16:31

ބ.އަތޮޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގި މައްސަލާގައި އިތުބާރުހިފޭ ފުރިހަމަ ތަޙްޤީޤެއް ހިންގުމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ގޮވާލައިފި.

15:29

14:33

ބިދޭސީން، ދިވެހި ބިމުގައި ދިވެހިން ރަހީނު ކުރުމަކީ ގައުމަށް ގައްދާރުވުން ކަމަށް ދެކޭ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެ.

13:24

ބ. އަތޮޅު ބޮޑުފިނޮޅުގައި ބިދޭސީން ހިނގި ހަމަނުޖެހުންތަކުގައި ފުލުހެއްގެ ބޯ ފަޅައިގެން ގޮސް، އިތުރު ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސްފައިވާ ކަމަށް މިއަދު ފުލުހުން ވިދާޅުވެއްޖެ.

13:16

ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކޮށްފި.

10:38

މާލެ އިން ދިޔަ ފުލުހުންނާއި ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ދެމެދުގައި މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގައި ނުދިއުމަކީ މައްސަލަ ހައްލުކުރަން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރޭ. އަދި ރަހީން ކުރި މީހަކަށް އަނިޔާއެއް ނުލިބި ސަލާމަތް ކުރެވުމަކީ ވެސް އޮޕަރޭޝަންގެ ކާމިޔާބެއް ކަމަށް ބުނާ ގިނަ މީހުން ވެސް އެބަތިބި.

10:20

ބ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް މުސާރަ ނުދީ ހަތަރު މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާތީ އެކަމާ ހިތްހަމަނުޖެހިގެން ރިސޯޓުގައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފި.

10:00

ހަމަނުޖެހުން ހިންގި ބިދޭސީން ރަހީނު ކުރި ދިވެހިންގެ ހާލު ރަނގަޅު. އެކަމަކު، ނަފްސާނީ ގޮތުން އެމީހުންނަށް ބޮޑެތި އަސަރުތަކެއްކޮށްފައިވާ ކަން އެނގިފައިވޭ. އޭގެ ތެރެއިން ބައެއް މީހުން ރަހީންކޮށްފައި ވަނީ އިއްޔެ މެންދުރުން ފެށިގެން. އެމީހުންނަށް އެއްވެސް އަނިޔާއެއް ދީފައެއް ނުވޭ. ބަރާބަރަށް ކާން ދީފައިވޭ. މިއަދު ހެނދުނާ ހަމައަށް އެ ދިވެހިން ތިބީ ބިދޭސީންގެ ބެލުމުގެ ދަށުގައި.

09:55

އެރަށުން މައުލޫމާތު ލިބޭ ގޮތުގައި ބިދޭސީން ހަތިޔާރުގެ ގޮތުގައި ބޭނުން ކުރި ބައެއް ތަކެތި ވަނީ ފޮރުވާފައި. އަދި ކަރަންޓުގެ ބައެއް ސާމާނު ވެސް ފޮރުވާފައިވޭ. ފުލުހުން މިހާރު ދަނީ އެ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން.

08:48

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަނުޖެހުން ހިންގި މީހުން ވަނީ މެސް ރޫމަށް ކަމަށް ބެލެވޭ ތަނަކަށް ގެއްލުން ދީފައި.

08:43

ހަމަނުޖެހުން ހިންގި ބިދޭސީންނާއި ފުލުހުންނާ ދެމެދުގައި މަޝްވަރާތައް ކުރިއަށް އެބަދޭ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބިދޭސީން މަޑުކޮށްލައިގެން އެބަތިބި. އެއްވެސް ހަމަނުޖެހުމެއް އެ ސަރަހައްދުގައި ނުހިނގާ. އަދި އެއްވެސް ބިދޭސީއެއްގެ އަތުގައި ތޫނު ހަތިޔާރު ގެންގުޅޭ މަންޒަރެއް ނުފެނޭ. މި މަޝްވަރާތައް ކުރިއަށް ދަނީ ވަރަށް ސުލްހަވެރިކަމާއި އަމާންކަމާ އެކީގައި ކަމަށް މައުލޫމާތު ލިބޭ.

08:05

ރަށުތެރޭގައި އޮތް ލޯންޗެއްގެ އިންޖީނަށް ގެއްލުންދީފައި. --- ފޮޓޯ: ޕޮލިސް

08:04

ހަމަނުޖެހުން ހިންގި މީހުން ވެހިކަލަކަށް ގެއްލުން ދީފައި. --- ފޮޓޯ: ޕޮލިސް

08:03

ރަށު ތެރޭގައި ތިން މީޑިއާއެއް ހަރަކާތްތެރިވޭ. ފުލުހުން ވަނީ ރަށު ތެރެ ލައިވް ނުކުރެވޭނެ ކަން އަންގާފައި. ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވެފައިވާ ބިދޭސީން އެ މީހުންގެ ތެރޭގައި ހިމެނޭތީ އެ ރަށުގައި އުޅޭ ބިދޭސީންގެ ހިމެނޭ ފޮޓޯ އާންމުކުރާއިރު މޫނު ފުސް ކުރުމަށް ފުލުހުން އެދޭ.

08:01

ރަށުގައި ހުރި ބައެއް ތަކެއްޗަށް ބިދޭސީން ގެއްލުން ދީފައި.

07:57

ރަށުގައި ހުރި އޮފީސް ކަމަށް ބެލެވޭ ތަނަކަށް ގެއްލުން ދީފައި. --- ފޮޓޯ: ޕޮލިސް

07:54

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ބިދޭސީން ވަނީ، ރަށުގައި ހުރި ވެހިކަލްތަކާއި މުދަލަށް ވަރަށް ބޮޑަށް ގެއްލުންދީފައި. އެގޮތުން ރިސޯޓް ތަރައްޤީ ކުރުމުގެ މަސައްކަތަށް ގެންގޮސްފައި ހުރި ހުރިހާ ވެހިކަލެއްގެ ބިއްލޫރިތައް ތަޅާލައި ގެއްލުންދީފައިވޭ.

07:51

ހަމަނުޖެހުން ހިންގި މީހުން ރަށުގައި ހުރި ބައެއް ހެވީ ވެހިކަލްތަކަށް ގެއްލުން ދީފައި. --- ފޮޓޯ: ޕޮލިސް
ހަމަނުޖެހުން ހިންގި މީހުން ރަށުގައި ހުރި ބައެއް ހެވީ ވެހިކަލްތަކަށް ގެއްލުން ދީފައި. --- ފޮޓޯ: ޕޮލިސް
ހަމަނުޖެހުން ހިންގި މީހުން ރަށުގައި ހުރި ބައެއް ހެވީ ވެހިކަލްތަކަށް ގެއްލުން ދީފައި. --- ފޮޓޯ: ޕޮލިސް
ހަމަނުޖެހުން ހިންގި މީހުން ރަށުގައި ހުރި ބައެއް ހެވީ ވެހިކަލްތަކަށް ގެއްލުން ދީފައި. --- ފޮޓޯ: ޕޮލިސް

07:49

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ބިދޭސީންގެ ވޯކްޕާމިޓް އޮތްތޯ ފުލުހުން ބަލަމުން އެބަގެންދޭ.

07:42

ހަމަނުޖެހުންތަކުގައި ބައިވެރިނުވާ ކަމަށް ބުނާ ވިއްސަށް ވުރެ ގިނަ މީހުން ޖެޓީ ކައިރީގައި އެބަތިބި.

07:41

ރަށުގައި ހުރި އޮފީސް އިމާރާތަށް ވެސް ގެއްލުން ދީފައިވާ ކަމަށް މައުލޫމާތު ލިބޭ.

07:40

ބިދޭސީން ވެހިކަލަކަށް ގެއްލުން ދީފައި. --- ފޮޓޯ: ޕޮލިސް

07:37

ހަމަނުޖެހުން ހިންގި ބިދޭސީން ވަނީ އެ ރަށުގައި ހުރި ބައެއް މުދަލަށް ގެއްލުން ދީފައި. އެގޮތުން ވެހިކަލްތަކަށް ގެއްލުންދީފައި ހުރި.

07:35

ފުލުހުން ވިދާޅުވީ މަޝްވަރާތަކަށް ފަހު، ސުލްހަވެރިކަމާ އެކު، މައްސަލަ ހައްލު ކުރުމަށް ފުލުހުންނަށް އެއްބާރުލުން ދޭން އެއްބަސްވެފައިވާ ކަމަށް. އެ މީހުން އަމަލު ކުރަމުން ގެންދަނީ ފުލުހުން އަންގާ ގޮތުގެ މަތިން، ފުލުހުންގެ އިރުޝާދާ އެއްގޮތަށް ކަމަށާއި އެއްވެސް ބަޔަކު ނުފިލާ ކަމަށް ފުލުހުން ވިދާޅުވި.

07:30

ބޮޑުފިނޮޅަށް ދިޔަ ގިނަ އަދަދެއްގެ ފުލުހުން ރަށު ތެރެއަށް ހިނގައްޖެ. އެމީހުން ތިބީ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން. ޖެޓީ ކައިރީގައި ތިބީ މަދު ފުލުހުންތަކެއް. ބެލެވޭ ގޮތުގައި ފުލުހުން ރަށު ތެރެއަށް ދިޔައީ މަޝްވަރާ އަށް.

07:28

ފުލުހުން ވިދާޅުވީ ސީން އޮފް ކްރައިމް އޮފިސަރުންގެ ޓީމަކާއި ތަހުގީގު ޓީމްތައް ރަށު ތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށް. ތަހުގީގު ޓީމުތަކުގެ ތެރޭގައި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓްގެ ޓީމަކާއި ސީރިއަސް އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓްގެ ޓީމެއް ހިމެނޭ.

07:27

ރަށުގައި ތިބި ބިދޭސީންތަކެއް، ޖެޓީއާ ދިމާލަށް ވަނީ އައިސްފައި. އެއީ ހަމަނުޖެހުންތަކުގައި ބައިވެރވި ބައެއް ކަމަކަށް ނުބެލެވޭ. އެމީހުން ތިބީ ޖެޓީ ކައިރީގައި ސަފަކަށް އިށީނދެލައިގެން. ގާތްގަނޑަކަށް 10 ވަރަކަށް ބިދޭސީން އުޅޭނެ ކަމަށް ބެލެވޭ.

06:57

ރަހީނުކުރި ދިވެހިންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންވެސް ހިމެނޭ. ނަމަވެސް ބިދޭސީން ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކުގައި އެއްވެސް މީހަކަށް އަނިޔާކޮށްފައެއް ނުވޭ.

06:52

06:44

ފުލުހުން ބޮޑުފިނޮޅުގައި ހަރަކާތްތެރިވަނީ - ފޮޓޯ: ފުލުހުން

06:44

ފުލުހުން ބޮޑުފިނޮޅުގައި ހަރަކާތްތެރިވަނީ - ފޮޓޯ: ފުލުހުން

06:41

ފުލުހުންނަށް ރަށުތެރޭގައި ރަހީނުކޮށްފައިވާ އިތުރު ދިވެއްސަކު ފެނިއްޖެ. އޭނާ ހިމެނޭހެން މިހާތަނަށް ޖުމްލަ 12 މީހަކު ވަނީ ސަލާމަތްކޮށްފައި.

06:38

ފުލުހުން ތުޅާދޫގައި އޮޕަރޭޝަނަށް ތައްޔާރުވުން - ފޮޓޯ: ފުލުހުން

06:38

ފުލުހުން ތުޅާދޫގައި އޮޕަރޭޝަނަށް ތައްޔާރުވުން - ފޮޓޯ: ފުލުހުން

06:38

ފުލުހުން ތުޅާދޫގައި އޮޕަރޭޝަނަށް ތައްޔާރުވުން - ފޮޓޯ: ފުލުހުން

06:18

ފުލުހުން ބޮޑުފިނޮޅުގައި - ފޮޓޯ: ފުލުހުން

06:14

06:10

06:07

ތުޅާދޫން ގިނަ އަދަދެއްގެ ފުލުހުން ބޮޑުފިނޮޅު އަށް ދިޔަނަމަވެސް އަދި އެރަށަށް އަރާފައިނުވާ ކަމަށް މަޢުލޫމާތު ލިބޭ. މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ސިފައިންވެސް ބައިވެރިވާނެ. ސިފައިންގެ ޓީމުތަކާއި ފުލުހުންގެ އިތުރު ޓީމުތައް ދަނީ ތުޅާދޫއަށް ދިއުމަށް ދަތުރުކުރަމުން. ބޮޑުފިނޮޅަށް މިއަދު ހެނދުނުގެ ވަގުތެއްގައި ސިފައިންނާއި ފުލުހުން އަރާނެ ކަމަށް މަޢުލޫމާތު ލިބޭ.

