ބ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް މުސާރަ ދިނުމަށް ސީލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ށ. މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ މަސްލަހަތު އޮންނަ ކުންފުނި، ރީފް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދީފައިވާނެ ކަަމަށް އެ ކުންފުނިން ބުނެފިއެވެ.

ސީލް މިގޮތަށް ބަޔާނެއް ނެރެފައި މި ވަނީ، ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ދޭން ޖެހެނީ، ރިސޯޓެއްގެ ގޮތުގައި އެ ރަށް ތަރައްގީކުރާ ސީލް މޯލްޑިވިސްއިން ކަމަށާއި، އެ ކުންފުނިން ރިޒާގެ ކުންފުންޏަށް ފައިސާ ދީފައި ނުވާ ކަމަށް ރޭ ރިޒާގެ ކުންފުނި ރިޒް ޕްރައިވެޓް ލިމިޓެޑުން ބުުނެފައިވުމާއި ގުޅިގެންނެވެ.

މި ވާހަކަތައް ދޮގުކޮށް އެ ތަނުގެ ޑިވެލޮޕަރ ސީލް މޯލްޑިވްސްގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރިޒް ކުންފުނި ތަމްސީލްކުރާ ލޯކްރާފްޓުން ނެރުނު ބަޔާނުގައި، މުވައްޒަފުންނަށް މުސާރަ ނުދެވި އޮތީ ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ ކަމަށް ބުނި ކަމުގައިވޔަސް އެ ބަޔާނުގައި ބުނާ ދެ އެއްބަސްވުމުގައި ބުނާ އަދަދަށް ވުރެ އިތުރަށް ވެސް މިހާތަނަށް ފައިސާ ދެވިފައިވާ ކަމަށެވެ.

ރިޒް ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުން ކޮންޓްރެކްޓަރގެ ހައިސިއްޔަތުން ތަނުގައި މަސައްކަތް ކުރަމުންގެންދަނީ ރިޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކަމަށްވާއިރު، މަސައްކަތް ކުރެވެމުންދަނީ މަސައްކަތް ކުރުމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި 18 ނޮވެމްބަރ 2018 އަދި 21 ޑިސެމްބަރ 2018 ގައި ވެވިފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

އަދި 2018 ވަނަވަނަ އަހަރުން ފެށިގެން ރިސޯޓުގައި ރިޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ކުރަމުންގޮސްފައިވާ ކަމަށާއި، މިހާތަނަށް މަސައްކަތްތައްވެސް ނިމިފައިވާކަމަށެވެ.

ރިސޯޓު ތަރައްޤީ ކުރުމުގެ މަސައްކަތުގައި ރިޒް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންގެ ގޮތުގައި ދިވެހިންނާއި ބިދޭސީން ހިމެނޭގޮތުން 200 އެއްހާ މުވައްޒަފުން މަސައްކަތްކޮށްފައިވެއެވެ.

ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތު މީހުންގެ މުސްރަގެ ގޮތުގައި ދޭންޖެހޭ 7000 ރުފިޔާ އާއި ކެއުމުގެ ޚަރަދުގެ ގޮތުގައި ކޮންމެ މީހަކަށް ދުވަހަކަށް ދޭންޖެހޭ 40 ރުފިޔާ ދެއްކުމަށް ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އެހެންނަމަވެސް، މުވައްޒަފުންގެ މުސާރައިގެ ގޮތުގައި 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ހަތަރު މަހަށްވުރެ ގިނަ
ދުވަހުގެ މުވައްޒަފުންގެ މުސާރައަށްވާ ފައިސް ދީފައިނުވާކަން ފާހަގަކުރެވޭ. މުވައްޒަފުންގެ މުސާރައިގެ މައްސަލަ ބޮޑުވެފައިވާ ސަބަބެއް
ކަމުގައި ބެލެވިފައިވަނީ ރިސޯޓް ތަރައްޤީ ކުރުމުގެ މަސައްކަތުގައި ބައިވެރިވާ ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނަށް
މުސްރަ ދެމުންގެންދާއިރު، އެއްބަސްވެފައިވާ ގޮތުގެމަތިން ރިޒް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނަށް ޑިވެލޮޕަރ (ސީލް މޯލްޑިވްސް)ގެ
ފަރާތުން މުސާރަ އާއި ކޮއްތުގެ ފައިސާ ދެމުން ނުދިއުން". ލޯކްރާފްޓުގެ މުވައްކިލު، ރިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިން މައުލޫމާތަށް ބިނާކޮށް ނެރުނު ބަޔާނުގައި ވެއެވެ.

މިކަމާއި ގުޅިގެން ސީލްގެ ވަކީލުން ބުނަނީ އެ އެއްބަސްވުމުގައި ހަވާލާދީފައިވާ ކޮންޓްރެކްޓުގެ މުވައްޒަފުންގެ މަހު މުސާރައިގެ އިތުރުން މުވައްޒަފުން އިންޝުއަކޮށް މުވައްޒަފުންގެ ބޭސް ފަރުވާ އާއި ވިސާ ނެގުން ފަދަ އެންމެހާ ކަންކަމެއް ބަލަހައްޓައި އެކަމުގެ ހަރަދުކުރާނީ ކޮންޓްރެކްޓަރު ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ.

ސީލް މޯލްޑިވްސް އިން ބުނީ، ރިޒް ކުންފުނިން ހަވާލުވި މަސައްކަތަށް 12 މިލިއަން ރުފިޔާ އެއްބަސްވުމާ އެއްގޮތަށް ދޭން ޖެހޭއިރު މިހާތަނަށް 21 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާނެ ކަމަށެވެ.

ސީލް މޯލްޑިވްސްއިން ބުނެފައިވާގޮތުން ރިޒް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދެވެންވީ އެއްވެސް ސަބަބެއް ނެތެވެ. އަދި އެ މިންވަރަށް ފައިސާ ހަމަޖައްސައިދީފައިވާނެ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން، ރިޒް ކުންފުނީގައި ހިމެނޭ މަސައްކަތް ކުރުވާފައި ތިބި މީހުންގެ ތެރޭގައި ސައްހަ ލިޔެކިއުން ނެތް މީހުންނާއި އިންޝޫރެންސް ނެތް މީހުންނާއި ވިސާ ނެތް މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވާކަމަށް ސީލް މޯލްޑިވްސްގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ވެއެވެ.

ސީލް މޯލްޑިވްސްއިން ބުނީ، ރިޒް ކުންފުންޏަށް އިތުރަށް ދޭން ޖެހޭ ފައިސާއެއް ނެތް ކަމަށެވެ. ނަމަވެސް މުވައްޒަފުން އެ ރަށުން ބާލާނީ އިތުރު އެއް މިލިއަން ރުފިޔާ ދިނުމުން ކަމަށް މީގެކުރިން ޑިމާންޑް ކޮށްފައިިވާ ކަމަށް ސީލް މޯލްޑިވްސް އިން ބުނެފައި ވެއެވެ.

ބޮޑުފިނޮޅުގައި އިއްޔެ ހަމަނުޖެހުން ހިނގާފައި ވަނީ މުސާރައިގެ މައްސަލާގައެވެ. އެރަށުގައި ތިިބި 12 ދިވެއްސަކު އިއްޔެެ ރަހީނުވެސް ކޮށްފައި ވެއެވެ. އެ މީހުން ސަލާމަތްކޮށްފައި ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ފުލުހުންގެ ބޮޑު ފައުޖެއް ގޮސްގެންނެވެ.

އިއްޔެގެ ހަމަނުޖެހުންތަކުގައި އެރަށުގައި ހުރި ގިނަ އުޅަނދުތަކަށާއި، ގިނަ ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި މައްސަލާގައި ފުލުހުން ވަނީ 19 ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އަދި މި ހަމަނުޖެހުންތަކާއި ކުރިމަތިލާން ނުކުތް ދެ ފުލުހަކަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ނާޒިމާ

    ރިޒާ ގާނޫނީ ވަކީލުކަން ކުރެއްވުމުގައި ވެސް އެަބަހުރި ވަކީލުކަން ނަގާވަރު ކަންކަން ކޮށްފަ
    އަޅުގަނޑު ގެ ގާތްމީހެއްގެ އަތުން ފީއެއްގެ ގޮތުގައި އެއްލަކަށް ރުފިޔާ އިނީޝިއަލީ ނެންގެވުމަށް ފަހު ކޯޓަށް ސިޓީ އެއް ލާންދިއުން ނޫން ކަމެއް ނުކުރައްވާ/ފަހުން ފޯނުވެސް ނުނެންގެވި
    މީ ވާވަރު

    64
    5
    • ބޭބެ

      މިކިޔާ ރިޒާއަކީ ގާނޫނީ ވަކީލެއްނޫން! މިކިޔާ ރިޒާއަކީ މިހާރު އަބަދުވެސް އެމްޑީޕީގެ ހާޑުކޯ މެމްބަރެއް!! އަދި މިހާރު ރައްޔިތުންގެ މަޖްލީހުގެ މެމްބަރުކަންވެސް ކުރަމުންދާ މީހެއް!! މި އެމްޑީޕީގެ މެމްބަރުން ޖަރީމާ ނުހިންގާ އެއްކަމެއްވެސް ނެތް!! އަމިއްލައަށް ކުންފުންޏަށް ހިންގިޔަސް ޖަރީމާ!! އަމިއްލަ ކުންފުނިން މިހިންގާ ޖަރީމާއަކީ 200 ވަރަކަށް ބިދޭސީން ގެނަސް ރިސޯޓެއްގައި މަސައްކަތްކުރުވާ 5 މަސް ވަންދެން މުސާރަ ނުދިނުން!! އެވެސް މަސައްކަތުގެ ފައިސާ މަސައްކަތް ކުރުވި ކުންފުނިން ނަގާ އެ 200 މީހުންގެ ޙައްގު އަމިއްލަ ޖީބަށް ކަހާލައިގެން!! ދައުލަތުގެ ކުންފުންޏެއްގައި ތިބިއްޔާ އެތަން ދަވާލަނީ!! މަޖްލީހުގެ މެޖޯރިޓީ ލިބުނީމަ މިކުރާކަމަކީ މައިނޮރިޓީ މެމްބަރުންނަށް އަނިޔާކޮށް ކޮޅުފައިންތަޅާ މާރާމާރީ ހިންގާ މަޖްލީހުގެ ޗެމްބަރުން ބޭރުކުރަނީ!! ޝަރުޢީ ދާއިރާ އެމްޑީޕީއިން މިހާރު ހައިޖެކް ކޮށްގެން އެއުޅެނީ ޖޭއެސްސީއަށް ހިސާނުމެންފަދަ އެމްޑީގެ ގާނޫނީ ވަކީލުންނާއި ޚުދު ނަޝީދުވެސް އެތާ ހުރެގެން!! ދެން މިކުރަން އުޅޭ ކަމަކީ ތަހްގީގީ އިދާރާ ކަމުގައިވާ ފުލުސް އޮފީސް އެމްޑީޕީގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި ގާނޫނު އެއްކޮށް ބަދަލުކޮށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖްލިސްގެ 2،4،1 ކޮމެޓީއަށް ފުލުސް އޮފީސް ހިންގުމުގެ ބާރު ނެގުން!! ދެން މިއެމްޑީޕީގެ މެމްބަރަކަސް ސަރުކާރަކަށް ވަކިކެމެއް ކިޔާނެ ކަމެއް ނެތް ހުރިހާ އެންމެން ދަނީ ގައުމަށާއި މިގައުމުގެ ރައްޔިތުންނަށް އަނިޔާވެރިވަމުން!! އަދި ސީދާ ޚުދުމުޚުތާރުކޮށް ހުރިހާކަމެއްކުރަމުން!! ރިޒާ މިގެން ގުޅޭ 200 ބިދޭސީންނަކީ ގަވާޢިދާއި އެއްގޮތަށް އުޅޭ ބައެއްތޯ ބަލަންޖެހޭ މިހާރުން މިހާރަށް!! އެމްޑީޕީގެ މެމްބަރެއްގެ މަސްލަޙަތު އޮތީމަ ނުފޫޒު އޮތީމަ މިކަން ނުބަލާނެ!! އިދިކޮޅަށާއި ނޫސްވެރިންނަށް ގޮވާލަން މިކަންކަން ސާފުކުރަން!! މިއީ ހަމަ ރަގަނޅަށްވެސް ތަހްގީގުކުރަންޖެހޭ ބަލަންޖެހޭ ކަމެއް!! މިމައްސަލަ ބަލަން ރައްޔިތުންގެ މަޖްލީހުން ނޫޅޭތަ؟ ބަލާވެރިކަމެއް މިއޮތީ މިގައުމަށް ދިމާވެފަ!! މި ރީނދޫ ބައިގަޑު އެބަޖެހޭ ހަމަ ފައްސާލަން!!

      14
      1
  2. ޢަލީ9ި

    މަަޖުލިސް ކޮބާ!

    51
    2
  3. ޙހހހ

    ކިހާދެރަ ކަމެއްތަ މީ ، ދުވަހަކަަށް އިރުނާރާ އެމް. ޑީ.ޕީ އަށް ނިސްބަތްވާ މީހަކު ޖަރީމާއެއް ހިންގާނުލާ ، ތިކަންވެސް އޮއްބާލާނެ ސީލް އަށް ފައިސާކޮޅެއް ދީފަ ، ތިޔަ ޕާޓީގައި ހަގީގަތުގައިވެސް ގިނައީ ޖަލުގައި ތިބެންޖެހޭ ބޮަޑެތިވަގުން

    104
  4. މިނިވަން

    ނުފޫޒު ގަދަ މީހުން މިއުޅެނީ. މިހާރުވެސް އޮޅުވާލާފަ ދޮގު ބަޔާނެއްކަންނޭނގެ އެނެރުނީ. އެންމެ ފަހުން ސީލް ކޮމްޕެނީ ބޮލުގަ އިލްޒާމް އަޅުވާފަ އެމީހުން ބަދުނާމު ކުރާނީ. ބުނެލަން އޮތީ ތާއަބަދަކު ތިގޮތުގައެއް ނޫޅެވޭނެއޭ. ހަގީގަތް ހާމަވާނެ. ރައްޔަތުން ނުތިބޭނެ ދެނެއް. ރޭޕް ކޭސްވެސް އޮއްބާލަން. މަޖިލީސް މެމްބަރެއްގެ ފިރިއެއްވީމަ. ފުލުހުން ވާންވާނީ މިނިވަން މުވައްސަސާއަކަށް. ބައެއްގެ ނުފޫޒު ފޯރުވެންނާ ދެން ކޮބާ ސަލާމަތެއް.

    72
  5. މާމީ

    މަޖިލިސް މެމްބަރުކަމުގަ ހުންނަން ލަދެއްވެސް ނުގަނޭތަ ތީގެ ތެރެއިން ގިނަމީހުންނަކީ ސައްހަ ޑޮކިއުމެންޓު ނެއްމީހުން ވީމާ އެމީހުން ލައްވާ މަސައްކަތް ކުރުވުމަކީ ގާނޫނީ ކުށެއްނޫންތަ މިވަރުވެސް ގާނޫނު ހަދާ މީހުނައް ނޭގެނީބާ؟ ރިޒާ ދެން މަހައްދޭބަލަ.

    29
  6. ކަމަނަ

    މި މައްސަލަ ބަލާނީ މަޖިލީހުން. ކޯޓުން ބަލާކަށް ނުޖެހޭނެއޭ އަންނި ބުނާނީ މިޤައުމު ހަލާކުވަނީ

    23
  7. ދަންބެރު

    އެމްޑީޕީގެ ކޮންމެ މީހަކީ ޖަރީމާ ހިންގާ މީހެއް މީގެ ފުރަތަމަ މިސާލެއް ނަޝީދުވަނީ ގައުމުގައި ހުޅުޖަހާ ބޮޑުގެއްލުމެއް ދައުލަތަށް ދީފަ.

    32
    1
  8. މަޖިލިސް

    އެމް ޑީ ޕީ އަށް ނިސްބަތްވުން ނުވަތ ސަޕޯޓަރަކަށް ވުން ....އެހިސާބުން ހަނދާން ނައްތާލާ އެމީހެއްގެ ލަދެއް ހަޔާތެއް އަދި އިންސާފުގެ ކަންފުޅެއް ވެސް ނުހުންނާނެ.

    34
  9. ޑީޑީ

    ރިޒާ ތިއީ އެމްޑީޕީގެ ތެރޭގައިތިބިވަގުންގެތެރެއިންވެސްއަރާހުރި ވަގެއް ސަރުކާރުން މިކަހަލަކަންކަމުގެޒިންމާ ނަގަންޖެހޭނެ ނުނެގޭކަމައްވަންޔާ ވެރިކަމުގަ ތިބިމުގެމާނައެއްނެތް

    31
    1
  10. ތާކިހާ

    12 މިލިއަން ދޭންޖެހޭ ބަޔަކަށް 21 މިލިއަން ދިނީ ކީއްވެތޯ. ޕްރޮފިޓްވެސް ކައިނިމުނީތޯ . މީސްތަކުންތަކުންގެ ހައްޤު ތައް. ދެންދޯ. ޜިޒް. ދެރަ ދެއްތޯ.

