ބ.އަތޮޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގި މައްސަލާގައި އިތުބާރުހިފޭ ފުރިހަމަ ތަޙްޤީޤެއް ހިންގުމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ގޮވާލައިފިއެވެ.

އެ ރަށުގައި ހަމަނުޖެހުން ހިންގާފައި ވަނީ، އެތަނުގެ ކޮންޓެރްޓްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ރިޒް ޕްރައިވެޓް ލިމިޓްގެ މުވައްޒަފުންނެވެ. އެމީހުންގެ ޝަކުވާއަކަށްވެފައި އޮތީ ފަސް މަސް ދުވަސް ވަންދެން ނުދީ ހިފަހައްޓާފައި އޮތުމެވެ.

އެ މައްސަލާގައި އިއްޔެ އެރަށުގައި ދިވެހިންތަކެއް ރަހީނުވެސް ކުރިއެވެ. އެ މީހުން ސަލާމަތްކޮށްފައި ވަނީ ރޭ ފުލުހުންނާއި، ސިފައިން ގޮސްގެންނެވެ.

އެ މުސާރަތައް ލަސްވުމާއި ގުޅިގެން ރިޒް ކުންފުނިން ބުނަނީ، މުސާރަތައް ނުދެވި ވަނީ ރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ އެވެ. ނަމަވެސް ރިޒް ކުންފުނީގެ އެ ވާހަކަތައް ދޮގުކޮށް ސީލް އިން ނެރުނު ބަޔާނުގައި ބުނީ، ކޮންޓެރްކްޓަރަށް ދޭން ޖެހޭ ފައިސާގެ އިތުރުންވެސް، އިތުރު ފައިސާ ދީފައި ވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން އިންތި މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ‏ބޮޑުފިނޮޅުގެ ޙާދިސާއާއި އެ މައްސަލައާ ގުޅޭ ވަށައިގެންވާ އެންމެހައި ކަމެއް (އުޖޫރައިގެ މައްސަލަ ހިމެނޭގޮތުން) އިތުބާރުހިފޭ ފުރިހަމަ ތަޙްޤީޤެއް ހިންގުމަށް ގޮވާލާ ކަމަށެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގާ އެތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. އެ މައްސަލާގައި މިހާރު 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.

މިހާރު ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ނަައީމް

    ބަލަ އިންތިމެން އިދިކީލި މައްޗަށް ފުނާއަޅައިގެން ނިދިފަތިބީމާ ފަތިހުހޭލެވޭތަ ގައުމަށް ވާނުވާއެއްއެބަ އިގޭތާ މިހާތަނަށް އިތުބާރުވެރެވޭ ކަމެއް ކަލެޔަށްކުރެވިއްޖެތަ އަދިކިރިޔާ ތިޔަ ހޭވެރިކަމެއްތިވީ މީގައުމުގެ ހާލަތު މިޔަދު

    31
  2. އަޒާ

    އިތުބާރު ހިފޭ ތަހްޤީގުކޮށް ނިމޭއިރު ބޮޑުތަނުން ކުއްވެރިވާނީ ބޮޑު ފިނޮލު.

