ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވެގެން ޕެރަޑައިސް އައިލެންޑް ރިސޯޓުން ދެފަހަރެއްގެ މަތިން ދަބަހެއްގައި ފައިސާތަކެއް ގެނައި ކަމަށާއި އެ ފައިސާތައް ފާރިސް ވިދާޅުވެގެން ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަން ގޯޅީ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ހަވާލުކޮށްފައި ވާނެ ކަމަށް ބުނެ ފުލުހުންނަށް ބަޔާންދިން މީހާ ކޯޓުގައި ހެކިބަސް ދޭން ދެކޮޅު ހަދައިފިއެވެ.

ފާރިޝް ވިދާޅުވެގެން ފައިސާ އުފުލައިދީފައި ވާނެ ކަމަށް ބުނެ ބަޔާން ދިނީ ޝިޔާމް އިބްރާހިމް ކިޔާ މީހެކެވެ. އޭނާ ބުނާ ގޮތުން އޭނާ އަކީ ރައީސް މައުމޫނާއި، ރައީސް މައުމޫންގެ އާއިލާގެ ބޭފުޅުންނާއި ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ޝިޔާމްގެ ބަޔާނުގައި ބުނެފައި ވަނީ އޭނާ އިލްހާމް އާއި ހަވާލު ކުރި ފައިސާގެ އަދަދު ނޭނގޭ ކަމަށާއި ނަމަވެސް ސިނާން އާއި ހަވާލުކޮށްފައި ވާނީ 1.2 މިލިއަން ޑޮލަރަށްވާ ފައިސާ ކަމަށެވެ. އެއީ 18 މިލިއަން ރުފިޔާ އެވެ.

ޝިޔާމް ކްރިމިނަލް ކޯޓަށާއި ފުލުސް އޮފީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ބަޔާނެއް ދިނުމަށް ފުލުސް އޮފީހުން އެދުމުން އޭނާ 13 ޖެނުއަރީ 2018 ގައި ފުލުސް އޮފީހަށް ބަޔާނެއް ދީފައި ވާނެ ކަމަށެވެ. އަދި އެ ބަޔާން ޝަރީއަތަށް ހުށަހަޅާ ނަމަވެސް، އަދި ހެއްކެއް ގޮތުގައި ކޯޓަށް ހުށަހާނީ ސިއްރުން އަދި އެކަން އޭނާއަށް އެންގުމަށް ފަހު ކަމަށް، އެ ބަޔާން ނެންގެވި ފުލުސް އޮފިސަރު އޭނާއަށް ޔަގީންކަން ދީފައިވީ ނަމަވެސް އެ ބަޔާނުގެ ސިއްރުކަން މިހާރު ގެއްލިފައިވާ ކަމަށެވެ.

ޝިޔާމް ކޯޓުގައި ބަޔާން ދޭން ދެކޮޅު ހަދާފައި ވަނީ އޭނާގެ ބަޔާން ލީކް ވުމުންނެވެ.

ފުލުހުން ވިދާޅުވެފައި ވަނީ ބަޔާންތައް ލީކް ކޮށްލާފައި ވަނީ މައްސަލައިގައި ހިމެނޭ ނުފޫޒުގަދަ ބައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ވަލުގެ އަހުމަދު

    ތަހުޤީޤީ އިދާރާއައް ބަޔާން ދިން އިރު 3 ހެކިން ތިބިކަން ލީކުވި ބަޔާނުން ފެންނަން އެބައޮތް.އެހެންވީމަ ސިޔާމްގެ ބަޔާން ހެއްކެއްގެ ގޮތުގަ ކޯޓުގަ ނުދެއްކެންވީ ސަބަބެއް އޮތް ކަމަކައް ނުދެކެން.އަނެއްކަމަކީ ކުރިމިނަލް ކޯޓައް ސިޔާމް ފޮނުވާފަ އޮތް ސިޓީންވެސް އެންގޭ އެބަޔާން ދިނީ ސިޔާމްކަން.މިއަދު ބަޔާން ލީކުވީމަ ހެކިބަސް ދޭން ދެކޮޅު ހެދިނަމަވެސް އެ ބަޔާނުގަ ހުރިކަންކަން ސަރީޔަތުން ބަލައިގަންނަން ޖެހޭނެކަމާމެދު ސައްކު ކުރުމުގެ މާނައެއް ނެތް.

  2. ަިިިަްއިއްބެ

    ތިމީހަކު ޕްރެޑައިސް އަށް ދިޔަކަން އެނގެނީ ކާކަށް. ސީސީޓީވީ ފުޓޭޖް އެބަހުރިތަ. ލޯންޗް ޑްރައިވަރަކަށް އެނގޭތަ. އޭނަގެ އެވިޑެންސް ކޮރޮބޮރޭޓް ކުރަނީ ކިހިނެއް!

  3. ޙަފްޞާ / މާލެ

    ކީއްވެބާ މާތްﷲއަށްޓަކައި ހެކިބަސް ދޭން މި ޖެހިލުންވަނީ؟ ހެކިބަސް ތެދަށް ދިނުމުގެސަބަބުން ހެކިބަސްރައްދުވާފަރާތުން މޫނުކެނޑިޔަސް މާތްﷲގެ ރުހިވޮޑިގަތުން އޭނަޔަށް ހުއްޓެވެ. ބަޔާން ލީކުކުރިމީހުން އެކަން އެކުރީވެސް ހެކިވެރިން ބިރުގެންނެވުމަށެވެ.