05:34

"ވަގުތު" އަށް އެނގިފައިވާ ގޮތުން ބޮޑުފިނޮޅަށް އެރުމަށް 150 އަށްވުރެ ގިނަ ފުލުހުން މިހާރު ވަނީ ތުޅާދޫން ދަތުރު ފަށާފައި. ބޮޑުފިނޮޅު އޮންނަނީ ތުޅާދޫ އާއި ވަރަށް ކައިރީގައި.

05:31

ބޮޑުފިނޮޅަށް އަރަން ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ތުޅާދޫއިން ނައްޓާލައިފި.

05:26

އެސްއޯ ފުލުހުން ބޮޑުފިނޮޅަށް އެރުމަށް ތައްޔާރުވަނީ:

Posted by Vaguthu

05:21

ބޮޑުފިނޮޅުގެ ހަމަނުޖެހުން ހުއްޓުވުމަށް ކުރިޔަށްގެންދާ އޮޕަރޭޝަންގައި ބައިވެރިވާ ފުލުހުން ތުޅާދޫގައި - ވަގުތު އިމޭޖަސް

05:21

ބޮޑުފިނޮޅުގެ ހަމަނުޖެހުން ހުއްޓުވުމަށް ކުރިޔަށްގެންދާ އޮޕަރޭޝަންގައި ބައިވެރިވާ ފުލުހުން ތުޅާދޫގައި - ވަގުތު އިމޭޖަސް

05:21

ބޮޑުފިނޮޅުގެ ހަމަނުޖެހުން ހުއްޓުވުމަށް ކުރިޔަށްގެންދާ އޮޕަރޭޝަންގައި ބައިވެރިވާ ފުލުހުން ތުޅާދޫގައި - ވަގުތު އިމޭޖަސް

05:19

04:50

04:45

ރަހީނުކޮށްފައިވާ ދިވެހިން ސަލާމަތްކުރުމަށް ސަލާމަތީ ބާރުތަކުން ކުރިޔަށްގެންދާ އޮޕަރޭޝަނުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ފުލުހުން ތުޅާދޫގައި:

LIVE: SO Fuluhun Thulhaadhoo Ah

Posted by Vaguthu on Thursday, July 2, 2020

04:34

ބަންގްލަދޭޝް މީހުން މިދިޔަ މޭއި 31 ވަނަ ދުވަހު ބޮޑުފިނޮޅުގައި ކުރި މުޒާހަރާއެއްގެ ވީޑިއޯ:

04:27

03:59

ފުލުހުންގެ ދެވަނަ ލޯންޗެއް ތުޅާދޫއަށް ކައިރިކޮށްފި. މިއީ ރ. އަތޮޅުން ފުލުހުން ގޮވައިގެން ދަތުރުކުރި ލޯންޗެއް. ނަމަވެސް މި ލޯންޗުން ތުޅާދޫއަށް ދިޔައީ އެސްއޯ ފުލުހުންނެއް ނޫން.

03:49

ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކޮށްގެން ބިދޭސީންގެ ބަޔަކު ހިންގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ސަލާމަތީ ބާރުތަކުން ކުރިޔަށްގެންދާ ބޮޑު އޮޕަރޭޝަނުގައި ބައިވެރިވުމަށް، ރ. އަތޮޅުން ވެސް އިތުރު ފުލުހުން ތުޅާދޫއަށް ދާން ތައްޔާރުވަމުންދާ ކަމަށް މަޢުލޫމާތު ލިބޭ.

03:47

ތުޅާދޫގައި ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް

03:46

ތުޅާދޫގައި ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް

03:32

LIVE: SO Fuluhun Thulhaadhoo Ah

Posted by Vaguthu on Thursday, July 2, 2020

03:24

ބޮޑުފުޅަދޫ ހަމަނުޖެހުމާއި ގުޅިގެން މާލެއިން ފުރައިގެން ދަތުރުކުރި ފުލުހުންގެ ފުރަތަމަ ފައުޖު ތުޅާދޫއަށް ބަނދަރުކޮށްފި. މި ފައުޖުގެ އިތުރުންވެސް ފުލުހުންނާއި ސިފައިންގެ އިތުރު ފައުޖުތައް މި އޮޕަރޭޝަނުގައި ބައިވެރިވުމަށް ވަނީ ދަތުރު ފަށާފައި.

02:57

02:43

02:34

02:18

"ވަގުތު" އަށް އެނގިފައިވާގޮތުން ފުލުހުންނާއި ސިފައިން ބޮޑުފިނޮޅަށް އަރާނީ ފަތިހު ނޫނީ ހެނދުނުގެ ވަގުތެއްގައި.

02:18

02:04

02:01

ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކުރުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

02:01

ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކުރުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

02:00

ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކުރުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

01:37

01:36

01:29

ބޮޑުފިނޮޅަށް ދިއުމަށް ހުޅުމާލެއިން އިތުރު ސިފައިންގެ ފައުޖެއް ތައްޔާރުވަމުންދާ ކަމަށް މަޢުލޫމާތު ލިބޭ.

00:53

ބޮޑުފިނޮޅަށް ދިއުމަށް ސިފައިން މާލެ އިން މިރޭ ފުރަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

00:52

00:44

ހިމަންދޫގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، ހަމަނުޖެހުން ހިންގި މީހުން ފަހުން އަމާން ދީފައިވޭ. އަދި ހަމަނުޖެހުންތައް ހިންގުމުގައި ބައިވެރިވި 50 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް އެމީހުންގެ މައްޗަށް ދައުވާ އުފުލައި، ޖަލަށްލާން ހުކުމް ވެސް ކުރި. މި ހަމަނުޖެހުންތަކުގައި ވެސް ސިފައިންގެ މީހަކު ރަހީނުކޮށްގެން ގެންގުޅުނު. އެކަމަކު، ސަލާމަތީ ބާރުތަކުން ވަނީ އެމީހާ ސަލާމަތްކޮށްފައި. އެކަމަކު، އޭނާ އަށް ބޮޑެތި އަނިޔާތަކެއް ދިން. އެ ފަހަރު އޭނާ ސަލާމަތްވީ ހަމަނުޖެހުން ހިންގި މީހުންނާއި ސަލާމަތީ ބާރުތަކުން ކުރި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން.

00:42

މާލެއިން ފުރައިގެން ފުލުހުން ބޮޑުފިނޮޅަށް ދަނީ - ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

00:42

މާލެއިން ފުރައިގެން ފުލުހުން ބޮޑުފިނޮޅަށް ދަނީ - ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

00:41

ހިމަންދޫގައި އެފަހަރު ހާއްސަ އޮޕަރޭޝަނެއް ހިންގީ މާލެ އިން ސިފައިންނާއި ފުލުހުން ގޮސްގެން. އެ ރަށުގައި ހަރުކަށި ފިކުރަށް ތާއީދު ކުރާ 50 އަށް ވުރެ ގިނަ މީހުން، ފުލުހުންނާއި ސިފައިންނާ ކުރިމަތިލި. އެމީހުން ތިބީ ހެލްމެޓް އަޅައި، ދަނޑިބުރި އާއި ލަކުޑި ބުރި ފަދަ ތޫނު ހަތިޔާރު ހިފައިގެން. އެ ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް އަނިޔާވެގެން ފަރުވާދޭން ޖެހުނު.

00:41

މާލެއިން ފުރައިގެން ފުލުހުން ބޮޑުފިނޮޅަށް ދަނީ - ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

00:40

މިއީ މިފަހުން ސަލާމަތީ ބާރުތަކުން ހިންގާ އެންމެ ވަރުގަދަ އެއް އޮޕަރޭޝަނަށްވުން ގާތް. މީގެކުރިން 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސަލާމަތީ ބާރުތަކުން އއ. ހިމަންދޫގައި ވަރުގަދަ އޮޕަރޭޝަނެއް ހިންގި. އެ އޮޕަރޭޝަނަކީ ސެޕްޓެމްބަރު 29، 2007 ވަނަ ދުވަހު ސަލްޓަން ޕާކްގައި އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާއާ ގުޅިގެން ހޯދަން ބޭނުންވާ މީހުން ހޯދުމުގެ މަސައްކަތާއި ބަލާ ފާސް ކުރަން ޖެހޭ މީހުންނާއި ތަންތަން ފާސް ކުރަން ހިންގި އޮޕަރޭޝަނެއް. އެ ރަށުގައި ވަކިން ހަރުކަށި ފިކުރުގެ މީހުން ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރި މައްސަލަ ވެސް އޭރު ބޮޑުވި.

00:34

އެސްއޯ ފުލުހުން ބޮޑުފިނޮޅަށް ދިއުމަށް ތައްޔާރުވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

00:33

ބޮޑުފިނޮޅަށް ދިއުމަށް ފުލުހަކު މިރޭ ލޯންޗަށް އަރަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

00:32

ބޮޑުފިނޮޅަށް ދިއުމަށް އެސްއޯ ފުލުހުން މިރޭ މާލެ އިން ފުރަން ތައްޔާރުވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

00:24

"ވަގުތު" އަށް އެނގިފައިވާ ގޮތުން ދެފަހަރު މަސައްކަތް ކޮށްގެންވެސް ފުލުހުން އެރަށަށް އަރަން ކުރި މަސައްކަތް ކާމިޔާބު ވެފައެއް ނުވޭ.

00:23

ފުލުހުން ރަށުތެރޭގައި ހަރަކާތްތެރިވަމުން ނުދާކަމަށް މިހާރު ވިދާޅުވެފައި ވާއިރު، މީގެ ކުރިން ފުލުހުން ވިދާޅުވީ އެރަށުގައި ފުލުހުން ހަރަކާތްތެރިވާ ކަމަށް. ފުލުހުން މިގޮތަށް ވިދާޅުވީ، ފުލުހުން އެރަށުގައި ނެތްކަން "ވަގުތު" އަށް ކަށަވަރު ވުމުން ހަބަރު ގެނެސްދީފައި ވަނިކޮށް.

00:22

އެރަށަށް ދިޔަ ފުލުހުންގެ ޓީމް މިހާރު ތިބީ ރަށުތެރެޔަކު ނޫން. އެހެން ނަމަވެސް ފުލުހުން ގެންދަނީ ހާލަތު މޮނިޓާ ކުރަމުން - ފުލުހުން

00:19

ބޮޑުފިނޮޅަށް ދިއުމަށް އެސްއޯ ފުލުހުން މިރޭ މާލެ އިން ފުރަނީ. - ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

00:17

ބޮޑުފިނޮޅަށް ދިއުމަށް އެސްއޯ ފުލުހުން ލޯންޗަށް އަރަނީ.- ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

00:15

އެސްއޯ ފުލުހުން ބޮޑުފިނޮޅަށް ދިއުމަށް މާލެ އިން ފުރަނީ.- ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

23:48

ސިފައިންނާއި ފުލުހުން މިރޭ 01:00 ހާއިރު މާލެ އިން ފުރަން ދަނީ ތައްޔާރުވަމުން.

23:47

ބ.އަތޮޅު ބޮޑުފިނޮޅުގައި 15 ދިވެއްސަކު ރަހީނުކޮށް، އަދި އެރަށަށް އަރަން މަސައްކަތް ކުރި ފުލުހުންނަށް ހަމަލާ ދީފައި ވަނީ ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާ މެންބަރު އަލީ ރިޒާގެ ބިދޭސީ މުވައްޒަފުން ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެ.

23:42

ބިދޭސީން ފުލުހުންނަށް ހަމަލާ ދިނުމަށް ބޭނުންކުރި ތަކެތި ދޯނި ތެރޭގައި - ވަގުތު އިމޭޖްސް
ބިދޭސީން ފުލުހުންނަށް ހަމަލާ ދިނުމަށް ބޭނުންކުރި ތަކެތި ދޯނި ތެރޭގައި - ވަގުތު އިމޭޖްސް
ބިދޭސީން ފުލުހުންނަށް ހަމަލާ ދިނުމަށް ބޭނުންކުރި ތަކެތި ދޯނި ތެރޭގައި - ވަގުތު އިމޭޖްސް
ބިދޭސީން ފުލުހުންނަށް ހަމަލާ ދިނުމަށް ބޭނުންކުރި ތަކެތި ދޯނި ތެރޭގައި - ވަގުތު އިމޭޖްސް

23:05

ދިވެހިންތަކެއް ރަހީނުކޮށްފައިވާ ބ.އަތޮޅު ބޮޑުފިނޮޅަށް އަރަން ސިފައިން ތައްޔާރުވާން ފަށައިފި.

