ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބޮޑުފިނޮޅުގައި މަސައްކަތް ކުރާ 15 ދިވެހި މުވައްޒަފުން އެ ރަށުން ފޭބުމަށް މަސައްކަތް ކުރުމުން ރަށުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބަޔަކު އެކަމަށް ހުރަސް އަޅައި ފޭބިޔަ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ.

އެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ބ. އަތޮޅު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން އެ ރަށަށް ދިއުމުން ރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ރުޅިވެރިކަން އިސްކޮށް ދެކޮޅުވެރިކަން ދައްކާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އަދި ރޭ އިރާކޮޅުގެ ވަގުތެއްގައި އިތުރު ފުލުހުންތަކެއް އެ ރަށަށް ދިއުމުން، ބިދޭސީންތަކެއް ނުކުމެ ފުލުހުންނާ ދިމާލަށް އޮއްގަލައި ދަގަނޑު ބުރި އުކައި ހަމަނުޖެހުން ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ބިދޭސީން ވަނީ ބޮޑުފިނޮޅުގައި ހުރި ތަކެއްޗަށް ގެއްލުންދީފައި!

މި ހަމަނުޖެހުންތަކުގެ ތެރޭގައި އެއް ފުލުހެއްގެ ބޯ ފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން ބ. އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދަން ޖެހުނު ކަން ފުލުހުން ފާހަގަކުރެއްވިއެވެ. އަދި އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާ އިރު، ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑަ ރެސްޕޯންސް ޔުނިޓްގެ ޓީމަކާއި ފުލުހުންގެ ތަހުގީގު ޓީމެއް، ބަންގްލަދޭޗް ހައި ކޮމިޝަންގެ ދެ އޮފިޝަލުންނާ އެކީގައި ރޭގެ ފަތިހު ބޮޑުފިނޮޅަށް އަރައި ދިވެހިން ސަލާމަތް ކުރިކަން ފުލުހުންގެ ބަޔާނުގައި ފާހަގަކުރިއެވެ.

މާލެ އިން ފުލުހުންގެ ފައުޖެއް ދިޔަ ފަހުން، ބޮޑުފިނޮޅުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.

ރަހީނުކޮށްފައި ތިބި 12 ދިވެއްސަކު ސަލާމަތްކޮށްފި

ފުލުހުން ވިދާޅުވީ ބަންގްލަދޭޝް ހައި ކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާ އެކުގައި ރަށުގައި ތިބި ބިދޭސީންނަށް މުއާމަލާތްކޮށް ރަށުގައި ކުރިން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ޝާމިލްވާ ކަމަށް ބެލެވޭ 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން މިހާރު ދަނީ ރަށު ތެރޭގައި ހުރި ތަކެއްޗަށާއި ތަންތަނަށް ދީފައިވާ ގެއްލުންތައް ބަލައި މައުލޫމާރު އެއްކުރަމުންނެވެ.

އަދި މި މައްސަލަތައް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޔުނިޓާއި ހިއުމަން ޓްރެފިކް ޑިޕާޓްމަންޓް ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބައެއް ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައިގައި އެ ބިދޭސީން މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެކަމަކު، އެމީހުންނަށް މުސާރަ ނުދޭތާ މިހާރު ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށްވެއެވެ. އެނގިފައިވާ ގޮތުގައި، ބިދޭސީންނަށް މުސާރަ ދޭން ޖެހެނީ ސީލް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

61 ކޮމެންޓް

  1. ސާބަސް

    ދައުވާކޮއް ޖަލައްލާ

    35
    16
  2. ދިވެހި އޮރިޖިނަލް

    އެންމެ 19 ތޯ؟ ބާކީ ތިބި މީހުން ޖަރީމާގައި ބައިވެރި ނުވަނީތޯ؟ އެއީ ޓެރަރިޒަމްގެ ޢަމަލަކަށް ނުވަނީތޯ؟ ރާއްޖެއިން ބޭރު ގައުމެއްގައި ދިވެހިން ތިކަހަލަ ކަމެއް ކުރިނަމަ ތިހާ ފަސޭހައިން ސަލާމަތްވާނެތޯ؟ ނޫނީ ދިވެއްސަކު އުފަން ފަސްގަނޑުގައި ތިފަދަ ޢަމަލެއް ހިންގި ނަމަ ސަހަލުގޮތަކަށް ދޫކޮށްލާނަންތޯ؟ ކޮބައިތޯ އިންސާފު. ގާނޫނުގައި ބުނާ ހަމަހަމަކަން.

    81
    8
  3. އަލީ

    މައްސަލައިގައި އިހުމާލުވާ މުއްސަދިން ތައް ހައްޔަރެއްނުކުރެދޯ؟ މަސައްކަތް ތެރިން ގެ ހައްގެއް ބެލުމެއްނެތްދޯ؟

    67
    3
    • ރަންނަ

      މަސައްކަތްތެރިންނޭ؟ ބަލަ ދިވެހިން ގަބޫލުކުރަނީ އެއީ އަޅުން ކަމަށް

      21
      6
  4. Anonymous

    ކޮންފަދަ ބަލާވެރިކަމެއް މެމްބަރުން ހުރިހާ ނުބައެއް ހަދަނީ މަޖްލިސްގެ ހިމާޔަތް ހޯދައިގެން ތިބެ ދުވަހަކުވެސް ބިދޭސީން މައްސަލަ ޙައްލެއް ނުވާނެ އަބަދުވެސް މެމްބަރުންނާ ވަޒީރުން ދައްކާނީ އެޖެންސީ ތަކާ އިމިގްރޭޝަންގަ ތިބޭ މީހުން ހިންގާ ޖަރީމާ އެކޭ ކިޔައިގެން ވާހަކަ އަސްލު ފިލާތިބެ މިމެމްބަރުން ހުރިހާ ނުބައެއް ހަދަނީ ވަކި ރިޒާ އެކަންޏެއްނޫން ހަމަގިނަ މެމްބަރުން ތިޖަރީމާ ހިންގާ!!!!!

    64
    1
  5. މުހައްމަދު

    މީހާދަ ދޯހަޅި ގައުމެކޭ! ދުނިޔޭގެ އެހެން ގައުމެއްގާ ބޭ ރުން އަ ރާތިބި ބަޔަކު ތިކަހަލަ ކަމެއްހިންގިނަމަ ބަންގާޅީޔެއް ކިޔާނެކަމެއްނެތް!.
    އި ރުއަ ރަންވާއި ރަށް ބަޑިޖާހާ ހު ރިހާ ބަންގާޅީންވެސް މަ ރާހުސްކު ރީސް..
    އެހެންނޫތަވާނީ 30 އަހަރުދުވަސް ވާންދެކަށް ވެ ރިކަމުގާ ބަގުޑި ބަޢްދާއިގަނެގެން އިނދެ ބެއްޔާވެސް ބިޑިވީޔާ އެނބު ރީ..
    ރަނގަޅުގާނޫނެއް ނެތްވީޔާ ހަދާފާ...

    38
    7
  6. ޢަލީ

    މުސާރަ، އިހުމާލު، ވައްކަން. އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަމެވެ. ދެން މުސާރަ ނުދީ އެމީހުން ޑީޕޯޓް ކޮށްލާ. އޭރުން އަނެއްކާ ތިޔަ ރިސޯޓަށް އެ ލިބުނީ ހަދިޔާއެއް

    55
  7. ދޮންރަހަބެއްޔާ

    ކިނބޫ ދޯޅިހު ކަންނެތްވެ ދޯހަޅި ވާތީއޭ ތިހުރިހާ ވެސް މައްސަލައަކީ..
    ސަރުކާރުން ފައިސާ ބަނޑުއަޅާ ކައިހުސްކޮށްއެނިމަނީ އެބަނގާޅިން ކުރާ ބުރަ މަސައްކަތުގެ އަގުު ބަލާނުލާ މުސާރަ ނުދީ ނިކަމެތިކޮށްލާފަ!

    18
    1
  8. ވަރުވާ

    މ. ޝާ ރިޢުވަ ރުދީ މޫންޑް ރޮޕްސް ކިޔާ ގެއަކަށް މިދިޔަ ބު ރާސްފަތި ވިލޭ ރޭ ފަތިހު ބަނގްލަދޭޝްގެ ބައިގަނޑެއް ލަގެޖާއެކު ވަދެ ފު ރާލައިފި. އެއީ މަގުގައި ދޮ ރޯށި ހުންނަ މަގަށްވު ރެ 30 ހަކަށްފޫޓް އެތެ ރޭގައި ގޭންގް ހަދާފައި ހުންނަ ގެއެއް. މިއޮއްބޮޑު ލޮކް ޑައުންގައިވެސް، އެމީހުންނަށް މަނާ ގަޑިއެއް، މަނާކަމެއް ނޯވޭ. އާދޭސްކޮށްވެސް އަޅާލައި އަދި އެތަން އެތަން ޗެކް ކޮށްލެވުނު މީހަކާއި ދިމާލެއް ނުވޭ. ނުހިންގާ އެތާންގައި ނުބައިކަމެއް، ނުކު ރާ ވިޔަފާ ރިއެއްނެތް.
    އަނެއްކާ އެތަން ފު ރާލީ. އަހަ ރެމެން ތިބެން މިޖެހެނީ، ގޭބަންދުގައި.
    އެމީހުން އަތުން މ. ރެޑް ކް ރެސެންޓަށް ބައި ނޭޅޭބާވައޭވެސް ހިތަށްއަ ރާ.
    ބަގްލަދޭޝް އެމްބަސީގައި އޭޖެންޓަކު ހުންނަކަމަށްވޭ.

