ބިދޭސީންނަށް މުސާރަ ނުދީ މާލެއަށް ދޫކޮށްލާތާ އެތައް އަހަރެއްވެފައިވާ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޝިފާ އެގޮތަށް ވިދާޅުވީ ބ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންތަކަކަށް ހަތަރު މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން މުސާރަ ނުދީ ގެންގުޅެފައިވާތީ އެކަމާ ދެކޮޅަށް އެ ރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މައްސަލައިގައެވެ.

ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިސޯޓު ހެދުމަށާއި ކޮންސްޓްރަކްޝަން ބޮޑެތި ޕްރޮޖެކްޓުތަކަށް މީހުން ގެނެސް މުސާރަ ނުދީ މާލެ ތެރެއަށް ދޫކުރާތާ އެތައް އަހަރެއްވެފައިވާ ކަމަށެވެ. މިއީ ހައްލު ކުރަން ޖެހިފައިވާ ބޮޑު މެގަ މައްސަލައެއް ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

"ކޮންސްޓްރަކްޝަން ސައިޓުތަކަށް ދެވޭނީ ވޯކް ވިސާ އޮވެގެން،" ޝިފާގެ ޓުވީޓުގައި ވިދާޅުވިއެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބައެއް ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައިގައި އެ ބިދޭސީން މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެންމެ ފަހުން، އެކަން ބޮޑު ހަމަނުޖެހުމަކަށް ގޮސް، ބިދޭސީންގެ ބެލުމުގެ ދަށަށް ރަށް ގެންގޮސް 12 ދިވެއްސަކު ރަހީނު ކުރިއެވެ. އަދި ފުލުހުން އިއްޔެ ދެ ފަހަރެއްގެ މަތިން ބޮޑުފިނޮޅަށް އެރުމަށް މަސައްކަތް ކުރުމުން ބިދޭސީން ވަނީ ފުލުހުންނަށް ހަމަލަދީ އެރަށަށް އެރިޔަ ނުދީ ފޮނުވާލައިފައެވެ.

އޭގެ ފަހުން، މާލެ އިން އެސްއޯގެ ބޮޑު ފައުޖެއް ބޮޑުފިނޮޅަށް އެރީ މިއަދު ފަތިހެވެ. އެ ފުލުހުން ރަށަށް އެރި ނަމަވެސް ހަމަނުޖެހުމެއް ނުހިނގައެވެ. އަދި މަޝްވަރާކޮށްގެން ސުލްހަވެރިކަމާ އެކީގައި މައްސަލަ ހައްލުކުރުމަށް ބިދޭސީން ވަނީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޒަބީބު

    ޝިފާ ކޮން ވާހަކައެއް ދައްކާކަށްތޯ؟ ޕާތީ އަށް ނިސްބަތްވާ މަޖިލިސް މެމބަރުން ހިންގާ ޖަރީމާ މީ ހައްތާހާވެސް. ރިޒާ ގެ ކުންފުނިން މިމީހުން ގެންނަން ނެގީ ކޮން ހުއްދައެއްތޯ؟ މިމީހުން ރިޒާ ހޯދީ ކޮންގޮތަކަށްތޯ؟ އޮޅުވާލަން ނުހަދާ. އެހެން މީހުންގެ ބޮލަށް ޒިއްމާ ނުޖަހާ. ތިޔަ ޕާޓީގެ މަޖިލިސް މެމްބަރަކަށް ވިއަސް އެހެން ޕާޓީގެ މެމްބަރަކަށް ވިއަސް ގޯސ