22:55

ބ.އަތޮޅު ބޮޑުފިނޮޅުގައި 15 ދިވެއްސަކު ރަހީނު ކޮށްފައިވާކަން ފުލުހުން ކަށަވަރު ކޮށްދީފި.

22:52

މައުލޫމާތު އެނގޭ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ ބޮޑުފިނޮޅަށް ފުލުހުން ދިޔައީ އެކަށީގެންވާ ގޮތަކަށް ތައްޔާރު ނުވެކަމަށް.

"އެރަށުގެ ހާލަތު މިއަދުގެ ދުވާލުން ފެށިގެން އެނގޭ. ހަތިޔާރު ހުރިކަން ވެސް އެނގޭ. ހާލަތައް އެއްވެސް ވަރަކަށް ތައްޔާރު ނުވެ ދިއުމުން ފަހަތައް ޖެހި ބޮޑެތި ގެއްލުންތަކެއް ފުލުހުންނަށް ލިބުނީ." އޮފިޝަލް ވިދާޅުވި.

22:43

ބޮޑުފިނޮޅުގައި ހިނގަމުންދާ ކަންކަމާއި ގުޅޭ ގޮތުން ފާއިތުވި ފަސް ގަޑިއިރު ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ފުލުހުން އެއްވެސް ޖަވާބެއް ނުދޭ. މިމައްސަލައިގައި ފުރަތަމަ ފުލުހުން ދިން މައުލޫމާތު ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން މީޑިއާ އާއި ހިއްސާއެއް ނުކުރޭ.

22:39

މޫދުން ނެގި ދިވެހި މީހާ ބިދޭސީންގެ އަތްދަށުން ސަލާމަތް ވެގެން ދާން ފެށުމުން ބިދޭސީންތައް އޭނާގެ ފަހަތުން ތޫނު ހަތިޔާރު ހިފައިގެން ދުވި ކަމަށް މައުލޫމާތު ލިބިއްޖެ. ނަމަވެސް ދިވެހި މީހާ ބިދޭސީންގެ އަތްދަށުނުވެ މޫދަށް އެރުމުން ބިދޭސީންނަށް އޭނާ ގެއްލުނު.

22:36

ބިދޭސީން ގެއްލުން ދިން ދޯނީގެ ފޮޓޯއެއް ފޮރެންސިކް ފުލުހަކު ނަގަނީ - ފޮޓޯ: ކިޔުންތެރިއެއް
ބިދޭސީން ގެއްލުން ދިން ދޯނީގެ ފޮޓޯއެއް ފޮރެންސިކް ފުލުހަކު ނަގަނީ - ފޮޓޯ: ކިޔުންތެރިއެއް

22:33

މާލެ އިން ބ.އަތޮޅަށް ފުލުހުން ގެންދިއުމުގެ މަޝްވަރާތައް މިހާރު ކުރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެ. މައުލޫމާތު އެނގޭ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ ފުލުހުން މާލެ އިން ބޮޑުފިނޮޅަށް ގެންދަން ނިންމި ނަމަވެސް ފުލުހުންނަށް ތައްޔާރު ވެގެން އިރުއެރުމުގެ ކުރިން މާލެ އިން އެރަށަށް ފުލުހުންނަށް ދެވިދާނެ ކަމާއި މެދު ސުވާލު އުފެދޭކަމަށް. މާލެ އިން ފުރައިގެން އެރަށަށް ދާން 2 ގަޑިއިރާއި 30 މިނެޓް ނަގާނެ.

22:17

ބޮޑުފިނޮޅަކީ ތުޅާދޫ އާއި އެއްފަޅެއްގައި އޮންނަ ރަށެއް. ބޮޑުފިނޮޅުގެ ފަޅަކީ ވަރަށް ތިލަ ފަޅަކަށް ވާތީ، އެރަށަށް މުދާ ބާލަން ކޮނެފައި އޮންނަ މަގުން ފިޔަވައި އިތުރު ދިމާލަކުން ދޯންޏެއްގައި އެރަށަށް ކައިރި ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވޭ.

22:10

ފުލުހުން ދަތުރުކުރި ދޯނީގެ ކެޕްޓަނާއި، ފުލުހަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި.

ބޮޑުފިނޮޅުގެ ބަނދަރުމަތީގައި ތިބި ބިދޭސީންގެ އަތުގައި ތޫނު ކޮށްފައި ހުރި ދަގަނޑު ވެސް އެބަހުރި. އެމީހުން ވަނީ ފުލުހުން ތިބި ދޯންޏާއި ދިމާއަށް ގަލާއި ތޫނު ކޮށްފައިވާ ދަގަނޑު ވެސް އުކާފައި.

22:08

ބޮޑުފިނޮޅުގައި ތިބި ދިވެހިންގެ އަދަދު ވެސް މުޅިން ކަށަވަރެއް ނުވޭ. ބައެއް މީހުން ބުނާ ގޮތުގައި އެރަށުގައި 30 ވަރަކަށް ދިވެހިން އެބަތިބި.

22:07

ބޮޑުފިނޮޅު ކައިރިން މޫދު ތެރޭގައި އޮތް ދިވެއްސަކު ފުލުހުންގެ ދޯންޏަށް ނަގައިފި. އޭނާ އަކީ ބިދޭސީންގެ އަތްދަށުން ސަލާމަތް ވެގެން މޫދަށް އެރި އޮތް މީހެއް.

21:56

ބ.އަތޮޅު ބޮޑުފިނޮޅަށް އަރަން ފުލުހުން ދެވަނަ ފަހަރަށް ކުރި މަސައްކަތް ވެސް ނާކާމިޔާބުވެއްޖެ.

21:44

ފުލުހުން ތިބި ދޯނި ބ.ބޮޑުފިނޮޅާއި ކައިރި ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އެބަދޭ. ބިދޭސީން ދަނީ ގަލުން ފުލުހުންނަށް ހަމަލާ ދެމުން. އެހެންވެ ފުލުހުންނަށް އެރަށަށް އެރޭ ގޮތެއް އަދި ނުވޭ.

21:43

ރަހީނުކޮށްފައި ވަނީ ކިތައް ދިވެހިންކަމެއް އަދިވެސް ކަށަވަރެއް ނުވޭ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ރަހީނުކޮށްފައި ވަނީ ތިން ދިވެހިން. އަނެއްބައި މަސްދަރުތަކުން ބުނާ ގޮތުގައި ރަހީނުކޮށްފައި ވަނީ ހަތަރު ދިވެހިން. މިހާރު ރަހީނުކުރި މީހުން ތިބި ތަނެއް ސާފެއް ނުވޭ.

21:41

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ހަތިޔާރާއި އެކު ބިދޭސީން ގެންދަނީ ބ.ބޮޑުފިނޮޅުގެ ބަނދަރުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން.

21:38

މުސާރަ ނުލިބިގެން ހަމަނުޖެހުން ހިންގަމުން ގެންދަނީ ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނީގެ ބިދޭސީ މުވައްޒަފުން ކަމަށް މައުލޫމާތު ލިބޭ. ބ.ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ގެންދަނީ އެކުންފުނިން. މައުލޫމާތު ލިބިފައިވާ ގޮތުގައި ރިސޯޓް ހަދަން އެރަށް ނަގާފައިވާ ކުންފުނިން އަލީ ރިޒާގެ ކުންފުންޏަށް ފައިސާއެއް ނުދޭ.

21:36

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ބ.އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތްމަސް ދުވަސް ވެއްޖެ. އެމީހުން ބޮޑު ހަމަނުޖެހުމަކަށް ތައްޔާރު ވެފައި ވަނީ ދުރާލައި ރާވައިގެންކަމަށްވޭ.

21:33

ރަހީނުކުރި ދިވެހިން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވާ ފުލުހުން ތުޅާދޫ ބަނދަރުން ފުރައިފި.

21:26

ރަހީނުކުރި ދިވެހިން ސަލާމަތް ކުރުމުގައި ބައިވެރިވާ ފުލުހުން ތުޅާދޫ ބަނދަރުގައި އޮތް ދޯންޏަކަށް އަރައިފި.

21:25

ފުލުހުން ކުރިން ވިދާޅުވެފައި ވަނީ ބ.އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މުވައްޒަފުންތަކެއް ދިވެހި މުވައްޒަފުންތަކެއް އެރަށުން ފޭބިޔަނުދީ ހިފަހައްޓައި ހަމަނުޖެހުން ހިންގާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް.

21:24

އޮޕަރޭޝަންގައި ބައިވެރިވާ ފުލުހުން - ވަގުތު އިމޭޖްސް
އޮޕަރޭޝަންގައި ބައިވެރިވާ ފުލުހުން - ވަގުތު އިމޭޖްސް
އޮޕަރޭޝަންގައި ބައިވެރިވާ ފުލުހުން - ވަގުތު އިމޭޖްސް
އޮޕަރޭޝަންގައި ބައިވެރިވާ ފުލުހުން - ވަގުތު އިމޭޖްސް
އޮޕަރޭޝަންގައި ބައިވެރިވާ ފުލުހުން - ވަގުތު އިމޭޖްސް

ބ.އަތޮޅު ބޮޑުފިނޮޅުގައި ރަހީނުކޮށްފައިވާ ދިވެހިން ސަލާމަތް ކުރަން ހާއްސަ އޮޕަރޭޝަނަކަށް ފުލުހުން ތައްޔާރު ވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުން 50 އަށް ވުރެ ގިނަ އެސްއޯ ފުލުހުން ޝީލްޑާއި އެކު މިހާރު ތިބީ ތުޅާދޫ ބަނދަރުގައެވެ. މި ފުލުހުން ގެނެސްފައި ވަނީ ނ.އަތޮޅާއި، ރ.އަތޮޅާއި ޅ.އަތޮޅާއި ބ.އަތޮޅުގެ ބައެއް ރަށްތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

117 ކޮމެންޓް

 1. އަމީދު

  ބޮންދުމެން ތި ފުލުހުން ނޮޅާގެން ރިހަކައްކާފަ ކާލާނެ މިފަހަރު..

  64
  113
  • ސނގ

   ބޮންދުންނަށް ތިބޭނީ ރަނގަޅަށް ރާކަނިމަސް ކެވިފަ. ދިވެހި ސިފައިން އެރަށަށް އަރަންދެން މަޑުކުރޭ ހުރިތަނަށް ގުއިރެވޭ ވަރު ވާނެ

   72
   9
   • ދިގުބަރު

    ފޮލިހުން ދާންވީ އަލީ ރިޒާ ހައްޔަރުކުރަން އޭނަ އަށް މަޖިލީހުން ލިބޭ މުސާރަރައިންވެސް ކިތައް މީހުންނައް މުސާރަދެވޭނެ. އެއީ މައްސަލަކަށް ނުވާންވީ ސަބަބެއްނޫން

    47
    3
    • މޮހޮނު

     ފުލުންތަ ރަހީނުކުރީ ؟

   • ްދިވެހިން

    ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލުމަށް ބޮންދުން އެތެރެކުރި އެންމެނަށް ހުކުމް ކުރަންޖެހޭ

    32
  • ބޭބެ

   މިތަނަށް ދާންވީ މަޖްލިސް މެމްބަރުން ސޯޓުބުރީގައި!! ބޯދިގު ހިޔަޅު ހިމަނައިގެން!! އޭނަައަތަށް ކުޑަ ދަނޑި ބުރިއެއްވެސް ދޭންވާނެ!!

