މުސާރަ ނުދީގެން ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީން ނުކުމެ ރިސޯޓުގައި ރޯކޮށްލައިފިއެވެ.

ރޯކޮށްލާފައި ވަނީ ބ. އަތޮޅުގެ ބޮޑުފިނޮޅުގައެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެރަށުގައި މިހާރު ދަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންނެވެ.

ފުރަތަމަ ކުރިމަތިލުން ހިނގަން ފެށީ 200 އެއްހާ ބިދޭސީންނާއި އެރަށުގައި ތިބި 30 ވަރަކަށް ދިވެހި މުވައްޒަފުންނާއި ދެމެދުއެވެ.

މިކަން ބޮޑު ކުރިމަތިލުމަކަށް ބަދަލުވީ ބިދޭސީން ނުކުމެ ރިސޯޓުގެ ތަންތަނަށް ގެއްލުންދޭން ފެށުމުން ދިވެހިން އެކަން ހުއްޓުވަން ނުކުތުމުންނެވެ،

"ވަގުތު"އަށް އެނގިފައިވާގޮތުން މިހާރު އެރަށަށް ދަގަނޑު ބުރިއާއި އެއްޗެހި ހިފައިގެން ތުޅާދޫ އާއްމުންގެ 50 ވަރަކަށް މީހުން ވެސް ވަނީ އަރާފައެވެ.

ބިދޭސީންނާއި އެރަށަށް ތުޅާދޫން ދިޔަ ދިވެހިންނާއި އަދި ފުލުހުންނާއި ދެމެދު މިހާރު ދަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންނެވެ. މި ކުރިމަތިލުންތަކުގައި ބައެއް މީހުންނަށް ދަނީ ބޯޑެތި އަނިޔާތަކެއް ލިބެމުންނެވެ.

މީގެ ތެރެއިން ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނު ފުލުހަކުވެސް ދެންމެ ވަނީ ތުޅާދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

ތުޅާދޫން ވާހަކަދެއްކި މީހަކު ބުނީ، ފުލުސް މީހާ އެރަށަށް ގެންދިޔައިރު އޮތީ ހޭނެތިފައި ކަމަށެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ޅ. އަތޮޅުން ވެސް މިހާރު އެސްއޯ ފުލުހުން ދަނީ އެރަށަށް ދިއުމަށް ދަތުރު ކުރަމުންނެވެ.

ފުލުހުން ވިދާޅުވީ، ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ ބަންގްލަދޭޝް މުވައްޒަފުންތަކެއް، ދިވެހި މުވައްޒަފުންތަކެއް އެރަށުން ފޭބިޔަ ނުދީ ހިފަހައްޓާ ހަމަނުޖެހުން ހިނގާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

  1. ދާހިލީ

    އެބަ ރަނގަޅުވޭ ހަޔާތްކެޑެމުން ތިޔަދަނީ މުސާރަނުދީ އަދިވެސް އަނބިދަރިންނަށާ ތިމާ މަޖާކުރޭ.

    131
    7
    • ޚޮކީ

      ލައިވް ބުލޮގެއް ގެނެސްދިނުން އެދެން. މީ ވަރަށް ބޮޑު ޙަބަރެއް ވަގުތު ނޫސް ޢިން އެކަނި މިކަން ކަވަރު ކުރަނީ

