ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލް، އޭނާގެ ދެބައިންގެ ދެ ދަރި އަންހެން ކޮއްކޮ ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޖުމައްޔިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ތަފްސީލްތައް އަނިޔާ ލިބުނު ކަމަށް ބުނާ ޒުވާން އަންހެން މީހާ ވަނީ ޓުވިޓާ ކިޔައިދީފައެވެ.

ޖުމައްޔިލްއާ ބެހޭ ގޮތުން ބޮޑު ތުހުމަތެއް ކުރީ ޒަހޫ ނަމުގައި ޓުވިޓާގައި ހުޅުވާފައިވާ އެކައުންޓަކުންނެވެ. ޖުމައްޔިލްގެ އަނިޔާގެ ޝިކާރައަކަށްވި އިރު، އޭނާގެ އުމުރުން ވާނީ އެންމެ 17 އަހަރު ކަމަށް ވެސް ޒަހޫ ބުނެފައިވެއެވެ.

ޒަހޫ ކިޔައި ދިން ގޮތުގައި މިކަން ހިނގާފަިއ ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން، ހަތަރު އަހަރު ފާއިތުވެގެން ދިޔަ އިރު، އޭނާ އަށް އިންސާފު ލިބިފައި ނުވާ ކަމަށާއި އިންސާފު ހޯދަން ހިނގަން ޖެހުނު ކޮންމެ މަގަކުން ހިނގާނެ ކަމަށް ބުނެފައިވެއެވެ.

"މާތް ﷲ އިރާދަފުޅުން މި ތަޖުރިބާ ހިއްސާ ކުރަން ހިތްވަރު ލިބިފައި ވަނީ އެތައް އަހަރެއް ފަހުން، އިންޝާ ﷲ، އަޅުގަނޑު އަމިއްލައަށް ނަމަވެސް މި މައްސަލަ އަށް އިންސާފު ހޯދާނަން މިފަހަރު. އެކަން ހަނދާން ކުރާތި. އަހަރެން އެކަމުގައި އުޅޭނަން،" ޒަހޫ ބުނެފައިވެއެވެ.

https://twitter.com/xahhuu/status/1278631822268612608?s=20

ޒަހޫ ބުނި ގޮތުގައި އޭރު އޭނާ އުޅުނީ ޖުމައްޔިލް ދިރިއުޅޭ އެޕާޓްމަންޓްގެ ތިރީ ބައިގައެވެ. އަދި އެ ވަގުތަކީ ގޭގައި އެކަނި ހުރި ވަގުތެއް ކަމަށާއި މަންމަ އޭރު ދިޔައީ ބޭރަށް ކަން ފާހަގަކޮށްފައިވެއެވެ. އެހެންވެ، މަންމަ އަންނަންދެން ޖުމައްޔިލް ދިރިއުޅޭ އެޕާޓްމަންޓަށް ދިޔަ ކަން އޭނާ ބުންޏެވެ. އަދި އޭރުގައި ޖުމައްޔިލް ފިލްމެއް ބަލަން ކޮޓަރީގައި އިން ވާހަކަ އާއި ފިލްމް ބަލަން އައުމަށް އޭނާ ދައުވަތު ދިން ކަމަށް ޒަހޫ ބުންޏެވެ.

އެހެންވެ، ޖުމައްޔިލް އުޅޭ ކޮޓަރިއަށް ގޮސް، އެނދުގެ އެއް ފަޅީގައި އިށީނދެލައިގެން އިން ކަމަށް ވެސް ޒަހޫ ބުންޏެވެ. އޭގެ ފަހުން، ޖުމައްޔިލް ރޭޕް ކުރި ގޮތުގެ ތަފްސީލްތައް ޓުވިޓާގައި ޒަހޫ ވަނީ ވަރަށް ތަފްސީލްކޮށް ކިޔައިދީފައެވެ.

ޖުމައްޔިލް

"އެރޭ ވެގެންދިޔަ ހުރިހާ ކަމެއް، އިއްޔެ ވީ ކަންތަކެއް ފަދައިން ހަމަ ހަނދާންވޭ"، ޒަހޫ ލިޔެފައިވެއެވެ.

އެ ޒުވާނާ ބުނީ، ޖުމައްޔިލްގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަރުބާދުވެފައިވާ ކަމަަށެވެ.

