ރ. އަލިފުށީގައި ގޭގައި ނަމާދަށް ހުރި އަންހެނެއްގެ އަނގަޔަށް އޭނާގެ ކުރީގެ ފިރިމީހާ ލައްފިލުވާ އެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ،އެ މައްސަލަ ފުލުހަށް ހުށަހެޅީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން ވިދާޅުވީ، ރޭ 21:45 ހާއިރު މައްސަލަ ހުށަހަޅާފައި ވަނީ، އެރަށުގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި ކަަމަށް ބުނެ ކަމަށެވެ.

އަދިއެ މައްސަލައާ ގުޅިގެން 32 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

އަދި މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ފުލުހުން ސީނަށް ގޮސް އަނިޔާ ލިބުނު މީހާ ވަގުތުން އެރަށު ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އެ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެ އަންހެން މީހާގެ އަނގަޔަށް އޭނަގެ ކުރީގެ ފިރިމީހާ ލައްފިލުވާ އަޅާފައި ވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އފ

    ހިތާމަ ހުރި.. ނަމާދަށް ހުއްޓާ އެގޮތަށް ކަންތައް އެކުރީ ަަާަަަަަާަަަަަާަަަަަާަަަަާަަަަަާަަަަަާަަަަަާަ ހާދަ ގޮތްކުޑަ ވީމައޭ. މިގައުމުގެ ބައެއް މީހުން ހާދަ ގޯސް ވެއްޖޭ މިހާރު..

    113
    1
  2. ޢަންހެނުންގެ ހައްގު

    ޢެއީ އޭނަ އަނގަ ހަޑިކަމުން އަނގަ ދޮވެލަދިނީ

    9
    123
    • ޙަމަހަމަ

      މަޖަލެއްނޫން. ކަލޯ ގާތް މީހަކަށް ކަމެއްވީމަ އެކަނިތަ ރޭކާލާނީ ؟

  3. Anonymous

    މިއޮތް ރާއްޖެއެއްވާދޯ ހަގީގަތައް ތެދައްބުނާނަމަ މިފަދަ ކަންތަކަކީ މައިންބަފައިން ދަރިން ތަރިބިއްޔަތު ކޮށްފަ ހުންނަގޮތުން ދިމާވާ މައްސަލަ މުރުއްވަތްތެރި ފިރިހެން ދަރިން ބިނާނުކުރުމުގެ ނަތީޖާ އިންސާނިއްޔަތުގެ އަސަރުވެސް ނެތީ

    69
    1
  4. ފަޒީލް

    ނަމާދައް ހުއްޓާ ގަސްތުގައި ގޯނާ ކުރާނީ ހަމަ ޝައިތާނެއް. ތި މީހާއަށް ހަރުކަށި އަދަބުދޭންޖެހޭ.

    100
    6
  5. XD

    ލައްފިލުވާތަ ނޫނީ ބްލީޗްތަ އެޅީ.

    7
    39
    • ކާފަރު

      ކަލެއަށް ވަރިހަމައެއްނު އެސިޑް އެޅިޔަސް.. ކަލެއައް ކޮން ކަމެއް.

      27
      6
  6. ޑަރޭ

    ފުލުހުންނޭ ބުނީމަ ސަފާރީ ސިފަވަނީ.....ދެން އިތުބާރު ނު ކުރެވޭ ގޮތްވަނީ.

    39
    6
    • ރޯޔަލް

      މައްސަލަ އަކީ ފުލުހުންނެއްނުން އިގޭތޯ. މައްސަލައަކީ ވެރިންގެ މަސްލަހަތު ހިމާޔަތްކުރަން ގާނޫނު ހަދަން ތިބި މީހުންނާއި ކޯޓް ތަކާއި ޕީޖީ. ފުލުހުންކަމެއް ހުއްޓުވަން ނުވަތަ ފިޔަވަޅު އަޅަން އުޅެފިނަމަ މަސައްކަތް ކުރާތަން އެބަ ބަދަލު ކުރޭ. ދެން ބުނަނީ ފުލުހުންނަކީ ހުވައެއް ކޮށްގެން ތިބި ބައެކޭ. ދެން މިހުރި ތަންތަނުގައި ތިބީ ހުވާ ނުކޮށް ތިބި މީހުން ހެއްޔެވެ. ނޫނެކެވެ. އެމީހުންވެސް ތިބީ މާތްﷲ ގަންދީ ހުވާ ކޮށްގެންނެވެ. ފުލުހުންނަކީ ރައްޔިތުންގެ ކުރިމަތީ ސަރުކާރުގެ އެނިހެން އިދާރާތައް އިހުމާލުވެފައި އެދިމާވާ ކަމެއް މަތިކުރަން ތިބި ބައެއް. ޖެންޑަރ އިހުމާލުވި ކިތައްކަންތައް ފުލުހުން ބޮލަށްކެނޑީ..

