ޖޫން މަހުގެ ކަރަންޓް ބިލް އަދަޔާ ހިލާފަށް ބޮޑުވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން މީހުން ގޭގައި ތިބުމާއި، އަދި ރަމަޟާން މަހާއި ދިމާވުމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނިއިރު، ކުރީގެ މަސްތަކާއި ހިލާފަށް ކަރަންޓް ބިލް ބޮޑުވެ އެކަމުގެ ޝަކުވާތައް ރައްޔިތުން ވަނީ ބަންޑުންކޮށްލާފައެވެ. އަދި ކަރަންޓް ބިލް ބޮޑުވުމުން އެކަން ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ.

ކަރަންޓް ބިލް ބޮޑުވިކަމުގެ ޝަކުވާތަކާއިއެކު ޖޫން މަހުގެ ބިލުން ސަބްސިޑީގެ ގޮތުގައި 40 އިންސައްތަ ކަނޑާލަން މިހާރު ވަނީ ނިންމާފައެވެ. އަދި ކަރަންޓު ބިލްތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.

ސްޓެލްކޯއިން މިއަދު ހަވީރު އޮތް ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސް ވަރަކަށް ވެފައި، ކޮންމެ އަހަރަކުވެސް ހޫނު ދުވަސްވަރު އެހެން މަސްމަހާއި ހިލާފަށް ކަރަންޓްބިލް 10 އިންސައްތަ ބޮޑުވާ ކަމަށެވެ.

އަދި ބިލްބޮޑުވެފައި ވަނީ ކޮވިޑް-19 އާ ހެދި ގިނަ މީހުންނާއި ކުދިން ގޭގައި ތިބެން ޖެހުމުންނާއި، ރޯދަ މަހުގެ ދުވަސްތައް ޖޫން މަހުގެ ތެރެއަށް އައުމުންކަމަށްވެސް މުޣުނީ ވިދާޅުވިއެެވެ.

"މި ދުވަސްކޮޅަކީ އާއްމުކޮށް ވަރަށް ހޫނުގަދަ ދުވަސްކޮޅަކަށް ވެފައި އާއްމުކޮށްވެސް މަތިވާނެ ބިލެއް، އޭގެ އިތުރަށް ރަމަޟާން މަސް ވެސް މީގެ ތެރެއަށް އެބަ އާދޭ. ކުރީގެ ކޮންސަޕްޝަން ޕެޓާންއަކަށް ނޫން ދާނީ، ސްކޫލަކަށް ކުދިންނެއް ނުދާނެ، އޮފީހަކަށް ބޭފުޅުންނެއް ނުދާނެ، ހަމަ 24 ގަޑިއިރު ގޭގައި މި ތިބެނީ، ގޭގައި ތިބޭ ކަމަށް ވަންޏާ އޮފްކޯސް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޭތެރޭގެ ކޮންސެޕްޝަން ޕެޓާންތަކަށް ބަދަލު އަންނަނެ ކަން". މުޣުނީ ވިދާޅުވިއެވެ.

އަދި މިއީ ކަރަންޓްބިލް ބޮޑުވާ ދުވަސްކޮޅަކަށް ވެފައި ބިލް ކުޑަ ކުރުމަށް އެނާޖީ ސޭވިންގ ވޯކްޝޮޕެއް ހިންގި ކަމަށް މުޣުނީ ވިދާޅުވިއެވެ.

އަދި ބޮޑެވި ގިނަ ކަރަންޓް ބިލަކީ ކަރަންޓް މީޓަރު ފޮޓޯ ފޮނުވަށް އެދުމުން އެ ފޮޓޯ ނުފޮނުވުމުން، ކުރިން ތިން މަހަށް ބަލައި އެވްރޭޖް ބިލްތައް ހެދި ގޭތަކުގެ ކަރަންޓް ބިލްކަމަށް މުޣުނީ ވިދާޅުވިއެވެ.

