މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނަށް ބޭރުން ތަޙްޤީޤުގެ ދާއިރާގެ މާހިރަކު އައްޔަނުކޮށްދިނުމަށް މަރާލާފައިވާ ނޫސްވެރިޔާ ރިލްވާން އަހުމަދުގެ އާއިލާއާއި މަރާލާފައިވާ ބްލޮގަރު ޔާމިން ރަޝީދުގެ އާއިލާއިން އެދިއްޖެއެވެ.
ރިލްވާން އާއި ޔާމީން ރަޝީދުގެ އާއިލާތަކުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ އާއިލާއިން އެގޮތަށް އެދިފައި ވަނީ ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް، ކޮމިޝަނުން ތަހްގީގު ކުރަމުންދާ މައްސަލަތަކުގައި ހިމެނޭ އެންމެހާ އާއިލާތަކަށް
އިންސާފު ގާއިމުކުރެވޭނޭކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.
""ދިވެހިރާއްޖެއިން ބޭރުން ތަޙްޤީޤުގެ ދާއިރާގެ މާހިރަކު ޢައްޔަނުކޮށްދެއްވައި، ކޮމިޝަންގެ މަސައްކަތައް އެހީތެރިކަން ފޯރުކޮށްދެވޭނޭ އިންތިޒާމް ހަމަޖައްސައިދެއްވުމަށް ވަނީ އެދިފައެވެ". އާއިލާއިން ނެރުނު ބަޔާނުގައި ވެއެވެ.
އެ އާއިލާއިން މަރުތައް ބަލާ ކޮމިޝަނުން ރިލްވާން އާއި ޔާމީންގެ މައްސަލަތައް ތަޙްޤީޤުކޮށް، ފުރިހަމަކުރުމަށްޓަކައި އިތުރަށް ބޭނުންވާ އެހީތެރިކަން ކަށަވަރުކުރުމަށް މިއަދު އެ ދެމީހުންގެ އާއިލާއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއާ ބައްދަލު ކުރައްވާފައިވަ ކަމަށެވެ.
އެ ބައްދަލުވުމުގައި ކޮމިޝަންގެ މަސައްކަތްތަކުގައި މިހާތަނަށް ފާހަގަކުރެވިފައިވާ ބައެއް ކަންތައްތައް ރައީސް ހިއްސާކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
"އާއިލާތަކުގެ މި އެދުމަށް ރައީސުލްޖުމްހޫރިއްޔާ އިޖާބަ ދެއްވާފައި ވުމަކީ އާއިލާތަކުން މަރުޙަބާ ކިޔާ ކަމެކެވެ. އަޅުގަނޑުމެންގެ އުއްމީދަކީ
އެންމެހާ އާއިލާތަކަށް ލަސްނުވެ އިންސާފް ލިބުމެވެ". އެ ބަޔާނުގައި ވެއެވެ.
ރިލްވާން ފެނިއްޖެތަ...
މީހާރު ކަލޭމެން އައްޔަނުކޮށްފަތި ބި ދިވެހިން ބޭނުންހާއެއްޗެއް ނުކިއުމުން ކުލީ މާހިރެއް ގެންނަނީދޯ.
ބޭނުންހާއެއްޗެއް ނުހެދޭނެ
ޔާމީނުގެ މަރުގެ މައްސަލައިގަ ކީއްވެކަން އެނގި ދައުވާ ވެސް އުފުލާފަވީ. މައްސަލަ ކޯޓުގަ އެބަ ހިނގާ. ދެން ކޮން އިންސާފެއްގެ ވާހަކަ މިދައްކަނީ؟ މައްސަލަ ބޭނުންވަނީ ވަކި މީހެއްގެ ބޮލުގަ އަޅުވަންތަ؟ ޢެތަ ތިކިޔާ އިންސާފަކީ؟