ބ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް މުސާރަ ދޭން ޖެހެނީ ށ. މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ މަސްލަހަތު އޮންނަ ކުންފުނި، ރީފް ޕްރައިވެޓް ލިމިޓެޑުން ނޫން ކަމަށް އެ ކުންފުނިން މިރޭ ބުނެފިއެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ގާތްގަނޑަކަށް 200 ބިދޭސީން މަސައްކަތް ކުރަމުންދެއެވެ. އެމީހުންގެ ޝަކުވާއަކަށްވެފައި އޮތީ ފަސް މަސް ދުވަސް ވަންދެން ނުދީ ހިފަހައްޓާފައި އޮތް މުސާރަ ވީހާވެސް އަވަހަށް ދިނުމަށެވެ. މުސާރަ ނުލިބޭ މައްސަލައިގައި ބިދޭސީން މުވައްޒަފުން މީގެކުރިން ނުރުހުން ފާޅުކޮށްފައިވެއެވެ. އަދި އެންމެ ފަހުން އެ މައްސަލައިގައި ބިދޭސީން ވަނީ އެ ރަށް "ހިފައިފަ"އެވެ.

ރީފް ޕްރައިވެޓް ލިމިޓެޑްގެ ވަކީލް ސާއިފް ސައީދު "ވަގުތަށް" ވިދާޅުވީ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ދޭން ޖެހެނީ، ރިސޯޓެއްގެ ގޮތުގައި އެ ރަށް ތަރައްގީކުރާ "ސީލް މޯލްޑިވްސް" އިން ކަމަށެވެ. ސީލް މޯލްޑިވްސް އާއި ރީފްއާ ދެމެދު ދެ އެއްބަސްވުމެއް ހަދާފައި އޮތް އިރު، އެއްބަސްވުމުގައިވާ ގޮތުން ރީފް އިން ހަމައެކަނި ފޯރުކޮށްދީފައި ވާނީ ބިދޭސީން ކަމަށް އޭނާ ވިދާޅުވިއެވެ.

ސައިފް ވިދާޅުވި ގޮތުގައި ފުރަތަމަ އެއްބަސްވުން ނޮވެމްބަރު 18، 2018 ގައި ހެދި އިރު، ދެ ވަނަ އެއްބަސްވުމެއް ގާއިމުކޮށްފައި ވަނީ ޑިސެމްބަރު 21، 2018 ގައެވެ. އޭގައި، ރީފް އިން ބިދޭސީންނަށް މުސާރަ ދޭން ޖެހޭ ވާހަކަ ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ސައިފް ވިދާޅުވި ގޮތުގައި ކޮންމެ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި 7،000ރ. އާއި ދުވާލަކަށް ކޮއްތުގެ ގޮތުގައި 40ރ. ދޭން ޖެހެއެވެ. އެކަމަކުގައި ރީފް އިން ފޯރުކޮށްދިން ބިދޭސީންނަށް މުސާރަ ނުދޭތާ ފަސް މަސް ވެފައިވާ ކަމަށް ވެސް ސައިފް ވިދާޅުވިއެވެ.

"ސީލް މޯލްޑިވްސް އިން ގެނެސްފައި ތިބި މުވައްޒަފުންނަށް މުސާރަ ދޭ،" ސައިފް ވިދާޅުވިއެވެ.

އަދި އޭގެ ފަހުން، ބިދޭސީން ފޮނުވާލަން ސީލް އާއި ރީފް އިން އެއްބަސްވި ކަމަށާއި އެކަމަކު އެކަން ކުރެވެން އޮތީ ވެސް އެމީހުންނަށް މުސާރަ ދީގެން ކަން ސައިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހަމަނުޖެހުންތަކުގައި ސީލްގެ ބިދޭސީ މުވައްޒަފުން ވެސް ބައިވެރިވެއެވެ.

ސިފައިން މިރޭ ބޮޑުފިނޮޅަށް ދިއުމަށް މާލެ އިން ނައްޓާލަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބައެއް ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައިގައި އެ ބިދޭސީން މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ރީފްގެ ފަރާތުން އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ދެ ފަހަރެއްގެ މަތިން ގެނައެވެ.

މުސާރަ ނުދޭ މައްސަލައިގައި އެ ރަށުގެ ބައެއް ތަންތަނުގައި މިއަދު ވަނީ ހުޅު ޖަހައިފައެވެ. އަދި ބ. ތުޅާދޫ އިން އެ ރަށަށް ދިޔަ ދިވެހިންތަކެއް ވަނީ ރަހީންކޮށްފައެވެ. އެނގިފައިވާ ގޮތުގައި ރަހީން ކުރި ދިވެހިންގެ އަދަދު 15 އަށް އަރައެވެ. ރަށުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށާއި ރަހީނު ކުރި ދިވެހިން ސަލާމަތް ކުރުމަށް ފުލުހުން ދެ ފަހަރެއްގެ މަތިން އަރަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

އެހެންވެ، ފުލުހުންނާއި ސިފައިންގެ އިތުރު ފައުޖެއް ބޮޑު ފިނޮޅަށް ދިއުމަށް މިހާރު ވަނީ ދަތުރު ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރީ

    ރައީސްޔާމީންގެ އެކައުންޓުން ދޯ!

    22
    1
  2. އަހުމަދު

    8.2މިލިއަން ރުފިޔާ ބޭނުން ވާނެ 5 މަސް މުސާރަ ދޭން.

    21
  3. ބިސް

    ތިވެސް ނިމޭއިރު މައްސަލާގ ކުއްވެރިވާނީ ރައީސް ޔާމީން...

    45
  4. ފަބ

    ފަން އައިލެންޑުގެ ފޮޓޯއެއް އެއީ މާލެ ޢަތޮޅު ބޮދުފިނޮޅު .