    16
    1
  9. ނޫސްކިޔާމީހާ

    މިހާރު ދެން ތިޔަބަންގާޅީންނަށް ދޭންވާ މުސާރައެއް ވެސް ނުހުންނާނެ . ސަބަބަކީ ބައެއްގެ މުދާހަލާކުކޮށްފި އަދި 12 ދިވެއްސަކު ރަހީނުކޮށްފި މިގައުމުގެ ޕޮލިހެއްގެ ބޯފަޅާފި ޕޮލިހެއްގެ އިގިލި ބިނަދާލާފި ސިފައިންނާއި ޕޮލިހުންގެ އެތައް އަގުހުރި ވަގުތެއް ތިޔަބައެއްގެ ސަބަބުން ގެއްލިއްޖެ ވީމާ ދުވަހަކު ވެސް މިގައުމަށް ނާދެވޭގޮތަށް ޑީޕޯޓު ކުރޭ

    21
    4
  10. Anonymous

    ކޮވިޑް19 އެޖެންޑާ19 ބޮންދު19

    14
  11. ދިސްވޭ

    ބިދޭސީންގެ މުސާރަ މައްސަލަ ހައްލު ނުކުރެވޭނެ ސަރުކާރުން ތިޔާ ބުނާ ގޮތަށް ބަދަލުގައި ހަދަން ޖެހޭނެ ގޮތަކީ އެމްޓީސީސީ ފަދަ ކުންފުންނަކުން އެކަނި ރާއްޖެ އަށް އެތެރެ ކުރާ ބިދޭސީން ހުރިހާ މީހުން ގެންނަން ވާރކް ވިސާ ދޭން ޖެހޭނީ އެންމެ މަތީ ފަންތިން ފެށިގެން އެންމެ ދަށް ފަންތިއަށް ވެސް ދެން ބިދޭސީންގެ މުސާރަ ހަމަޖައްސަން ޖެހޭނީ ވީ އެންމެ ދަށް އަދަދަކަށް ސަބަބަކީ ރާއްޖެ އަށް އަންނަ ގިނަ ބިދޭސީން ނަކީ މަސައްކަތް ދަންނަ ބަޔެއް ނޫނޭ ރާއްޖެއަށް އައިސްއޭ އެމެން މަސައްކަތް ދަސްކުރަނީ ކަން ބިދޭސީ ސްޕެޝަލީ މަސައްކަތު މީހުންގެ މުސާރަ ވީ އެންމެ ކުޑަ ކޮށް ގެނެސްގެން ނޫނީ ކުދި އަގުތަކުގައި މަސައްކަތް ނަގައިގެން އުޅޭ މީހުންނަށް ދެކޮޅު ނުޖެއްސޭނެއޭ މަހަކު 150 ޑޮލަރު ދޭން ޖެހޭނީ ބިދޭސީ މަސައްކަތު މީހަކަށް އެނޫން ނަމަ ދެކޮޅު ޖެހޭނެ އެއްގޮތެއް ވެސް ނޯންނާނެއޭ ސަބަބަކީ މަސައްކަތް ކުރުވާ ފަރާތުން ބިލަށް ފައިސާ ނުދީ ހިނގައިދާނެއޭ 4 މަސް ދުވަސް ވަން ދެން ވެސް ދެން ކިހިނެއްތޭ އެކަން ކުރާނީ...

    5
    2
  12. ސަލީމް

    އެންމެ ރަނގަޅުގޮތަކީ ހައްގު މުސާރަ އެމީހުންނައް ހޯދައިދީފަ، ކުރި ކުށައް ޖަލައްލުން..

    18
    1
  13. ނުވެއޭ

    ބޮޑު ފިނޮޅުގެ މައްސަލައިގައި ރިސޯރޓްގެ ވެރިފަރާތް ކަމަށްވާ ސީލް އަށް ބޯ ދަމައިގަނެވޭނެ ގޮތެއް ނޯންނާނެއޭ އަދި މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ވެސް މިކަމުން ބޯ ދަމައި ނުގަނެވޭނެއޭ ސަބަބަކީ ހަގީގަތުގައި މިހާރު އަލަށް ހަދަމުންދާ ރިސޯރޓްސް ތަކާއި އަދި އޮޕަރޭޓް ކުރަމުންދާ ރިސޯރޓްސް ތަކުގައި ތިބެން ޖެހޭނެއޭ ޕޮލިހުންނާއި އަދި ސިފައިންނާއި އަދި އިމިގްރޭޝަން އާއި ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުން އަދި އެއިން ކޮންމެ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ހުންނަން ޖެހޭނެއޭ މިކަން މިހާ ބޮޑަށް ގޯސްވެގެން މިދިޔާ ޕޮލިހުން މިކަމާއި އަޅާ ނުލުމުންނޭ ފުރަތަމަ ވެސް ރަށުގެ މަސްލަހަތު ގޯސްވަމުންދާ ކަން ޕޮލިހުންނަށް އެންގުމުން ޕޮލިހުން ޖެހޭނެއޭ ވަގުތުން އެސައިޓަށް ގޮސް އެކަމަށް އެޓެންޑް ކޮށް އެތަނުގައި ރަށުގެ މަސްލަހަތު ގެއްލުވާލަން މަސައްކަތް ކުރާ ބިދޭސީން އެރަށުން އުފުރާލަން އެއީ ޕޮލިހުންގެ ޒިންމާ އެކޭ ޕޮލިހުންނަށް ނުބުނެވޭނެއޭ 200 މީހުން ބައިތިއްބާނެ ޖަލެއް ނެތޭ އެއީ އުޒުރެއް ނޫނޭ ނުކުރެވޭނެއޭ އެކަން ނުކުރެވޭނެއޭ

    3
    1
  14. ދީބަލަ

    ރިޒް ކުންފުންޏަށް ވަނީ އިތުރަށް ވެސް ފައިސާ ދީފައި ކަމަށް ސީލް މޯލްޑިވްސް އިން ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ސަބަބަކީ މަސައްކަތް ނިންމާ މިންވަރު ކަނޑައަޅަނީ ވެރިފަރާތުންނޭ އަދި މަސައްކަތަށް ބޭނުންވާ ހުރިހާ މެޓީރިއަލްސް ދެނީ ސީލް އިންނޭ ދެން ތަކެތި ފޯރު ކޮށްނުދީގެން މަސައްކަތް ނުކުރެވިދާ ދުވަސް ތަކަށް މުސާރަ ދޭން ޖެހޭ އެކަމަކު ސީލް އިން ރިޒް އަށް އެފައިސާ ނުދިނުމުން އެމެން ކޮންތާކުންތޭ ފައިސާ ދޭނީ މުވައްޒަފުންނަށް އުފުރާފައިތޭ ދޭނީ ސީލް މިކަމަށް ޖަވާބުދޭންވީއޭ....

    3
    3
  15. ދިސްވޭ

    ސީލް ވެސް އޮތީ ވަރަށް ބޮޑަށް ގޯސް ހަދާފައޭ ސަބަބަކީ ރިޒް އަށް ކޮންޓްރެކްޓް ދިން އިރު ރިޒް އަށް ފައިސާ ދޭނެ ގޮތުގެ ތާވަލް އެއް ތަފްސީލް ކޮށް ނެތުން އެއީ އެންމެ ބޮޑު މައްސަލަ މިކަމުގައި ޒިންމާވާން ޖެހޭނީ ސަރުކާރުންނޭ ސަބަބަކީ ސަރުކާރުން ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ ހިމާޔަތަށް ޓަކައި ނެތޭ މިހާތަނަށް އިންތިޒާމް ކުރެވިފައިވާ މަސައްކަތްކުރުވާ ފަރާތުން މަސައްކަތް ކުރާ ފަރާތަށް ފައިސާ ދޭން ޖެހޭނެ ގޮތުގެ ތާވަލް ތަކެއް ހިމެނޭ ގަވާއިދެއް ހެދިފައި ނެތޭ ސަރުކާރު ކަމަކީ ވެރިކަން ދިފާއު ކުރެވޭތޯ ރިޝްވަތާއި މަކަރާއި ހީލަތް ހަދައިގެން ނަމަވެސް ސަރުކާރުގެ ކަންކަން ނިންމުމުގައި ތިބެނީ ކަމާއި ގުޅޭ އެއްވެސް ތަޖްރިބާ އެއް ލިބިފައިވާ ބަޔެއް ނޫނޭ ވަޒީފާ އެއްގައި އަމިއްލަ ތަނެއްގައި ނޫޅެވޭ މީހުންނޭ ގިނައީ ލޫކާސް ފޯކާސް އާއި މިފަދަ ކަނޑުކޮސް ގަމާރުންނޭ ތިބެނީ މީއޭ ފުރަތަމަ މައްސަލަ ގޯސް ވާން ފެށޭ ތަނަކީ...