    24
    • ބޭބެ

      އެމްޑީޕީއަށް ނިސްބަތްވާ މީހަކު ހަމަ ކޮންމެ ކަމެއްކުރިޔަސް ވައްކަން މިކުރަނީ!! މިހާރު އެމްޕީ ރިޒާ މިއުޅެނީ މީނާގެ ކުންފުނިން 200 ވަރަކަށް ބިދޭސީން ހޯދިގޮތަކަށް ހޯދާ (މިހެން ލިޔަން ޖެހުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މީނާ ގެންގުޅޭތީ) ރިސޯޓުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ނަގައިގެން އެމީހުން ލައްވާ މަސައްކަތް ކުރުވާ 5 މަސް ވަންދެން މުސާރަ ނުދީ ގެންގުޅުނީ!! މީގެ މުހިންމު ތަންކޮޅަކީ މަސައްކަތް ކުރިވި ކުންފުނިން މިމީހުންގެ މުސާރައާއި ދެންވެސް ދޭންޖެހޭ ކޮއްތު ފައިސާ ރިޒާ ކުންފުންޏާއި ޙަވާލުކުރުމުން އެފައިސާ މުވައްޒަފުންނަށް ނުދީ އެފައިސާ މީނާގެ ޖީބަށް ކަހާލައިގެން އުޅޭތީ!! މިއީ ޢާންމުކޮށް މިރާއްޖެއަށް ބިދޭސީން އެތެރެކޮށް ބޮޑެތި ކުންފުނިތަކުން ހަދަމުންދާގޮތް!! މަސައްކަތްކުރުވާ ފައިސާ ނުދީ އެކަމާ މުވައްޒަފުން ހަޅުތާލުކުރީމާ މިހަދާގޮތަކީ ފުލުހުންނަށް ގުޅާ ހަމަނުޖެހުން ހިންގާ ނަމުގަ މިފަދަ ފަރާތްތައް ރާއްޖެއިން ފުރުވާލަނީ!! މިނާވެސް ކަންތައްތައް ކުރަން ރާވާފަ މިއޮތްގޮތަކީ އެހެންކަމަށް ވެދާނެ!! ދެން ތަހްގީގު މަޖްލީހުން ކުރީމަ ވަރަށް ރަގަނޅު ވާނެ! އޭރުން މިދޭތެރެެިން ސަފާރީއެއްގައި ރޭޕްކުރި އަންހެން މީހާ ކުށްވެރިވި ގޮތަށް އެތަނަށް ތަކަން މައިތިރިކުރަން ދިޔަ މީހުން ކުށްވެރިވާނީ!! ސަފާރީގަ މިވީގޮތަކީ އަންހެން މީހާ ސަފާރީގައި ހުއްޓާ ވެލައެއް މޫދުން ދާތަން ފެނުނީމަ އެ ހިފަންވެގެން މޫދަށް ފުންމާލީ!! އެވަގުތު ސަފާރީގައި އިޝާނަމާދުކޮށްގެން ދަމުނަމާދު އަންނަންދެން ގުރުއާން ކިޔަވަން ހުއްޓާ މިކަން އެނގިގެން ޑިންގީއެއްގައި އެދެފިރިހެނުން ގޮސް އަންހެން މީހާ މޫދުން ނަގާ ޑިންގީއަށް އަރުވާ ސަލާމަތްކުރީ!! ޑިންގީއަށް އަރުވަން އަންހެން މީހާގެ ގައިގާ އަތްލުން ފިޔަވާ އެއަންހެން މީހާގެ ގަޔަކު އަތްނުލާކަމަށްވީ!! ދެން މި ކުށްވެރިވީ އަންހެން މީހާ!! އެއީ ރާއްޖޭގައި ހިމަޔާތް ކޮށްފައިވާ ވެލައެއް ހިފަން އުޅުނު މައްސަލާގައި!! މިއީ މިކަން ތަހްގީގުން ނިމުނުގޮތްކަމަށްވަނީ!! އިންތި ކުރިއަށް ގެންދޭ ކަލޭމެންގެ ތަހްގީގު އިދާރައިން (ރައްޔިތުންގެ މަޖްލިސްއިން) ކުރިއަށް ގެންދޭ!!

  3. Anonymous

    ތަހުގީގީ އިދާރާ ތަކުގެ ހާލަތަކީ، މޫދަށް ފުންމާލި މީހަކު ކައިރީ މޫދަށް ފުންމާލީ ކީއްވެތޯވެސް އަހާލަން . މަސްކައްކާ ގެއިން މިތަހްގީގު ކޮށްލާ ހުކުމްވެސް ކުރޭ. ރިޒާ ރިޔާސަތުގެ އިނުން އެންމެ ރަނގަޅުވާނީވެސް

    20
  4. Anonymous

    އިންސާނީ ހައްޤުގެ ނަމޫނާ މިފެންނަނީ. ކާކުގެ ހައްގެއްބާ މީގައި ހިފަހައްޓާނީ. ރިޟާގެ ހައްޤު ހިމާޔަތް ކުރާނެކަމަށް ހީވަނީ.