"ކަލޭ އާ ހެދި އަހަރެން ތެރަޕީ ނަގަން ޖެހުނީ، ކައުންސެލިންގ ނަގަން ޖެހުނީ. އަހަރެން ޑިޕްރެޝަންއަށްވެސް ގޮސްފައިވޭ، އަދި އެރޭގެ ކަންތައް މިހާރުވެސް ކޮންމެ ދުވަހަކު އަހަރެންނަށް އުނދަގޫ ކުރޭ،" ޖުމައްޔިލް އަށް އިޝާރާތްކޮށް ޒަހޫ ކިޔައި ދިނެވެ.

އޭނާ ބުނީީ، ޖުމައްޔިލް އުޅެމުން ދަނީ އެފަދަ އެއްވެސް ކަމަކީ ނުވާ ކަމެއް ކަަމށް ހަދައިގެން ކަމަށާއި، އަދި އޭނާއާ ގުޅޭގޮތުން، ޖުމައްޔިލް ދޮގުތައް ހަދަމުންދާ ކަމަށެވެ.

އޭނާ ވަނީ، މިކަމާއި ގުޅޭގޮތުން ޖުމައްޔިލްގެ ބައްޕަވެސް އޭނާއަށް ގުޅި ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ ކުރިއަށް ނުގޮސް އޮތީ ބާރުގަދަ މީހުންގެ ނުފޫޒުންކަމަށްވެސް ބުނެފައި ވެއެވެ.

ޖުމައްޔިލަށް ތުހުމަތުކުރާ މި ސީރިއަސް މައްސަލަ ތަހުގީގުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. އެކަމަކު، ޖުމައްޔިލްގެ މައްޗަށް ދައުވާކުރަން ނުފޮނުވާ އޮތީ ކޯޓުގައި އެކަން ސާބިތުކުރުމަށް އެކަށީގެންވާ ހެކި ނެތިގެން ކަމަށް ބުނެއެވެ.

ޖުމައްޔިލްއާ މެދުގައި މިވަރުގެ ބޮޑު ތުހުމަތެއް މިއައީ ރާއްޖޭގައި އުޅޭ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހޫނުވެ، ރޭޕް ކުރާ މީހުންނަށް ދެކޮޅަށް އަޑު އުފުލަމުން އަންނަ ދުވަސްވަރެއްގައެވެ.

ޖުމައްޔިލަށް ތުހުމަތުކޮށް އަންހެން މީހާ ކުރި ޓުވީޓުތަކާ ގުޅިގެން ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެ މައްސަލަ އަށް ވެފައި އޮތް ގޮތް ބައްލަވައި އޭގެ ތަފުސީލު އޮޅުންފިލުއްވައި އެއްވެސް އެހީތެރިކަމެއް ވެދެވެން އޮތްތޯ ބައްލަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޖުލް

    ނިމާލް އަށްވުރެވެސް ބޮޑާ ތަކައްބުރުކަން ބޮޑު ޖުމައްޔިލްގެ. މަ ހައިރާނެއް ނުވަން. އަދިވެސް ފިލްމު ނެރޭނެ އަނދިރިވާރެޔެކޭ ކިޔައިގެން. ލަދު!!!!

    84
    1
  2. ޅަބޭ

    ޖުމައިލްގެ ބައްޕަ ނިމާލުބުނީ ތިމަންނަ ދަރިއަކައް ރޭޕުކުރާކައް ނޭގޭނެޔޯ.

    65
    3
    • ޙަސަނު

      ކުޑަކުދިން ބެހން ދޯ އިނގެނީ ،/ ޒަހު އަހަރެން ބުނާނެހާވެސް ވާހަކަ އަކީ ، ޒައްރެއްގެ މިންވަރައްވެސް ދޫނުކުރާތި ، ކޮންމެވެސް އެއްދުވަހަކުން އިންސާފް ލިބޭނެ ، މާތްللة ޒަހޫ އައް ކާމިޔާބު ދެއްވާށި ، އާމީން.