  16. ދިސްވޭ

    ރިޒް ކުންފުންޏަށް ވަނީ އިތުރަށް ވެސް ފައިސާ ދީފައި ކަމަށް ސީލް މޯލްޑިވްްސް އިން ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ މަސައްކަތް ރިޒް ކޮމްޕެނީން ނިންމަން އެއްބަސްވެފައިވަނީ ސީލް ކޮމްޕެނީން ތަކެތި ދިނުމުންނޭ ތަކެތި ފޯރުކޮށް ދޭން ޖެހޭ މުއްދަތަށް ތަކެތި ފޯރު ކޮށް ނުދިނުން ފުަރަތަމަ މައްސަލަ އަކީ ދެވަނަ މައްސަލަ އަކީ އެއީ ސީލް ކުންފުންނަށް ބިލްލާތާ 60 ދުވަސްވާއިރު ވެސް ބިލަށް ފައިސާ ނުލިބުމޭ މީ އިކޮނޮމިކް މިނިސްޓްރީން ގަވާއިދު ހަދައިގެން ހައްލުކުރެވޭނެ ކަންކަމޭ މިހުންނަނީ....

    1
    1
  17. ދިސްވޭ

    ސީލް އިން ދައްކާ ވާހަކަ މަމެން އެއްގޮތަކަށް ވެސް ޤަބޫލެއް ނުކުރާނަމޭ ގިނަ ފަހަަރަށް މިރާއްޖޭގެ ރިސޯރޓްސް ތަކުގެ ޕްރޮޖެކްޓް މަސައްކަތް ރިސޯރޓްގެ ވެރިފަރާތުން ކުރުވަނީ ވަރަށް ބޮޑަށް އޮޅުވާލުމާއި މަކަރާއި ހީލަތުން ފުރިގެންވާ އުސޫލުންނޭ ކޮންޓްރެކްޓް ޑޮކިއުމެންޓް ހަދާފައިވަނީ އެއީ ހަމައެކަނި ވެރިފަރާތަށް ފައިދާވާ ގޮތަށޭ މިހާރު މަމެންނަށް އަޑު އެބައިވޭ ސިންގަޕޯރގެ ކުންފުންނަކުން މާލެ އަތޮޅުގައި ހަދާ ރިސޯރޓް ހަދާއިރު އެމެން ކޮވިޑް އެއީ އިންސާނުން ބާރުނުފޯރުވޭ ކަމަކަށް ވެފައި އޭގެ ސަބަބުން ޕްރޮޖެކްޓްގެ މުއްދަތު އިތުރުވާން ޖެހޭނެ ކަމަށް އެމެން ގަބޫލު ނުކުރެއޭ ދެން ކޮންޓްރެކްޓަރ އަމިއްލަ ޚަރަދުގައި ހިލޭތޭ ރިސޯރޓް ހަދަންވީ ސިންގަޕޯރ ގެ ކުންފުނިން މީ ބޮޑެތި ވަގުން ތަކެއް މެދު އިރުމަތިންނާއި ޔޫރަޕް އިން ރާއްޖެ އަށް ކޮންޓްރެކްޓް މެނޭޖް ކުރުމަށޭ ކިޔާ ގެނެސްގެން ދިވެހިންގެ އަތުން ވައްކަން ނޫންތޭ މިކުރަނީ...

  18. އެމެންނޭ

    ސީލް އިން ރިޒް އަށް ވަނީ ފައިސާ ދީފައި ކަމަށް ބުނި ނަމަވެސް މަމެންނަށް އެކަން ޤަބޫލުކުރަން ދަތިއޭ އެންމެ 12 މިލިއަން ރުފިޔާ އެއީ ރިސޯރޓެއްގެ ކޮންސްޓްރަކްޝަން ޕްރޮޖެކްޓަށް ބަލާއިރު ޗިޕްސް އޭ ކޮބާތޭ ރިޒް އިން ކުރަން ޖެހޭ މަސައްކަތަކީ ގިނަ ރިސޯރޓްސް ތައް ހަދަނީ ވެރިފަރާތުން ތަކެތި ދޭ ގޮތަށޭ މިހާރުވެސް ބާ އަތޮޅު އަމިއްލަ ފުށި ރިސޯރޓްސް ގައި މަސައްކަތް ކުރި އެތައް ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ ކޯސްޓް ލައިން އިން އެބަހުއްޓޭ އެކަމަކު ރިސޯރޓް ނިންމާ އެމެން ރިސޯރޓް ވިއްކާވެސް ލިއޭ މީއޭ ރާއްޖޭގައި ރިސޯރޓްސް ތައް ހަދާ ގޮތަކީ ރާއްޖޭގައި ރިސޯރޓްްސް ތަައް ހެދުން އެއީ ކުރާ ބޮޑެތި ވައްކަން ތަކޭ މިކަން ކަން ޓޫރިޒަމް މިނިސްޓްރީ އަށް އިނގޭއިރު އެމިނިސްޓްރީން މިކަމުގައި ހިމޭނުން ތިބުން އެއީ ޤަބޫލުކުރެވޭނެ ކަމެއް ނޫނޭ ހުރިހާ ނުބަޔަކީ އެއީ ޓޫރިޒަމް މިނިސްޓްރީއޭ އެއީއޭ ހުރިހާ ނުބަޔަކީ...

  19. ވަމުންދަނީ

    ރާއްޖޭގައި ރިސޯރޓް އޯނަރުން ރިސޯރޓްސް ތައް ހަދާ ގޮތް މަމެން ދަންނަމޭ ވަރަށް ރަނގަޅަށް އެންމެ މުއްސަނދި ކުންފުނިން ފެށިގެން އެންމެ އާދައިގެ މީހާ ހަދާ ރިސޯރޓްސް އިން ވެސް ފައިސާ ނުދެއޭ ބާ އަތޮޅުގައި އޮތް އަމިއްލަ ފުށި ރިސޯރޓް ހަދާ ނިންމާ ހިންގާތާ 10 އަހަރުވަނީއޭ އަދިވެސް ފައިސާ ނުދެއޭ އެމެން ފައިސާ ދޭން ޖެހޭ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ދެން އިރުފުށި ވެސް ހަދާ ނިންމާ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެއޭ ދެން ކިހިނެއްތޭ މުސާރަ ދޭނީ މިކަންކަން ފަށަނީ ބޮޑެތި މުއްސަނދި ކުންފުނި ތަކުންނޭ ފުރަތަމަ ވެސް ދެން އެއަށް ފަހު ކުދި ކުންފުނި ތަކުން އެކަން ކޮޕީ ކުރަނީއޭ...

  20. ޔަގީނޭ

    ރިސޯރޓްސް ތައް ހަަދަނީ މުޅިން ވެސް ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވައޭ އަދި ރިސޯރޓް އޮޕަރޭޓް ކުރަނީ ވެސް މުޅިން ވެސް ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވައޭ މިކަން މިގޮތަށް މިވަނީ އެއީ ޓޫރިޒަމް މިނިސްޓްރީގެ ފަރުވާ ކުޑަ ކަމާއި އަޅާލުން ކުޑަކަމުންނޭ ރިސޯރޓްސް ތައް ހަދާ އޮޕަރޭޓް ކުރަން ޖެހޭނީ ވަރަށް ވަރުގަދަ ގަވާއިދު ތަކެއް ޓޫރިޒަމް މިނިސްޓްރީން ހެދި އެފަދަ ގަވާއިދު ތަކުގެ ދަށުންނޭ އެގޮތަށް އެކަން ކުރިނަމަ މިއަދު ދިމާނުވާނެއޭ އެއީ ޔަގީން ކަމެކޭ...

  21. ދިސްވޭ

    ރިސޯރޓްސް ތަކުގައި މަސައްކަތް ކުރުވާ ރިސޯރޓް ޑިވެލޮޕް ކުރާ ފަރާތުން އަބަދުވެސް ބުނާނީ މަސައްކަތް ކުރާ މީހާ އަށް ހުންނާނީ އިތުރަށް ފައިސާ ދީފައޭ އެއީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގޭ ދޮގޭ އެއީ އެންމެ 12 މިލިއަން ރުފިޔާ ނުވަތަ 21 މިލިއަން ރުފިޔާ އެއީ ރިސޯރޓެއްގެ ޕްރޮޖެކްޓަށް ބަލާއިރު އެއްވެސް އެއްޗެއް ނޫނޭ ރިސޯރޓްގެ މެއިން ކޮންޓްރެކްޓް ނަގައިގެން ރިޒް ކޮމްޕެނީން އުޅޭ ނަމަ މަހަކު 2 މިލިއަން ޑޮލަރުގެ ކޭޝްފްލޯރ އެއް ބޭނުންވާނެއޭ އެއަދަދަށް ފައިސާ ނުލިބި ރިސޯރޓް ނެހެދޭނެއޭ އެއީ ހަމައެކަނި ލޭބަރ ކޮސްޓް ދެން މެޓީރިއަލް ބޭނުންވާނަމަ ބޭނުންވާނެއޭ މަހަކު މަދުވެގެން 5 މިލިއަން ޑޮލަރު މިއަދަދަށް ފައިސާ ނުލިބި ރިޒް އަށް ވެސް ޕްރޮޖެކްޓް ނުހންގޭނެއޭ މީ ސަރުކާރުން ޓޫރިޒަމް މިނިސްޓްރީގެ ބައިވެރިވުން ވަރަށް ބޮޑަށް އޮވެގެން ދެ ފަރާތް ހިމާޔަތް ކުރެވިގެން ނޫން ގޮތަށް ކުރަން ހެޔޮވާ ވަރުގެ މަސައްކަތް ތަކެއް ނޫނޭ...

