ކޮވިޑް-19 ފެތުރޭތީ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮތް އޮތުމަށް ނިމުން ގެނެސް ރައްކާތެރިވެ ތިބުުމުގެ ފިޔަވަޅުތަކާ އެކު ސަރުކާރުގެ އޮފީސްތައް އަންނަ އާދީއްތަ ދުވަހު ހުޅުވަން ނިންމާފައިވާކަން، ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު އިބްރާހިމް ހޫދު މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އިދާރާތައް ބަންދުކޮށްފައި އޮތް އޮތުން ނިިންމައި، ފަހެއް ޖުލައިވާ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވާލައޮހެން މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ނިންމަވާފައިވާ ކަމަށެވެ.
ހޫދު ވިދާޅުވީ، އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރު 2:00 އަށް ކަމަށެވެ.
މީގެ ކުރިން ސަރުކާރުގެ އޮފީސްތައް އާއްުކޮށް ހުޅުވާލަން އޮތީ އިއްޔެއެވެ. އެހެން ނަމަވެސް އެ ނިންމުން ފަހުން ވަނީ ބަދަލުކޮށްފައެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުގެ ކުރިން ސަރުކާރުގެ އޮފީސްތައް ވަނީ ބަންދު ކޮށްފައެވެ. ސަރުކާރުގެ އޮފީސްތައް ފުރަތަމަ ބަންދު ކުރީ މާޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. އޭގެ ފަހުން މުއްދަތު އިތުރު ކުރަމުން ގޮސް އެންްމެ ފަހުން މިއަދަށް އެ މުއްދަތު ހަމަވާނެއެވެ.
ނަމަވެސް ސަރުކާރުގެ ބައެއް އޮފީސްތަކުގެ މުހިންމު މަސައްކަތްތައް ކުރުމަށް މިހާރު ވެސް މަދު ބަޔަކު ނެރެގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އޮފީސްތަކުގެ އިތުރުން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާޢާތުގައި ނަމާދު ކުރުމަށް މިހާރު ވަނީ ހުއްދަ ދީފައެވެ.
ހޯމައިން ބުރާސްފައްޗަށް ހަދާފަ ދުވާލަކު 4 ގަޑިއަށް. ނުވަތަ ޝިފްޓް ޑިއުޓީގެ 4 ގަޑިއިރު މަސައްކަތް ކުރާގޮތަށް ހަދާބަލަ. ދިވެހި ސަރުކާރަކަށް ކުޅަދާނައެއް ނުވާނެ ކުރިއަށްވުރެ އިތުރަށް ބަލިފެތުރެން ފަށައިފިނަމަ. ސިއްހީ ހިދްމަތަށް އެކަނި ހަރަދު ކުރެވޭ މިންވަރަށް މިހާރުވެސް އާމްދަނީ ލިބެނީ. އޮފީސް ތަކުގެ ޚަރަދު ބޮޑުވާނެ ކަމެއް ގިނަވަގުތު އޮފީސްތައް ހުޅުވާފަ ބެހެއްޓުމަކީ
ދައުލަތުގެ ޚަރަދު ބޮޑުވެގެންދާނެ ކަމެއް 5 ދުވަހު ދުވާލަކު 7 ގަޑިއިރު އޮފީސްތައް ހުޅުވާފަ ބެހެއްޓުމަކީ. ކަރަންޓާ ފެނާ، ސްޓޭޝަނަރީ އަށް ހިނގާ ޚަރަދު ފަދަ އެތައް ކަރަދެއް އިތުރުވެގެންދާނެ. ރަނގަޅުވާނެ ހަފްތާއަކު 3 ދުވަހު މަަސައްކަތް ކުރާގޮތަށް އަދި ދުވާލަކު 4 ގަޑިއިރު އޮފީސް ހުޅުވާފަ ބަހައްޓާގޮތަށް ހަދައިފިނަމަ. މަސައްކަތް ކުރަން ހުޅުވާނީ ސައިބޮއެ ކައިހަދާ ބޭކާރު ވަގުތު ދުއްވާލާކަށްނޫން.
