މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ޕޮލިސް ސާވިސް އަށް ފުރިހަމަ އިތުބާރު އޮތް ކަމަށާއި، ނަމަވެސް މި ނުރައްކާތެރި ދަނޑިވަޅުގައި ވެސް ސަރުކާރު އޮތީ ނިދާފައި ކަމަށް، ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިގޮތަށް ވިދާޅުވެފައި މިވަނީ، ބ. އަތޮޅު ބޮޑުފިނޮޅުގައި ރަހީނުކުރި ދިވެހިން ސަލާމަތްކުރުމަށް ސަލާމަތީ ބާރުތަކުން ބޮޑު އޮޕަރޭޝަނެއް ކުރިޔަށްގެންދާ އިރުވެސް، މި ނުރައްކާތެރި ހާދިސާ އާއި ގުޅިގެން ސަރުކާރުން ނުވަތަ މިނިސްޓަރުންވެސް އެއްޗެއް ވިދާޅުވެފައި ނުވާތީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިރޭ މިކަމަށް އިޝާރާތްކުރައްވަމުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 15 ދިވެއްސަކު ރަހީނުކޮށްފައި ވާއިރުވެސް އެއްވެސް މިނިސްޓަރެއްގެ ޚަބަރު ނެތް ކަމަށެވެ. އަދި އެމްޑިޕީން "ލީޑްކުރާ ކޯލިޝަން ސަރުކާރު" ނިދާފައިވާ ކަމަށާއި، ސަރުކާރުގެ ކޯޑިނޭޝަން ގެއްލިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ރަހީނުކުރުމާއި މުސާރަ ނުދީ ލަސްވި މައްސަލަ ވެސް ބަލަން ޖެހޭނެ ކަމަށެވެ.

"އެމްއެންޑީއެފް އާއި ފުލުހުންނަށް ފުރިހަމަ އިތުބާރު އެބައޮތް. އެކަމަކު 15 ދިވެހިން ރަހީނު ކޮށްފައިވާއިރު އެއްވެސް މިނިސްޓަރެއްގެ ޚަބަރެއް ނެތް، އެމްޑީޕީ ލީޑްކުރާ ކޯލިޝަން ސަރުކާރު ނިދާފައި، ކޯޑިނޭޝަން ގެއްލިފައި. ރަހީނުކުރުމާއި މުސާރަ ނުދީ ލަސްވި މައްސަލަ ބަލަން ޖެހޭނެ!" އާދަމް ޝަރީފް ވިދާޅުވިއެވެ.

ބޮޑުފިނޮޅުގައި ރަހީނުކޮށްފައި ވަނީ ކިތަށް ދިވެހިން ކަމެއް އަދި ނޭނގެއެވެ. ނަމަވެސް އެރަށަކީ 200 އެއްހައި ބިދޭސީން މަސައްކަތްކުރާ ރަށެއް ކަމަށް މަޢުލޫމާތު ލިބެއެވެ. މަޢުލޫމާތު ލިބޭގޮތުން، ބިދޭސީން ވަނީ ރަހީނުކުރި ދިވެހިން ބަނދެފައެވެ. އަދި އެމީހުންނަށް ވަޅިން ބިރުދައްކާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ބިދޭސީން މި އަމަލު ހިންގާފައި ވަނީ މުސާރަ ނުލިބި ލަސްވި މައްސަލައަކާއި ގުޅިގެން ހިތްހަމަނުޖެހިގެންނެވެ. އެނގިފައިވާ ގޮތުން އެރަށުގައި މަސައްކަތްކުރަމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީންނަށް ފަސް މަސް ދުވަހުގެ މުސާރަ ނުދީ އެބަހުއްޓެވެ. މި މައްސަލަ މީގެ ކުރިން ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށް މަޢުލުމާތު ލިބެއެވެ.

ރޭގެ ވަގުތެއްގައި މިކަމާއި ގުޅިގެން ދިވެހިން ރަހީނުކުރި ފެންމަތިވުމާއެކު ސަލާމަތީ ބާރުތަކުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ.

މި ހާދިސާގެ މައްސަލަ ފުރަތަމަ ފެންމަތިވުމާއި ގުޅިގެން އެންމެ ފުރަތަމަ ބޮޑުފިނޮޅަށް އަރަން މަސައްކަތް ކޮށްފައިވަނީ ބ. ތުޅާދޫއިން ފުރައިގެންދިޔަ ފުލުހުންގެ ޓީމެކެވެ. ދެފަހަރެއްގެ މަތީންވެސް އެރަށަށް އެރުމަށް ފުލުހުންގެ އެ ޓީމުން ކުރި މަސައްކަތް ނާކާމިޔާބުވެފައި ވާއިރު، ބަނދަރުމަތީގައި ފާރައަށްތިބި ބިދޭސީން ވަނީ ގާއުކައި ފުލުހުންނާއި، ފުލުހުން ދަތުރުކުރި ދޯންޏަށް ހަމަލާ ދީފައެވެ. މި ހާދިސާގައި ބައެއް ފުލުހުންނަށް އަނިޔާވެސް ވެފައި ވެއެވެ.