      92
      4
    • ބޮޑުބެ

      ހީވާ ކަހަލަ ބިދޭސީންނަކީ އަޅުންނޭ

      59
      8
    • ޙައްގުބަސް

      އަދިވެސް މިރާއްޖެ ފުރެންދެން ބަންގާޅީން އެތެރެ ކޮށްފަ ބަހައްޓާ!! އެމަގުން އެކަން ކުރަންޏާ މިމަގުން ކަންތައްތައް ދާނީ!! މިރާއްޖެއަށް ބަންގާޅީން އެތެރެކޮށް މިހިންގާ ޖަރީމާ މިހާރުގެ ތަހްގީގީ އިދާރާ ކަމުގައިވާ މަޖްލީހުން މިކަން ނުބަލާތީ ހަމަ އަޖައިބުވޭ!! މިއީ ބަޔަކު އެޖެންސީތައް ހަދައިގެން ހިންގާފައިވާ ހިއުމަން ޓްރެފިކިންގެ ބޮޑު ޖަރީމާއެއް! ދާދި މިދާކަށްދުވަހު އިކޮނޮމިކް މިނިސްޓަރ ފައްޔާޒުވެސް ބުނި މިއީ އެމްއެމްޕީއާރުސީގެ ޖަރީމާއަށްވުރެ ބޮޑު ޖަރީމާއެކޭ! ތަހްގީގީ އިދާރާކަމުގައިވާ މަޖްލީހުން މިކަން އަޅެ ބަަލާލަންވީނު!! ފުލުހުންގެ ހުވާ ބަދަލުކޮށް ފުުހުންގެ ބާރުތައް މަޖްލީހަށ ދަމައިގަންނަން ފާޑެއްގެ ޚުދުމުޚުތާރު ބިލެއް ފަރުމާކޮށް އަވަސް އަރުވާލައިގެން އެބިލް ފާސްކުރަން ފޫގަޅައިގެން މިތިބަ ގެރި މަޖްލީހުން! މިބައިގަނޑަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު މާޒީ ފަަހާ ދުވާތަން ފެންނަނީ! އަތަށްގޮވަން ކައިރިވަނީ މިހެން އުޅެން ހަދައިގެން!!!

      18
      2
  2. ޖުރުމަނާ

    ދިވެއްސެއްގެ ފުރާނަޔަށް ނުރައްކާ ކޮށްފިއްޔާ.......... އެނގިދާނެތާ! ދިވެހިން ތައްޔާރުވޭ

    120
    33
    • ކަލޯ

      މުސާރަދޭނުދިނީ މަވާނީ ތިހެން

      82
      12
    • އާލިމް

      ދިވެހިންނަށް ވެސް އަނިޔާ ވާނެ. ކުރަންވީ ހަމަ މުސާރަ ނުދީ އަޅުވެތިކޮށްގެން ގެންގުޅެންޏާ

      82
      5
  3. ހޭއަރާ ދިވެހިންނޭ

    ބިދޭސީންނާހެދި ގައުމީ ސަލާމަތަށް ހުރި ނުރައްކާ މިހާރު ފެށުނީ. އަދިވެސް ބޭފުޅުންނޭ ކިޔައިގެން އެމީހުން ބޯމައްޗަށް ލައިގެން ދުވޭ. ދެން އެމީހުން ހަމަނުޖެހުން އުފައްދާނީ ވަކި ސަރުކާރެއް ހަދަން

    97
    17
    • ފައްޔާ

      ބިދޭސީ މީހުންނައް އެ މީހުންގެ މަސައްކަތުގެ އުޖޫރަ ހައްގުނުވަނީތޯ..؟

      64
      6
      • ރަންނަ

        ދިވެހިން ގަބޫލުކުރަނީ އެއީ އަޅުންކަށް. އަޅުންނަށް ނުޖެހޭނެ މުސާރަދޭލަށް

        37
        8
    • ގާސިމުް

      ބިދޭސީން ގެނެސްގެން އެމީހުން ލައްވާ މަސައްކަތް ކުރުވާފަ މުސާރަ ނުދީ އެމީހުންވެސް ނުތިބޭނެ ދޯ ޖަހާހާ ބެރަކަށް ނަށާކަށް އެއީވެސް ފަޤީރު އާއިލާތަކުގެ މީހުން އާއިލާތައް ބަލަހައްޓަން ޖެހޭ . މިކަމުގެ ބިދޭސީންނެއް ކުށްވެރި ކުރާނެ ކަމެއް ނެތް. ރިސޯޓު ތަކުގެ ވެރިން ނުލަފައީ

      18
      2
  4. ޅަބޭ

    ސާބަހޭ! ތަޅާސުންނާފަތި އަރުވާލާ.

    49
    7
  5. ފ ކުޅި

    މީގެ ކުރިޔަކުން ބޭރުމީހުންގެ މިހާ ބޮޑު ހައިޖާން އަޑެއްނިއިވޭ! މިހާރަކަށްއައިސް ދިވެހިންނަށްވުރެ 6 ކުޅިކުރިއައް މިމީހުން މިއުޅެނީ!

    81
    5
    • ރަންނަ

      ދިވެހިންވެސް އަޅުވެތި ކަމުގަ އެތައްޒަމާނެއް ހޭދަކުރި. އަބަދު އެހެން އަޅުމަސައްކަތުގަ މުސާރަނުލިބި ހަނާވާން ނުތިބޭނެ.

      39
      2
  6. މުހައްމަދު

    ހަމަ ވަރަށް ރަގަޅު. އެމީހުން މުސާރަ ނުދީގެން އަނބިދަރިން ހާލުޖެހި ކަރުދަން ޖެހިމަރުވަމުން ދަނީ، އެމީހުން ކިތައް ފަހަރު އެ ޝަކްވާ ސަރުކާރަށް ހުށަހެޅީ. އެކަމަު އެއީ ބަންގާޅިންކަމަށްވެފައި އަދި މިކަމުގެ އަޑީގަ ތިބި ގިނަ މީހުންނަކީ ސަރުކާރުގެ ބޮޑުން ކަމސްވާތީ ހަމަ ސަރުކާރުން އަޅާނުލާ. އަދި އެންމެ ފަހުން މިހާރު އެމީހުން ގުލާންކޮށްފަ އެމީހުންނަށް ދޭންޖެހުނު ފައިސާކޮޅުވެސް ނުދީ ފޮނުވަނީ ގައުމަށް. މީގެ ސަބަބަުން ބަންގްލަދޭޝްއަށް ފޮނުވި އެތައް ބަޔަކު ހާލުގަ ޖެހި އަމިއްލަ ފުރާނަވަނީ ދުއްވާލާފަ.

    63
    9
  7. ނެގުނު

    ފުލުހުން ވިދާޅުވީ، ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ ބަންގްލަދޭޝް މުވައްޒަފުންތަކެއް، އެރަށުން ފޭބިޔަ ނުދީ ހިފަހައްޓާ ހަމަނުޖެހުން ހިނގާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

    25
  8. ސުމްބާ

    ރިޒް ކޮމްޕެނީ އޯނަރު އެމް. ޕީ ރިޒާ ކޮބާ، އަދިވެސް މަޖިލިހުގަ ހައްގު ތަކުގެ ވާހަކަ ދައްކާތި، ކަލޭގެ މުވައްޒަފުން ކާން ބޯން ނުދީ މުސާރަ ނުދީ ތިބީމަ ވާގޮތް ފެނޭތަ

    61
  9. އިބްރާޙީމް

    ޙުޅުޖަހަނީ އެމްޑީޕީ ވައްތަރު ހުންނަނީ. އަހަރެމެން އެވައްތަރު ނުހުންނަނީ ޕީޕީއެމްވައްތަރުހުންނަނީ

    36
    11
    • Anonymous

      އެމްޑީޕީ ހުޅުޖެހުން ޕީޕީއެމް ގަޔަށް ބޮލަށް އެރުން ވައްތަރު ހުންނަނީ

      12
      7
    • ހޫން

      ވަގު ވައްތަރު ދޯ

      9
      3
  10. Anonymous

    ނަޝީދު ގެނެސްދިން ޑިމޮކްރަސީ ރަނގަޅަށް ފައްކާވެ ދޮންވީ. ކޮންމެ ކަމެއްގެ ޙައްލު މުޒާހަރާ ،އެއްޗެއްސަށް ގެއްލުން ދިނުން.

    58
    7
  11. Anonymous

    ދިވެހިންނަކަަށްވެސް ނުލިބޭ މުސާރައެއް އެކަމަކު އަހަރެމެންނެއް ހަމަނުޖެހުމެއް ނުހިންގަން. އެކަމަށް ޝުކުރުވެރިގެން ދެންވެސް މުސާރަ ދީބަލަ

    51
    2
  12. Anonymous

    ފުލުހުންނަށް އަނިޔާ ތިކުރަނީ ކީއްވެ އެމީހުންގެ ކޮން ކުށެއް އޮވެގެން. އެމީހުންވެސް އެމީހުންގެ ވަޒީފާ އެ އަދާ ކުރަނީ

    52
    5
  13. ފކުޅި

    މީގެ ކުރިޔަކުން ބޭރުމީހުންގެ މިހާ ބޮޑު ހައިޖާން އަޑެއްނިއިވޭ! މިހާރަކަށްއައިސް ދިވެހިންނަށްވުރެ 6 ކުޅިކުރިއައް މިމީހުން މިއުޅެނީ!

    31
    2
  14. ލާމު

    ފުލުހުންގެ ހަރާކަތް މިހާރައް ވުރެ އަވަސް ކުރަން ޖެހެ އެވެ.

    29
    3
  15. Anonymous

    ޥެމްކޯ ކުނި ދައްތަ މެންނަކަށްވެސް އަދި މުސާރައެއް ނުލިބޭ އެދައްތަމެންގެ600ރުފިޔާ ކޮންމެ މަހަކު އަރާ ކަރަންޓް ބިލްވެސް މިފަހަރު1500އަށް އަރައިފި ކިހާދެރަ ކުނިކަހާ ދައްތަމެންގެ ލާރިކޮޅު އަވަހަށްދީ

    34
    4
  16. ކަހުރަބު

    ލާދީނީ ސަރުކާރު އައި ފަހުން ގެއްލުމާއި ހަލާކުން މުޅި ޤަޥްމް ފޮރުވާލައިފި

    50
    8
    • ހހހހ

      ދިވެހިންގެ ތެރޭގައިތިބި އަގީދާ ބަލިކަށި ބައެއްގެ ބޮލަށް މިލާދީނީ ޖަމާއަތުން އެރިގެން ގެނައި ނުބައިވެރިކަމެއް މިތާނގައި މިއޮތީ. މުޅި ދިވެހި އުއްމަތް މިތަހައްމަލްކުރަނީ މިއަނިޔާވެރިކަން.

      25
      3
    • ނަސީ

      ތީ އަޑީގައި ބަޔަކު ތިބެގެން ކުރުވާ ކަމެއް

  17. ތުޅާދޫ ރައްޔިތެއް

    ތުޅާދޫން ދިޔަ ރައްޔިތުންގެ މީހުން ތިބީ އެރަށަށް ނާރަ އެމީހުން ތަޅާފޮޅުމުގައި ބައިވެރިއެއް ނުވޭ ވަގުތު މީހުންވެސް ދޯ

    12
    2
  18. ޙަމަ ހަމަ

    ތިރަށަކީ ހަންނާނު ކިޔާ މީހަކައް ވަރައް އަޑި އަޑިން ދީފަ އިން ރަށެއް. މީނައައް ހީވަނީ ދެރުފިޔާ ބައި އަތުގަ އޮތީ މަ ރިސޯޓު ހެދޭނޭ.

    19
    1
    • ސިދާތާ

      މުވައްޒަފުންނަށް މުސަާރަ ނުދެވޭ ބަޔަކަށް ތިބުނާހެން ރިސޯޓެއް ހެދޭތަ..ނަސީބު އެ ކުންފުނީ މީހުން ހިމޭނުން ތިބޭކަންވެސް

      12
      3
  19. ސަމީ

    އެ މީހުން ކުރާ މިކަހަލަ ކަންތަކަށް އަޅާނުލާ ދޫކުރަަތީ އެހެން ވަނީ. މިދިޔަ ރޯދަ މަހުވެސް އެ މީހުން އެ ގތަށް އުޅުނު ފުލުހުންނަށް ޙަ މަލާ ވެސް ދިން އެކަ މަކު އެއްވެސް ފިޔަވަޅެއް ނާޅާ. ބަންގާޅު އެންވަސީން ރިޝްވަތު ދެނީބާ

    15
    1
  20. ޝަފީގު

    ރަނގަޅައް އެހަދަނީ.. ކީއްވެ މުސާރަ ނުދެނީ..

    12
    4
  21. މުހަންމަދު

    ބޮރު މީހާ މުސާރަ ނުދިނީ މާ ބަނގްލަދޭޝް މީހާ ބަރާބަރް ތަޅަނީ..

    11
    1
  22. މަރީ

    ތިޔަ ރިސޯޓަށް ލޮކްޑައުން ވީ ދުވަހު ކޮވިޑް ޖެހިދާނެތީ ބިރުން އެތާ އޯނަރ އަންހެނުން
    ގޮވައިން އަރާމު ކުރަން ގޮސް އޮތީ

    19
    3
  23. މުހައްމަދު

    ތިޔަ ރިސޯޓުގެ އޯނަރަކީ އޭނާގެ މުވައްޒަފުންނަށް ގަވައިދުން މުސާރަދޭ މީހެއް ނޫން ތިއީ ވަރަށް ބޮޑާ މީހުނަށް ރަހުމު ކުޑަ ދެމީހެއްގެ ތަނެއް. އޭގެނަތީޖާތީ ތި ދެމީހުންގެ ވިޔަފާރީގަ ކިތަންމެ ގެއްލުން ތަކެއް ލިބިދާނެ، ނޭގެ ނުލިބޭކަމެއްވެސް ދެންވެސް އިސްލާހުވެ ތައުބާވެ
    ހަލާލު ގޮތުގަ ވިޔަފާރި ކުރޭ..

    22
  24. މާހިރު

    މުސާރަ ނުދޭ މާލޭގަ ތިބި އޭނަގެ މުވައްޒަފުންނަށްވެސް އަދި ގޮސް ފިލާ އެއޮންނަނީ ވާނީވެސް އެހެން ތުޅާދޫ ކަލޯ އެއްޗެއް ވިސްނެން ވެއްޖެނު

    17
    2
  25. ކަސްޓަމް އިއްބެ

    މުވައްޒަފުންނަށް މަހުގެ މުސާރަ ދެނީ ފަހަތުން ދުވެ އާދޭސް ކުރާފަހުން މަސް ނިމެން އުޅެނިކޮށްކަމަށް އަޅުގަނޑަށް ހަބަރު ލިބުން. އެމީހުންނަށް ދުނިޔޭގެ ހުރިހާ އުފަލަކާ އަރާމެއް ލިބޭތި އާދައިެ މުވައްޒަފުންގެ އިހްސާސް ތަކެއްނު ދަަނެ ތީ ވަރަށް ފީކަޅާ ބައެއް ހުޅުވަން އުޅޭ ރިސޯޓެއް..ކޮއްކޯ ބޭބެ ބުނާނެ ވާހަކައެއް ނެތް ތިފެނުނީ ތި ރިސޯޓް ހުޅުވުމުގެ ކުރިން ތިތަނުގެ ބަރަކާތް ކެނޑުނުކަން..

    18
    3
    • މޮޔަ

      އަދި މާލެ ވެސް ރޯކުރާނެ...ބަންގާޅީ ވައްތަުރު ވެރިކަން...

      2
      2
  26. ޙހހހ

    މުސާރަ ނުދިނަސް މާރާމާަރީ ހިންގާކަށްނުޖެހޭނެ ،

    4
    1
  27. ކުން

    ހަންނާނު ތިގޮތަށް ސެންތާރާއަށްވެސް ރިސޯޓެއްދީގެން އުޅުނު، ފަހުން ވީގޮތެއްނޭގެ!

  28. ވާނުވާ

    މި ހުރިހާ ކަމއެއް ގެ ފެށުމަކީ ބައެއްގެ ހައްގުތަށް ނުދީ ހިފެހެއްޓުން. މަށަށް އެނގެނީ މަގޭ މުސާރަ ބުދީ އެންމެ މަހެއް ވިޔަސް މަށަށް ދަތި ވާނެ ވަރު. ދެން ބިދޭސީން ވިޔަސް 4 ، 5 މަސް މުސާރަ ނުދީ ހުރީމާ ރުޅި ގަދަ ވާނެ ދޯ؟

  29. ސައީދު

    އަދިވެސް ބަންގާޅިން ރާއްޖެއާއި ނުކުޅަދާނަވަރަށް ގެނެސް ވަކިބައެއްގެ ނާޖާއިޒް މަންފާ ހޯދުމަށް ތިކުރާ މަސައްކަތް ކުރޭ! ވާންވި ގޮތް ތިވަނީ ނުރައްކާތެރި ބައްޔަށް އާއްމު ވިޔަސް ބަންގާޅީން މާރާމާރިއެއް ހިންގިޔަސް ބަންގާޅީން އަދިވެސް ސަރުކާރު އޮވޭ ބަލަން

    2
    1
  30. މެޓަރޒް

    މިލަންދޫ ދައިރާގެ މެންބަރު ޢަލީ ރިޒާ (އެމް. ޑީ. ޕީ) ގެންގުޅޭ ގްރޫޕެއް މުސާރަނުދީ 6 މަސް، ގިނަ މީހުންނަކީ ޤަވާޢިދާ ޚިލާފަށް ގެންގުޅޭ މިހުން