   641
   • ޑަބިޔާ

    އަލީ ރިޒާ ގެންގޮސް އެތަނައްލާންވީ އިސްޓާކީން އަރުވާފަ ސޯޓެއްލާފަ. ސަރުކާރަކަށް ގޯހެއްނުވާނެ އަލީ ރިޒާ އެމީހުންނައް މުސާރަނުދީ މަސައްކަތް ކުރުވިޔަސް އެކަންތައް ހިގާކަން އެންގީމަވެސް އަޅާނުލާ ފޮރުވަން އުޅުނީ. ފެނިއްޖެއެއްނު ކަންތައްތައް ދިޔަގޮތް

    28
 2. ޙައްގުބަސް

  ހަދަމުންދާ ރިސޯޓުގައި 200 ވަރަކަށް ބަނގްލަދޭޝް މުވައްޒަފުން ތިބިކަމަށްވޭ! އެމުވައްޒަފުންނަށް މުސާރަ ނުދީ ގެންގުޅުން އެއީ ގަބޫލުކުރެވޭނެ ކަމެއްނޫން! އަދި ބަލަންޖެހޭ މިއީ ގަވާޢިދާ އެއްގޮތަށް ގެނަސް ގަވާޢިދުން އެރިސޯޓުގައި މަސައްކަތު ގެންގުޅޭ ބައެއްތޯވެސް! ނުވާނަމަ ގަވާޢިދާއި ޚިލާފަށް މީހުން ގެންގުޅެ ހިއުމަން ޓްރެފިކު ކުރި މައްސަލާގައި އެރިސޯޓުގެ އޯނަރުންނާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭ! މިއީ ބަންގްލަދޭޝް މީހުން ކުންފުނިތަކުން އެތެރެކޮށް މިގައުމު ހަލާކުރަމުންދާ މައްސަލައެއް ޙައްލެއް އަންނާނީ!! ދެން ބަންގްލަދޭޝް މީހުން ނުޖެހޭ އަނިޔާވެރިވެ ދިވެހިން ރަހީނުކޮށް ފުލުހުންނަށް އަނިޔާކޮށް ތަންތަން ހުޅުޖަހާކަށް! ދެން ފުލުހުން މިތައްޔާރުވަނީ ރަހީނުކުރި މީހުނާއި ގާނޫނާއި ޚިލާފަށް ޢަމަލުކުރި ބިދޭސީން ހައްޔަރުކުރަން!! ދިވެހި ފުލުހުން މިކަން ވަރަށް ފުރިހަމަކަމާއެކު ޙައްލުކޮށް ނިމޭއިރަށް މަޖްލީހަށް ދަމަން ފަށާނެ!! އެމީހުންޖެހޭނެ ތަޙްގީގުކުރާނެ! ފުލުހުން ބަދުނާމު ކުރަން ފަށާނެ!! މިއޮތީ މިރާއްޖޭގައި ވެރިކަމެއް ނޫން!! ފައްކާ ބަލާވެރިކަމެއް މިއޮތީ ދިމާވެފަ!!

  270
  5
  • Anonymous

   އިންސާނީ ހައްގު އަންނަނީ މީހުންނަށް ނީނދެ ޖިންސީ އެދުން ފުއްދަން ބޭނުންވެ އެކަން ނުވީމަތަ؟ ބަލަ މި ބިދޭސީންނަކީވެސް އިންސާނުންނޭ. 7 މަހު މުސާރަނުދިނީމަ އެމީހުންނާ އެމީހުންގެ އާއިލާތައް ބިކަ ކޮށްލުމަކީ އިންސާނީ ހައްގެއް ފޭރިގަތުމެއް ނޫންތަ؟ މިނުބއި ވެރިކަމުގައި ހިންގަނީ ޖަރީމާ އިންސާނީ ހައްގުފޭރި ޝައިޠާނީ ނުބައި އަމަލު ފަތުރަނީ.

   108
   15
 3. ހަހަ

  ފުލުހުނ ނެ ނޫން ގެންދަންވީ އިއްޒަތްތެރި ރައްޔިތުން ގެ މަޖިލީސް މެމްބަރުން ނާ ރައިސް ކޮމާންދަރަކައް ހަދާފަ... ފުލުހުން ނައް ރިސްކް ގެ ގޮތުގް ލިބޭ އެއްޗެއް ނެތް... ކޮބަބާ ބާމިއަދު 241 ކޮމެޓީ އިއްޒަތްތެރި މެމްބަރުން...

  155
  2
 4. ޝަފީގު

  6 މަސް ދުވަހުގެ މުސާރަވެސް ހިފައިގެން ފުލުހުން ދާންވީ. ... އެއީ ހަމަ އެ ނިކަމެތީންގެ ހައްގެއް އެއީ އަނިޔާއެއް. މާތް ރަސްކަލާނގެ ވަނީ އަނިޔާ ލިބެމުންދާ މީހުންގެ ދުއާ އިޖާބަކުރައްވާނެ. ތިއިން އެއްވެސް ފުލުހަކައް ޖެހި ޖެހިގެން 6 މަަހުގެ މުސާރަ އެއް ނުދީ އަނބިދަރީންނާއި ނިކަމެތި މައިންބަފައިންނާއި ދުރުގަ ރަށަކު ހައްޔަރުކޮއްފަ ބައިތިއްބާފިއްޔާ ކަލޭމެންގެ ހާލު ހުންނާނެގޮތް ހިތައްގެނެސްބަލަ. ތިއީ އެ ނިކަމެތީންގެ މައްސަލައެއްނޫން.. އެމީހުން އެތިބީ ގޮތްހުސްވެގެން ހަދާނެގޮތެއް ނެތިފަ.. އެމީހުންނައް އެމީހުންގެ ހައްގު ހޯދަދޭނެ މީހަކަު ނެތް. އެމީހުން ހަމައި ނުނައްޓަންވީ ސަބަބެއް ނެތް.. ފުލުހުން ގޮސް ހައްޔަރު ކުރަންވީ ތި ރިސޯޓުގެ ވެރީން.. އަދި އެވެރީންގެ ގެދޮރު ވިއްކާފަ ނަމަވެސް އެ ނިކަމެތީންގެ ހައްގު މުސާރަ ހަވާލު ކުރޭ..

  185
  14
  • ސާނީ

   އަސްލުވެސް

   69
   5
  • އަޒީޒް

   ވަރައް ރަނގަޅު ވާހަކައެއް. ހައްގުން މަހުރޫމް ކުރެވުނީމަ ކަންކަން ވެގެންދާ ގޮތުގެ ނަތީޖާ މިއީ.

   91
   7
 5. Anonymous

  ރާއްޖޭގެ އެކިކަންކޮޅުތަކުގަތިބި ބަންގާޅީންއެރަށެއްގއ ޖެޓީއަށްނެރުމަށް ރައްޔިތުން ފަށަންްވީ ވަގުތު ޖެހިއްޖެ

  102
  19
 6. ޝަވީދު

  ފުލުހުން އަދިވެސް ހައްޔަރުކުރަންވީ ތިތާގެ އޯނަރުން.. މީހުބްނައް މުސާރަނުދީ ދިރިއުޅެމުންދާ..

  127
  1
 7. ާިަކޮއިމަލާ

  ރާއްޖޭގެ އެކިކަންކޮޅުތަކުގަތިބި ބަންގާޅީންއެރަށެއްގއ ޖެޓީއަށްނެރުމަށް ރައްޔިތުން ފަށަންްވީ ވަގުތު ޖެހިއްޖެ

  70
  14
  • ނަސީދު

   ކަލޭތީ ހާދަ ރޭސިސްޓު މީހެއް ހެން ހީވެޔޭއެބަ.. ބަލަގަ ތި ފެންނަނީ ބިދޭސީ މީހުން ރާއްޖެއައް މަސައްކަތު ގެނެސްފަ އެމީހުންނައް ދޭ އަނިޔާގެ ނަތީޖާ.. ރާއްޖެއާއި ދެކޮޅައް އައިއެލްއޯއިން ފިޔަވަޅު އަޅަންޖެހޭ.

   45
   50
   • ރާގޮޑިރާޖަ

    ކަލޭހާދާ ގަމާރޭ. ބަންގާޅިންނުޖެހޭ ފުލުހުނަށްއަނިޔާކުރާކަށް.

    22
    4
  • ނަޒޫ

   ޢެކްސްކިއުޒްމީ!! ބަންގާޅީ ބޭފުޅުންނަށް އެއްޗެއް ނުބުނާތީ ...

   55
   9
  • ބޮންދު

   ކަލޭމެން އެއްކަމެއްވެސް ނުކުރެވެނީ. އަހަރެމެން މީހުން މާ ގިނަވަނީ. ކަލޭމެން ތިބެނީ ބައިބައިވެފަ. އަހަރެމެން ތިބެނީ އެއްކޮށް

   32
   7
 8. Anonymous

  ދިވެހި ފުލުހުން ބޮޑުތަކުރުފާނު ހިތްވަރުން ހިތްވަރު ލިބިގެން ބިދޭސިން ސައިޒް ކުރޭ އަދި ތި ރިސޯޓް އޯނަރު ހައްޔަރު ކުރޭ

  151
  5
 9. ސާބަސް

  މީ ވަރަށް ނުބައި ފެށުމެއް. ދެންވެސް ވެއްޖެދޯ ބަންގްލަދޭސް މީހުން މިގައުމައް ނާދެވޭ ގޮތް ހަދަން އަދި ތިބި ގަވާއިދާ ހިލާފް އެންމެން ފޮނުވާލަން

  119
  4
 10. ކަނޑާލާދެން

  މިތަނުގައި ހަޅުތާލު ކުރާ ބިދޭސީންގެ %95 އެއީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބަންގާޅީންނޭ އެމެންނަށް ހިތްވަރު ލިބިގެން ދިޔާ ރައީސް އިބޫގެ ސަރުކާރުން އެމެން ގަލޮޅު ދަނޑަށް އެއްކޮށްގެން އެމެންނަކީ ގާނޫނާއި އެއްގޮތަށް އުޅޭ ބަޔެއް ކަން އިކޮނޮމިކް މިނިސްޓަރު ބުނި ތަނުންނޭ އެމެން ފޮނުވޭނެއޭ ކަނޑު ބޯޓެއްގައި ވެސް ނުފޮނުވޭނެއޭ ތަމެން ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅެން ޖެހޭނެ އުޅެވޭނެ އެންމެ ބިދޭސީ އެއް ވެސް ނުހުންނާނެއޭ އަލަށް ހަދާ ރިސޯރޓްސް ތަކާއި އަދި ހަދަމުން އަންނަ ރިސޯރޓްސް ތަކުގައި ފުލުހުންނާއި އަދި އިމިގްރޭޝަން ގެ އޮފިޝަލުން ތިބޭނަމަ ސަރުކާރުން ރައްޔިތުންނަށް ހަރާމްކޯރު ވީމާ ވާނެ އެތި މިއޮތްގެން ފެންނަނީއޭ މިކަމުގައި ޒިންމާވާން ޖެހޭނީ ސީދާ ރައީސް އިބޫއޭ ރައީސް އިބޫ އާއި ރައްޔިތުން ވެރިކަން ހަވާލުކުރީ ފުރަތަމަ އަހަރު މިކަން ހައްލު ކުރަންއޭ ނުވިއޭ ދެން އިސްތިއުފާ ދީފައި ގެއަށް ކަނޑާލަންވީއޭ...

  52
  2
 11. ޑރ ނަޒޫ

  ބަންގާޅިން ނަކަށް ގަައުމީ ސަލާމަތަށް ނުރައްކާ ނުކުރެވޭނެ. ހިފާ ހައްޔަރު ކުރޭ ޙެޔޮނުވާނެ ދިވެހިން ބަންގާޅިން ނަށް ހިތްވަރު ނުދީ ފަހުން ރޯން ޖެހިދާނެ

  74
  4
 12. ސިނެކް

  މނޑފ ނެރޭނީ ރަހީނު ކުރި ދިވެހިން މަރުވީމަތޯ އަވަސްކުރޭ ނޫނީ ދިވެހިން ގެލޭ މިބިމަ ބިދޭސީން އޮހޮރަފާނެ އޭރުން މަވެސް ނުކުމެ ބަންގާޅިއެއް ހިފަން ޖެހިދާނެ

  79
  6
 13. މާމިގިލީ މީހާ

  ބަޑިޖަހާ ތިރިއަރުވާލާ ބަންގާޅީން. ދިވެހިންގެ ގައުމު ހިމާޔަތް ކުރޭ.

  101
  11
 14. އަޒީމާ

  މުސާރައިގެ ހައްގު ނިގުޅާގަނެވިފަތިބި މީހުންނަކީ ކުއްވެރީންނެއް ނޫން.. އެމީހުންގެ ހައްގު ހޯދަދޭނެ ބަޔަކު މިތާކުއެއްނެތް.. ދެން އެމީހުން ވީ އަމިއްލައައް ދަންޖެހިގެން މަރުވާންތަ.؟ އެމީހުން ހަމައިން ނުނައްޓަނެތަ..؟ އަތުންފައިން ގޯސް ނަހަދާނެތަ..؟ ހަދާފިއްޔާ އެއީ ކޮންބަޔެއްގެ ކުށެއް..؟ ބަނގުލަދޭޝުން ރާއްޖެއައް އެމީހުންގެ ހައްގުތައް ހޯދަދޭން މިލިޓަރީތަ އަންނަންޖެހެނީ؟

  48
  41
 15. އަނިޔާ

  މުސާރަނުދީ އަނިޔާދިނީމަ އެއަނިޔާ ދިންބަޔަކާ ދިމާކުރެވޭނީ. ފުލުހުންނާ ދިމާކޮށް ތާކުއުޅޭހާބަޔަކު ރަހީނެށް ނުކުރެވޭނެ. މުސާރަނުދިނީމަ ލޭބާޓްރިބިއުނަލަށް ދާނީ.