މިކަމާއި ގުޅިގެން މިރޭ މާލެއިން، ތައްޔާރީ ހާލަތުގައި ފުލުހުންނާއި ސިފައިންގެ ފައުޖުތައް ވަނީ ބޮޑުފިނޮޅަށް ދިޔުމަށް ދަތުރުފަށާފައެވެ. މި ފައުޖުތައް ބޮޑުފިނޮޅަށް އަރާނީ މިރޭ ފަތިހު ނޫނީ ހެނދުނުގެ ވަގުތެއްގައި ކަމަށް މަޢުލުމާތު ލިބެއެވެ.

އެރަށުގައި ރަހީނުކުރި ދިވެހިންގެ ތެރެއިން އެކަކު ސަލާމަތްވެފައި ވާއިރު، އޭނާ ސަލާމަތްކޮށްފައި ވަނީ ތުޅާދޫން ދަތުރުކުރި ފުލުހުންނެވެ. ފުލުހުންނަށް އޭނާ ފެނުނީ ބޮޑުފިނޮޅު ކައިރިން މޫދުންނެވެ. އޭނާ އަކީ ބިދޭސީންގެ އަތްދަށުން ސަލާމަތް ވެގެން މޫދަށް އެރި އޮތް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޭއަހުމަދު

    ޢާދަން އެ ވިދާޅުވީ ތެދެއް ފައިބާ ވެރިކަމުން

    17
    3
  2. ޙަމަހަމަ

    މިއަދަކީ ހުކުރުދުވަހެއްނު ، އެހެންވީމަ ސަރުކާރު ނިދާނެއެއްނު

    11
    5
  3. ބަރުގޮނު

    ޤަވްމު ގެ ހާލަތު ފެންނަން މިއޮތީ. މަސައްކަތް ކުރަން ގެނަ މީހުން މިތިބީ އަރާއާހުގައި. ސަލާމަތީބާރުތަކުން އެބޭފުޅުން ގެ ޒިންމާ މިއޮއްނަންގަވަނީ. ނަމަވެސް ވަޒީރުން ތިއްބެވީ މަންމަން ޙާލަތުގައި. ސަރުކާރުު އޮތީ ނިދާފައި. ޢިއްޒަތްތެރިން އުޅުއްވަނީ އެއްބަޔަކު ކާކީ ސޯޓްލައްވާފައި މުގުރުބުރިއެއް ދީފައި ހަންފައިވާން ގަޑަކަށް އަރުވާފައި ބައިތިއްބަން. ދެން އެއުޅޭ އަގަގަދަމިތުރު ދައްކަނީ ފައްކަޑާ ވާހަކަ. ބޯހަލާކު. އެކަމަކު ދެން މިވެސް ބޮޑެތި ބަޔެކޯ،؟؟؟؟

    9
    1
  4. މުޖޭ

    ސަރުކާރެއް ނޫން. ސަރުކާރުގެ މަތީފަޑިއަށް ވެރިވެގަނެގެން ތިބި ފަރާތްތައް ރިސޯޓްތަކުގެ ބީޗްތަކުގައި ބޮއިގެން ބިއްވެ ތިބި

    7
    1
  5. ޙުސްނާ

    ސަރުކާރެއްނުން ނިދާފައޮތީ ކަލޭމެން ވަގައްއެތެރެކޮށްފަތިބި ބަންގާޅިންގެ ބަލާތީ، ކޮންމެ މެންބަރެއްގެ ވިޔަފާރީގަ ވިއްސަކަ ބަންގާޅީން އުޅޭނެ، އަންހެނުންނާއި ދަރިންގެ ސީދޮއްވަންވެސް ބަންގާޅީއެއް، އަންހެނުން ނިންދަވަންވެސް ބަންގާޅީއެއް، އަންހެނުން ހެދުންލަވަންވެސް ބަންގާޅީއެއް، ލިބިފަތިބި ދަރިންނަކީވެސް ގެންގުޅޭ ބަންގާޅީންގެ ދަރިންކަންނޭގެ، ފެންވަވަރު!!!!

    1
    4
  6. Happy

    ދެންމިކަންވެސް ކަލޯމެން ސިޔާސީކުޜޭ?

    4
    3