  31. ތަމެންދޯ

    ބޮޑުފިނޮޅަށް ނޭރި، ދެވަނަ ފަހަރަށް ފުލުހުން ފަހަތައް ޖެހިއްޖެ ނަމަ އެއިން އެގިގެންދާ އެއްޗަކީ ފުލުހުންގެ މުވައްސަސާގެ ޓެކްނިކަލް ކެޕޭސިޓީ އެއް ނެތް ކަމޭ މިފަދަ ކަމަކަށް ދާން ޖެހޭނީ ފުލުހުން ދިމާ ކޮށްފިނަމަ ދޭތިން އެކައްޗަށޭ އެކައްޗަކީ ރަށަށް އެރެން ޖެހޭނީ އެވަރަށް ކަރުނަ ގޭސް ހިފައިގެން ގޮސް ބޯކޮށް ވާރޭ ވެހޭ ގޮތަށް ކަރުނަގޭސް ތައް އަޅާލަ ދެނޭ އުފުރާލަން ޖެހޭނީ މިހާރު މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅުން ބުނަނީ މިރާއްޖޭގެ ފުލުހުންނަށް އެއް ކަމެއް ވެސް ނުކުރެވޭނެ ކަމަށޭ މިހެން މިވަނީ މަޖްލީހުން ފުލުހުންގެ ބިލަށް ގެންނަ ފަޑުއްކަ ދަ ރާއްޖެތެރޭ އެްއް ހިއްސު މަދު ބަދަލުގެ ސަބަބުންނޭ މަމެން ބުނަން ނެތީމޭ...

  32. ޑެޑު

    އަމީން ގިރީގަވެސް އެބަ އޮތް އެތައް ސަތޭކަ ޓުއަރިސްޓް ވިސާގަ އައިސް އުޅޭ ބަންގާޅީން . ޢެމީހުން ލައްވާ އަމީން ރިސޯޓް ހަދަނީ .މިމީހުންނަށް މުސާރަ ނުދޭތާ 6 މަސް .މިފަދަ އެތައް ޓުއަރިސްޓުންނެއްލައްވާ ރިސޯޓްތައް ހަދާ. މިކަން ކުރަނީ މަ މަޖުލީސް. ސަރުކާރު. ޢަދި މަހުޖަނުން ވެގެން.

  33. ސަޓާ

    މިއޮތް 100% މުސްލިމް ގައުމުގެ މީހުން މީސްތަކުން ލައްވާ މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދީ އަނިޔާވެރިވާ ވާހަކަ އިވުނީމާ ހިތާމަކުރަން. ރަސޫލާ ގެ ބަސްފުޅުގަވަނީ މަސައްކަތް ކުރިމީހާގެ ގައިން ދާހިކުމުގެ ކުރިން އެމީހަކަށް އުޖޫރަ ދިނުމަށް. 6 މަސް ވީ އިރު އެމީހުންގެ ނިކަމެތިކަށް ކެއްކުރި. ތިޔަ ރިސޯޓް ވިކާލާފަ އެމީހުންނަށް މުސާރަ ދިނުމަށްފަހު އެމީހުންގެ ގައުމަށް ފޮނުވާލުމަށް ގައުމުގެ ކަންކަމުގައި ހަވާލުވެތިބި ފަރާތްތަކަށް ގޮވާލަން.

  34. ޞަބުރު

    މަޖުލިހަކީ ގާނޫން ހަދާ ބާރު ،ތަޙުޤު ކުރާ ބާރެއް ނޫން،..

  35. ހަނާ

    އެމީހުންވެސް އަންނާނީ ވަރަށް އުންމީދާއެކީ، އާއިލާ އަނބި ދަރިން ދޫކޮށް. ބުރަ ނަމަވެސް ކޮންމެ މަސައްކަތެއްނަމަވެސް ކޮއްގެން އާއިލާ އަށް ހަމަޖެހިލައިގެން އުޅެވޭވަރަށް ލާރިކޮޅެއް ހޯދާލަން. ނަމަވެސް ގިނަ ދިވެހިން އެމީހުންނާ ދޭތެރޭ ކަންތައްކުރަނީ ރަނގަޅަކަށްނޫން. ކޮންމެ ބައެއްވިޔަސް އެމީހަކަށަ މަސައްކަތުގެ އުޖޫރަ ދޭންޖެހޭނެ.