    21
  5. ޙުސެން

    ތިކަންވެސް ތަހުގީގު ކުރަން މަ ޖިލީހުގެ ކޮމިޓީއެއް ނަގާ.

    14
  6. ޙހހހ

    ކޮންތަހުޤީޤެއް އެމްޕީ ރިޒާ އަމިއްލައަށް އެއޮތީ އިއުތިރާފްވެފައި ، ބޭކާރު ތަހްޤީޤެއް ނެތް ކުރެވޭކަށް ، ފުލުހުން ސައުވީސް ގަޑިއިރު ތަހްޤީޤްކޮށް ނިމޭއިރު ސާބިތުނުވާ ކިތަށް މައްސަލަ އެބައޮތް ، މާދަމާ ތިކަން ބަދަލުވާނެ ވާނެ މުޅިން އެހެން ގޮތަކަށް

    18
  7. މާމީ

    ކަލޯ ސަފާރީގެ ކަންތައް ނިމުނު ގޮތައް ރިސޯޓުކަންތައް ވެސްނިމޭނީ ހުދު ކާފޫރައްވެގެން. އެންމެ ފަހުން މުސާރަދޭން ނުޖެހޭ ގޮތައް މަޖިލިހުން ނިއްމާނެ.

    16
  8. ޤަރާރު

    މާދަން ދެން މަޖިލީހަށް ޤަރާރެއް ލައްވާފަ މީހުންގެ އަގުރާ ޢިޒަތް ނަގާލާ މީހުންނަށް ވަގަށް ގޮވާ ހައްދަވާ. މިއޮތީ މާދަމާ ބަހުސް ކުރާނެ މައްސަލަ އެއްލިބިފ.މިހުން ޢަބުރާ ޢިޒަތް ނަގާލާ މީހުންނަށް ވަގަށް ގޮވާހެދުމަކީ ތިޔަ ޢިޒަތްތެރި މެމްބަރުން ކޮށްގެންވާނެ ކަމެއް ނޫން .ތިޔަ ތިއްބެވި ވަރަށް މަތުވެރިހުވާތެއް މާތްﷲ އަށްޓަކައި ކޮށްގެން ކޮންމެކަމެއްވެސްކުރައްވަން ޖެހިވަޑައިގަންނަވާނީ ﷲ އަންގަވާ ފައިވާ ގޮތުގެ މަތިން އެއިންތަކުން ނުނެއްޓި. 19 ވަޖިލިސްއަކީ ވަރަށް ހަރުދަނާ މަޖިލީހަކަށް ހެދުމަށް ވިދާޅުވިވިދާޅުވުން އަނެއްކޮޅަށްމިއޮތީ މިހާ ތާކުންތާކު ނުޖެހޭ މީހުންގެ އަބުރާ ޢިޒަތް ނަގާލާ މޖިލީހެއް ހަމަގައިމު އަޅ:ުގަނޑު ނުދެކެން.މިކަންވެސް ސިޔާސީނުވެ ބަްލަވާނެކަމަށް އުއްމީދުކުރަން

    6
    1
  9. ާއަލީ

    ފުރަތަމަ ބަލާބަލަ ރިޒާ ކުންފުނިން މަސަކަތް ކުރުވަން އެރަށައް ގެންގޮސްތިބީ ސައްޙަ ޑޮކިއުމެންޓުގަ ތިބިބައެއްތޯ؟ ސައްޙަ ޑޮކިއުމެންޓު ނެއްމީހުން ލައްވާ މަސައްކަތް ކުރުވުމަކީ މަނާކަމެއްކަން ރިޒާ އައް ނޭގެނީބާ؟