    17
  5. ރާކަނި

    ޤާނޫނީ ގޮތުން ލޯޔަރ ކުފޫ ހަމަނުވޭ. ކުންފުންޏަކުން މުވައްޒަފުން ހޯަދަނީ އެކުންފުނީގެ މަސައްކަތަށް މިހާރު ތިކުރެވުނީ ވަގު ވިޔަފާރި. އެ ބިދޭސީން އަޅުންގެ ގޮތުގައި ވިއްކީ މަހަކު 7000 ނަގާފަ އެމީހުންނަށް 4 ނޫނީ 5 ހާސް ދޭގޮތަށް އޭރުން ތިކުންފުންޏަށް މަހު 6 ލައްކަ ރުފިޔާ ލޮބޭނެ. މިއީ އިންސާނީ ވަގުފާރި ކުރުން ނޫންތޯ؟

    43
    1
  6. Anonymous

    ކުރީ ސަރުކާރުން ދޯ އެމީހުންނަށް މުސާރަ ދޭންޖެހޭނީ.

    25
  7. ާަަަުުބިސްބުރު

    ކުރީސަރުކާރުގެކަމެއް ކަމަށް ތާޅާފޮޅާމަޖިލީހުގެ ރައީސް ވިދާޅުވާނެ .

    7
    1
  8. ފާއިޒު

    މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާ ދޯ ޔާމީނު ސަރުކާރުގައި އެންމެ ގިނަމެންބަރުން އެތެރެ ކޮށްފައިވަނީ. އެހެންވެތާ އެހެން ކުންފުނިތަކަށް ކުށްޔަށް ދޫކުރަމުން އެދަނީ . އެހެންވީމާ ތީ ޔާމީނާ ދޭތެރޭ ދައުވާއެއް އުފުލިދާނެ އާ ނުކުތާއެއް. އެއީ 2018 ވަނަ އަހަރު ޔާމީނު ސަރުކާރުން އެތެރެ ކުރި ބަޔަކަށް 2020ގައި މުސާރަ ނުދީ އޮތް މައްސަލަ. މިކަން ޔާމީނުގެ މައްޗަށް ސާބިތުކުރެވޭނެ. އަދި މުސާރައިގެ ގޮތުގައި ދޭން ޖެހެނީ ދިވެހި ރުފިޔާ ކަމަށް ވެފައި އެމީހުން އެ ފައިސާ ގެންދަން ޖެހެނީ ޑޮލަރަށް ބަދަލުކޮށްގެން ކަމަށް ޝައްކެއް ނެތް މިންވަރަށް ޔަޤީންވާތީއާއި ކިތާބީ ހެކިތައް ފެންނަން ހުރުމުން މަނީލޯންޑަރިންގެ ދެވަނަ މައްސަލައިގައި ޔާމިނަށް ހުކުމް ކުރެވެންޖެހޭނެ.

    8
    2
  9. މުސަރަ

    އަހަރެން ގެންގުޅޭ ބިދޭސީ މުވައްޒަފުންގެ މުސާރަ ދޭންޖެހޭނީ އަހަރެންނެއްނޫން. އަހަރެން މަސައްކަތް ކުރާތަންތަނުގެ ވެރިން. ނޫނީ ސަރުކާރުން. ވަރަށް ރަނގަޅު އުސޫލެއް

  10. އަޝްރަފް

    ޙާދަ ބޮޑެތި މުސާރަ ތިދެނީ ލޭބަރުން ގޮތުގަ ތިބޭ މީހުންނަށް ކެެއުމާ އެއްކޮށް 8200 އެބަޖެހޭ އަދި ނިންދަވާފަ ގަވާއިދާ ޚިލާފަށް އުޅޭ މީހުން ބައިތިއްބައިގެން މަޖްލިސް މެމްބަރުން ވިޔަފާރި ފުޅާކުރަނީ އެއީ މިމައްސަލަ ހައްލުނުވެ ބިދޭސީންގެ ކަންކަން ބޮއްސުންލައިގެން ދާ މައިގްނޑު ސަބަބަކީ ވަރަށް ސަލާމް އެމްޕީ

  11. އަލީ

    ހޮޅި ވާހަކަ ނުދައްކާ.. މުސާރަ ދޭން ޖެހޭނީ ހަމަ އަލީ ރިޒާ ކުންފުނިން.. ސީލް މޯލްޑިވްސް އިން ކޮންމެ ބޮލަކަށް 7000 ވާ ވަރަށް ލާރި ދޭނީ އަލީ ރިޒާގެ ކުންފުންޔަށް.. އަލީ ރިޒާގެ ކުންފުނިން ބަންގާޅިންނަށް މުސާރަ ދޭނީ އެޔަށް ވުރެން ކުޑަ އަދަދަކުން.. އެއިން ވާ ފައިދާޔަށް ބަންގާޅިން ދެނީ

  12. ފިލިވަގު (ވާގޯ)

    ދެން ނުވާނެ އެމީހުންނަށް މުސާރަދޭންޖެހޭ ބައެއް ދިވެހި މިފަސްގަނޑުގައި ތިބިކަމަށްވެސް. މައްސަލަ ނިމޭއިރު އެމީހުންނަކީ އަމިއްލައަށް މިގައުމަށް އައިސް، ހިލޭ ސާބަހަށް އެރަށުގައި މަސައްކަތްކުރަން އުލޭ ބަޔަކަށް ނުވިއްޔާ ރަނގަޅު.

    10
  13. ތިމަރަ

    އަންނިބެ ކައި ރީ ބުނެގެން މަޖިލީހުން އެމީހުންނަށް އަވަހަށް މުސާ ރަދީ

  14. ޢަލީ

    މިއަދު ގެ އަރަތް