    • ކކ

      ބަލަ މިހަބަރު ކިޔާފަ ތީތި ލިޔެބަލަ. އެސޮރު މާްތް ﷲ އަށް ބިރުވެތި ވާތީނު ދޮގުހެކި ނުދޭން އެއުޅެނީ.

  4. ނަަސާ

    ދޮގެއް ވީމަތާ ތިހެން ވާނީ

  5. ހުސޭނުބޭ

    އެ ވާހަކަ ދެއްކީ އެއިން އެތިކޮޅެއް ނުދިނީމާ. މިހާރު އެއިން އެތިކޮޅެއް ދިނީމާ ދެން ހެކިބަސްދޭން ދެކޮޅު ހަދާނެތާ! އޯކޭ ހަމަ. އަދިވެސް ދުވަހެއް އެބަ އޮތް.

  6. ރާސްތާ

    ހަތަރެސްކަން ހަމަވީ ، ތިޔަވީ ކިހިނެތް. ނިކަން ކެރިގެން ކަންކަމާއި ކުރިމަތިލާބަލަ. ކާކުދެކެ ބިރުން ތިޔައުޅެނީ، ބިރުގަންނަންވީ ހަމައެކަނި ﷲ ސ.ވ އަށް. ޔާމީނަކަށް، މައުމޫނަކަށް، ނަޝީދަކަށް ނޫން.

  7. ޗަކޮއި

    މިހާލަތުގަ މިއީ ދޮގެއްކަން ޔަގީންވެއްޖެ. ސަބަބަކީ ދައުލަތުން ބުނުވަން ބޭނުންވާ އަދަދު އެއޮތީ ބުނެވިފަ. ޝަރުތަކަށް އޮތީ ސިއްރުކުރުން. ހެކިބަސް ދިންމީހާއެވެ. ތިޔަ ހެކިބަސް ދިންހިސާބުން މައްސަލަ ނުނިމޭނެއެވެ. ކަލެއަށް އެފައިސާ ދިންމީހަކާ ގަޑިއާއި މި ހެކި ސާބިތުކޮށްދޭން ޖެހުނީއެވެ.

    އިއްޔެ އުއްތަމަ ފަނޑިޔާރަށް ހެދިގޮތަށް ހުކުމް އިއްވަން ދައުލަތުން އޮތީ ދަނޑީމާރުބަނދެ ތައްޔާރުވެގެން. ސިއްރު ހެއްކަކީ މިގައުމުގެ ޝަރުއީދާއިރާގެ ސައްހަނޫން ކަން ދައްކަުވައިދޭ ބޭކާރު ލޭޔާއެއް.

    • ބކރ

      ބޭކާރު ލޭޔަރ އެއް ކަން އިނގޭނެ އޭގެ އަނެއްދުވަހު ވަޅި އެއް ޖެހީމަ!

  8. އަބްދުއްލާ

    ގާނޫނުއަސާސީގަ ބުނާގޮތުން ކޯޓްގެ ފަނޑިޔާރުގެ ކުރިމަތީގަ ބުނާބުނުން ނޫނީ ފަނޑިޔާރު ގަބޫލުކޮށްގެންނުވާނެ . ނަމަވެސް މި ބަޔާން ގަރީނާ އަކަށް ބެލެވިދާނެ.

  9. އަހުމަދު

    ގޯނިގޯނީގަ މިނޫނަސް ފައިސާ އުފުލިކަމަށް މީހަކު މަޖުލީހުގައި އަދި ޕަބްލިކްމީޑިއާއެއްގައިވެސްބުންޏެއްނު.... އަޅައެއްނުލައްވާ...
    މިއީ މިހާރުގެ ހާލަތު ....

  10. ކާށިހޮވާ

    ވެރިކަން ވައްޓާލަން ފައިސާ ބެހި ކަމަށް ދިން ބަޔާން އަނބުރާ ނުގެންދެވޭނެއޭ ސަބަބަކީ އެ ބަޔާނަކީ ބަޔާން ދިން މީހާގެ ފުރިހަމަ އިޚްތިޔާރުގައި އޭނާ ސޮއި ކޮށް ފިންގަރ ޕްރިންޓް ޖަހާ ދީފައިވާ ސިއްރު ބަޔާނެކޭ ކަން މިހެން ހުރުމުން އެ ބަޔާން އޭނާ އަނބުރާ ގެންދަން ބޭނުން ވިނަމަވެސް އެކަން ނުކުރެވޭނެއޭ. ދެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެން މިކަމާއި ނޫޅެ ރަށުތެރޭން މުޑި ކާށި ހޮވުން ފަދަ ކަމަކާއި ގެން އުޅުނިއްޔާ މާތާހިރުވާނެ އެއް ނޫންތޭ މަމެން ބުނަން ނެތީމު ދޯ. ކާށިހޮވާދޯ.

  11. މަރި

    ޜޯބުހުތާނ ދޮގު ހެކިދޭން އެއްބަސްވީ ސިއްރުން، ދެން ފަޅާއެރީމާ ނުކެރުނީ