އޮފީސްތައް ހުޅުވުމަކީ ވަރަށްބޮޑު ރިސްކެއް. އެކަމަކު ހުޅުވަންވެސް ޖެހޭނެ. ދައުލަތް ވަރަށް ފަގީރު. ބޮރޯވްޑް މަނީން މުސާރަދެނީވެސް. އޮފީސްތަށް ހުޅުވުމުން އޯވަރހެޑް އިންތިހާއަށް ބޮޑުވެގެންދާނެ. ސަރުކާރުން މިހާލަތުގައި ވިސްނަންވީ ޕްރޮޑަކްޓިވް ވާނެގޮތެއް. ހަފްތާއަކު 3 ދުވަހު އޮފީސްތައް ހުޅުވާ ދުވާލަކު 3 ގަޑިއިރު ނުވަތަ 4 ގަޑިއިރަށްވުރެ ދިގުނުވާނެ ގޮތަކަށް އިންތިޒާމް ކުރެވިއްޖެނަމަ އޯވަރހެޑް ކޯސްޓް ކުޑަވާނެ.
އާދީއްތަ ދުވަހަކީ މިސަރުކާރު ބަންދު ދުވަހެއް ދެން ކިހިނެއްތޯ ހަދާނީ ... ހުޅުވާ ގަޑިބަދަލްނުކުރޭތޯ ފަތިހުހޭނުލެވޭ މީހުން ކިހިނެއްތޯ އޮފީސް ހަށް ނިކުންނާނީ ހާޒިރުވާކަށް
ރައްޔިތުން ފެލާ ނިމުނީ ދޯ
އަނެއްކާވެސް އޮޅުނީބާ.
އޮޅުމަކަށް ނުވާނެ ތަ؟
ބަލައިބުރާހީމާ ޕެންޝަންފަންފަންޑުގަހުރި
އަޅުގަނޑުމެންގެ ފައިސާ ހިފަހއްޓާގެން
ތިޔައުޅެނީ އިބުރާހީމާގެތަރިކަމުދާތަ؟
މިއަދުކަރަންޓުބިލުއަތްނުފޯރާވަރައްބޮޑުވެގެންދިޔައިރު މުސާރަނުލިބޭ
ގޮތައް ވަޒީފާއިންނުކޮއް ރަށައްފޮނުވާފައި
ތިބީކިތަކެއްހާސްމީހުންކަންކަލެއްއަށްއެގޭތަ؟
ރައްޔަުތުން ކަހަނބު ހައްދާ ސަރުކާރު ސޭކުސްތާން
ޕެންޝަފަންޑުގަހުރިފައިސާއެއިގެހައްގު
ވެރިންނައްނުދީތިިޔަހިފަހައްޓަނީީީީީީީީީީީީކޮންހައްގެއް
އޮވެގެންތޯ؟ކަރަންޓުބިލްއަތްނުފޯރާވަރައް
ބޮޑުވެގެންދިޔައިރު މުސާރަނުލިބޭގޮތައް
ރަށައްފޮނުވާފައިތިބިކިތައްސަތޭކަމީހުން
ތިބިކަންދެނެލައްވާތޯ؟އެމީހުންއުޅޭހާލު
އެގިލައްވާތޯ؟
މާލޭމީހާފުުުުުުުުުުުުުުލެޓްގަންނަން ފަންޑުންފައިސާ
ލިބިފަ ރާއްޖެތެރޭމީހާބިކަހާލުއުޅޭއިރު،
އެމީހާޔައްފަންޑުހުރިފައިސާއިންލޯލާރިއެއް
ވެސްލިބޭނެގޮތެއްނެއް މަނިކުފާނުނޫސް
ވެރިންކައިރީ ފަންޑުގަހުރިފައިސާދެއްވާާ
ނެކަމުގެއިޝާރާތެއްނުކުރައްވަންތޯ؟