މާލޭގެ ސްކޫލެއްގެ ޕްރިންސިޕަލަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އޭނާ ފައްސިވެފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.

އޭނާ ކޮވިޑް-19 އަށް ފައްސިވީ ސްކޫލަށް ނުކުންނަން ފެށި ފަހުންނެވެ. ނަމަވެސް ސްކޫލްތަކުގެ ކިޔެވުން ނުފެށެނީސް އޭނާ ވަނީ ފައްސިވެފައެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ފައްސިވެފަައި ވަނީ 2400 އަށް ވަނީ އަރާފައެވެ. މި ބަލީގައި ނިޔާވި މީހުންގެ އަދަދު 10 އަށް ވަނީ އަރާފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 416 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ދަވާލި19

  އަވަހައް މާލެއާ މާލެ ކައިރީ ރައްތަކުގަ މިސްކިތްތައް ބަންދުކުރޭ

  54
  7
 2. ޒާ

  މިހާވަރުން ކިހިނެތްހޭ ދަރިން ސްކޫލަށް ފޮނުވަނީ؟

  105
  6
 3. Anonymous

  ކޮން ސްކޫލެއް

  83
  1
 4. އޭފް

  މާލެއާއި މާލެކައިރީ ރަށްތަކުގެ މިސްކިތްތައް ތަ އަޅެ ބަންދުކުރަންވީ! ފައްސިވެގެން އުޅެނީ އައިސޫއީގަ ތިބި ބަޔަކު. އެހެންވީމާ އައިސީޔޫ އެއް ނޫންތަ ބަންދުކުރަންވީ

  40
  2
 5. ދިދަ ދަނޑި

  އަނެއްކާ ނުބުނާތި އެއީ ކޮން ސްކޫލެއްގެ ކާކުކަން.. ހުރިހާ ކަމެއްވެސް ސިއްރުކޮށްގެން އުޅެންވާނީ ނޭވާ ހޮޅިއަށް އެޅެންދެން..

  50
  2
 6. ނީރާ

  އަދި ނުވޭ ސްކޫލުތައް ހުޅުވާކަށް

  56
  3
 7. Anonymous

  ޚކޮން ސުކޫލެއް އެއީ

  23
  4
 8. ޖައު

  ދޮގުހަދަަ އޮޅުވާލާ ހަތަރެސްފައި އޮޅޭ ސަރުކާރު. ހިނގާކަށް ހިންގާކަށް ކޮރޭކަށް ފިރުކޭކަށް ވެސް ނީންގޭ ހުސްވައްކަން ކަރަންޓްބިލް ވައްކަން ފެންބިލް ވައްކަން މިހާރު ކޮވިޑްޖެހިގެން ގެންދާމީހާ ވެެސް މުއްދަތެއްގައި ބަހައްