އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ދެ މީހެއްގެ އިތުރުން، އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާ ތިން ނަރުހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެކަން ހެލްތް މިނިސްޓްރީން ކޮވިޑް-19ގެ ކަންތައްތަކަށް މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ އެ މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓަރ ތަސްލީމާ ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

ތަސްލީމާ ވިދާޅުވީ، އެ ހޮސްޕިޓަލްގެ އައިސީޔޫގައި އެހެން ބަލިތަކަށް ފަރުވާދެމުންދިޔަ ދެ ބަލި މީހަކާއި، ތިން ނަރުހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

އެ މީހުންނަކީ ކޮން ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ތަސްލީމާ ވިދާޅުވީ، އެމީހުންގެ ހާލު މިވަގުތު ރަނގަޅު ކަމަށެވެ. މިވަގުތު އައިސީޔޫގައި ތިބި ދެ މީހުންނަށްވެސް ދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮވިޑް-19 އަށް ހާއްސަ ޑީއެޗް11ގައި ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗްއިން ކޮވިޑް-19 އަށް ފައްސިވި ތިން ނަރުހުންނަކީ އިއްޔެ އެ ހޮސްޕިޓަލުން ނިޔާވި އިންޑޮނޭޝިއާ މީހާއަށް ފަރުވާދިން އަށް ނަރުހުންގެ ތެރެއިން ތިން ނަރުހެކެވެ. އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުމުން އެމީހުން ޓެސްޓުކޮށް، އެ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާކަން ވަނީ އެނގިފައެވެ. އަދި އެ މީހާއަށް ފަރުވާދެމުން ދިޔައީ އައިސީޔޫގައިކަމުން އައިސީޔޫގައި ތިބި ބަލި މީހުންވެސް ކޮވިޑް-19އަށް ޓެސްޓު ކުރި އެވެ. އޭގެ ތެރެއިން ފައްސިވީ ދެ މީހެކެވެ.

ރޭ ފުރަތަމަ ހްލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ކޮވިޑް-19 ޖެހިގެން 11 ވަަނަ މީހަކު ރާއްޖެއިން ނިޔާވެފައިވާކަމަށް ވިދާޅުވެފައެވެ. އެޗްޕީއޭ އިން ވިދާޅުވީ، ނިޔާވި އިންޑޮނޭޝިއާ މީހެއްކަމަށެވެ. ނަމަވެސް ފަހުން އެޗްޕީއޭއިން އެ މީހާގެ މަރާއި ގުޅޭގޮތުން ގުޅޭގޮތުން ވިދާޅުވީ، އޭނާ ނިޔާވީ ކެންސަރު ބަލީގައި ކަމަށެވެ.

އެކަމަކު އޭނާއަށް ފަރުވާދިން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން އެޗްޕީއޭއިން ރޭ ދެފަރަހަށް ދެގޮތަށް ދެއްކި ވާހަކަތަކާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުޅިންވެސް ދޮގު