"ބިލްގެ ރީޑީންގ ލިބެން ޖެހޭ ބިލް އެކިއުރޭޓްވާން، ތާރީހުގައިވެސް އެވްރޭޖްކޮށް ބިލެއް ހެދީ އަލަށް. ބިލް ނުހަދާ ވާކަށް ނެތް، އެއްފަހަރާ ބިލް ހަދައިފިއްޔާ މާބޮޑުވާނެ". މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ، ކޮވިޑް-19 އާ ހެދި އިއުލާނު ކުރި ފުރަބަންދުގެ މުއްދަތުގައި ކަރަންޓް ބިލް ދައްކާފައިވަނީ 30 އިންސައްތަ މީހުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    މުއުނީއަށް މުއުނީގެ ސިކުނޑިއަށް ވިސްނޭ ގޮތަށް ބިލްހެދީ. ރޯދަމަހު ތިބީ ބަޑަށް. މީޓަރު ރީޑިންގ ބަރާބަރަށް ފޮނުވިން. ބިލްކުޑައެއް ނުވޭ. ރައްޔިތުން ހަނާވަނީ.

    23
    2
    • ޙައްގުބަސް

      ވަރަށް ދެރަކަމެއް!! މިއީ ހަމަ އަނިޔާވެރިކަން!! އޮޅުވާލުން!! ރައްޔިތުންގެ ޖީބުތައް ފެލުން!! ރިވެތި ގޮތުގަ!! މިވެރިކަން އައިފަހުން މިރާއްޖެ ހަލާކުވެއްޖެ!! ބަލިކަށި ވެއްޖެ!! ނިކަމެތި ވެއްޖެ!! ރައްޔިތުންގެ ޖީބުތައް ހުސްވެއްޖެ!! އެތައްހާސް ބަޔަކު ވަޒީފާއިން ވަކިކޮށް ޢާންމުދަނީ ލިބޭނެ ގޮތްނެތި ގޮތް ހުސްވެއްޖެ!! މިވެރިކަން އައިފަހުން ކުރަނީ މުޅިން ވައްކަން!! ބަދަލުގެ ގޮތުގައޭ ކިޔާ ވަރަށް ރީތިކޮށް އެދަނީ ގައުމުގެ މާލިއްޔާ ރައްޓެހިންނަށް ބަހާ ހުސްކޮށް ނިންމަމުން!! ސްޓިކާ ޖަހައިގެން އަދި އެކިއެކި ޖޫރިމަނާތައް ކޮށްގެން ރައްޔިތުން ހާލުގައި ޖައްސްމުން!! މިހާރު މިފެށީ އަސާސީ ހައްގުތަކުން ބިލްތަކުން (ކަރަންޓް ބިލް، ފެން ބިލް) ތަކުން ވައްކަން ކުރަމުން!! ހުރިހާ ދިމާލަކުންވެސް ވައްކަން!! ގައުމު ފުނޑިއްޖެ!! މިކަން ޙައްލުކުރެވޭނީ ދިވެހި ޒުވާނުން ނިކުމެގެން!! އިޖްތިޖާޖްކޮށްގެން!! އަނެއްކޮޅުން ގައުމުގެ ހުރިހާ ބާރެއް މަޖްލިސްތެރެއަށް ޖަމާކޮށްގެން މުއައްސަސާތައް ހައިޖެކްކޮށްގެން!! ކޯޓުތައް ހައިޖެކް ކޮށްގެން އުޅެނީ ޖުޑިޝަލް ސަރވިސްކޮމިޝަނަށް އެމްޑީޕީގެ އެކްޓިވިސްޓުންނާ އެމީހުންގެ ވަކީލުން އިސްކޮށްގެން ޚުދު ނަޘީދުވެސް އެތާ ހުރެގެން!! މިހާރު މިއުޅެނީ ފުލުހުން މުއައްސަސާ ހަލާކުކޮށް އެތަނުން ކުރަމުންދާ މަސައްކަތަށް އަތްބާނާ ނުފޫޒު ފޯރުވަންވެގެން ފުލުހުންގެ މުޅީން އާ ގާނޫނެއް އުކުލަވާލާ އެމުއައްސަސާ ފުނޑާލަން!! މިއީ ދިވެހި ރައްޔިތުން ކެތްތެރިކަން ކޮޅުންލާ ހިސާބަށް މިގައުމުގެ ކަންތައްތައް ނުބައިން ނުބަޔަށް ހިގައްޖެ!! މިކަން ޙައްލުކޮށް ނިމެންޖެހޭ!! ބޭނުންހާގޮތެއް ހެދިޔަދީގެންނުވާނެ!! ބަޔަކު މިގައުމުގެ ވެރިކަމާ ޙަވާލުވެ މިގައުމު ރޭޕްކުރަމުންދާކަމަށް ގިނަބަޔަކު ބުނަމުން އެއޮތްދަނީ!!