    އެމްޑީޕީ އަށް ނިސްބަތްވާ މީހުން ޚާއްސަކޮށް ރައީސް ނަޝީދު އަބަދު އަބަދުމެ ގޮވަމުން ދަނީ ރާއްޖެއިން ހިއުމަން ޓްރެފިކް ކުރާ ވާހަކަ. މިބަދުނާމު ދިވެހިރާއްޖޭގެ ބޮލުގައި އަޅުވައި ދިވެހި ދައުލަތުގެ އަގުވައްޓަމުން ނަޝީދު ދުވަނީ ކީއްވެކަން މިދަނީ ސާފުވަމުން. މިކަން ހަޤީޤަތުގައި މިކުރަނީ ނަޝީދުގެ ބަތާކައިގެން ނަޝީދު ވަށައިގެން އެމބުރޭ ނަޝީދަށް ސަނާ ކިޔާ މީހުން. ތިމާމެން އަމިއްލަ އަށް ކުރާ ކަންކަމުގެ މަތިޖަހަން ދިވެހި ރައްޔިތުން ބޮލުގަ އިލްޒާމު އަޅުވަނީ.

    15
    1
    • ޙައްގުބަސް

      ޝިފާ ބުންޏަސް ހަމަ ރަގަނޅު ވާހަކައެއް!! މީގައި ޝިފާ ބުނިގޮތަށް ކަންކަން ހިންގާ!! ހަދަމުންދާ ރިސޯޓްތަކަށް 200 އިން 300 އިން ބިދޭސީން ގެންނަނީ އެޖެންސީތައް މެދުވެރިވެގެން!! ކޮންމެ ބިދޭސީއަކު މިތަނަށް އަންނަން ގާތްގަޑަކަށް 3000 ޑޮލަރާއި 4000 ޑޮލަރު އެބަހޭދަކުރޭ!! އެއީ ދެކޮޅުން ގުޅިފައިވާ (މީހާ ގެންނަ ގައުމުގެ އެޖެންޓާ މިގައުމުގެ އެޖެންޓް) މީހުންނަގާ ބަޔާ އިމިގްރޭޝަންތެރެއިން ނުވަތަ އިކޮނޮމިކް މިނިސްޓްރީތެރެއިން މޭޒުދަށުން ކުޅޭ ފަރާތްތަކަށް ދޭ ކަޓާއެކު!! މިހާ ޢަދަދަށް ބިދޭއަކު ފައިސާ ޚަރަދުކޮށްގެން އައީމަ ރިސޯޓްތަކުގައާއި ތަންތާ މަސައްކަތް ކުރުވާފަ މުސާރަ ނުދީ ނުވަތަ މުސާރައިން ބައެއްދީ މާލެތެރެއަށް ޖުމްލަކޮށް މިރާއްޖެއަށް މީހާ ދޫކޮށްލަނީ!! މިމީހުން ގެންނަން ކޯޓާ ދޭ ފަރާތުން ނުބަލާ މީހުން ޕްރޮޖެކްޓަށް ގެނަސް ޕްރޮޖެކްޓް ނިމިގެން ނުވަތަ ނުނިމި ނަމަވެސް މި ގެންނަ ބިދޭސީންނާއި ދޭތެރޭ ކަންކުރާގޮތް!! މަސައްކަތް ނިމުނީމާ ފޮނުވާލާތޯވެސް ނުބަލާ!! ދެން އަނެއްކަމަކީ މޯލްޑިވިއަން ފްލައިޓުން ބަންގްލަދޭޝްއިން މިދެންނެވި މީހުން ހަބޭހަށް އެތެރެކުރޭ!! ހަމަ ފައިސާ ވިއްޔާ އޯކޭނު!! މިއީ ކުރީއްސުރެން ކުރަމުން އަންނަ ހިއުމަން ޓްރެފިކިންގްގެ ބޮޑު މައްސަލައެއް! މިކަން ކުރަނީ އެޖެންޓުންނާ ގުޅިގެން ބައެއް ވިޔަފާރިވެރިން!! އާންމުން!! ބިދޭސީން!! މިއީ ހުއްޓުވަންޖެހޭ ކަމެއް!! މިހާރު މިދިމާވެގެން އުޅޭ މައްސަލާގައި 200 ބިދޭސީން އެވަނީ ބަޔަކު ރަހީނުކޮށް އެތަކެއް ގެއްލުން ރަށަކަށް ދީފަ!! ފުލުހުންނަށް ދީފަ!! 7 މަހަކުގެ މުސާރަ ނުދީގެން ކޮޅުން ލައިގެންދިޔައީ!! މިމީހުންގެ ބޮޑު މީހަކީ މެމްބަރެކޭ ކިޔާތީ އަޑުއިވޭ!! ބަލަން މިއެންމެންނަކީ ގަވާޢިދާއި އެއްގޮތަށް ގެނަސް ތިބި ބައެއްތޯ؟ ނުވާނަމަ އީސައަށްވެސް އެހެން މީހުނަށްވެސް ފިޔަވަޅު އަޅަންވީ!! ހިއުމަން ޓްރެފިކިންގެ މައްސަލާގައި!!

