެއް މައުމޫނުގެ ނެތީތޯ މިއަދު ސުވާލުކުރާނޭ ދޫތަށް މަދެއްނުވާނެ. މައުމޫނު ހާސިލް ކުރެއްވި އިލްމަކާމެދު ޝައްކުގެ ނަޒަރުން ދެކޭނެ މީހުންވެސް.... ﷲ ތައާލާ ދެއްވި ސިކުނޑިން ވިސްނާ ބަޔަކަށް ބޮޑުއިބުރަތެއް އަދި ފިލާވަޅެއް ލިބެނގެން މިދަނީ. ބޮޑެތި ލަގަބްތަށް އަމިއްލަޔަށްދީ ކަރަށް މަހައި އުޅުނަސް “މަކަރުވެރި އަނިޔާވެރިން ފަޞީހަތް ކުރައްވާނެކަން” ގަބޫލުކުރަންޖެހޭ.

  7. ސަބަރި

    ބަލަ ތިހުރިހާ ކަމެއް ވާގޮތަށް އެއްބަސްވެވިގެންނު މަޖިލީހަށް އަމިއްލަޔަށް ނަންހުށައަޅައިގެން ކެންޑިޑޭޓުންނަށް ވީ؟؟؟؟؟؟

    1
    2