      12
  2. ޙަމަހަމަ

    މަށައްދޯ އެނގޭނީ މަގޭ ގޭގަ ހަރަދުކުޑަކުރަން ކަރަންޓު ބޭނުންކުރިވަރު. ބަހަނާ ނުދައްކާ އެހެން މުއައްސަސާތައް ހަދާހެންބުނޭ "އޮޅިގެންނޭ".

  3. ޙހހހ

    ބަލާބޮޑު ކުރަން ނޫޅެއްޗޭ ، މާމައްޗަށް ތިދަނީ މިހާރު ، ބަލަ މިމަހު އެކަނިތަ ގޭގައި ތިބީ ، އަދި މިހަފްތާއެކަނި މި ހޫނުގަދަވެސްވީ ، މިދިޔަ މަހުބިލާ ކޮންގުޅުމެއް އޮތީ ، ނުވަންޏާ ފާބާ ، ތިބޭފުޅުން އޮންނާނެ މީގެ ދެ ހަފްތާ ކުރިން އިއުލާންކޮށްފައި މިފަހަރު ބިލް ހަދާނީ ގޭގެއަށް ގޮސް މީޓަރ ބަލާގެންނޭ ،

    6
    1
  4. ޞަކީލް

    ހިޔާލީ ފޮލާ ކައްކާހެން ( ގެސްކޮށްފަ) ބޮޑެތި ބިލް ހަދާފަ ފޮނުވާއިރު ބައެއް މީހުން ހާދަ ހާލުންނޭ ބިލް ދައްކާލާނެ ލާރިކޮޅުވެސް ހޯދަނީ. ޢެހެން އަހަރު ތަކުވެސް ސްޓެލްކޯއިން ތިވަރުކޮށެއް ނުލާ. މުގނީ އަށް އޯކޭތާ. މުސާރައަށް ލައްކަ އެއް ލިބެންޏާ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު

  5. ތި ހިންގި

    ތިހިންގި ވޯރކް ސޮޕް ތިއޮތީ ނުވަތައް ހިންގިފަ .. އެހެންވެ ތިހާ ބިލްތައް ބޮޑުވެގެން އެދިޔައީ..
    ..
    40 ޕަސަންޓެއް ނޫން އެއްކޮއްވެސް 100 ޓިވެސް ކަރަންޓް މި ފަހަރު ކަނޑާ ދެންޖެހޭ... އަދި އަމުދުން ކަރަންޓް ކުއްވެރި ވޭތޯ ރަނގަޅު ތަހުގީގެއް ހިންގެންވެސް ޖެހޭ...

  6. ނަައީމް

    ކޮބާހޭ ރަށްފުށުގެ ރައްޔިތުންގެ ހައްގު މިއަދު ވަކާލާތު ކުރާނޭ މީހަކުނެތީތޯ .ފެނަކައިންވެސް ޖޫންމަހުގެބިލުން އެހީކަނޑާލާފަ އިނީ މީސީދާދާ ރޭވުމެއް މިބައި ރައްޔިތުންފެލައިގެން ހޯދާނެކަން މިހާމަވީ ކީއްކުރާނީ ކޮންމެވެސްބަޔަކު މިވެރިންނަށްވެސް އެބަސަނާކިޔާވިއްޔާ މިސަރުކާރު ނިމޭނީ ކޮންއިރަކުންބާ ރަނގަޅު ހަމަ އެއްކަމެއްވެސް ނެތީ..ކީއްކުރާނީ