      12
      2
  2. ކުލީ އަޅު

    ހުޅުމާލޭ ގައި ހަދާ ފުލުހުންނާއި ސިފައިންގެ ފުލެޓް ސައިޓުގައި ނިދާ ކިތައްހާސް ބިދޭސީން އުޅޭކަން އެނގިލައްވާތޯ. ކިތައް އަހަރު ވެއްޖެ ކަން އެނގިލައްވާތޯ. އެއީ ބިދޭސީންގެ ގެދޮރުކަމަށް ހަދައި ކިތައް ޕްރޮޖެކްޓް ރާައްޖޭގައި ހިނަގްައިފިތޯ

    22
  3. ޒަބީބު

    ޝިފާ މޮޅު ވާހަކަ ނުދައްކަވާ. މެގަ މައްސަލަ ހައްލު ކުރަން ތަމެން ކުރީ ކޮންކަމެއް؟ ގަލޮޅު ދަނޑަށް ބޭރުމީހުން އެއކޮށްގެން އެމީހުންގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނެގީ. ދެން އެހެން މީހުންގެ ބޮލުގަ އަޅުވާފައި ޒިއްމާއިން ނުރެކެވޭނެ. ރިޒާ މިމީހުން ހޯދީ ކޮން ކޯޓާއަކުން ކޮން ހުއްދައަކުން ކޮންގޮތަކަށް؟ އެމްޑިޕީގެ މަޖިލިސް މެމބަރެއް ވިއަސް. އެހެން ޕާތިއެއގެ މަޖިލިސް މެމބަރެއް ވިއަސް ގޯސް ހެދީމާ ވާނީ ހަމަ ގޯހަށް.

    އެމްޑީޕީ އަށް ނިސްބަތްވާ މީހުން ޚާއްސަކޮށް ރައީސް ނަޝީދު އަބަދު އަބަދުމެ ގޮވަމުން ދަނީ ރާއްޖެއިން ހިއުމަން ޓްރެފިކް ކުރާ ވާހަކަ. މިބަދުނާމު ދިވެހިރާއްޖޭގެ ބޮލުގައި އަޅުވައި ދިވެހި ދައުލަތުގެ އަގުވައްޓަމުން ނަޝީދު ދުވަނީ ކީއްވެކަން މިދަނީ ސާފުވަމުން. މިކަން ހަޤީޤަތުގައި މިކުރަނީ ނަޝީދުގެ ބަތާކައިގެން ނަޝީދު ވަށައިގެން އެމބުރޭ ނަޝީދަށް ސަނާ ކިޔާ މީހުން ކަން މިދަނީ ފަޅާ އަރަމުން. ތިމާމެން އަމިއްލަ އަށް ކުރާ ކަންކަމުގެ މަތިޖަހަން ދިވެހި ރައްޔިތުން ބޮލުގަ އިލްޒާމު އަޅުވަނީ.

    14
    1
  4. މަރޭ

    އެންމެ ފަހުން ކުށް ކުރީ ބިދޭސިން. އެކަން ކުރަން ޖެހުނީކީއްވެ ބާ. ފަލަސްތީނުގެ ކުޑަކުދިން ގާއުކަނީ. އެކަމަކު އުކަން ޖެހެނި ކިއްވެބަ. ކޮންމެ ކަމެއް ވާން ދިމާވާ ސަބަބު ހައްލު ނުކުރާ ހާހިނދަކު ގޯސް ހެދޭނީ ވެނެ ތަހަންމަލް ކުރާ މިހާ.