    13
  10. ބަކުރު

    ތިގޮތަށް ސަފާރިމައްސަލަވެސް ބެލިޔެއްނު

    6
    1
  11. ޢިއްރަތްތެރި މަޖިލިސް

    އެހެންވިއްޔާ އަވަހަށް ޕޮލިހުން މަޖިލިހަށް ހާޒިރުކޮށް ރިޒާ ދޫކޮށްލާ. އަދި އެރަށުގައި ހުރި ވެހިކަލްތައް ކުއްވެރިވާކަމަށް ބުނެ މައްސަލަ ނިންމާލާ.

  12. އަދުލުއިންސާފު

    ތިޔަ މަޖިލިހުން ނޫންތޯ ތިޔަފަދަ މަސައްލަތައް އިންސާފުވެރިކަމާއެކު ތަހުގީގު ކުރެވޭނީ، އަވަހަށް ތަހުގީގު ރަޢީސްމީހާގާތު ބުނެގެން ފައްޓަގަ. އަދި އެރަށުގައި ތިބި ދިވެހިން ކުއްވެރިކޮށްލާ

  13. ސޯލޯ

    އިމްތިޔާޒްމެން އުޅެނީ މުޅި ޤައުމު ފުނޑާލަން. ބަލަ އިންތިއަކަށް ނޭނގޭތަ ކަލޭމެންގެ މެންބަރުހޮވަން ބޮޑުފިނޮޅު ހަދާފަރާތުން ބޮޑެތި ހޭދަތައް ކުރިކަމެއް! އެހެންވީމާ، އޭގެ ބަދަލުގައި 10 މިލިޔަން ސޭވްކުރެވޭނެއްނު އެމީހުންގެ މުސާރައިން. ރޭވިގޮތަށް ކަންތައް ދިޔަނަމަ، ސަރުކާރުން ޗާޓަރުކުރާ ބޯޓެއްގައި 200 މީހުން ބަންގާޅަށް ފޮނުވާލެވުނު ނަމަ، އެކަން އެއޮތީ ވަރަށް ސަޅިކޮށް ނިމިފައެއްނު! އަނެއްކާ މިއޮއްބޮޑު ކަންތައް ވެގެންގޮސް ތުޅާދޫ ރައްޔިތުން ތަކެއް ރަހީނުކުރިއިރުވެސް ދާއިރާ މެންބަރަށް ހިއެއްނުވޭ ކަމެއްވެގެން އުޅޭހެންވެސް.

  14. ޙހހހ

    ޢިންސާނިއްޔަތަައްޓަކައި އަވަހަށް ތި ބިދޭސީންނަށް ނުލިބިހުރި މުސާރަ ސަރުކާރުން ދެއްވާ ، ކޮމްޕެނީތައް ސަލާމަތްވީނު އޭރަަށް

    6
    1
  15. ބޯހަލާކު

    ތަހުގީގައް އެންމެމޮޅުވާނީ ބުއްޅަބޭ. އަވަހަށް އަމިއްލައަށް ހަވާލުވެގަނޭ.

  16. ފިލާވާޅު

    ކަލޭމެންނަކައް އެއްވެސްކަމެއް ނުކު ރެވޭނެ ރަސްކަމެއް ހަވާލުކުރިޔަސް

  17. ދުންތަރި

    ތިޔަ މައްސަލަ އެންމެ ފުރިހަމަޔަށް ތަޙްޤީޤުކުރެވި އަދަބުދީ އެ އަދަބު ތަންފީޒުކުރެވޭނީ ލާދީނީ އެމް ޑީޕީ ކެނެރީމަޖިލީހަށް ތިޔަ މަޖިލީހަކީ މިހާރު ޤަޙްޤީޤީ އިދާރާއަކީވެސް ޝަރުޢީ ކޯޓުތަކަކީވެސް ޙުކުމް ތަންފީޒުކުރާފަރާތަކީވެސް ތިޔަ ކެނެރީމަޖިލިސް އެހެންވީމާ ތިޔަ މަޖިލީހުން ތިޔަ މައްސަލަ ބަލާ ތަޙްޤީޤުކޮށް ޝަރީޢަތް ހިންގައި އަދަބު ކަނޑައަޅާއި އެ އަދަބު ތަންފީޒުކުރޭ އޭރުން އިންސާފު ލިބޭނީ