      77
      1
    • ޝަޒޫ

      ނިމާލު ބުނީ ޖުމައްޔިލު އަދި ބާލިޤެއް ނުވެޔޯ

      41
      1
  3. ޖުމައްޔިލް

    އެކުއްޖާ ދެއްކީމައެއްނު ކުރެވޭނީ؟

    14
    77
    • ނީނާ

      ކޯއްޗެއް ދެއްކީމަ؟ ފިރިހެނުން މައިތިރިވާނެތަ އެދުންވެރިކަން ނުފުއްދެނީސް. ތިކަހަލަ މީހުންނާ ހެދި އަންހުންކުދިން ހަނުހުންނަން ޖެހެނީ. ކަލޭމެން ދެކޭގޮތުގަ ރޭޕު ކުރަނީ އަންހެން ކުދިން ކުރު ހެދުން ލާތީ އަންހުން ކުދިން ކޫޑިކޮށް އުޅޭތީ

      43
      3
    • ކަލޭ

      ތިކަހަލަ މީހުނާ ހެދި ގައުމު ހަލާކު ވަނީ. ޝޭމް އޮން ޔޫ. ކައެ ގެ މީހަކުނަމަވެސް ބުނާނީ ތިހެންބީ

  4. ނިމާލް

    ވަން ބައި ވަން ދިވެހި ސޯ ކޯލްޑް ސެލެބްރިޓީންގެ އަސްލު ހަޤީޤަތް ފެންނަމުން ތިދަނީ. ބޮލީވުޑްގަވެސް މިފަދަ މޫސުމެއް އައިއްސަ އޮތީ

    62
    1
  5. މަރީ

    އާއްމުގޮތެއްގައި ރީތިފިރިހެނުންނަކީ ރޭޕް ކުރާބައެއް.

    47
    20
  6. Anonymous

    މިކަން ހިއްސާ ކުރީ އަންހެން ކުއްޖާ ހަމަ ހަޤީޤަތުގަވެސް ވަރަށް ހިތްވަރުގަދަ. މިކަން ހިނގައިގެން ދިޔަ ގޮތް މިހާރު ސާފު ވެއްޖެ. ނިމާލު އޭނަގެ ޕޮލިޓިކަލް ބާރުގެ ބޭނުންކޮށްގެން މައްސަލަ ހިންދާލާފަ ތިއޮތީ. ޖުމައްޔިލު ފިލްމު އިނޑަސްޓްރީއިން ހަމަ މިހާރު ބޮއިކޮޓު ކުރޭ

    66
    5
  7. ދިސްވޭ

    ޖުމައްޔިލްގެ މައްޗަށް ކުރި ރޭޕްގެ ތުހުމަތުގައި އޭރު ނިންމާފައި އޮތީ ދައުވާ ނުކުރަން ކަމަށް ވާނަމަ އޭގައި ޝައްކުވާ މައްސަލަ އެއް އުޅޭނަމަ އަލުން އެކަން ބެލޭނެއޭ އެކަމަކު އަންހެން ވެރިން ވެސް މިފަދަ ހައްސާސް އަދި އިންސާނާގެ ހަށިގަނޑުގެ އިއްޒަތާއި ގަދަރާއި ގުޅިފައިވާ ކަންކަމުގައި ނާޖާއިޒު ފައިދާ ނަގައިގެން ނުވާނެއޭ ތިޔާ ކޭހުގައި ހެއްކެއް ނެތިގެން ދައުވާ ނުކޮށް އޮވެއްޖެނަމަ ކުރަންވީ އެކަމަކު ވެގެން ނުވާނެ އާރޓިފިޝަލް ހެއްކަށް ވާން ޖެހޭނީ ހަގީގީ ހެއްކަށޭ މަޝްހޫރު ފިލްމްސްޓާރުން ނާއި އަޅައިގަންނާނެއޭ ދެބެއިންގެ ދެދަރިންގެ އަންހެން ކުދިން ވެސް ދެން އެމެން ބޭނުންވާ މަގްސަދު ހާސިލް ނުވުމުން ރޭޕް ކުރީއޭ ބުނެ ޓްވިޓާ ގައި ވެސް ލިޔެވިދާނެއޭ އެކަމަކު މާލޭގެ ފިލްމްސްޓާރުން ތިޔާ ދަރަޖަ އަށް ދާނެ ކަމަށް މަމެންނަށް ނުފެނެއޭ ތިޔާއީ ދަ ރާއްޖެތެރޭ ފިލްމްސްޓާރެއް ރާއްޖެތެރޭ ރަށެއްގައި ކުރި ކަމެއް ނަމަ މަމެން ގަބޫލުކުރާނަމޭ...