    20
  5. Anonymous

    ޝިފާވެސް ތިބުނީ ތެދެއް މަވެސް ރަށްޓެހި ބަނަގާޅީއަކު ބުނި ބޮސްމުސާރަ ނުދޭތާ އެތައްމަހެއްވީވާހަކަ މުސާރައަށްޑިމާންޑް ކުރަން ފެށީމަ ހަދާގޮތަކީއްޔޯ ކުށްވެރި ކޮށްލާފަ ފޮނުވާލާފަ އާގުރޫޕެއް ގެންނަނއްޔޯ ޅަ ވަރެއްގެ ސޮރެއް ދެރަވެގެން ރޮއެފަ ބުނީ ޢަހަރެން މަންމަހުންނަނީ ބައްޕަހުންނަނީ ކޮށްކޮމެން ޝާދީއަށް ލާރިހޯދަން ބޭނުން ލާރި ނުދެނީމަ އަހަރެން ނުހުންނަނީ ދަނީ އެހެން ބުނެފަ އޭނަ ކޮންމެސް އެހެން ޖޮބެއް ލިބޭތޯ ދާވާހަކަބުނި

    7
    3
  6. ޙަސަނާ

    މިދެންކާކުތަ މާބޮޑޭވެފަ މާމޭޔަރުވެފަ ވާހަކަދައްކަން ޕާރޓީ ޕުރައިމަރީގަ ވެސްފެއިލްވެފަހުރިމީހެއް މިއޮއްހާޒަމާނުގަ ސަރުކާރައްޖެއްސުންކޮއް މާލެގެ ކުރިއެރުމައްހުރަސް އަޅާފަ ޕާރޓީކުދިން ވެރިކަމައް އައިދުވަހު ތިހުރީ ހޫރާލާފަ ލަދުހަޔާތުގެ ކަންފުޅެއްހުރިނަމަވެސް މަގާމުން އިސްތިއުފާދިނިސް ތިމާގެ ޒިންމާ އުފުލޭތޯ ބަލާބަލަ..

    11
  7. Anonymous

    ނާޖައިސް ގޮތުގަ ބިދޭސީން އެތެރެވޭތަ ވާކް ވިސާއެެއް ނުލާވެސް. އިމިގްރޭޝަންގެ ޒިންމާއެއް ނޫންތަ ބިދޭސީން ޤައުމަށް އެތެރެވާ ސަބަބު ބެލުމަކީ ؟ އިމިގްރޭޝަނުން ދޯ ތަނެއް ދޮރެއް ނުބަލާ މީހުން ތި އެތެރެތި ކުރަނީ . ޝިފާ މެންނަށް ވަރަށް ފަސޭހަވާނެ ޓްވީޓެއް ކޮށްލާފަ މައްސަލަ ނިންމާލަން

  8. ރަބަރޭ

    ތިވާނީ ކުރީ ސަރުކާރުގެ ކަމަކަށް “އޮޅިގެން”

  9. ޖާބެ

    ސިފާމެން ތިޔަކަމަކައް ކުއެއް ހަމަޔެއް ނުވޭ ، ހަމަ މުސާ ރަ ކާލާގެން ތިބެނީ

  10. އަޙްމަދު

    އެގިހުރެއަޅާނުލީކީތްވެއިސްތިއުފާ

  11. ގާސިމް

    ޝިފާއަށް އަދި ކިރިޔާތޯ އިނގުނީ؟ ޝިފާމެން ތިޔަވާހަކަ ދައްކާނީ ބޮއްސުންލީމަކައެއް ނޫން. ދުނިޔޭގެ އެއްވެސް ގައުމެއްގައި މިހެން އުޅެވޭކަމެއް ނޭނގެ. އެތެރެވެފައި މަގުމަތީ ހިނގާ ވަޒީފާ ހޯދައިގެން ރުފިޔާ ނަގަނީ. ޝިފާމެންނަށް ސަރުކާރު ދިނީ ތިޔަވާކަ ދައްކަދައްކާތިބޭކަށް ނޫން. ހައްލުކޮށްެއްވާ...