  84
  5
  • ސަފީން

   އަނިޔާ ދިން މީހުންނައް ދައުވާކުރަން އެމީހުން އެރަށުގަ ތިބެފަ ހުސްއަތާ ކަނޑުގަފަތާފަތަ ޓުރައިބިއުނަލައް އަންނަންވީ.. ދެން މާލޭ މަގުމަތީގަ ތަ ނިދަންވީ ބަނޑައްތިބެ.

   13
   2
 16. ތުކައްޒިބާން

  ވެރިކަން ކުރާ ޕާރޓީގެ މެމްބަރަކު ހިންގާ އަންޑަރވޯލްޑް ވިޔަފާރި މިދަނީ ރީއްޗަށް ފެންނަމުންނޭ ދެން ކިހިނެއްތޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލާނީ މަމެން ހައިރާނެއް ނުވެއޭ މިސަރުކާރުގެ އިކޮން މިނިސްޓަރު ކަރުގެ ނާރުތަކަށް ފުއްޕާފައި ކަނޑު ބޯޓް ގައި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ތައް ފޮނުވާނުވޭލެވޭނެއޭ ބުނުމުން ބައި އަޅާ މިންވަރު ބޮޑު ވުމުން ނުފޮނުވޭނެއޭ ތަމެން މިކަމަށް އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ...

  34
  • އުލާއިކަ

   ޔާމީނު ސަރުކާރުގައި އެތެރެކުރި ބިދޭސީން ގިނައީ.

   15
   35
 17. ބޮންދުލައިވްސްމެޓާ

  ގަވައިދާ ހިލާފަށް އުޅޭ މީހުންނާ ހިއުމަން ޓުރެފިން ވިކްޓިމްސް އުޅެނީ ރިސޯރޓު ހަދަން ރުފިޔާ ނުދިނަސް ކުރެވޭނެ އެއްކަމެއްވެސް ނޯންނާ ހާސަކޮށް މުއްސަނދިންނާ ދެކޮޅަށް .

  36
 18. ޝާހޫބް

  ފަތާފަތަ އަންނަނީ ލޭބާ ޓުރައިބިއުނަލައް.. އެއީ ފައިސާހެއް ނެތް ނިކަމެތި ބަޔެއް ދުރުގަ ހުރި ރަށެއްގައި ބަންދުވެފަ ތިބި..އެމީހުންގެ ފޯނައް ލާރިއަޅާނެ ގޮތެއްވެސް ނެތިފަތިބި.

  21
  6
 19. ތެދު

  ކެނެރީގޭ ނަޝީދު، ހަދާންކުރާތި. މަޖިލީހުގެ އެހެން ބިލްތައްވެސް ފާސްކުރާހެން، ބަންގާޅީން އެތެރެވުން މުޅިން ހުއްޓާލާ. ޢަދި މިގައުމުގަ އެމީހުން ގަވާއިދާ ހިލާފައް ވިޔަފާރި ކުރާނަމަ އުމުރު ދުވަހައް ޖަލައްލާ.. ދެން ފެންނާނީ ލަހެއް ނުވެ ގައުމު ހިފާތަން އެމީހުން. މިވަރުން ދަނީނަމަ

  51
  2
 20. Anonymous

  ލިބުނުހާ ކަދުރެއްވެސް ބަންގަޅީންނަށް ދީ ކަށިހިތްވަރު ނެރެން މިދަނީ.

  45
  1
 21. ދަރަނި ދަންތުރަ

  ރައްޔިތުން މަޖިލީހުން ތިކަން ހައްލުކުރަންވާނީ ކޮބާ މަޖިލީހުގެ ބާރުގަދަ ރައީސް

  37
  1
 22. އަހްމަދު

  ކޮބާތަ ސްވަޓް ޓީމް!؟

  29
  1
 23. ބީޖީ

  މާދަމާ ފުލުހުން ބަޔާން ދޭނެ ރަހީނުނުކުރާކަމަށް. އެމީހުން ދީނީނަސޭހަތްދޭން ތިބީކަމަށް. އަދި ބާބަކިއު ހަދަނިކޮށް ރޯވީކަމަށް. އަދި ފަހުން އެގުނުގޮތުގައި އެތާ އެއްވެސް އިންސާނަކު ނެތް ކަމަށާއި އުޅުނީ ހުސް ސޯލިހު ޖިންނި ތަކެއް ކަމަށް.

  47
  5
 24. ތަމެންދޯ

  މިހާރު މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ފެންނާނެ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ކަނޑު ބޯޓެއް ނޫން ޓަގަކަށް ކުނި އަރުވާ ގޮތަށް އަރުވާފައި ނަމަވެސް އެބަޖެހެއޭ ގާދޫ ކޮލުން ބޭރުކުރަން ތަމެންނަށް މިހާރު ހުންނާނެއޭ ރަނގަޅަށް ރާކަނި މަސްކެވިފައި މިހާރު އެމްޑީޕީގެ މަޖްލީހުގެ މެމްބަރުން ދޯ މިކުރާ ހުރިހާ ވައްކަމެއްގެ އަޑީގައި ވެސް ތިބެނީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވަނީ މުޅިން ވެސް އެމްޑީޕީގެ މަޖްލީހުގެ މެމްބަރުން އަޑީގައި ތިބެގެންނޭ...

  33
  3
 25. ފިތުނަ

  ހަދާންކުރާތި ދިވެހިން ރަހީނުކޮށް ފުލުހުންނައް އަނިޔާކުރި އެކަކުވެސް ދޫކޮށްގެން ނުވާނެ. ޙުރިހާ ދިވެހިން މިމީހުން މިގައުމުން ބޭރުކުރަން ތައްޔާރުވަމާ. ބަންގާޅު މުޅި ގައުމު ހިސޯރުކޮށްފާނެ

  50
  2
 26. މުހަންމަދު

  ކަނޑިޔާއި ބަޑިހިފައިގެނެއްނޫން ދާންވީ..6 މަހުގެ މުސާރަ ހިފައިގެން ދާންވީ..ތިކަން ހައްލު ކުރަންވީ އެމީހުންގެ މުސާރަދީގެން..އެމީހުންނާއި ކުރިމަތިލާންވީ ބަޑި ހިފައިގެނެއްނޫން.

  24
  32
 27. ރަނާ

  ފުރިހަމަ ހަތިޔާރާއި އެކީ އެމްއެންޑީއެފް ނެރެބަލަ..

  43
  4
 28. ނަޒްލާ

  ތިއޮތީ މަ ބުނި ދުވަސް އައްސަ. ބޮންދުން މިޤައުމު ހިފާފަ ރަނިކަން ކުރަން ތައްޔާރަށް. އަދިވެސް ގިނަގިނައިން ވަގަށް ވެސް މިމީހުން އެތެރެ ކުރޭ

  42
  3
 29. ޔޮން

  މުސާރަ ނުދިނުމަކީވެސް ބޮޑު ކުށެއް. އެކަމަކު މީ ދުނިޔޭގެ އެހެން ގައުމެއްނަމަ، ވޯކުވިސާއެއްގަ ގައުމަށް އައިސްތިބި ބަޔަކު މިފާޑަށް ކަންކޮށްފިނަމަ، ސުވެޓު ޓީމުތައް މަތިމައްޗަށް އަޅާ ލައިވް ވަޒަނުން ތަޅާ ރާކޭސް އަރުވާލާނެ.

  56
  2
  • ނަޒިން

   މުސާރަނުދިނުނަކީ 'ވެސް' ކިޔާފަ އެއީ ހާދަ ކުޑަކަމަކައް ތިހަދާލަނީ.. މުސާރަނުދިނުމަކީ ބޮޑު ކުށެއް.. އެއީ އަހުދެއް މުގުރާލާފަ މީހެއް ކާންބޯން ކުރާ މަސައްކަތައް ހޭދަ ކުރާ ވޭނާއި ހަކަތަ އިން ނުހައްގުން ފައިދާނެގުން.. އެއީ ޒާތެއްގެ ވައްކަމެއް.

   19
   4
 30. ނަޒީލް

  މުސާރަ ނުދޭ އޯނަރުންތައް ހޭއަރުވާލަންވީ..

  49
 31. ފުލިސް

  ޓޭޒަރ ޓޭޒަރ ޓޭޒަރ...

  26
  2
 32. ބަޣާވާތްކުރި

  މިހާރުގެ ބަނގުލަދޭޝް އެއީ ކުރީގެ އިރުމަތީ ޕާކިސްތާނު. 1971މ ގަ ހިންދޫ އިންޑިޔާޔާ އެއްބައިވެ ބަންގާޅުމީހުން ޕާކިސްތާނުގެމައި ސަރުކާރާދެކޮޅަށް ބަޣާވާތްކުރީ އަދި ބޮޑު އިސްލާމީޤައުމެތް ދެބައިކުރީ. މިއީއިނގިރޭސީންކުރާފަދަކަންތައް. ރަނގަޅައްވިސްނާ! ބަނގުލަދޭޝްޤާނޫނު އަސާސީބުނާގޮތުން އެއީ ސެކިއުލަރ ޤައުމެއް. މުސްލިމު އުންމަތަށް ވީމޮޅެއްއެބައޮތްތަ؟

  22
 33. ޭަލީއަ

  ތިޔަ ރަށުގެ ވެރިފަރާތް ހައްޔަރު ކޮއް މިހާރުން މިހާރައް ގާނޫނުގެ ކުރިމައްޗައްގެންނަން ޖެހޭ މީ މިއަދު އިއްޔެގަ ޖެހިގެން އުޅޭ މައްސަލައެއްނޫން ވެރިފަރާތުން އަންގާގެން މުސާރަ ހިފަހައއޓާގެން މިހާދުވަހު އުޅުނީ މިއަދު މީގެ ހިތި ރަހަ ވެރިފަރާތައް ލައްވަންޖެހޭނެ ރޯޔަލް ފެމިލީ ކިޔަފަ ގައުމު ހަލާކުކޮއް ނުލާތި ފުލުހުންނައް ގޮވަޅަން އަދި ރައީސއ އައްވެސް

  19
  1
 34. ޒަކަރިއްޔާ

  ބިދޭސިއަކަސް ދިވެއްސަކަސް އެއްވެސް މީހަކަށް ގެއްލުން ދީގެން ނުވާނެ!

  މިކަން ދެން ހައްލުވާނީ ސިފައިން ބަރު ހަތިޔާރާ އެކު އެ ރަށަށް ދިޔާމަކަން އަހަންނަށް ފެންނަނީ. އެއީ ރަހީނުކުރި މީހުންގެ އަތުގައިވެސް ނުރައްކާތެރި ހަތިޔާރު ހުރީމައެވެ.

  23
 35. އިބޫ

  ތީ ޤައުމީ ސަލާމަތާ ބެހޭ ކަމެއް... ތިތަނަކައް ފުލުހުން އަރާކަށް ނުޖެހޭ... ތިތަނަށް އަރަންޖެހޭނީ ހަތިޔާރުއެޅި ދިވެހި ސިފައިން...

  36
  2
 36. ނަ

  ސަރުކާރުފެއިލްވެފާ

  22
  2
 37. Anonymous

  މިކަމުގެ ހުރިހާ ޒިންމާއެއް ނަގަންޖެހޭނީ ބިދޭސީން ރާއްޖެ އެތެރެ ކުރިމީހުން

  24
  1
  • ޓްރަންޕް

   އޭނާގެ މުސާރައިން ތިޔަ މީހުން ސަލާމަތް ކުރުމަށް ދާ ޙަރަދު ހޯދަން ޖެހޭ

 38. ދިސްވޭ

  ފުލުހުންނަށް ބޮޑު ފިނޮޅަށް ނޭރިގެން މިއުޅެނީ އެއީ ސީދާ ރައީސް އޮފީހުގެ އޯޑަރު އޮތީ ކަމަށްވެދާނެއޭ ބަންގާޅުން ބޭނުން ގޮތަށް އޮޕަރޭޓް ކުރަން ބޮޑު ފިނޮޅު ދޫކޮށްލަން ސަބަބަކީ އެ 200 ބަންގާޅީން ހައްްޔަރު ކޮށްފިނަމަ އެމެން ނަށް ކާން ދީ ބަލަހައްޓަން އެމެން ޖެހިއްޖެނަމަ މިހާރު ކޮވިޑް ވަބާ ފެތުރެނީއޭ ނަމުގައި އެމެން ނަގާ ކަޓް ނުނެގޭނެ ކަން ޔަގީންވާތީއޭ އެއީއޭ ތިޔާ ކަން ލަސްވެގެން އުޅޭ ގޮތަކީ....

  11
  5
 39. ފެނޭދޯ

  ބޮޑުފިނޮޅުގެ މައްސަލަ ހޫނުވެ ފުލުހުންނަށް ރަށަށް ނޭރިފައި ތިބީ މިހާރު މަޖްލީހުގައި އޮތް ފުލުހުންގެ ބިލުން ފުލުހުންނަށް ލިބިދީގެންވާ ބާރުތަށް ކޮށާ ހަނި ކުރަން އުޅޭތީވެ ފުލުހުން ބިރުންނޭ ފުލުހުންގެ ފްލެޓްސް ތައް އިމާރާތްކުރާތާ 10 އަހަރުވީއޭ އަދިވެސް %30 ނުނިމެއޭ މިއީއޭ މިސަރުކާރުން ފުލުހުންނަށް ދޭ ވަސީލަތް ތަކުގެ ފެންވަރުވެސް ދަށް މިންވަރަކީ ފުލުހުންނަކީ މިއަދު އުއްމީދު ގެއްލިފައިވާ ބަޔެއް ކަމަށް އެމެންނަށް ދޭހަވާތީއޭ ބޮޑު ފިނޮޅަށްނޭރި ލަސްވަނީ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ތަމެން ދެން ވެސް އިސްތިއުފާ ދީފައި ގެއަށް ކަނޑާލަން ނުވޭތޭ....

  12
  3
 40. އަލީ

  ކޮބާ ހެލިކޮޕްޓަރު ތަށް؟ ކަމެއް ޖެހޭއެރަކު އޮންނަނީ ހަލާކުވެފަދޯ؟

  20
 41. ޗީނީ

  ތިޔަ ސްޓަންގަން އެއް ބޭނުންކުރާ ވަގުތު ތިއޮތީ އައިސްފަ. ދެންވެސް ދިވެއްސެއްގެ ފުރާނަ ދުއްވާ ނުލަނީސް ކަމެއް ކޮށްބަލަ ...

  17
  2
  • ޖޖޖޖ

   ނުކެރޭނެ ދިވެއްސެއް ޖަޔަށް ނަމަ ޖަހާނެ

   12
   1
 42. Anonymous

  ފުލުހުން ތިބެންވާނީ ސޯޓުބުރި ލައިގެން ދަނޑިކޮޅެއް ހިފައިގެން- މެންބަރު ބޯދިގު.
  ފުލުހުންނަށް ކަރުނަގޭސްފަދަ ހަތިޔާރާއި ސްޓަންގަންފަދަ ހަތިޔާރު ދީގެންނުވާނެ- އިމްތިޔާޒް.
  ފުލުހުން އެރަށަށް ކަނޑުފަތާފައި އަރާގެން ނުވާނެ- މަޖުލިސް ރައީސް.
  ފުލުހުން ކަރުނަގޭސް ބޭނުންކޮށްގެން ނުވާނެ. - މަޖުލިސް ނާއިބު.
  ފުލުހުން އެރަށަށް އެރި މައްސަލަ ބަލައި ފިޔަވަޅު އަޅާނަން- އިންޓެގްރިޓީ.
  ފުލުހުން އެރަށަށް އެރުމުގައި އަމަލުކުރީ އިޖުރާއަތާއި ޚިލާފަށް- ޕީޖީ.
  ފުލުހުންނަށް އެރަށަށް ނޭރުނީ ޕްރޮފެޝަނަލް ކަމެއްނެތީމަ- ސީޕީ.

  24
 43. ފިލާވާޅު

  މިހާރު ތިޔައީ ޓެރަރިޒަމް އަސްލު ސިފައިން މިހާރު ތިޔަކަން ހައްލުކުރަންޖެހޭނީ ފުކުހުންގެ މެންޑޭޓުން ބެރުވީ. ސިފަިއިން ބާރާއެކު ފޮނުވާ މިހާާރުން މިހަރައް މިޤައުމުގެ އަގުވައްޓާނުލާ.

  16
 44. Anonymous

  ބަންގާޅިން ދިވެހިން ރަހީނުކޮށް މެރިޔަސް ފުލުހުން އެއްވެސް ވަރަކަށް ހަތިޔާރު ބޭނުންކޮށްގެން ނުވާނެ.
  ފުލުހުން ތިބެންވާނީ ސޯޓުބުރީގަ. އެއީ މިއަދު ގައުމު ބޭނުންވާގޮތް.

  23
 45. Anonymous

  ދިވެހިން ރަހީނުކޮށް މެރިޔަސް ފުލުހުން ބާރުގެ ބޭނުން ކޮށްގެން ނުވާނެ. އެއީ ބިދޭސީންގެ ވެރިއަކަށްހުރި އެމްޑީޕީ މެންބަރު ޢަލީ ރިޒާ ބޭނުންވާގޮތް.

  20
  1
 46. ފަޒޫޝާ

  ޓީވީ ޗެނަލަކުން ނުވެސް ދައްކާ މިކަމާބެހޭ ގޮތުން އެކައްޗެއްވެސް . ނިކަން ބޭރުގެ މީޑިޔާތަކަށް ދައްކާލަބަލަ އަހަރެމެންގެ ސުވަރުގެ ފަދަ ރާއްޖޭގަ މުވައްޒަފުން އަޅުންނަށް ހަދައިގެން އުޅުމުން އަތަށް ގޮވާގޮތް

  21
 47. Anonymous

  އެމްޑީޕީ މެންބަރު ޢަލީ ރިޒާގެ ބިދޭސީ ގުރޫއްޕުން ދިވެހިންގެ ބަޔަކު ރަހީނުކުރިޔަސް ހަތިޔާރު ބޭނުން ކުރަން ފުލުހުންނަށް އެންގިގެން ނުވާނެ. އަމިއްލަ މީހާގެ ކަމެއްވީމަ ފުލުހުބް އަރަންވީ ރިސޯޓަށް ދުނިޔޭގަ ލެއްވި ހުރިހާ ހަތިޔާރަކާއިއެކު.
  މާދަމާވެސް މަޖުލީހުގަ ފެލޭނެ ފުލުހުން ސޯޓުބުރިލައްވާ ހަތިޔާރު އަތުލާށޭ ކިޔާފަ.
  ލަދުކޮބާ މަޖުލީހުގެ އިއްޒަތްތެރި ޖަނަވާރުން

  15
 48. ތުކައްޒިބާން

  ފުލުހުންގެ މުވައްސަސާގެ ބާރު މަޖްލީހުގައި ތިބި އެމްޑީޕީ މެމްބަރުންނަށް ވާނުވާ ނޭނގި ކަނޑުވާލަމުން ދާ އިރު އެއިން ނިކުންނަ ނުބައި އަސަރު ފެނިގެން ދަނީއޭ ދީނުގައި ވެސް އޮންނަ ކަމެއް ނޫނޭ އަމަން ބަލަހައްޓާ މީހުންނަށް ދީފައި އޮންނަ ބާރު ތަކަށް ސިޔާސަތު ކަނޑައަޅަން ތިބޭ މީހުން ބޭނިގަތުމަކީ ތަމެން މިފަދަ ކަންކަން ދީނުގައި އޮންނަ ގޮތް ހޯދުން މާ ބޮޑަށް ރަނގަޅުވާނެއޭ މުޝްރިކް ގައުމު ތަކުގަިއ ކަން ކުރާ ގޮތް ނަކަލު ކުރުމަށް ވުރެން ތަމެން އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ...

 49. ޥާލުސޮރު

  ޢެއްޗެއް ވިސްނިފަ ތިބޭނީ ކޮބާ ފައްޔާޒު ކޮބާ ރެޑްކުރެސެންޓް

  12
 50. އަނދުން ހުސައިން

  ތިޔަތަނަށް ފޮނުވަންވީ މަޖިލީސް މެމްބަރު ބޯދިގު ކަނޑިކި ލައްވާފައި. ޢެސޮރު ތިޔަކަންތައް ނިންމާލާނެ.

  23
 51. Anonymous

  ބިދޭސީން ގެނެސް ޖަނަވާރުތަކެއް ގެންގުޅޭހެން އެމީހުންލައްވާ އަޅު މަސައްކަތްކުރުވާ ފައިސާނުދީ ހެޔޮވެރިކަމޭ ގޮވާ އެމްޑީޕީ މެންބަރު ޢަލީ ރިޒާ އާއި ސަރުކާރަށް ފިޔަވަޅު އެޅުމަށް ރައްޔިތުންނަށް ގޮވާލަން.

  17
 52. ޖާބެ

  ވައިގެމަގުން މިހާރު ސިފައިން ފޮނުވާ، 1 ގަޑި އިރު ތިޔަކަމައް ހޭދަކޮށްގެން ނުވާނެ. ޓެރަރިޒަމް މިއީ ދިވެއްސަކައް އަނިޔާއެއް ވެގެން ނުވާނެ

  21
  1
 53. ދޮންބެ

  ދިވެހި ސިފައިން ތިޔަބައިމީހުން މައިތިރިކުރާގޮތް ބަލަންތިބޭ. ބިރުން އަމާންދޭނެ....... ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

  5
  1
 54. ސަމިި

  ކޮބާ މެމްބަރ ބޯދިގު އޭނަ ފޮނުވަންވީނު ތިޔަތަނަށް އޭނަ ވަނީ ފުކުހުންނަށް ވަރަށް ހުތުރު ކޮށް މުޚާތަބު ކޮށްފއި. ސޯޓު ލައްވާފަ ދަނޑިބުރި ދީފަ ބޯދިގު ފޮނުވަންވީ އަދ އެމްޑީޕީ މެމްބަރުން.
  ސަފާރީ މަތިން ހަދާން ނުނެތޭ

 55. ފެނޭދޯ

  ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވައިގެން އެމެންނަށް މުސާރަ ނުދީ އެކަން ކުރުމުގައި އެންމެ އިސްރޯލް ކުޅެނީ އެއީ ވެރިކަން ކުރާ ޕާރޓީގެ މަޖްލީހުގެ މެމްބަރުން ކަން މިއަދު މުޅި ދުނިޔެ އަށްއެދަނީ ސާބިތު ވަމުންނޭ މީއޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ކަނޑު ބޯޓަކަށް ލާ ވެސް ފޮނުވާނުލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު އިންކާރުކުރާ ކަމަކީ މީ ކޮރަޕްޝަންގެ ހާއްޔެކޭ މަޖްލީހުގެ މެމްބަރުންނާއި ބިމުގެ އަޑިން ގުޅިފައޭ ގުޅިފައޭ ގުޅިފައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...

 56. ނަސީމާ

  ރާއްޖޭގައި ބަންގާޅު މަސައްކަތު މީހުން ގެންގުޅެނީ ފިރުއައުނު ޒަމާނުގަ ޔަހޫދީން އަޅުވެތިކޮއްގެން ގެންގުޅުނު ބީދާއިން.. އެމީހުން ލައްވާ ގުދާރު ބިނދެންދެން މަސައްކަތް ކުރުވާ މަލްޓިނިލިޔަން ޑޮލަރުގެ ރިސޯޓު ހަދާފަ އެމީހުންނައް ދޭންޖެހޭ ކުޑަ މުސާރަކޮޅުވެސް ނުދީ ދަތިހާލުގަ ގެންގުޅެފަ ކުނިތަކެއް އުކާލާހެއް ހުސްއަތާ ގައުމައް ފުރުވާލަނީ. ދުނިޔޭގެ ލޭބާ ޖަމިއްޔާއިން ރާއްޖެއައް ފިޔަވަޅު އަޅަންޖެހޭ..މިއީ ނިކަމެތީންނައް އަނިޔާ ދޭ ގައުމެއް.. މިއީ ހިއުމަން ޓުރެފިކިން އަކީ.. މިތާ ތިބި މަހުޖަނުން މުއްސަނދިވަނީ ބޭރު މަސައްކަތު މީހުންގެ ލޭބިއެގެން.. މިތާގަ އުޅޭ ހައްގައް މަސައްކަތް ކުރާ ޖަމީއާތަކައްވެސް އިނގޭނީ ހަމައެކަނި އަންހެނުންގެ ހައްގާއި ޖަނަވާރު އަދި ތިމާވެށީގެ ހައްގު. އެނިމުނީ.. މިހާރުވެސް ތިބޭނެ ވާއެއްޗެއް ނިމެންދެން އަނގައިގަ ހައްޕު އަޅައިގެން.

 57. އަލިބެ

  ތީގެޒިންމާ ނަގަންޖެހޭނީބ އަލީ ރިޒާ ބޮންދުންނެއް ކަމަކު އެމީހުންގެވެސް ހަރަދު ކުރަންޖެހޭ އަނބި ދަރިން ތިބޭނެ. ތި ހާލަތް ކުރިމަތިކުރުވީ އަލީރިޒާގެ ލާއިންސާނިއްޔަތުކަން.

  3
  3
 58. ކޮމޮލިކާ

  ސޯޓުބުރިއެއް ލައްވައިފަ ރަބަރު ފައިވާނަކަށް އަރުވައިފަ ތިރަށަށް ތިކަން ހައްލުކުތަން ފޮނުވަންވީ އެމް.ޕީ ބޯދިގު

  10
 59. އުޒޭރު

  ވެރިމީހާ މުސާރަ ނުދީ ތިބި ހުރިހާބަންގާޅިން ނިކުމެއް ވެރިމީހާގެ ގެދޮރާއި ފިހާރައާއި ރިސޯޓު ފުނޑާލަންވީ. ހައްގައް އަހަރެމެން އަބަދުވެސް ނަސްރުދޭނަން މޫނަކައް ކަނދުރާއަކައް ނެޝަނެލިޓީއަކައް ނުބަލާނަން. މުސާރަ ޖެހޭނީ ދޭން.. އެއީ ލޭބާރ ހައްގެއް. ފައިސާ ނެތިއްޔާ މުދާތައް ހަވާލުކުރޭ..

  6
  5
 60. ޚިޔާލު 3

  ސަލާމަތީ ބާރުތަކުން މިހާ ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ދިވެހިން ދިވެހިންގެ ގައުމުގައި ރަހީނުކޮށް މިހާގިނައިރުވުމަކީ މިކަން އިތުރަށް ގޯސްވެދާނެކަމެއް. މުސާރަ ނުދިނުމުން ދިވެހިންގެ ސަލާމަތަށް ނުރައްކާވެފައިވާތީ މުސާރަ ދޭންޖެހޭ ފަރާތްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަގަލަދޭސް ހައިކޮމިޝަނަރުގެ އެހީއާއެކު ވަގުތުން މައްސަލަ ހައްލުކުރަން މަސައްކަތް ފަށަށްޖެހޭ ބާރު ސްޕީޑުގައި.

 61. ޮަވަރޜޭ

  ބަންގާޅީންނޭ.. ދޫނުކުރާތި މެރިޔަސް. މުސާރައަކީ ކަލޭމެންގެ ހައްގެއް މިއީ ސަދޫމް މިތާކު ކަލޭމެންގެ ހައްގު ހޯދައިދޭނެ އެއްވެސް ބަޔަކު ނެތް. ހައްގު ހޯދެން އޮތް ގޮތަކުން ހޯދާތި.

  3
  14
 62. Anonymous

  ކޮބާ ހެލިކޮޕްޓަރު މަތިން އެސް އޯ ފުލުހުން ބާލުވާ

  9
  1
 63. ބަލަ

  ކޮބާ ހެލިކޮޕްޓަރު، މަތިން އެސް އޯ ފުލުހުން ފުރިހަމަ ހަތިޔާރާއެކު އަޅާލާ

  11
 64. ލުކްވެލް

  ބޮޑު ފިނޮޅުގެ މައްސަލަ އިން ވެސް މިސަރުކާރުން ވެސް މަޖްލީހުން ވެސް އެބަޖެހޭ ފިލާވަޅު ތަކެއް ދަސް ކުރަން ރާއްޖޭގެ ސަޤާފަތެއް އެއީ މީސްމީހުންނަށް ދޭން ޖެހޭ މުސާރަ އާއި މަސައްކަތް ކުރުވާފައި ފައިސާ ނުދިނުމަކީ ކުރީގެ މަޖްލީހުގެ ނައިބް ރައީސަކު ވެސް މުޅި ލާމު އަތޮޅަށް ދަރާ އެބައޮތޭ އެކަމަކު ރިސޯރޓް ހަދާ ނިމި ރިސޯރޓް އިން ފައިސާ ވެސް ލިބުނޭ ނުފޯރާ ފޮތިން ފޫގަޅައިގެން ރާއްޖޭގެ ކޮންމެ ދެމަފިިރިއަކަށް ރިސޯރޓެއް އަދި ގެސްޓް ހައުސް އެއް ނެހެދޭނެއޭ ތިޔާ މިލަންދޫ ރިޒާ އަކީ އެއީ އިންޖިނިއަރިންގްގެ އަލިފުބާ ވެސް ދަންނަ މީހެއް ނޫނޭ މީހާ ބަލާފައި ވެސް އިނގެއޭ އެއީ ފިރިހެންވަންތަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކޮންސްޓްރަކްޝަން އެން އިންޖިނިއަރިންގް މަސައްކަތް އެމެންނަށް ނޭގޭނެ ކަން މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ އަދި މަސައްކަތް ކުރުވާ މީހުންނަށް ދޭން ޖެހޭ ފައިސާ ގަނޑު ނުދީ އެފައިސާ އިން ކެމްޕެއިން ކޮށްގެން ރައްްޔިތުންނަށް ރިޝްވަތުގެ ގޮތުގައި ހަރާމް ފައިސާ ދީގެން މަޖްލީހުގެ މެމްބަރު ކަމަށް އަންނަ މީހުން ރައްޔިތުންގެ ޚަޒާނާ ރޮލާއި ކާލަން ފަސް ވެސް ނުޖެހޭނެ ނޫންތޭ...

 65. ސޮރު

  މިފަހަރު ބަޑި ޖަހަންވާނީ ސީދާ ބޮލަށް. ޖައްވަށް ފަޒާއަށް ހަވައަށް ޖަހައިގެން ފަރުޖައްސައިގެން ނުވާނެ.. މިއީ ދިވެހިންގެ ބިން.. މިއީ ބަންގަ ބޮންދު ސްޓޭޑިއަމެއް ނޫން. ހޭ އަރުވާލާތި.

  13
  1
 66. ޞާހީ

  ޢަލީ ރިޒާ ހައްޔަރު ކުޜޭ ، މަޖްލިސް މެންބަރުކަމުން އިސްތިއުފާ ދީ

  13
  1
 67. ބޮންދުސް

  މުސާރައަކީ ލޭބަރ ހައްގެއް..މުސާރައަކީ ލޭބަރ ހައްގެއް..މުސާރައަކީ ލޭބަރ ހައްގެއް..މުސާރައަކީ ލޭބަރ ހައްގެއް..މުސާރައަކީ ލޭބަރ ހައްގެއް..މުސާރައަކީ ލޭބަރ ހައްގެއް..މުސާރައަކީ ލޭބަރ ހައްގެއް..މުސާރައަކީ ލޭބަރ ހައްގެއް..މުސާރައަކީ ލޭބަރ ހައްގެއް..މުސާރައަކީ ލޭބަރ ހައްގެއް..

  6
  1
 68. ޒަމީކް

  އަލީ ރިޒާގެ ހަތެރެސްފައިގަ ބިޑިއަޅުވައިގެން ގެނެސް ކުޑަގޮޅިއައްލާ.. އެހެރީ ބަޔަކުގެ ހައްގުތަކެއް ކައިގެން..

  17
  1
 69. އެމީހުންގެ މުސާރަކޮޅު ނުދިނުމުގެ ނަތީޖާ

  ލާދީނީ ޖާހިލުނޭ އަދިވެސް ގޯސްކުރަނީ އެމީހުންތަ އެމީނުން އެކަކުރީ ކީއްވެކަމެއް ތި ބައިގަނޑަ ކަށް ހަމަ ނޭނގޭތަ އެމީހުންގެ މުސާރަދިންނަމަހީ އެމީނުއެގޮތަކަށް ކަންތަކެއް ނުކުރީ އެމްޑީޕީ އަކީ އަ ބަދުވެސް ނުކަމެތިންނަށް ހަރާންކޯރުވާ ބައެެއް އެކަހަލަ ކިތައް ކަންތައް މިސަރުކާރުއައިފަހުން ކުރިމަތިވެއްޖެތަ އަދިވެސް ތިމާމެންގެގައިގަ ހުރިމަކަރުވެރިކަން ފޮރުވަންތިމަސައްކަތްކުރަނީ އެމީހުނަށް ހައްޤުވާމުސާރަ އެމީހުނަށް ނުދީ ހެސްކިޔާފައި މަސައްކަތް ކުރުވަންޏާ އަދިވެސް ތިކަހަލަ ކިތަމެ ކަމަކާއި ކުރިމަތި ލާންޖެހޭނެ ތި ބައިގަނޑަށް އެންމެ ފަހަރަކުވެސް އެމީހުނަށް 6މަސް 7މަސް މުސާރަނުދީވާއިރު އެނުދޭމީހާ ކުށްވެރިނުކުރެވެނީ ކީއްވެ؟ އެއިންވެސް އެނގެނީ ތި ބައިގަނޑުގެ ނު ބައިނުލަފާ ޖާހިލުކަން

 70. ފެނޭދޯ

  ތިޔާ ބޮޑު ފިނޮޅުގައި ބިދޭސީން ހަމަނުޖެހުން ހިންގާ ކަން ފުލުހުންނަށް ހުށައެޅިއޭ މީގެ ދެމަސް ދުވަސް ކުރިން މެއި މަހުގެ 16 ވަނަ ދުވަހު އެދުވަހު ފުލުހުން އެރަށަށް އަރާ އެރަށުގައި ހަމަ ނުޖެހުން ހިންގާ މީހުން އެރަށުން ބޭލިނަމަ މިއަދު ތިޔާ ގެއްލުން ނުވީއޭ ފުލުހުން އެދުވަހު ދިން ޖަވާބަކީ މުސާރަ ދޭން ޖެހޭ މުވައްޒަފުންގެ މުސާރަ ދިނުމުންނޭ ތިމަންނާ މެން އަރާނީ މީ ފުލުހުން ދޭން ޖެހޭނެ ޖަވާބެއް ނޫނޭ ތަނެއްގެ އަމަން ގެއްލިގެން އުޅޭ އިރު އެއީއޭ މިކަން ގޯސްވިކަމަކީ މިސަރުކާރުގައި ފުލުހުން މިފަދަ ވަރަށް ގިނަ ޖަވާބު ތައް ދީފައި އެބަހުއްޓޭ ކޮވިޑް އެއީ ވެސް ބަހަނާ އެއް ކަމަށް ދައްކައޭ 200 މީހުން ލާނެ ޖަލެއްވެސް ނެތޭ ކިޔާ ވެސް ފުލުހުން އެބަހުއްޓޭ އުޒުުރު ވެސް ދައްކާފައި މާލޭގެ ވިޔަފާރިވެރިން ދައްކާ ޓެކްސް ފަައިސާ އިންނޭ ފުލުހުންނަށް މުސާރަ ދެނީ ޖަލުވެސް ހުންނާނެއޭ ފަޅުރަށެއް ވެސް ޖަލަކަށް ވަގުތުން ބަދަލު ކުރެވޭނެއޭ ގައުމެއްގެ އަމަންއޭ އެންމެ ބޮޑު ކަމަކީ އަމަން ބަލަހައްޓަން ތިބޭ މީހުން ބަހަނާ ދައްކާނަމަ ރާއްޖެ އަށް ލިބޭނީ މިފަދަ ގެއްލުން ތަކޭ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ބައިތިއްބަން ވެސް އެއްބަސްވީ ސީދާ ރައީސް އިބޫ އޭ ރައީސް އިބޫގެ ސަރުކާރުގެ ބޮޑުންނޭ އެމެން ނަށް މުސާރަ ނުދީ އެމެން ލައްވާ މަސައްކަތް ކުރުވަނީ ވެސް ތަމެން އަތަށޭ ހުރިހާ ކަމެއް ވެސް ގޮވަމުން ދަނީ ތަމެންގެ ވެރިކަމުގެ ބަރަކާތް ކެނޑިއްޖެއޭ މަމެން ބުނީމެއް ނޫންތޭ މީގެ 40 ދުވަސް ކުރިން އެކަމުގެ އަލާމާތް ތަކޭ ފެނިގެނ މިދަނީ...

 71. ސަންޓޭ2

  ބަންގާޅިންނަކަސް އެމީހުންގެ ހައްގް އެމީހުނައް ދޭން ޖެހޭނެ އެމީހުންވެސް އެމީހުންގެ މައިން ބަފައިންނައް އަނބި ދަރިންނައް ކާންދޭން ޖެހޭނެކަން ދަންނަން ވާނެ

  13
  2
 72. ޑެޑުއހފޯސް

  އަމީން ގިރީގަވެސް އެބަ އޮތް އެތައް ސަތޭކަ ޓުއަރިސްޓް ވިސާގަ އައިސް އުޅޭ ބަންގާޅީން . ޢެމީހުން ލައްވާ އަމީން ރިސޯޓް ހަދަނީ .މިމީހުންނަށް މުސާރަ ނުދޭތާ 6 މަސް .މިފަދަ އެތައް ޓުއަރިސްޓުންނެއްލައްވާ ރިސޯޓްތައް ހަދާ. މިކަން ކުރަނީ މަ މަޖުލީސް. ސަރުކާރު. ޢަދި މަހުޖަނުން ވެގެން.