  7. އަރީ

    ބިލްބޮޑުވީ ސްޓެލްކޯ ވެރިން ރަމާލާން އިނާޔަތާއި ގޭގަތިބެ ބޮޑުމުސާރަ ނަގަން ދިމާކުރީމަ

  8. ތުކައްޒިބާން

    އެނަރޖީ މިނިސްޓަރަށް ލަފާދޭން ރައްޔިތުންނަށް ސިއްރުން މަޖްލީހުގެ ރައީސްގެ އެކެބަނޑެ ބެއްޔާ ބަހައްޓާފައި ހުރޭ އެއްވެސް މަސައްކަތެއް ނުކުރި ނަމަވެސް މަހަކު 1 ލައްކަ ރުފިޔާ ދީފައި އޭނާ އަކީ މިދާއިރާގެ މަތީ ތައްލީމް ވަރަށް ބިޔަ ކޮށް ނަގައިގެން ހުރި މީހަކަށް އޮންނަނީ އަޑުއަރުވާފައޭ ކަމެއް އަތުން ކުރަން ނޭގުނަސް އަދި ދާ އޮހޮރުވައިގެން މަސައްކަތް ކޮށްގެން ވިޔަފާރި ކާމިޔާބު ކުރަން ނޭގުނަސް ސަރުކާރު ހިންގަން ޖެހޭނީ އަމިއްލަ ގޭގެ ވަޑާންގެ ހިންގި ގޮަތަށް ނޫނޭ ސަރުކާރު ހިންގަން ޖެހޭނީ ސަރުކާރު ހިންގަން ޖެހޭ އުސޫލުން ސައުވީސް ގަޑިއިރުގެ ވަޒީފާ އެއް ކަމަށް ދެކިގެންނޭ ކެނެރީގެ ނަޝީދުގެ އެކެބަނޑެ ބެއްޔާ މެންނަށް ބޮޑެތި މުސާރަދޭ އެނަރޖީ މިނިސްޓްރީން ވެސް އަދި ސްޓެލްކޯ އިން ވެސް އަދި ފެނަކައިން ވެސް ޖުމްލަ މަހަކު އޭނާ ގެއަށް ގެންދޭ 4 ލައްްކަ ރުފިޔާ ސަރުކާރުން މުސާރައިގެ ގޮތުގައި އޭނާ ކުރާ މަސައްކަތެއް ފެންނާން ނެތޭ ރައްޔިތުންނަށް މީ ރޯމާ ދުވާލު ވައްކަން ކުރުން ނޫން ދެން ކޮން ކަމެއްތޭ...

  9. ނުވާނެއޭ

    މިދިޔަ މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓްގެ ޑިސްކައުންޓް ދޭން ނިންމައިފި ނަމަ އެނިންމި ގޮތެއް ވެސް ރައްޔިތުންނަށް އިނގެންވާނެއޭ ސްޓެލްކޯގެ އެމްޑީގެ އަމިއްލަ ކުންފުންނެއް ނޫނޭ ތިޔާއީ ތިޔާ ކުންފުނި ވެސް ދަރަނިވެރި ވެއްޖެނަމަ އެއަށް ޒިންމާ ވާން ޖެހޭނީ ރައްޔިތުންނޭ ކިއެއްވެތޭ ކަރަންޓް ބިލް ގޭގެ އަށް ފޮނުވުމުގެ ކުރިން ތިޔާ ކަން ރަނގަޅަށް ދެކޮޅު ބަލާ ނެހެދީ މިސަރުކާރުގެ ޕްލޭނިންގް މިނިސްޓްރީ އެއް ހުންނަ އިރު ގައުމުގެ އިގްތިސާދު މަޑުޖެހިފައި 4 މަސް ވީއޭ މިވަރުންވެސް ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ގައި ތިބޭ ކަނޑުކޮހުންނަށް ރާއްޖޭގެ އިގްތިސާދު އަޑިއަޅާލާފައިވާ މިންވަރު ހަމަ ނޭގެނީތޭ އިންޑިއާ އަށް ރާއްޖެ އަށް ދެވޭނެ އެހީއެއް ނޯންނާނެއޭ އަދި ވެސް ރާއްޖެ އަށް އެހީއެއް ވެދެވޭނީ ޗައިނާ އަށޭ ޗައިނާގެ އެގްޒިމް ބޭންކް އިން 2 ބިލިއަން ޑޮލަރުގެ ލުއި ލޯން ނުނަގާ ކުޅަދާނަ އެއް ނޫނޭ ރާއްޖެ ބަނޑަށް ނުޖެހި ދެން ސަލާމަތްވާން ކުޅަދާނަ އެއް ނޫނޭ...

