ފުޅާ ދާއިރާއެއްގައި ގދ. މަޑަވެލީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، އެ މީހާ ހައްޔަރުކޮށްފައިވަނީ މަޑަވެލީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަންގައިއެމީހާ ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި 150 ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ދަނީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންނެވެ.
އޮޅިގެން ހަކުރު ގެންގުޅުނު މީހަކު ހައްޔަރު ކުރެވިއްޖެ.
މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ފުލުހުން ތިޔަ ހޯދާ ކާމިޔާބީއައް ޝުކުރު އަދާކުރަން ، މިގައުމުން ނައްތާލަންވެއްޖެ އެއްޗެއް ތިޔައީ.
ޢަހަރެންވެސް މިއުޅެނީ ތިޔަކަމުން ސަލާމަތް ނުވެގެން ، އިރާދު ކުރެއްވިއްޔާ ވ އަވަހައް ސަލާމަތް ވެވޭނެ ، ހިއްވަރެއް ބޭނުން ވަނީ
ފުލުހުންގެ ތިމަސައްކަތަށް ތައުރީފް ކުރަން. އަދި ތިރަށުގައި މަޑަވެލީގައި އެންމެ ގިނަ ދޫނި ގެންގުޅޭ ގެއަަށް ނިސްބަތްވާ މީހުން ޗެކްކޮށް އެގެ ރެއިޑް ކުރުން ވަރަށް މުހިއްމު. މަޑަވެއްޔަށް މަސްތުވާތަކެތި ފަތުރާލީ މިދެންނެވި ގެއަށް އަރުވާލި މީހަކު. އެންމެ ފަހުން އެގޭގެ މީހަކާ އިނދެގެން މުޅިރަށަށް ފަތުރާލާ އެންމެ ބޮޑަށް އެވިޔަފާރި ރަށުގަ އާއި އަތޮޅުގައި ކުރަނީ އެމީހުން. އަދި ނުވިތާކަށް ކައުންސިލްގައި ހުރެގެންވެސް އެކަން ކުރަނީ
ތިވެސް ހައްޔަރުވާން ޖެހޭ މީހެއް ތިނެގީ. ތިއީ ކުޑަމިންވަރެއް ތިރަށުގައި . ކައުންސިލަރުންވެސް ވިއްކަނީ ހަކުރު. ދޫނިކާނާގެ ގޮތުގައި އޭގެ ތެރެއަށް ލައިގެން ވެސް ގެންނަނީ ހަކުރު.
ތިގޮތައް ހައްޔަރު ކުރެވޭ މީހުންގެ އައިޑީކާޑު ނަމްބަރު ހާމަކޮއްލަދޭނަމަ ވަރައްރަގަޅު އޭރުން ބަލާލެވޭނެ އެޢީ ކޮން ޕާޓީ އަކައް ނިސްބަތްވާ މީހެއްތޯ ...