މެދު ތެރޭގެ އަތޮޅުގެ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ހިމެނޭ އެ ކުއްޖާ އިނީ ބަލިވެ އެވެ. އެ މައްސަލަ ޖެންޑާ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ފުލުހުން އެ ދުވަހު ވިދާޅުވީ، މި މައްސަލަ ކުޑަކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި، އަދި މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ޖެންޑާާ އާ ގުޅިގެން ކަމަށެެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 37 އަހަރުގެ ފިރިހެނަކު މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވާ ކަމަށެވެ.

ޖިންސީ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަބަޔަކު މިހާރު ދަނީ ގޮވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އޮޑި

    ހާދަ އަވަހަކަ ބަލިވެ އިނީ. ހަމަ ރޭޕްކުރާއިރަށް ބަލިވެ އިދޭތަ؟

    6
    13
    • ސުސް

      ހަމަޖެހޭވާހަކަ ދައްކަބަލަ.. ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ ނުދައްކާ... ތިހެން ބުނެލަން ވެސް ކޮމެންޓް ކުރަންޖެހޭތަ އަޅެފަހެ...

      6
      1
    • ާއަފީ

      ބަލިވެ އިންނަ ގޮތް ތިބާއަށް އެނގިލައްވާތޯއެވެ..

  2. ސާރު

    ކޮބާ ވަކިމީހަކަށް ވީމަ ދޯ އެނގުނީ އޭނާގެ ފޮޓޯ އާއި މައުލޫމާތު ނޫހުގައިޖާ އަދި ހަބަރު ގައި ކިޔަން އެހެންވީމަ ޔޭ ކަޓައީ ކުށެއް ކޮށްފިނަމަ އެވަނީ ކުށަކަށް ،އެއީ ކޮންމެ މީހަކަށް ވިޔަސް... އާދޭސްކޮށްފައި ބުނަން ތިޔަ ތަފާތުކުރުންތައް ހުއްޓާލަބަލަ ... އަދުލުއިންސާފު ޤާއިމުކޮށް ބަލަ ...ދުވަހެއޮތްކަން ހަދާން ކޮށްބަލަ

    4
    1