  22. ދިސްވޭ

    ސީލް ކުންފުނިން ރިޒް ކުންފުންނަށް ފައިސާ ދިނޭ ބުނި ނަމަވެސް ތިޔާ ދެ ފަރާތާއި އަދި ތިންވަނަ ފަރާތެއް ކަަމަށްވާ ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުންގެ ހާޒިރުގައި ތިޔާ ކުރި މަސައްކަތް ސީލް އިން އިވޭލުއޭޓް ކުރި ގޮތާއި އަދި ތަމެން ރިޒް ކުރި މަސައްކަތަށް ދޭން ޖެހޭ ބިލަށް ފައިސާ ދޭން ހިސާބު ހެދި ގޮތް ޖެހޭނެެއޭ ރިޒް ކޮމްޕެނީން ވެސް އެއްބަސްވާން މިރާއްޖޭގައި ރިސޯރޓްސް ތައް ހަދަނީ ލޯޔަރުން ތަކެއް އަޑީގައި ތިބެގެން ވަރަށް ބޮޑެތި އޮޅުވާލުން ތަކެއް ހިމެނޭ އެއްބަސްވުން ހަދައިގެންނޭ...

  23. ފެންނަނީއޭ

    ރިޒް ކުންފުންޏަށް ވަނީ އިތުރަށް ވެސް ފައިސާ ދީފައި ކަމަށް ސީލް މޯލްޑިވްސް އިން ބުނަނީ ރިޒް ބުނަނީ އިތުރަށް ފައިސާ ނުދެއޭ މިއިން އެގިގެންދާ އެއްޗަކީ ރިސޯރޓް ހަދަނީ އެއީ ޓޫރިޒަމް މިނިސްޓްރީގެ ބެލެނިވެރިކަމުގައި އޮންނަ ރަށެއްގައޭ ކިއެއްވެތޭ ރިސޯރޓް ހަދާއިރު ރިސޯރޓަށް ތަކެތި ސަޕްލައި ކުރާ ބޭރު އަދި ރާއްޖޭގެ ސަޕްލަޔަރުންނާއި އަދި ކޮންޓްރެކްޓަރުން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ރިސޯރޓް ޕްރޮޖެކްޓް މަސައްކަތް ނުކުރަނީ ޔަގީނޭ މައްސަލަ ހައްލުވާނެއޭ މިހުރިހާ ކަންކަމުން ދޭހަވަނީ ޒިންމާދާރު ސަރުކާރެއް މިރާއްޖޭގައި އަދިވެސް ނެތް ކަން މިހާރު މިއޮތް ސަރުކާރަކީ އެއީ ދިވެހި ވިޔަފާރިވެރިން ފުށޑިގެން ދާއިރު އިތުރަށް ދިވެހި ވިޔަފާރިވެރިން ފުނޑާލަން އުޅޭ ބަޔެއްގޮތަށޭ....

  24. Anonymous

    ރާއްޖެއަށް ބިދޭސީން ތޮއްޖައްސާ ގަވައިދާ ޙިލާފަށް ގެންގުޅެނީ އަޅު މަސައްކަތް ކުރުވާފައި މުސާރަ ނުދޭން ބައެއް މުއްސަނދިންގެ ޖީބައްޓަކާ ހިންގާ އަނިޔާވެރި އަމަލެއް ގަވައިދާ ޙިލާފަށް އުޅޭ މީހުން ލައްވާ މަސައްކަތް ކުރުވުމަކީ ކުށަކަށް ހަދަން އަޑު އުފުލަންޖެހޭ ނޫނީ "ބިދޭސީންގެ މައްސަލަ" ހައްލެއް ނުވާނެ

  25. ވަމުންދަނީ

    ރިސޯރޓްސް ތައް ނަގައިގެން ތަރައްގީ ކުރާ ފަރާތުން ރިސޯރޓްގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުންނަށް ފައިސާ ދޭން ޖެހޭ އަދަދަށް ދީފައޭ ހުންނާނީ ބުނި ނަމަވެސް މަމެން އެކަން ޤަބޫލެއް ނުކުރާނަމޭ މާލެ އަތޮޅު އިތާފުށި ރިސޯރޓް ނިންމާ އެރަށުން ފައިދާ ވެސް ނަގަމުންނޭ އެރިސޯރޓްގެ އޯނަރު ދަނީ އެކަމަކު މަސައްކަތް ކުރުވި ކޮންޓްރެކްޓަރުންނަށް އެބަހުއްޓޭ އެމެން ބިލިއަން ރުފިޔާ އާއި ގާތަށް ފައިސާ ދޭން ޖެހިފައި އެކަމަކު ނުދެއޭ ޓޫރިޒަމް މިނިސްޓްރީން އޮޕަރޭޓިންގް ލައިސެންސް ދިނީ އެއީ ކިއެއްވެތޭ ރިސޯރޓްގެ އޮޕަރޭޓިންގް ލައިސެންސް ދޭން ޖެހޭނީ ރިސޯރޓް ޕްރޮޖެކްޓް މަސައްކަތް ކުރުވި ހުރިހާ ކޮންޓްރެކްޓަރުންނާއި އަދި ސަޕްލަޔަރުންނަށް ބަރާ ބަރަށް ރިސޯރޓް ޑިވެލޮޕަރ ފައިސާ ދައްކާ ޚަލާސް ކޮށްފައިވާ ކަން އެ ދެފަރާތް އެއްބަސްވެ ލިޔެ ސޮއި ކޮށް ޓޫރިޒަމް މިނިސްޓްރީ އަށް ހުށައެޅުމުންނޭ އެކަން ސަރުކާރަށް ކުރެވޭނެއޭ ސަރުކާރުން ކުރަން ބޭނުން ނަމަ ސަރުކާރުން ކުރަން ބޭނުން ނުވަނީއޭ އެއީއޭ ދިވެހި މަސައްކަތް ތެރިން ބިކަ ވަމުން ދާ ކަމަކީ...

  26. ތުކައްޒިބާން

    ސީލް އިން ރިޒް އަށް ވަނީ އިތުރަށް ފައިސާ ދީފައި ކަމަށްވާނަމަ ދެން ސީލް އަށް ބޮޑުފިނޮޅު ރިސޯރޓް ތަރައްގީ ކުރަން ދީފައިވާނީ ރާއްޖޭގެ ގާނޫނު ތަކާއި ޤަވާއިދު ތަކާއި އެއްގޮތަށް ރިސޯރޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަން ދެން ރިޒް އިން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ ކިއެއްވެތޭ ރިޒް މެދުވެރިކޮށް ރަށަށް އަރުވައިގެން މަސައްކަތް ކުރުވީ މިކަމުގައި ގާނޫނީ ގޮތުން ސީލް ވެސް ބެދޭނެއޭ އެވާހަކަ ސީލް އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ...

  27. ކެޔޮޅު

    މުސާރަނުދިން މަޖިލިސްމެންބަރު ހައްޔަރުކުރުމަށް ގޮވާލަން އަދިމަސައްކަތްތެރިންނަށް ހައްގުވެގެންވާ 6 މަސްދުވަހުގެ މުސާރަދިނުމަށް ގޮވާލަން ނޫނީ ރިސޯޓުތަކުގެ މުއަށްޒަފުން ތިފަދަކަމެއް ކޮށްފާނެ ވިސްނާށޭގައުމު.