  11. މުހަންމާ

    އެމްޑީޕީގެމަޖިލިސްމެންބަ ރުންނަކީ އަބަދުވެސް
    މީހުންނައްއޮޅުވާމާ މަކަ ރުހެދުމާއިގެ އަވަދިނެތިއުޅޭ
    މީހުން އަދިއެމީހުންގެ ނުހުންނާނެ އެއްވެސްއަދަބު
    އަހުލާގެއް ނުވީތާކައް ރަހުމެއް އިންސާނިއަތކެމެއް
    ގެކަންފުޅެއްވެސް
    ނަސީބެއްނުން ރިޒާ ރަހީނުނުކު ރިކަން އޭ ރުންހުންނާ
    ނާނީ ރާކަނިމަސްކެވިފާ

  12. Anonymous

    ޢަލީ ރިޒާ މަޖުލީހުގައި ފެލިއަރުވާއިރު މިބައިމީހުން މީ ދިވެހިންނަށް ލެއްވި ނަސީބޭ ހިތަށް އަރާ. އެހެނަސް ހަޤީޤަތަކީ ޢަލީ ރިޒާ މެންފަދަ މީހުންނަކީ މި ގައުމަށް ޖެހިފައި އޮތް ވަބާއެއް. ހެޔޮ ވެރިކަމެކޭ ކިޔާ ވެރިކަމުގެ ބާރުތައް ހޯދައި، ގައުމު ދަވާލައި، ރައްޔިތުން ބިކަކޮށް ބިދޭސީން ލައްވައި ރައްޔިތުން ރަހީނުކުރުވައި ގައުމު ބަނޑަށް ޖައްސުވަނީ.
    ޢަލީ ރިޒާ އަކީ ވަރަށް ނުބައި ނުލަފާ އަޑިނުބައި ގައްދާރެއް.

    11
  13. ޙަސަނާ

    ޝުކުރިއްޔާ އިއްޒަތްތެރި މިލަންދޫދާއިރާގެ މެމްބަރު..އެހެންނަމަވެސް މަނިކުފާނު މިވަގުތު ތިޔަހުންނެވީ 12 މިލިއަން ލިބެންޖެހޭތާކައް 21 މިލިއަން ނަންގަވައިގެން ނިކަމެތި އިންސާނުންތަކެއް ބިކަކޮއް ހިއުމަންޓުރެފިކުގެ އެންމެބޮޑު ކުށުން ކުއްވެރިވެފަ އެެހެންނަމަވެސް މަނިކުފާނުގެ ދިފާއުގަ65 މެމްބަރުން ނުކުމެ ހިމާޔަތްދެއްވާނެކަމީ ސައްކެއްއޮތްކަމެއްނޫނެވެ.

  14. ސަރުދާރު

    ރޯޔަލް ބޭފުޅުން ގައުމުގެ ސަލާމަތަށް ނުރައްކާކޮށްފި!

    11
    1
  15. ފެކްޓް

    މިއިން މީހެއްގެ އަތުގަ ދުވަހަކު ފައިސާ ހުންނަ ކަމަކަށް ވޭތަ؟ ސީލް އިން އަދި ފައިސާ ނުދިން ކަމުފގައި ވިޔަސް ރިޒާ މުވައްޒަފުންގެ މުސާރަ ދޭންޖެހޭ. އެއީ ރިޒާވެސް ޒިންމާ އޮތްކަމަކަށްވާތީ! ފަހުންވެސް ރިޒާއަށް އެފައިސާ ސީލް އިން ހޯދޭނެ ގޮތްތައް ހުންނާނެ. އެގޮތުންވެސް ފައިސާ ނުލިބޭނީ ނިކަމެތި ބިދޭސީންނަށް. އެކަމަކު މިއިން މީހަކަށް ލިބެންޖެހޭ މުސާރައެއް ނުލިބި 1 ދުވަސް ވިޔަސް އޮ ހޯދެން އޮތްގޮތަކަށް ހޯދާނެ. ކޮންކަމެއް ދޯ، މިމީހުންނަށް މުސާރަލިބި އަނަގައާއި އަތް ދިމާކުރެވޭ ވިއްޔާ!! މިއީ މި މީހުންގެ ޢަދުލަކީ.
    މިޤައުމުގައި ބިދޭސީންނަށް މުސާރަ ނުދެނީވެސް، ހިއުމަން ޓްރެފިކިން ކުރަނީވެސް ހަމަ ތިވެރިން. އެހެންވެ ތިއިންކަމެއް ނުބެލި ހައްލު ނޮހޯދި ޤައުމު ސުންނާފަތި ވަމުން މިދަނީ. ޕޮލިހުންނަށް އެމީހުންގެ ޒިންމާ އަދާނުކުރެވެނީވެސަ ސިޔާސީ އަދި ވިޔަފާރީންގެ ބަލާގެ ސަބަބުން.