      13
      1
  7. ބަކުރުބެ

    ތިވާނީ ޑިސް އިންފެކްޓް ކުރީކަމައް، ކޯވިޑް 19 އައް ބުލީޗް

    7
    54
    • ބަކުރު ޗީ

      ކަލޭ އަނގައަށް އަޅާބަލަ ޑިސް އިންފެކްޓް ކުރަން. މާ ތާހިރު ވާނެ

      24
      1
  8. ކާއީ

    ހަހަހަހަހަ.... އަނހާ މަގޭ ގޯތި ކުދިން ދޯ.... އަލިފުށީ ކަނޑިކަބުރި ފިރިހެނުން.... ހަހަހަހަހަ

    26
  9. އިސްމާލްފުޅު

    ތިޔަރަށު ފިރިހެނުން ނިކަން ގަޅިވާނެ ރާއްޖޭގެ އެހެން ހިސާބެއްނަ ތިތަކަން ކުރި މީހާ ގަން ހިންގުވާނެ

    20
    2
  10. ޝާނީ

    ކަމުގެ ހަޤީގަތް ބަލާފަ އެއްޗެކޭ ބުނިއްޔާ ރަނގަޅު ވާނީ. ތިޔަ ބުނާ އަންހެނާއަކީ މީގެ ކުރިން ވެސް ބުލީޗް ބުއި މީހެއް

    5
    21
    • ނީޝާ

      އޭގެ މާނަ އަކީ ގަދަކަމުން އަނެއްކާ ދޭށޭތަ؟

      11
    • ??????

      ?????? ?????? ????? ???????? ????? ??????? ???????

      14
  11. މުހައްމަދު އަންޖުމް

    ތިޔަބެލުން ދުވަހަކުވެސް ނުނިމޭނެ ދެންބުނާނީ ތީ ދޮގު ވާހަކަޔެކޭ އެމީހާނުވެސް ދެނެހުއްޓޭ ތިވާނީ ގަޔަށް ބާރުވެގެން ލައްފިލުވާ އެޅުނީކަމާށްށޭ އެ އަންހެންމީހާ މާފަށްއެދި ފިލަތްޕޭ މީ ހަމަރާވައިގެން ދީނަށް ފުރައްސާރަކޮށް ދީނުގެ ހުރުމަތް ކެނޑުން އަދިވެސް އަހަރެމެންމިތިބީ ޖާހިލުކަމުގެތެރޭގައި ހޭވެރިކަންވާއިރު ގައުމުގެ ދީންވެރިކަން އޮންނާނީ %50 ޣައިރުދީނަށް މި ޔަހޫދީ ސަރުކާރު ވައްޓާލާފައި ހުރި ހިތާމައެއްގެ ބޮޑުކަމާ!

    8
    1
  12. ވާނުވާ

    އަލިފުށީ މީހުންނ ނަކީ ވަރަށް އަނިޔާވެރި ބައެއް. ހާބުރި ކިޔައި ދޭނެ ތި ރަށު މީހުންގެ ވާހަކަ

    7
    1
  13. ފިރިމީހާގެ އަނބިމީހާ

    އެވެސް ނަމާދުކޮށް ރޯދަ ހިފާ މީހެއް

  14. ބޯ

    ތިމައްސަލައިގެ ލައް ގަނޑު ފިލާލެއް ވަރަށް އަވަސް ވާނެ.....ސަފާރީ އެއް ނޫން..ބުލިޗް

  15. ދޮންމަނިކު

    ހައްގު އަދަބު ނުދެވޭނަމަ ކުށެއް ކޮއްލަން މިހާރު ދިވެހިން އެއްވެސް ވަރަކައް ފަހަތަކައް ނުޖެހޭ.... މލނިވަން ކަމެއްނެއް ދިވެހިންގެ ރައްކާތެރިކަމައް އަހަރަކު ގާތްގަޑަކައް 400 މިލިއަން ހަރަދުކުރެވޭ.....

  16. ހުސޭނު

    މަޖިލީހުން ތިމައްސަލަ ބަލާ ދޭނެ! ތިވާނީ ޔެލޯޕާޓީ ގޮލައަކައް!!