  28. ފެނޭދޯ

    ސީލް އިން ރިޒް އަށް ފައިސާ ދިނުން ދެން ރިޒް އިން ފައިސާ ދޭން ޖެހޭ ސަޕްލަޔަރުންނާއި އަދި މަސައްކަތް ކުރި މުވައްޒަފުންނަށް ދޭން ޖެހޭ އުޖޫރަ ނުދެވިގެން އުޅޭއިރު އެކަމުގައި ސަރުކާރަށް އެއް ކަމެއް ވެސް ނުކުރެވިގެން އުޅެނީ އެއީ ޓޫރިޒަމް މިނިސްޓްރީން ރިސޯރޓްސް ތަކުގެ ޕްރޮޖެކްޓްސް ތައް ހިންގާއިރު ހިންގަން ޖެހޭނެ ގޮތުގެ ގަވާއިދެއް ނެތުމުންނޭ ކިއެއްވެތޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނަށް ރިސޯރޓްސް ތަކުގައި އޯޕަން ކޮށް މަސައްކަތް ކުރެވެންވީ ސަރުކާރު މިކަމުގައި ހުރިހާ ޒިންމާ އެއް ވާން ޖެހޭނީ ސީދާ ޓޫރިޒަމް މިނިސްޓަރު ޖެހޭނީ މިކަމުގައި ޒިންމާވާން މިހާރު ރައީސް ޔާމީން ހުންނެވި ނަމަ މިއަދުން މިއަދަށް މިކަން ހައްލު ކުރާނެ ގޮތް ހުންނާނީ ހޯދާފައޭ....

  29. ދިސްވޭ

    މަސައްކަތް ކުރާ ފަރާތަށް މަސައްކަތް ކުރުވާ ފަރާތުން ދޭން ޖެހޭ ފައިސާ ނުދިނުން އެއީ ދިވެހިންގެ ކަލްޗަރ އަށް ވަނީ ބަދަލުވެފައޭ މިކަން މިހެން ދިމާވާން މިޖެހެނީ އެއީ މާލޭގައި ރަނގަޅަށް މަސައްކަތް ކުރާ ކޮންޓްރެކްޓަރުން މެދުވެރިކޮށް ބޮޑެތި ޕްރޮޖެކްޓްސް ތަކުގެ މަސައްްކަތް ނުކުރުވުމޭ އަދި ރާއްޖޭގައި މިހާރު އާދައަކަށް ވެފައޭ ވަނީ އެއްވެސް އިންފްރާސްޓްރަކްޗަރ އެއް ނެތް މީހުން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މާލެތެރޭން ނަގައިގެން ރިސޯރޓް މަސައްކަތް ކުރުވުން އާދައަކަށް ވަނީ ބަދަލުވެފައޭ މިކަން ފުރަތަމަ ވެސް ރަނގަޅު ކުރަންވީ ސަރުކާރުން ރާއްޖޭގައި އެންމެ ގިނަ އަދަދަށް ގަާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އުޅެނީ ރިސޯރޓްސް ތަކުގައޭ މީ ސީދާ ޓޫރިޒަމް މިނިސްޓަރު ޒިންމާވާން ޖެހޭނެ ކަމެކޭ ގަވާއިދާއި ޚިލާފަށް އުޅޭ މީހުން ލައްވާ މަސައްކަތް ކުރުވުން އެއީ ގާނޫނާއި ޚިލާފު ކަމެކޭ އެކަން ކުރުވަނީ ސީދާ ސަރުކާރުންނޭ މީއޭ ހުރިހާ މައްސަލައިގެ ފެށުމަކީ...

  30. ދިސްވޭ

    ޓޫރިޒަމް މިނިސްޓްރީގެ މޭންޑޭޓް ވަރަށް ބޮޑަށް އެބަރަނގަޅު ކުރަން ޖެހޭ އެގޮތުން ބަލާއިރު ރިސޯރޓް ޑިވެލޮޕަރ ރިސޯރޓް ހަދަން ޖެހޭނީ ރިސޯރޓް ހަދަން ބޭނުންވާ މެއިން ކޮންޓްރެކްޓަރ އެއް ސިލެކްޓް ކޮށް އަދި މެއިން ކޮންޓްރެކްޓަރގެ ދަށުން ނޮމިނޭޓެޑް ސަބްކޮންޓްރެކްޓަރުންނާއި ޑައިރެކްޓް ސަބްކޮންޓްރެކްޓަރުންނާއި އަދި އިންޑައިރެކްޓް ސަބްކޮންޓްރެކްޓަރުން ޓޫރިޒަމް މިނިސްޓްރީ ގައި ރަޖިސްޓްރީ ކޮށް ހަދާ އަދި ވެރިފަރާތުން މެއިން ކޮންޓްރެކްޓަރ އަށް ދޭން ޖެހޭ ފައިސާ ދޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީގައި އެއްބަސްވުން ތަކެއް ހަދައިގެން އޭޖީގެ ލަފާ ވެސް އެފަދަ އެއްބަސްވުން ތަކަށް ލިބި އެފަދަ އެއްބަސްވުން ތައް ރާއްޖޭގެ ކޯޓް ގައި ރަޖިސްޓްރީ ކޮށްގެންނޭ ރާއްޖޭން ބޭރުގެ އިންވެސްޓަރުން ވެސް ޖެހޭނީ މި ގަވާއިދަށް ފެތެންއޭ ރާއްޖޭން ބޭރުގެ ކޮންޓްރެކްޓްސް ތައް މިކަމަށް ބޭނުން ކޮށްގެން ނުވާނެއޭ އެއީ އޮޅުވާލުމާއި މަކަރާއި ހީލަތޭ މިހާރުވެސް އިތާފުށި ރިސޯރޓް ޑިވެލޮޕަރ ފައިސާ ދޭން ޖެހޭ އެތައް ކޮންޓްރެކްޓަރުންނަށް ވަނީ ފައިސާ ނުދީއޭ..

  31. ލުކްވެލް

    ސީލް އިން ރިޒް އަށް ދޭން ޖެހޭ ފައިސާ އެއް ދިން ނަމަ މަމެންނަށް ޔަގީނޭ ތިޔާ 200 މީހުން މުސާރަ ދިން ނަމަ އެމެން ނުތިބޭނެއޭ އަދި ސިލް އިން އެމެން ރިސޯރޓް ގައި ނުވެސް ބައިތިއްބާނެއޭ އެއީ ޔަގީން ކަމެކޭ ހަގީގަތަކީ މާލޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ ރިސޯރޓްސް ތަކުގައި މަސައްކަތް ކުރުވާތާ މިހާރު 20 އަހަރުވަނީއޭ މިކަން ހައްދުން ނެއްޓީ މިވިޔަފާރީގެ ތެރެއަށް އެމްޑީޕީ މަޖްލީހުގެ މެމްބަރުން އަދި ކައުންސިލަރުން ވަނުމުން ހައްދުން ނެއްޓީއޭ އެއީއޭ މި ކަން ކަން މިހާ ބޮޑަށް ގޯސްވެގެން އުޅޭ ކަމަކީ...

  32. ބަލާތި

    ރާއްޖޭގައި ރިސޯރޓްސް ތައް 2000 ވަނަ އަހަރުން ފެށިގެން ހަދަމުން މިއަންނަނީ އެއީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވައޭ އެންމެ ގިނަ އަދަދަކަށް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މަސައްކަތް ކުރަނީ އެއީ ހަދަމުންދާ ރިސޯރޓްސް ތަކުގައޭ ދެން އޮޕަރޭޓް ކުރާ ރިސޯރޓްސް ތަކުގައޭ މާލެ ގާތުގައި އޮތް އިތާފުށި %95 މަސައްކަތް ކުރީ ގަވާއިދާއި ޚިލާފަށް އުޅޭ މީހުންނޭ މިހާރުވެސް އެމެން އެބަތިއްބޭ ކިއެއްވެތޭ އޮޕަރޭޓިންގް ލައިސެންސް ދޭންވީ ދިނީ ޓޫރިޒަމް މިނިސްޓްރީގެ އިހްމާލު މިކަމުގައި ވަރަށް ބޮޑޭ އަލީވަހީދު މެން ކިއެއްތޭ ކުރަނީ ރިސޯރޓްސް ތައް ހަދަނީ ގަވާއިދާއި ޚިލާފަށް އުޅޭ މީހުން ރިސޯރޓް އޮޕަރޭޓިންގް ސްޓޭޖް ގައި ވަޒީފާ ދެނީ ވެސް އެމެން އަދި ބޭރު މީހުންނަށް ދެން ދިވެއްސަކަށް މަސައްކަތް ކުރުވަން ހަވާލު ކޮށްފިނަމަ މަސައްކަތް ކުރުވާ ފަރާތުން ފައިސާ ދެނީ އެއް ނޫނޭ....