  18. ޝޭޙް ހަސީނާ

    ތީނޫންތޯ ޖަޖަކީ ދެން ތަހުޤީގު ކޮށްފަ ހުކުމް ނެރެންވީނޫންތޯ..؟

    އޯލް އިންވަން ސަރުކާރަކީ ޕާރލަމެންޓް ނޫންތޯ..؟

    ދެން ނެތޭ ހިތްއެދޭވަރާއި ގާތަށް ވެސް މަސަތްކަތް ކުރާ ބަޔަކު..؟

    5
    1
  19. ހޫދު

    ފުރަތަމަ ހީވިރަގަޅުވެދާނެހެން އެކަމަކު ކަލޭމެންގެ ތިހުރީގައުމް ހަލާކުރާ ފަނާކުރާވސްނުން..އިންސާފުލޯ މަތިންއެބަ ރަގަޅަ ފެނެއްނޫން ވާވާވާ..

  20. ޙި

    ސޮރީ އިންތި. އިންތި ބޮޑު ގޮނޑީގަ އިއްތާލައިގެން ހުރެ ކުރާ ޓްވީޓަކަށް ރައްޔިތުން ނުހެއްލޭނެ. ކޮންމެ ފަހަރަކު ކަމެއްވާއިރަށް އިތުބާރު ހިފޭ ތަހުގީގެއް ހިނގާށޭ ކިޔާލާފަ ފޮޑިޖަހާ އުސޫލުން ކަންތައްކުރަނީ. ވަސް ކެނޑުނީމަ މައްސަލަ ނިމުނީ. ހަހަ. ރިޒާގެ ކުންފުނީގަ ވަޒީފާ އަދާ މީހުންގެ ވޯކް ޕާމިޓް އޮތްތޯ ޗެކްކޮށް ނެތިއްޔާ އޭނައަށް ފިޔަވަޅު އެޅެންޖެހޭ. މުސާރަ ނުދީ އެއުޅެނީ ހުރިހާ ލާރިއެއް ބަނޑުއަޅައިގެން. ކިތައް ރުފިޔާ ލިބޭ ބައެއްމީ. މަސައްކަތްކުރާ މީހުންނަށް މުސާރަނުދީ. ލަދެއްވެސް ގަންނަބައެއްނޫން

    2
    1
  21. ޢިހަަން

    މިޤައުމުގަ ނެތް ތިފެންވަރުގެ ބައެއް، މާދުރަކުނެތް ބަންގާޅީން މިގައުމުގަ ވެރިކަންކުރާކަށް، ދުނިޔޭގެ އެއްމެ ނުބާ ،ނޮހޮރޮއްޕާން ބޮޑު މީހުންނަކީ ބަންގާޅީން ، އެމީހުން ރާއްޖެއައް ފަސޭހައިން އެތެރެެވެވޭތީ އެމީހުންގެ މީހުން ގިނައެކުރަނީ، މީގެ ހިތި ދިވެހިންނައްފެންނާނެ، އޭގެ ތެރޭ އެބައުޅޭ މީހުންމަތާފަ ފޮލަން އައިސް އުޅޭމީހުންނާއި ވައްކަންކޮށް ، ރޭޕްކޮށް އުޅޭ މީހުން، ދިވެހިންނައް ބިރުވެރިކަން އަންނާކަށް މާގިނަ ދުވަހެއްނެތް،!