އެހެން މަސްތަކާ ހިލާފަށް މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑުވިކަމަށް ގިނަ ބަޔަކު ފާހަގަކުރާތީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަަރ ހަސަން މުޢުނީ އާއި ބައްދަލު ކުރަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެދިއްޖެެއެވެ.

އެ ކޯލިޝަނުން ސްޓެލްކޯއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ފާއިތުވި ޖޫން މަހު ގޭބީސީތަކަށް ލިބުނު ބިލްތަކުގައި ވަރަށް ގިނަ މައްސަލަތައް ހުރިކަމަށް މައުލޫމާތު ލިބޭކަމަށެވެ.

އެގޮތުން މާލެ އާއި އަތޮޅުތެރެއިންވެސް އެ ޝަކުވާ ލިބިފައިވާތީ އެ ކަމާއި މެދު ސްޓެލްކޯގެ އެމްޑީ އާއި ބައްދަލުކޮށް މަޝްވަރާކުރަން ބޭނުންވަނީ ކަމަށް އެ ސިޓިގައިވެއެވެ.

އެ ފުރުސަތު ވީ އެންމެ އަވަހަކަށް ހަމަޖައްސުމަށް އެ ކޯލިޝަނުން ވަނީ އެދިފައެވެ.

ކޯލިޝަނުން ސްޓެލްކޯގެ އެމްޑީ އާއި ބައްދަލުކުރަން އެދިފައިވާ، މި މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމެޓީތަކުން ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް، ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ސިޓީއަކުން ދަންނަވާފައެވެ.

މީކާއިލް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ، މާލޭގެ ގޭބިސީތަކުގެ މިމަހުގެ ކަރަންޓު ބިލު އެހެން މަސްމަހާއި ހިލާފަށް ބޮޑުވެފައިވާކަމުގެ ޝަކުވާތައް އޭނާ ތަމްސީލްކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ.

އަދި އެ ބިލު ބޮޑުވެފައިވާ ކަމަށް ބެލެވެނީ މާލެ ފުރަބަންދުކުރުމާ ގުޅިގެން ދިން ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފައިވީ ނަމަވެސް، ފުރަބަންދު އައުމުގެ ކުރީ މަސް މަހުގެ ބިލްތަކާއި އަޅައި ބަލާއިރު ވެސް ބިލު ދެ ގުނައަށް، ތިން ގުނައަށް އަދި ހަތަރު ގުނައަށް ވެސް ބޮޑުވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ސިޓީގައިވެއެވެ.

އެހެން ކަމުން މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ މި ދަނޑިވަޅުގައި، އާދަޔާ ހިލާފަށް ކަރަންޓު ބިލު ބޮޑުކޮށްފައިވާ ސަަބަބު މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ބެލުމަށާއި ސްޓެލްކޯ ޖަވާބުދާރީ ކުރުވުމަށް މީކާއިލް އެދިވަޑައިގެންފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުރަނަބްދުކޮށްފައި އޮތް ހާލަތުގައި ކަރަންޓު ބިލްތަކުން ވަނީ ބޮޑު ޑިސްކައުންޓެއް ދީފައެވެ. ސްޓެލްކޯ އިން ހާމަކޮށްފައިވާގޮތުގައި މިދިޔަ މަހުގެ ބިލް ބޮޑުވެފައި ވަނީ، ޑިސްކައުންޓު ކަނޑާލުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަައީމް

    ބައްދަލްކުރިޔަސްވާނެކަމެއްހަރާން ސަރުކާރު ހަމަޔަކަށް ނޭޅިގެން އުޅޭއިރު ރައްޔިތުން ހަމަޔަކަށް އެޅޭތާ ހުސްވިމަހުގެ ބިލުން ވަނީ އެހީ ކަނޑާފަ ފިސާރީތި ގޮތަކަށް މިވެރިކަން ނިމިގެންދާނެ ފެނުނީންސުރެ ރައްޔިތުންނަށްޖެއްސުން ކުރުންނޫންކަމެއްނުކުރޭ މައުމޫނާއި ގާސިމު ހަމައަތްޖަހަނީ ރައްޔިތުންނޭ ވިސްނާތި ކެޔަސް ބުޔަސް ވިސްނާތި މިވެރިން ބޭރުކޮށްގެންނޫނީ ސަލާމަތެއްނެތް...

  2. ބީރުމީހާ

    މުޣުނީއަކީ ވަރަށް މީޑިއާ މީހެއް ތިޔާކަންތަކުގައި މިއަދު މުވައްޒަފުންނާވެސް ބައްދަލުކޮއްފި ދޭނެ ޖަވާބުވެސް ބުނެފި
    މިކަމުގައި ސަރުކާރުން ކަރަންޓުގެ އަގު ބަދަލު ނުކުރަނީސް ސްޓެލްކޯއިން ކުރެވޭނެ ކަމެއްނެތް
    ސްޓެލްކޯއަށް ބެވުމަކީ ހައްލެއްނޫން ރައީސް އޮފީސްދޮށަށް އެއްވޭ ޖަވާބުދާރީ ކުރުވަން

  3. ޟ

    ކޮ ބާހޭ ރައްޔިތުން ސަބްސިޑީ ހޯދަން 2014 ގައި ލި ފޯމުތައް ކުރިން އައީ ސަބްސިޑީ ލިބެމުންނޭ