    12
    58
  8. ދެކެނީ

    ރޭޕް ފަދަ ކަންކަމަކީ އެއީ ވާރުތަ ކުރާ އެއްޗެކޭ މަމެންނަށް އެއްގޮތަކަށް ވެސް ހީއެއް ނުކުރެވެއޭ ޖުމައްޔިލް ތިޔާ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ސަބަބަކީ ޕީޖީ ގަައި ވެސް ޕާރކް ކުރާނީ އެއީ ޝަރީއަތުގައި ސާބިތުވާ ވަރަށް ހެކި ނެތުމުންނޭ ފުލުހުން ނުޖެހޭނެއޭ ޕީޖީ އަށް ކޭސް ތައް ފޮނުވާއިރު އެއީ ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައި ހުރިތޯ ނޫންތޭ ބަލަން އެއީ ޕީޖީގެ ޒިންމާ އެކޭ ޖުމައްޔިލް ބައްޕަ ނިމާލް އެއީ ރަނގަޅު ގަދަރުވެރި ފިލްމްސްޓާރެކޭ ދެން އޭނާގެ ދަރި މަމެންނަށް ޤަބޫލުނުކުރެވެއޭ މާލޭން އަންހެން ކުއްޖަކު ނުލިބިގެން ދެބެއިންގެ ދެދަރިއަކު ގަޔަށް ގަދަ ކަމުން އަރާފާނެ ކަމަށް އެއަށް ވުރެން ފުދޭނެ ކަމަށޭ މަމެންގެ ހިތް ބުނަނީ މަމެން ތިޔާ ކަމެއް މިފަހަރު ޤަބޫލުނުކުރާނަމޭ ތިޔާއީ ހަސަދަ އެއް ފިލުވާލަން އާއިލާގެ ތެރޭން ނެރެގެން އުޅޭ ސިހުރެއް ކަމަށޭ މަމެން މިދެކެނީ...

    14
    48
  9. މިއަދު

    ސިދާތާ މިނިސްޓަރުކަމުން ބޭރުކޮށްލީމަވެސް ހަމަ ތިކަން ނުހުއްޓަނީތަ ނޫނީ ތިއީ ކުރީގެ ކޭޝްތަކެއްތަ

    16
    1
  10. ޒޯނާ

    ކޮވިޑް 19 ގެ ސަބަބުން ރޭޕް 20 ގެ ކޭސްތަކެއް ގިނަވަނީ ރާއްޖޭގައި ލޮކްޑައުންގައި ހެޔޮކަ މެއް ކުރަން ނޭނގި!!!؟ ޔޫޓިއުބްއުން ހަޑި މަންޒަރުތައް ބަލައިގެން ކެތްނުކުރެވިގެން!!!
    ޢެޔެއް މިޔެއް ނޭނގޭ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިސްލާ މް ދީން ޤަބޫލު ކުރު މަކީ ކޮބައިކަން ކިޔަވައިދޭންވީ މި ލޮކްޑައުންގައި!!!!!!!

    23
  11. މަރީ

    ކޮވިޑް 19 ގެ ސަބަބުން ރޭޕް 20 ގެ ކޭސްތަކެއް ގިނަވަނީ ރާއްޖޭގައި ލޮކްޑައުންގައި ހެޔޮކަ މެއް ކުރަން ނޭނގި!!!؟ ޔޫޓިއުބްއުން ހަޑި މަންޒަރުތައް ބަލައިގެން ކެތްނުކުރެވިގެން!!!
    ޢެޔެއް މިޔެއް ނޭނގޭ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިސްލާ މް ދީން ޤަބޫލު ކުރު މަކީ ކޮބައިކަން ކިޔަވައިދޭންވީ މި ލޮކްޑައުންގައި!!!!!!!

    11
    • މާޒީ

      މެދު ނުކެނޑި ވަގުތުން ގެނެސްދޭ ދީނީ ނަޞޭޙަތްތައް ފެނޭ ދިވެހި ޢިލްމުވެރިންގެ ފަރާތުންވެސް. ބަލާ މީހަކަށްތާ ފެންނާނީ! ޔޫޓިއުބުގަވެސް އެތައް ބައިވަރެއް ހުރިހައި ބަސްތަކުްނ ހުރޭ ނަޞޭޙަތްތައް އަޅާފަ! އެކަމަކު ހަމަ ބެލިއްޔާތާދޯ؟ ދިވެހި ސަރުކާރުންވެސް އެއްވެސް އިރެއްގައި އެކަހަލަ ފާޑުފާޑޫގެ އެއްޗެހި ނުބެލޭގޮތް ހަދާކަށް ނޫޅޭ،

  12. ގައުމު

    ހެކިނެތިއްޔާމު ދެން ކިހިނެތް ސާބިތު ކުރާނީ.