 73. ސޭކްސްތާން

  ފުލުހުންތީ މަގުމަތިވެސް ނުބެލެހެއްޓިގެން އުޅޭ ބައެއް. ތަމްރީނެއް އެއްޗެއް ނަހަދާ ކައިކައިގެން ދެއިރު ދެދަޅައަށް ފޮޓޯ ނަގާ ދެއްކުން ތެރި ބައެއް. މިއީ ފުލުހުންްގެ ވަރަށްބޮޑު ފެއިލިއަރއެއް. ލަދުން ބޯހަލަކު. ސިފައިންނަށް ތިކަންވާނީ ސިފައިން ގޮސް ހައްމަތަ އަރުވާލާނެ.

  10
  7
 74. ޓެކްނީޝަން

  މުސާރަ ނުދިނެކޭ ކިޔާފަ ނުޖެހޭ ރަހީނު ކުރާކަށް. މި ލާދީނީ ސަރުކާރެއް އައިފަހުން މުޅި ގައުމު މިވަނީ ހަމައިން ނެއްޓިފަ.އި މި މުސީބާތުން ސަލާމަތްވާން އެބަޖެހޭ.

  20
  3
 75. ލައި

  އާމުންގެ 20މީހަކައްވެސް މިކަންވާނެ... އަޅެފޮނުވަބަ

  13
  3
 76. އަލިބެ

  ހަމަ އެންމެ ބޮލެއް މިކަން ނިމުނީ

 77. ބަލާށޭ

  ރިޒާ ވިދާޅުވަނީ މުސާރަ ނުދެވުނީ މަސައްކަތް ހަވާލުކުރި ކުންފުނިން ފައިސާ ނުދޭތީ ކަމަށްވާނަމަ އެއީ މަމެން ޤަބޫލުކުރާނެ ކަމެކޭ 200 ބަންގާޅީން ރިޒާ ވެސް ނެގީ މާލެ ތެރޭންނޭ އެއީވެސް ޤަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީންނޭ ރިސޯރޓްސް ތައް ރާއްޖޭގައި ހެދުން އެއީ ކުރާ ބޮޑެތި ވައްކަންތަކަށްވެ އެވަނީ މަމެންގެ ސަގާފަތަކަށް ބަަދަލުވެފައޭ ރިސޯރޓް އޯނަރަށް އެގިގެން ކުޑަ އަގުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ލައްވާ މަަސައްކަތް ކުރުވާއިރު ސަރުކާރަށް ވެސް އިނގެއޭ މިކަން މިގޮތަށް ކުރަނީ ޓޫރިޒަމް މިނިސްޓްރީ އަށް ވެސް އެގިގެންނޭ މަމެންނަށް އިނގޭ އެއްޗަކީ ރާ އަތޮޅު ފަސްމެންދޫ އޮޕަރޭޓިންގް ސްޓޭޖަށް އައިސް އޮޕަރޭޓް ވެސް ކުރަނީ ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން މުވައްޒަފުންނަށް ނަގައިގެންނޭ ސަރުކާރަށް ވެސް އިނގެއޭ މީ ސީދާ ރައީސް އިބޫ ޒިންމާވާން ޖެހޭނެ ކަމެއް ކަމަށޭ މަމެން މިދެކެނީ ރައްޔިތުން ވޯޓް ލައިގެން ހޮވާފައިވާ ޓޫރިޒަމް މިނިސްޓަރެއް ނުހުންނާނެއޭ މިކަން މަމެން ކަނޑާލާނީ ސީދާ ރައީސް އިބޫ ބޮލަށޭ...

 78. ދަހާޓު

  ބަންގާޅީން ނަށް މުސާާރަދީ ރިސޯޓުގެ ވެރިން ހައްޔަރު ކުރޭ 6 މަސް ދުވަހުގެ މުސާާރަ ވަގުތުންދީ އެމީހުންގެ އަބިދަރިން ބަޑަން ނުމަރާ

  16
  1
 79. ޚީކޭ

  ޙައްޔަރުކުރަންވީ ބަންގާޅު ހައިކޮމިސަނަރު، ޓެރަރިޒަމްގެ ދައުވާ އިފުލާ

 80. ހިނގާހިނގާ

  ޖުމައްޔިލް، އަންހެން ކޮއްކޮ ރޭޕް ކުރި ކަމުގެ ބޮޑު ތުހުމަތެއް ކުރާ ނަމަ އެއީ އަދި ރޭޕް ކުރީ ކަމަށް ނުވާނެއޭ އެގޮތަށްހިނގާ...

  5
  2
 81. ހިނގާހިނގާ

  ބޮޑުފިނޮޅުގެ މައްސަލަ ހޫނުވެ ފުލުހުންނަށް ރަށަށް ނޭރިއްޖެނަމަ އެއިން އެގިގެންދާ އެއްޗަކީ ފުލުހުންގެ މުވައްސަސާ ވަނީ ވަރަށް ބޮޑަށް ނިކަމެތި ވެފައި ކަމަށޭ މަމެން އުއްމީދު ކުރި ގޮތެއް ނޫނޭ މިއީއޭ މަމެން އަބަދުވެސް ދެކެން ބޭނުންވަނީ ރާއްޖޭގެ ޕޮލިހަކީ ވަރަށް އަވަހަށް ޖަވާބުދާރީވާ އަދި މުޅި ރާއްޖޭގެ ސަލާމަތާއި ރައްކަލަށް ޓަކައި އެމެންނަށް ކުރެވުނު އެންމެ ރަނގަޅަށް އެކަން ކުރުމޭ މިކަމުގެ އުފަލުގައި ހިނގާ މޫންވޯކް ޖައްސަމާދޯ ފަހަތަށް ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ މިއުޒިކް ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ...

  5
  1
 82. ރަތްޔިތުން ނަކީ ފިޑިން

  މުސާރަ ނުދިނަސް މީ ބޮޑުވަރެއް ހުރިހާ ބަންގާޅީން ބޭރުކުަރޭ މީ ރާއްޖޭގެ ހަލާކު އެއީ
  ރާއްޖޭ ރައްޔިތުން ނަކީ ލޭ ނެތް ފިޑިން ވީމާ

  17
  5
 83. ނުރަބޯ

  ޅ.މާފިލާފުށީގައި އެމް.އެން.ޑީ.އެފް މީހުން ތިބޭއިރު މާލެއިން ފުރައިގެން ތިތަނަށް ދާންޖެހޭ ސަބަބެއް އެބައޮތްތަ. ތިކަމުންވެސް ދެއްކުންތެރިކަން

  15
  4
 84. އިބު

  މީ 100 ވަން ކޮމެންޓް

  12
  1
 85. އައިން

  ތިޔަ ހަންނާނަށް މިފަހަރު ލައްކަ ފިލާވަޅު ލިބޭނެ. ތިމާމެންގެ ވަރު ބަޔަކު ނެތިގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެ.

  9
  1
 86. ބޮޑުބެ

  އަލީ ރިޒާ ހައްޔަރުކުރޭ!!!!

  9
  1
 87. ޒާ

  އިންސާނުން ލައްވައި ބުރަމަސައްކަތް އެތައްމަހެއްވަންދެން ކުރުވާފައި މުސާރަނުދީ ރިސޯޓްހެދީ އެވެސް ގަވާއިދާ ޚިލާފަށް އުޅޭބިދޭސީން ލައްވައި. ކުށްވެރި ވީ ބިދޭސީން. ކިހާއިންސާފު؟

  • މޮހޮނު

   ފުލުންތަ ރަހީނުކުރީ ؟

 88. އަލީ

  މަޖިލިހުގައި ތިބެ ކުރަނީ އަމިއްލަ ވިޔަފާރި.

  1
  1
 89. ލީބާ

  ދާއިރާގެ ރައްޔެތުންނިކުމެ އެމެންގެ މެމްބަރު ސަލާމަތް ކުރަން ފަންޑެއްހުޅުވާ މެމްބަރު ގެ ކުންފުނި ބޭނުންވާއަދަދައް ފައިސާހޯދަދީ! އާ، ކީކުރަންހޮވީ މިހާވިޔާނުދާމީހުން؟ ހޮވިބަޔެއްގެ ބޮލުގަ މެމްބަރުން ކުރާކަންތަކުގެ ޒިންމާ އެޅޭނީ!

 90. އައިން

  ބޮޑުފިނޮޅުގައި ހިގައިދިޔަ އިންސާނިއްޔަތާޚިލާފު ކަންކަން ހިގާދުޔައިރު ވެރިމީހާ އިންކަމަށްވަނީ މަންޒަރު ފެންނަހިސާބުގައި އަމިއްލަ ޔޮޓްކޮޅުގައި ކަމަށްވޭ. އެންމެފަހުން ޖަގަހައިގައި ނުފެންނާނެހެން ރައްކާކޮށްފައި ދިދަކޮޅުވެސް އެންމެންނަށް ފެނިއްޖެ.. މިކަމުގައި މުންޑު ޗަވިޔަނި ހުސޭން ބުނަނީ ކީކޭބާ؟

  2
  2
 91. ޑިއްޕި

  ދިއްދޫގަ ހަދާ ދަނޑުގަ މަސައްކަތްކުރާ މީހުންނަށް ޓޫ އޭ ކޮމްޕެނީން މުސާރަ ނުދޭ ކިޔާ އަޑުއަހަން. އެވެސް އެމް.ޕީ އެއް. ޥަރަށް ދަހިވާނެ

 92. ޭއަހުމަދު

  ބޮޑުފިނޮޅުގައި ބަންގާޅު ބިދޭށިން ހިނގީ ދިވެހިރާއްޖޭގެ ގާނޫނުތަކާްއި ހިލާފުޓެރަރިޒމްގެ އަމަލެއް ތިހުރިހާބަންގާޅުން ހައްޔަރުކޮށް ޓެރަރިޒަމްގެ ހުކުމްކޮށްކުރަންޖެހޭ ނުވަތަ އުމުރަ ޑީޕޯޓްކުރަންޖެހޭ ބިދޭސީން ގިނަވުމުން ގައުމުގެ ސަލާމަތަށް ދަނީނުރައްކާވަމުން

 93. ޚީކޭ

  ޢެމީހުންނަށް ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭނެ، ހުރިހާވެސް މައްސަލައަކީ ފިޔަވަޅު ނާޅާ ރަށަށް ފޮނުވާލަދޭތީ،

 94. Anonymous

  10 އަހަރުވަންދެން މުސާެރަނުދިނަސް ބިދޭށިން ރާއްޖޭގެ ރަށްތަކުގަްއި ތިބޭ ޓެރަރިޒަމްފަދަ ގައިރު ގާނޫނާއި ހިލާފު ކަންކަމެއްކުރެވިގެންނުވާނެ ކުރާނަމަ އެމީން ހައްޔަެުކޮށްގެން ޑީޕޯޓްކުރުން ނުވަތަ ގާނޫނުގެ ކުރިމައްޗަށް ގެންނަންޖެހޭނެ

 95. ޙަށަދު

  މުސާރަނުދިނަކަސް ބަންގާޅިން ދިވެރިރާއްޖޭގެ ގާނޫތައް މުގުރާލުމުގެ ބާރުދީގެންނުވާނެ ގަލޮޅު ދަނޑުފުރާލާފައޮތީ ދިވެރިރާއްޖޭގެ ގާނޫނުތަކާހިލާފައުޅޭ ބަންގާޅިން މިހެންވެ ދިވެރައްޔިތުންގެ އާބާދީއަށްވުރެ ބަންގާޅން ގިނަވުމުން ދިވެހިރާއްޖޭގެ ސަލާމަތަށްދަނީ ނުރައްކާބޮޑުވަމުން މިހެން ދެލައްކައަށްވުރެބޮޑު ބަންގާޅީން މިގައުމުން ބޭރުކުރަން މިއޮތީޖެހިފައި

 96. ނަސޭހަތް

  ޢަވަހައް ބާލާގަވާއިދާހިލާފައްއުޅޭހުޜިހާބަންގާޅިން ގައުމުހަލާކުނުވަނީސް އެމީހުންވިސްނަނީގައުމުހިސޯރުރަން މިކަމައްވިސްނަންވެއްޖެ

 97. ސަރުބަތު

  އިދިކޮޚޭމެ މެން ހީކުރިގޮތަކައްނޫން އެދިޔައީ.

 98. ޙހހހ

  ދުވަހެއް ނުދާނެ މިހާ ރު އެމް. ޑީ.ޕީ ބޮަޑުންގެ ކޮންމެސް ޖަ ރީމާއެއް ފާޅުނުވާ