  33. ފަސްނުޖެހޭތި

    ރިޒް އަށް ދޭން ޖެހޭ ފައިސާ ހަަމަ އަށް ސީލް އިން ދިން ކަމަށް މަމެން ގަބޫލެއް ނުކުރާނަމޭ މީގައި ހުރިހާ ޒިންމާ އެއް ނަގަން ޖެހޭނީ އުސޫލެއް ގެ ގޮތުން ސީލްއޭ ސަބަބަކީ ރިޒް އިން ބޮޑު ފިނޮޅު ރިސޯރޓް ހަދަން ރިސޯރޓަށް އަރުވާފައިވަނީ މުޅިން ވެސް މާލެ ތެރޭން ނަގައިގެން އުޅޭ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނޭ އެއީ ކަނޑައެޅިގެން މަނާ ކަމެކޭ ހަގީގަތުގައި މި 200 މީހުންގެ މުސާރަ ދީފައި އެމެން ބަންގާޅަށް ފޮނުވަން ޖެހޭ ފްލައިޓް ޗާރޓަރު ކުރުމުގެ ޚަރަދު ވެސް ދޭން ޖެހޭނެއޭ އޭގެ ފަހުން ޓޫރިޒަމް މިނިސްޓްރީން ޖެހޭނީ އާންމު ސާރކިއުލާރ އެއް ހުރިހާ ރިސޯރޓްސް ތަކަށް ފޮނުވަން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރިސޯރޓް ގައި މަސައްކަތް ކުރާނަމަ އެމެންނަށް ދޭން ޖެހޭ މުސާރަ އާއި އަދި އެހެނިހެން އިނާޔަތް ތައް ދޭން ޖެހޭނީ ރިސޯރޓް އޯނަރު ކަމަށާއި އަދި އެމެން އަނބުރާ ބަންގާޅަށް ފޮނުވާލުމުގެ ޚަރަދުވެސް ރިސޯރޓްގެ ވެރިފަރާތުން ދޭން ޖެހޭނެ ކަމަށް އެއިރުން ވަގުތުން ތިޔާ ކަން ހަމަޖެހިގެން ދާނެއޭ މީ ޓޫރިޒަމް މިނިސްޓްރީ އަތުގައި އޮތް ކަމެކޭ އެއްވެސް ޚަރަދެއް ނުކޮށް މިކަން ކުރެވޭނެއޭ މިކަން ކުރަން ޓޫރިޒަމް މިނިސްޓްރީން ފަސްނުޖެހޭށޭ ފަސް ނުޖެހޭށޭ ފަސްނުޖެހޭށޭ...

  34. ހިނގާހިނގާ

    ރިޒް ކުންފުންޏަށް ވަނީ އިތުރަށް ވެސް ފައިސާ ދީފައި ކަމަށް ހަމައެކަނި ސީލް މޯލްޑިވްސް އިން ދައްކާ ވާހަކަ އަށް މަމެން ބަރޯސާ ނުކުރާނަމޭ މީގައި އިންސާފުވެރި ގޮތަކީ ރިސޯރޓްގެ ވެރިފަރާތް ކަމަށްވާ ޓޫރިޒަމް މިނިސްޓްރީން މިކަން ބެލުމޭ މިފަހަރު މިކަން ރަނގަޅުކުރަން ޓޫރިޒަމް މިނިސްޓްރީން އޯޕަން މައިންޑަކުން ވިސްނަންވީއޭ މަމެން ތަޖްރިބާ އާއި އެކުއޭ މިބުނަނީ ހުރިހާ ރިސޯރޓް ޑިވެލޮޕަރުން ސަޕްލަޔަރުންނާއި އަދި ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެއޭ ރަނގަޅުކުރަމާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ޑާންސް ޑާންސް ޑާންސް ޑާންސް...

  35. މޫންވޯކް

    ރާއްޖޭގެ ހުރިހާ ރިސޯރޓްސް ތައް ޑިވެލޮޕް ކުރާއިރު އެމެން ރިސޯރޓަށް ކުރާ އިންވެސްޓްމެންޓްގެ %45 އެއީ ކޮންޓްރެކްޓަރގެ މުދަލޭ އެގޮތުން ކޮންޓްރެކްޓަރު ލައްވާ ކުރުވާ މަސައްކަތުގެ %45 ނުދޭނެއޭ އެމެން އަމިއްލަ އަށޭ މަސައްކަތް ނިންމާ ގޮތުގެ ޕާރފޯމެންސް ޝީޓް ހަދާނީ އެ ހަދަނީ ނުބައިކޮށް ރިސޯރޓް ޑިވެލޮޕަރ ގެ ފަރާތުން ހުންނަ ކޮންސެލްޓެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖަރަށް އަމިއްލަ އަށް ފެންނަ ގޮތަށޭ އެކަން ބަލަން ޖެހޭނީ ޓޫރިޒަމް މިނިސްޓްރީގެ ގައިޑް ލައިންގައިވާ ގޮތަށޭ އެނޫން ގޮތަށް އެކަން ކޮށްގެން ދުވަހަކުވެސް މިކަން ހައްލުު ނުވާނެއޭ ސަރުކާރުގެ ވިސްނުން އަޕަރ ސްޓްރީމަށް ޖައްސަންވީއޭ ޖައްސާ ޖައްސާ ޖައްސާ ޖައްސާ މިއުޒިކް މިކަން ކުރަންވީއޭ މިއުޒިކް ފަހަތަށް ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ

  36. ތަހުގީގު

    ތިޔަމައްސަލަ ވެސް ތަހުޤީގު ކުރާނީ ރައްޔިތުންގެ މަޖިލީހުން. ތާ ދޯ . ފެއްކާ މަޖިލީހެކޭދޯ.

  37. މާދަމާދެކޭމީހާ

    މިކަމެއް ރާއްޖޭގެ އެކި ހިސާބުގަ ވާންފެށުމުގެ އަސްލަކީ ކޮމެޑީ ކުޅޭޔޫސޭކުޅެ މީޑިޔާއައް ދޫކު ރި ވިޑިއޯއެއްގެ ސަބަބުން، ރާއްޖޭގެ ސަލާމަތައް އެމީހެއްގެ ފުށުން ނު ރައްކާ ވެދާނެ ކަމައް ސައްކު ކު ރެވޭ މީހަކު،ބަޔަކު ޖަމާއަތެއް ނަމަ ހައިސެކުޔު ރިޓީ އާއެކު އެކަހެ ރި ކޮއްފަ ބައިތިއްބޭނެ އޮންނަން ޖެހޭ

  38. އާދަން

    މިކަމުގަ ބަގުލަދޭޝް ހައިކޮމިޝަންގެ 2 އޮފިޝަލުންނަށް މަ ރުހަބާ..ދިވެހިން ސަލާމަތްކޮށްދިނީ ހައިކޮމިޝަނުން..ފުލުހުން ހަމަ އެ ރަށަށް ދިޔަކަން...

  39. މޫންވޯކް

    ކުރީގައި މާލޭގައި ހުންނަ އަމިއްލަ ކުންފުނި ތަކުން މުވައްޒަފުންނަށް މުސާރަ ނުދިން ނަމަވެސް މިހާރު އެއާދަ ތައް ދަނީ ފަނޑުވަމުންނޭ މީގައި އަބަދުވެސް ޖެހިގެން އުޅޭ މައްސަލަ އަކީ ރިސޯރޓް އޯނަރުންނާއި އަދި މާލޭގައި ގެދޮރު ހުރި މީހުން މަސައްކަތް ކުރާ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދިނުމޭ ފައިސާ ނުދިން ނަމަވެސް މާލޭގައި ހުންނަ ގެދޮރެއް މުލުން ލުހެލައިގެން ކޮންޓްރެކްޓަރ އަށް ނުގެންދެވޭނެއޭ ސަރުކާރުގެ އެހީތެރިކަން މިގޮތުން ބަލާއިރު ކޮންޓްރެކްޓަރުންނަށް ނުހަނު ބޭނުންވެއޭ މިފަހަރު ޓޫރިޒަމް މިނިސްޓްރީން މިކަމުގައި އިސްނަގަންވީ ދެން އޭގެ ފަހުގައި ހައުސިންގް މިނިސްޓްރީ މިކަމުގައި ސަޕޯރޓް ދޭނީ މީނުވާނެ ކަމެް ނޫނޭ މީވާނެ ކަމެކޭ ސަރުކާރުން ޖެހޭނެއޭ ވިޔަފާރިވެރިން ވެސް އަދި ކޮންޓްރެކްޓަރުން ވެސް ހިމާޔަތް ކުރަން ވަކި ކޮޅަކަށް ނުޖެހި މިފަދަ ކަންކަން ގަވާއިދު ތައް ހަދައިގެން ސަރުކާރުގެ ބެލުން ތެރިކަމުގެ ދަށުން ދެން ރިސޯރޓްސް ތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރެވޭތޯ ބަލަން މިކަން ބަލަންވީއޭ އެންމެން ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ...

  40. ހަސަދު

    ބިދޭސިންނޭ ތިޔަވިދާޅުވަނީ ކޮންގައުމަކަށް ނިސްބަތްވާ ބަޔެއްތޯ. ފަހަރުގައި ރަސްކަލެއްގެ ދަރިއަކު ކައިވަނި ބައްލަވާގަންނަވާނޭ މީހަކު ނުވެގެން ލައްވާލި ބިދޭސި މީހާގެ ނަސަބު ހިފަހައްޓަން ގައުމު ފޮރިވީތޯ.