  10. ކުރަނީއޭ

    ކަރަންޓް ބިލުން އޮތީ "ޓެކްނިކަލް" ގޮތުން ވައްކަން ކޮށްފައި ކަމަށްވާނަމަ މިކަން ޖެހޭނެއޭ މަޖްލީހުގެ ރައީސް ފަޔަށް ހިނިއަރައިގެން ކޫސުނި މައްސަލަ ތައް ބަލާ ގޮތަށް މިކަން ވެސް ބަލަން މީ ފިރިހެންވަންތަ ކަމަކީ ތަމެންނަށް ކެރެންޏާ މިކަން ބަލަންވީ ނުކެރޭނެއޭ ބަލަން ސަބަބަކީ ސްޓެލްކޯ ބޯރޑް މަތިން ބޯރޑަށް ވެސް ލަފާ ދޭން ތިބެނީ މަޖްލީހުގެ ރައީސް ގެ އެކެބަނޑެ ބެއްޔާ މެން ވިއްޔާ ދޯ ކީއްކުރާނީ ވަށައިގެން ބަލާލި ނަމަވެސް ފެންނަނީ ވަގަޔާ ވަގަޔާ އުސޫލުން ވައްްކަމޭ މުޅިން ވެސް ކުރަނީ...

  11. ޖަބީންދީ

    މިސަރުކާރުން ކުރާކަމަކީ ރައްތުން އަތުން ލާރި ހޯދޭނޭ މަޅިޖަހައި އެކަން ކުރުން، ފުލުހުންވެސް ތިބެނީ ދޫނިހިފާ އުސޫލުން ފިލާ ފައިންތައް ކުރަން އެހެނިހާ ކްރައިމްތަކެއް ކުރިއަށް.

  12. ތުކައްޒިބާން

    ކަރަންޓް ބިލުން %40 ޑިސްކައުންޓް ޖޫން މަހު ދީފައި ދެން ޖުލައި މަހު ދޭނީ %60 ދެން އޮގަސްޓް މަހު ދޭނީ %80 ދެން ޖެހިގެން އަންނަ މަހު ޖެހޭނީ ހިލޭ ދޭން ތިޔާއީ ދަ ރާއްޖެތެރޭގެ ރަށްކުރިއަރުވާ ކޮމެޓީން އިންޖީނުގެ ތައް ހިންގި ގޮތުގެ ނަމޫނާއޭ ތިޔާ ގޮތަށް މާލޭ ބޮޑު އިންޖީނުގެ ނުހިންގޭނެއޭ ޗައިނާގެ އެގްޒިމް ބޭންކް އިން ވަރުގަދަ ލޯނެއް ނަގައިގެން ބަލަންވީ 1000 މެގަވޮޓްގެ 1000 އިންޖީނު ބަހައްޓަން ސްޓެލްކޯ ދެކުނުން އޮތް ތިލަ ފަޅު ހިއްކާލަންވީއޭ މާލެ ސައިޒުގެ 1000 މާލެ ނެގެން ދެން އެއިރުން ހުންނާނީ ރަނގަޅަށޭ އެއިރުން އެތަނުން 500 މާލޭގެ ބިންތައް ކުއްޔަށް ދޭނީއޭ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސްޓެލްކޯ އަށް ކުއްޔެއްގެ ގޮތުގައި ދައްކާ ގޮތަށް އެއިރުން ކަރަންޓް ބިލް ހިލޭ ދެވޭނެއޭ ސްޓެލްކޯ އަށް މިކަން ކުރަން ތަމެން އިންކާރު ނުކުރަންވީއޭ އިންކާރުނުކުރަންވީއޭ އިންކާރުނުކުރަންވީއޭ...