    9
    1
  13. ސުބަރުމަން

    ތިކަންވީގޮތެއްނޭގޭ، އެކަމަކު އަންހެންކުއްޖާ އެކަނި ކޮޓަރި އައް ގޮސް އެތާގަ ހުރުމާ، ކިތައް ފަހަރު ދެމީހުން އެކަނި ކޮޓަރީގަ އުޅުނިންތޯ، އާމުކޮށް ދެމީހުން އެކަނި ކޮޓަރީގަ އުޅެންތޯ، ކީއްވެތޯ އެކަހެރިވެ ކޮޓަރީގަ އުޅެނީ، ހަމަ އެއްމެ ރެޔެއްގަ ކޮޓަރި އައް ދިޔަގޮތަށް މިކަންވީތޯ، މިކަހަލަ ކިތައްމެ ސުވާލެއް ހިތަން އެ ބަ އަރާ.

    11
    10
  14. މޫންވޯކް

    ޖުމައްޔިލް، އަންހެން ކޮއްކޮ ރޭޕް ކުރި ކަމުގެ ބޮޑު ތުހުމަތެއް ކުރާ ނަމަ އެއީ އަދި ރޭޕް ކުރީ ކަމަށް ނުވާނެއޭ އެގޮތަށްހިނގާ...

    2
    4
  15. ހިނގާހިނގާ

    ޖުމައްޔިލްގެ ކޭސް ބަންދުކުރީ ހެކި ނެތުމުން އަނެއްކާ ހެކި އުފަންވަނީ އެއީ ކިހިނެއްތޭ އެއީ މަމެންނަށް ނޭގޭ އެއްޗަކީ އަންހެން ކުދިންގެ އިއްފަތް ފޭރިގަތުން އެއީ މަމެން ހިތްވަރު ދޭނެ ކަމެއް ނޫނޭ އަދި މަމެން ކުރާނެ ކަމެއް ވެސް ނޫނޭ މިއިން ނިއުޅިގެން އަންނަ އެއްޗަކީ މިހައްސާސް ދަނޑިވަޅުގައި މަޝްހޫރުވާން ވެސް ބަޔެއް މީހުން އުޅޭނެއޭ ޖުމައްޔިލް ކުރަންވީ ކަމަކީ މޫންވޯކް ދަސްކޮށްގެން އޭގެ ވީޑިއޯސް ތައް ޔޫޓިއުބަށް ލާންވީއޭ ޖައްސާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ފަހަތަށް ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހުރިހާ ކުދިން ވެސް ލިވިންގް ރޫމް ގައި މޫންވޯކް ޖައްސަންވީއޭ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ...

    3
    6
    • މަމެން

      ކަލޭ އަނގަ މަޑުން ލާންވެއްޖެ އެއްނު ދޯ؟

  16. ސުބު

    ތިޔަމައްސަލަ ކުރިއަށް ނުގެންގޮސް ތިޔައޮތީ ހަމަ ގަސްދުގަ. ޕީ.ޖީ ޝަމީމް މިއޮއްހުރިހާ ދުވަހު މައްސަލަ ބާއްވަ އިގެން ފޮރުވައިގެންއުޅުނީ ނިމާލުމެން ސޯޝަލް މީޑިއާ ކޮންޓްރޯލް ކޮށްދޭތީ. ބ. ޢަތޮޅު ގޮއިދޫ ކުދިންނަށް ޖިންސީ ގޯނާކުރި މުދިމުގެ މައްސަލަވެސް ހިންދާލީ ހަމައެގޮތަށް. މެންބަރު ހިސާންގެ ކެމްޕެއިންގެ ކެއުމުގެ ކަންތައް ބެލެހެއްޓީ އެމުދިމު. ޖުމައްޔިލުގެ ދެވަނަ މައްސަލަ ކުރިޔަށް ނުގެންދެވުނީފޯމް ނުބައިކޮށް ފުރާފައި ވާތީޔޯ ެކަން އިސްލާހް ކޮށްފައި ނުލައި އޮތީވެސް ގަސްދުގަ.

  17. މިހާ

    މަންޖެ އޮރިޔާމާ ހުރެ ރޭޕޭ ތިކިޔަނީ. ތީތި ކަޑަ