  41. ޙހހހ

    ކީއްތޯވާނީ އިންސަނިއްޔަތަށް ބިދޭސީންގެ ނުލިބިހު ރި މުސާ ރަ ސަ ރުކާ ރުން ދެއްވުން ، ކުންފުނިތައް ސަލާމަތްކޮށްދެއްވާ

  42. ބަލާތި

    ވަރަށް ޔަގީން ކަމާއި އެކު ސާބިތު ކޮށްފައޭ މިބުނަނީ ރާއްޖޭގައި ރިސޯރޓް ތަރައްގީ ކުރާ ބޭރު މީހުން ވެސް އަދި ދިވެހިން ވެސް އެމެންގެ ރިސޯރޓަށް ތަކެތި ސަޕްލައި ކުރާ މީހުންނަށާއި އަދި އެމެން މަސައްކަތް ކުރުވާ މީހުންނަށް ފައިސާ ނުދެއޭ މިކަން ކުރެއޭ ހުރިހާ ކުންފުނި ތަކުން ވެސް ބޭރު ކުންފުނި ތަކުން މިކަން އޮންނަނީ ހައްދުން ނައްޓާފައޭ ދިވެހި އެތައް ކުންފުންނެއް ބަނގުރޫޓް ވެގެން ދިޔަ ތަނެކޭ މާލެ އަތޮޅު އިތާފުށި ރިސޯރޓްގެ މަސައްކަތުން ޓޫރިޒަމް މިނިސްޓްރީން މިކަން ބަލަން ޖެހޭނެއޭ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން ޖެހޭނެއޭ އެނޫން ނަމަ ދިވެހި ވިޔަފާރި ތައް ފުނޑިގެން ހިނގައިދާނެއޭ....

  43. ފާތިމާ

    ބައްލަވާ ބިދޭސީން ރާއްޖެއައް ގެނައީ ތިބޭފުޅުން. ގެންނަ އިރު ހަދާން ކުރަންވާނެ އެމީހުންނައް މުސާރަ ވެސް ދޭން ޖެހޭނެ ކަން. ދެން އެމީހުންނައް ކެތް ނުވާވަރު ވީމަ ހައްގުގަ ނިކުްނާނެ ނޫން ތޯ.....??

  44. ޖާބެ

    ޓެރަރިޒަމްގެ ދަޢުވާކޮށް ޖަލައް ހުކުމް ކުރޭ

  45. ޓްރަންޕް

    ފުލުހުން ތި އޮޕަރޭސަނަށް ކިހާ ވަރެއް ހަރަދު ކުރިބާ ރޫހާނީ ލީޑަރު މެދެވިވެގެން ބަލަން ޖެހޭ. އަދި ށ. މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ އަތުން ތިޔަ އޮޕަރޭޝަނަށް ދިޔަ ހަރަދު ހޯދަން ޖެހޭ. އަދި ބިދޭސީންގެ މުސާރަވެސް އޭނަ އަތުން ހޯދާ ނުގަވައިދުން އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވީމަ އޮންނަ އަދަބުވެސް ދޭން ޖެހޭނެ ސީދާ ޒީރޯ ޓޮލަރެންސް ދަށުން

  46. ހުއްޓާލާށޭ

    މަޖްލީހުގެ މެމްބަރުން ދެން ރިސޯރޓްސް ތަކުގެ ޕްރޮޖެކްޓްސް ތައް ހިންގުން ފަދަ ޓަފް ފިރިހެންވަންތަ މަސައްކަތުގެ ތެރެއަށް ބޭނިގަންނައިރު އެމެންނަށް ވިސްނެން ޖެހޭނެއޭ މީ އަދި އެހާ ފަސޭހަ ކަމެއް ނޫން ކަން މިހާރު މާލޭގައި އާދައަކަށް ވެފައޭ މިވަނީ މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ރިސޯރޓްސް ތަކަށް ސަޕްލައި ކޮށް ގެން ކޮންމެ މީހެއްގެ އަތުން ކަމިޝަނެއްގެ ގޮތުގައި މަހަކު 1 ހާސް ރުފިޔާ ނެގުން މީ މިގޮތަށް ރާއްޖޭގައި މަސައްކަތް ކުރާނެ ނިޒާމެއް ނޫނޭ މިފަދަ ކަންކަމުގެ ތެރެއަށް މަޖްލީހުގެ މެމްބަރުން ސްޕެޝަލީ ވެރިކަން ކުރާ ޕާރޓީގެ މެމްބަރުން ވަދެގެން ނުވާނެއޭ އެކަން ޖެހޭނީ ހުއްޓާލަންއޭ އެއީ އަދި ކާންބޯން މަސައްކަތް ކުރަން ޖެހޭނެ ގޮތެއް ނޫނޭ...

  47. ދަންނާތި

    ބޮޑު ފިނޮޅުގައި ބިދޭސީން ފުލުހުންނަށް ހަމާލާ ދޭ ބިރުވެރި މަންޒަރު ފެންނަނަމަ މިހާރު ރައްޔިތުންގެ މަޖްލީހުގެ ރައީސަށް އިނގޭނެ ނޫންތޭ މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ސަޕްލައި ކޮށް ގެން ކޮންމެ މީހެއްގެ އަތުން މަހަކު 1 ހާސް ރުފިޔާ ކަޓެއްގެ ގޮތުގައި ކާން މަޖްލީހުގެ މެމްބަރުން ދިމާ ކުރުމުން ނިކުންނަ ހުރިހާ ނުބައި ނަތީޖާ މިހާުރު މިދަނީ ނިކުންނަމުންނޭ މިހާރުން މިހާރަށް މާލެ ސަރަހައްދު ފެރީގައި ސައްހަ ވާރކް ވިސާނެތް މީހުންނަށް ދަތުރު ނުކުރެވޭނެ ގޮތް ހަދާށޭ އެނޫން ނަމަ އެމެން ޓެރެރިސްޓް ހަމަލާ އެއްވެސް ފެރީގައި ނުވަތަ ބަހުގައި ވެސް ދީފާނެއޭ މިކަން ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ...

  48. މޫންވޯކް

    ރިޒް ކުންފުންޏަށް ވަނީ އިތުރަށް ވެސް ފައިސާ ދީފައި ކަމަށް ސީލް މޯލްޑިވްސް އިން ބުނި ނަމަވެސް އެއީ ބުއްދި އަށް ޤަބޫލުކުރަން ދަތި ވާހަކަ ތަކޭ ރާއްޖޭގެ ލޯޔަރުންނަކީ އެއީ ތެދުގެ ބަދަލުގައި ދޮގު ހަދަން ވަރަށް ފަރިތަ ބަޔެކޭ ހިނގާ...

  49. ހުދު ފޮށާ

    އައްޑޫގައި މިހާރުވެސް އެވަނީ އެމީހުންގެ ޖަގަހަ ހަދާ ފައްކާކޮށްފައި, އެއާރޕޯޓުން ނޭރިޖެނަމަ, ކަނޑުމަގުން އެރޭގޮަތަށް ބޮޑު ބަންކަރެއް ތައްޔާރު ކޮށް ނިމިޖެ.!

    އެކަމަކު އައްޑޫމީހުން އެތިބީ ހެވި ދިއްލިފަ.. އެމްޑީޕީ ކިޔާ އުފާ ފާޅުކުރުމުގައި.. ރަށާއި އަތޮޅު ވިއްކާލީ 200ޑޮލަރަށް މިސަރުކާރުން..

    މިކަމާއި ކަންބޮޑުވާ ހަމަ އެކަކުވެސް އުމަރާއި މަށައި ދެމީހުން ފިޔަވައި ތިބިހެން ހީނުވޭ.. ޚާއްސަކޮށް އައްޑޫ މީހުން އަދި ޕޮލިޓިކަލް ބަޔަކުވިޔަސް މިކަން ކުށްވެރިވެސް ނުކުރޭ.. ހުއްޓުވަންވެސް ނޫޅޭ..!

    ދެން އެބުނާހެން މުޅިގައުމު ރަހީނުވެ.. ދިވެހީން މަރާތަން ފެންނާނީ.. ކަޝްމީރުގެ ދެވަނަ މަންޒަރު ފެންނާނީ މިދިވެހިރާޢްޖެއިން..

    އަހަރުމެން ހޭނާރާފިނަމަ..!

  50. ހިނގާހިނގާ

    ބިދޭސީން ފުލުހުންނަށް ބިރުވެރި ހަމަލާ ދޭއިރު އެއަމަލު ހިންގި ބިދޭސީން އަދިވެސް ތިބީ ރިސޯރޓް ގައޭ ރިސޯރޓަށް ދިން ގެއްލުމުގެ ބަދަލު އެމެން ދޭން ޖެހޭނެއޭ ބަދަލު

  51. ޔަގީނޭ

    މީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ފަރާތުން ނިކުންނާނެ ނުބައި ނަތީޖާގެ ފެށުމޭ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ނަކީ އެއީ އަލުން ގާނޫނުގެ ތެރެއަށް ފައްތަން ޖެހޭނެ ބަޔެއް ނޫނޭ އެމެން ޖެހޭނީ ފޮނުވާލަންއޭ އެއިރުން މިކަން ހަމަޖެހިގެން ދާނެ ކަން އެއީ ޔަގީން ކަމެކޭ ޔަގީނޭ ޔަގީނޭ ޔަގީނޭ...