    މުޅިންވެސް އެޗްޕީން ހަދަނީ ދޮގު... ދޮގުމައްޗައް ދޮގު ދޮގުފޮރުވަންވެސް ދޮގު..
    ..
    ކުރިން ގާމު އެޗްޕީ އާ ހެލްތުން ބުނި އައިސީޔޫވެސް ވަރައް ރައްކާތެރިވާނޭ.. ކޮވިޓް މީހުންނައް ފަރުވާދެނީ ވަކިން ކަމައް..
    މިހާރު މިއޮތީ ކޮންތާކު ޖެހިފަ...
    ..
    ދެންކޮބާ ކޮޥިޓައް އައިސީޔޫގާ ފަރުވާދެންޔާ .. ދެން އައި ސީޔޫގާ ތިބި އެހެން ބަލި މީހުންގެ ރައްކާތެރިކަން... އެކަން ކޮންމެހެންވެސް ކަސަވަރު ކުރަން ވެޖޭނުން...
    ދެންތިބި ބަލި މީހުހްގެ ރައްކާތެރިކަން ކަސަވަރު ކުރަން އެބަޖެހޭ އެހެން އިތުރު ކަމެއް ނުކޮއްވެސް...
    ..
    ތި ފަރުކޮޅު ފުއްށި ހަދާން އަދި ޕާރޓް ސަންޖަހަން ތިދިޔަ ބޮޑު ބޭކާރު ވާނުވާނޭގޭ އަދި ބައެއްގެ ޖީބުތަކައް ވަން ހަރަދުތަކައް ވުރެން... މާ މުހިއްމޭނުން ތި އައިޖީ އެމްއެެޗް އައިސީޔޫ ޒަމާނީ ކޮލެޓީ ޕަރޓް ސަނެއް ޖެހުންވެސް..
    ..
    ބުނާނެ ޓެކޮސީ ކުރަންޔާ ޓެކްސީގަ ޕާރޓްސަން ޖަހަން ޖެހޭނޭ އެއީ މަޖުބޫރު ކަމެކޭ.. އެއްއައްވުރެން މާމުހިންމޭނުން އަދި މާ މަޖުބޫރުނުން ތި ބުނި އަޖީއެމްއެޗް އައިސީޔޫގާ ކޮވިޓައް ވަކި ޕާރޓްސަނެެއް ޖެހުން.. ޓެކްނޮލެޖީ ޕާރޓް ސަނެެއް ވިޔަސް...
    ޢައި ސީޔޫއައް ރަގަޅު ހަރުދަނާ ހައްލެއް ނުހޯދާފިއްޔާ ދެން މާދެރަނުން .. އެނެއްކާ އައިސީޔޫގާ ތިބި ހާލު ބޮޑު ބަލިމީހުންނައް ކޮވިޓުޖެހެން ފެސީމަ ދެން އެމީހުން އެނެއްކާ އިތުރައް ސީރިއަސް ވާނެ.. އެގޮތައް ކަންތައްވަންޏާ ކޮވިޓުގަ މަރުވާ ރޭޓު އިތުރުވެގެން ދިއުން ވަރައް ގާތް...
    ( އޭރުން ދެން ކުރިން ކުރެހި ގުރާފާ އަރާވެދް ހަމަ ކޮއްފާނޭ..)
    ..
    ކޮވީޓައް އާމުން ހޭލުން ތެރިކުރުވަން މައުލޫމަތު ދޭން ތިބޭމީހުން . ޢާމުން ރައްކާތެރި ވީމަ ރަގަޅުވާނޭ ބުނެފަ ..
    ކަން ކުރަން ތިބި ތިމާމެންގެ ކަންކަން ދޯދިޔާވީމަ އަދި ފަރުވާ ތެެރި ނުވަންޔާ އާމުންނައް އެދެވެނީ ވަރައް ބޮޑު ނުބާ މެސެޖެއް.. މި ކަހަލަ ކިތައް ކަންތައް މިހާރުވެސް ހިނގާފި...
    ..
    މަސްއޫލިއްޔަތު ރަނގަޅައް އަދާ ކުރައްވާ..

    9
    2
  2. ދަރަނި ދަންތުރަ

    ވެދާނެ މިއީ ވަރަށްއޮޅޭ ވެރިކަމެއް އިބޫވެސް މާރިޔާ ވެސް އެބަ އޮޅޭ

    11
    1
  3. ސާ

    މިއީ ހުރިހާ ކަމެއްސް އޮޅި އަދިއޮޅުވާލާ ސަރުކާރު.

    8
    1
  4. ނުރަބޯ

    އިންޑޮނޭޝިޔާ މީހާ ކޮވިޑަށް ޓެސްޓުނުކޮށް އިތުރު ބަލީމީހުން ތަކެއްގެ ތެރެއަށް ވައްދައިގެން 2 ބަލިމީހުންނާ 3 ނަރުހުން ޕޮޒިޓިވްވީ. ބަލިމީހުންގެ ތެރެއިން އެކަކީ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުންދާމީހެއް. އިމަޖެންސީގަ އިންޑިޔާއަށް ފުރުމަށް ހަމަޖެހިފައިވާ މީހެއް. ކޮވިޑް ޖެހިގެން ކުރިޔަށް އޮތް 28ދުވަހަށް އޭނާގެ ދަތުރު ލަސްވެގެން ދިޔައީ. ކަމެއް ދިމާވެއްޖެނަމަ މިކަމުގަ އިހުމާލުވީ މީހުން ޒިންމާ ނަގަންޖެހޭނެ.