  13. އަލިފު!

    މީ ކަނޑައެޅިގެން ހެދި ވަރަށްބޮޑު ދޮގެއް! މި މައްސަލާގައި މިނިވަން ތަޙްޤީޤަކަށް ދާވެސް ބޭނުން! ފާއިތުވި ދެމަހު އެމީހުން އެދުނު ގޮތައް މީޓަރު ފޮޓޯ ނަގައިގެން ބިލްތައްޔާރު ކުރުމަށް ފަހު މިމަހު އެމީހުން ރީޑިން ނަގަން ގޭގެއަށް ދާން ހަމަޖެއްސީ މި މަކަރު ހަދަން ރާވައިފައެވެ. އަހަރެންނަކީ ބަރާބަރަށް މީޓަރުގެ ފޮޓޯ ނަގައި އެބަލަހައްޓމުން ގެންދާ މީހެކެވެ. މިފަރުވެސް އެމީހުން ރީޑިން ނެގިހިސާބުން މީޓަރުގެ ފޮޓޯ ނަގާފައި ހުންނާނެ! އެމަކަރު އެ އެޅުވީ ރަޟާން މަހާ، ލޮކްޑައުން އާއެވެ. އެއީ އަބަދުވެސް މަކަރުވެރި ޚިޔާނާތް ތެރިން ކަންތައް ކުރާގޮތެވެ. އެފަދަ ވަގުތު ތަކުގައިވެސް އެންމެންގެ ޢަމަލުތައް އެއްގޮތެއް ނުވާނެއެވެ. މިގެއަކީ ޓީވީއެއް ކޮމްޕިޔުޓަރެއްވެސް ހުންނަގެއް ނޫނެވެ. އަދި ގޭގެ އެއްކޮޓަރީގެ ކަރަންޓްގެ ހުރިހައި ޚިދުމަތެއް ކެނޑިފައި ހުންނަތާ ދެމަހަށްވުރެ ގިނަދުވަސް ވަނީވެފައެވެ. އެކަމަކު މިފަހަރު އެެެއޮތީ ޑަބަލް ބޮޑުކޮށްފައެވެ. ގަދާ ދޮގު ފޫބައްދަންވެސް ނޭނގެއެވެ.

  14. ބަނީ

    މުގުނީ އިސްތިއުފާ ދޭންވީނުން.... ފޮޓޯ ފޮނުވީމަ ވަލި ކުޑައެއްނޫން.... ދުވަހަކު މީގެ ކުރިން ނިވާނުލާ އެއްޖިހި ނިވާލީމަ ވެސް ކުޑަނުވި.... ކީކޭތަ ތިކިޔަނީ....

  15. ބަލްމާ

    ބިލްބޮޑުވީ ސްޓެލްކޯގެ ނުލަފާ ކަމުން
    90،000 ރުފިޔާ މުސާރަ ލިބޭނީ އެވަރު ކުރީމަ ދޯ

  16. ކިއުން ތެރިއެއް

    ރަމަޟާން މަސް އަައީ ޖޫނު މަހުތަ؟

  17. މީ ދެން ބޮޑުވަރު

    މިދިޔަ މަހުގަ އެކަނި ދޯ ގޭގަ ތޮބީ؟ އެހެން މަސްމަހު އުޅުނީ މުޅިންވެސް ބޭރުގަ!!!!!!!!!!