  52. ކޮބާތޭ

    މާލެ ތެރޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ބޮޑު އަގުގައި މުސާރަ ދޭނެ ކަމަށް ބުނެ އެމެން ނަގައިގެން އެމެން ރިސޯރޓްސް ތަކަށް ސަޕްލައި ކޮށްގެން ކޮންމެ މީހެއްގެ އަތުން ކަޓެއްގެ ގޮތުގައި މަހަކު 1 ހާސް ރުފިޔާ ނަގާ ނަމަ ދެން ދިމާވާނީ މިފަދަ ކަންކަމޭ ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނި ތަކުން ސަބް ކޮންޓްރެކްޓަރުންނަށް އެބަހުއްޓޭ ބަންގާޅުން ކޮންޓްރެކްޓް ނަގައިގެން މަސައްކަތް ކޮށްފައި މީ ދެން މިކަން ވަރަށް ބޮޑަށް ގޯސްވީމަ ނޫންތޭ މިގޮތްވާނީ ކާކުތޭ ބަލަނީ....

  53. ދިސްވޭ

    ނުބަޔަކުން ރަނގަޅެއް ނުނިކުންނާނެއޭ އެކަން މިހާރު ތަމެންނަށް ވެސް މަމެންނަށް ވެސް ޔަގީން ވާނެއޭ ނުބަޔަކީ އެއީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެންމެ ގިނަ އަދަދަށް މަސައްކަތް ކުރަނީ އަލަށް ހަދަމުންދާ ރިސޯރޓްސް ތަކުގައޭ އެކަމަކު އެކަން އެނގިހުރެ ރިސޯރޓްސް ތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޓޫރިޒަމް މިނިސްޓްރީ އަށް ނެތޭ އެއްވެސް ކަމެއް މިހާތަނަށް ކުރެވިފައި އެންމެ ކުޑަ ވެގެން ސާރކިއުލާރ އެއް ހުރިހާ ރިސޯރޓްސް ތަކަށް ފޮނުވައިގެން މިކަން ހައްލު ކުރަންވީ ނޫންތޭ އެކަން ވެސް ނުކުރޭ ޓޫރިޒަމް މިނިސްޓްރީ އެ މިނިސްޓްރީ ނާގާބިލް ވުމުންނޭ ފުލުހަށް ބާރު ބޮޑު ވެގެން މިއުޅެނީ މީ ތަމެން ދަންނަން ޖެހޭނެ ކަމެކޭ ޖެހޭނެ ކަމެކޭ ޖެހޭނެ ކަމެކޭ ޖެހޭނެ ކަމެކޭ ޖެހޭނެ ކަމެކޭ...

  54. ނުކުރާނަމޭ

    ރިޒާ އަށް އިތުރަށް ފައިސާ ދިން ކަމަށް ސީލް މޯލްޑިވްސް އިން ބުނާއިރު ސީލް މޯލްޑިވްސްގެ މީހުންގެ މުސާރަ ދޭ އިރު ރިޒާ ފޮނުވި މީހުންގެ މުސާރަ ނުދޭ ވާހަކަ ރިޒް ކޮމްޕެނީން ބުނުމުން މިއިން ދޭހަ ވަނީ ސީދާ ގަސްތުގައި ރިޒް ކޮމްޕެނީ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ސީލް މޯލްޑިވްސް އިން ނުދޭ ކަމަށް ދެން އެކަން ޓްވިސްޓް ކުރަން ސީލް މޯލްޑިވްސްގެ ލޯޔަރޭ މެން އަންޑަރވޯލްޑް އުސޫލު މަމެން ގާތު ބޭނުން ކުރި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ.....

  55. ފައްލަންބޭ

    ރާއްޖޭގައި ހިނގާ މިކަހަލަ ހުރިހާ ކަމެއް ގޮސް ހުއްޓެނީ ފުލުހުންނާއި ހަމައިން. މައްސަލައެއް ހުށަހެޅުމުން އެކަމަށް އަޅާނުލާ އިހުމާލުވުން. އިބްތިހާލް މަސައްލާގައިވެސް ފުލުހުންނަށް ރިޕޯރޓްކޮށް ކޮށް ހަލާކުވެން ދިޔައިރުވެސް އަޅާނުލުން، ހަމަ އެގޮތަށް ރިލްވާން. ޔާމީން ރަޝީދު ކަންތައްވެސް ވެގެން ދިޔައީ، އެޓެންޑް ނުވުން. އިހުމާުލުވުން. ޑްރަގު ކޭސްތަކުގައި އަތުލާ މީހުންވެސް ދޫވެގެން ދިޔުން ކަހަލަ ކިތަންމެ ކަމެއް. އެކަމަކު މިކަމެއް ނުބެލޭ އަބަދުވެސް ޕްރޮފެޝަނަލް ސްޓެންޑާރޑް ކޮމާންޑްުން ބަލަމުން ދަނީ. ފުލުހުންގެ ބަސް.

  56. އައްޔު

    ތިޔަ ހާދިސާ ހިގަން މެދުވެރިވީގޮތް ތަހުގީގުކުރަންވީ އޭގެކުރިން އެރަށުގައި މަސައްކަތްކުރަން އުޅުނު ހުރިހާއެންމެން ޑީޕޯޓްކުރަންވީ ނުވަތަ އެމީހުންނާއި ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ ކުރަންވީ. އެޖެންޑާ 19 އަށް ގޮތަށް 19 މީހުން ހައްޔަރު ކުރުމަކީ ހައްލެއް ކަަމަކަށް ނުދެކެން ސަރުކާރެއްގެ ޑިފެންސްމިނިސްޓަރ އޯކޭ ނޫނޭބުނެ ދޫކޮށްލައިފިނަމަ މީގެ އަހަރުތަކެއްފަހުން ދެން ނުކުންނާނެ ނަތީޖާ ދުނިޔޭގައިތިބި ބަޔަކު ދެކޭނެ ޝުކުރިއްޔާ

  57. ޝަރީޒް

    އާނ.. ހުރިހާ ނުބަޔަކީ ބިދޭސީންތާ.. އެމީހުންގެ މުސާރައަކީ ހައްގެއްނޫންތާ.. އެމީހުން ހައްޔަރުކޮއްފަ ދެން ޑީޕޯޓުކޮއްލާ.. މުސާރަވެސް ނުދީ.. ދެން އެމީހުން ގެނައި ކުންފުނީގެ ވެރިމީހާ ކުކުޅުކާން ބަހައްޓާ އެމީހުންގެ ލާރީން... އޭރުން އޮންނާނީ ފިސާރި ރަނގަޅައް އިންސާފުގާއިމު ކުރެވިފާ.. އަދި ތިޔަ މަސައްކަތުގައި އުޅުނު ހުރިހާ ފުލުހުންނައް މެޑަލާއި ޕުރޮމޯޝަން އަދި ސަނަދުވެސް ދީ.. ބިދޭސީ މީހާ ރަށައްގިސް އާއިލާ އާއިއެކު މަގުމަތިވެފަ ބަނޑައް މަރުވިއްޔާ ކީއް.. އެހެންނުން..

  58. ފަޒީލް

    ތި ބިދޭސީން ގެނައި ކުންފުނީގެ ވެރިން ބަނޑުބޮޑުވަންދެން ހަރާމް ފައިސާގަ ކުކުޅުކާން ބައިތިއްބާ.. އެނިކަމެތީން ދާ އޮހިރުވައިގެން ކުރި މަސައްކަތުގެ އުޖޫރަ ނުދީ އެލާރީން އަރާމުގައި އުޅެލާ.. އޭރުން ނަރަކައަށް ވެއްދީމަ އެ ފަައިސާއިން ލިބިގަތް އުފާތަކާއި މުދާތައް ހުންނާނެ ބަނޑުގެ ތެރޭގައި ގިނީގެ ގޮތުގައި ކެކިކެކި އަދި ބޮކުގެ ނާށިގަނޑުން ނަރަކައިގެ ހޫނު އާވިއާއި ބޮކި އަރައަރާ ހުންނާނެ..

  59. ވަސީ

    މަތްރަސް ކަލާނގެ ވަހީ ކުރައްވައި އަނގަވާފައި ވަނީ ޒައްރެއްގެ މިންވަރުވެސް ނުބައިކަމެއް ހޯދާގަތްމީހާ އެކަމުގެ ރަހަދެކޭނެ ކަމައް.. ދެން ތިޔަ ބިދޭސީ ނިކަމެތީންގެ ހައްގު ނުދީ އެމީހުންނާއި އެމީހުންގެ އާއިލާއަށް ތިޔަ ދިން އަނިޔާގެ ރަހަ ލިއްބައިދެވޭނެކަން ކޮންމެ ދުވަހަކު ހަނދާން ކުރަމުން ގެންދާތި ނަރު އައިސް ޖެހެންދެން. އޭރުން އެ ޖަޒާ އަށް ފިލޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ.. މާތް ރަސްކަލާނގެ އިންސާފު ފުރިހަމަޔައް ގާއިމް ކުރައްވާނެ.

  60. ާައަޒުމާ

    މިމީހުންް މިގައުމުން ބޭރުކުރަންވީ ???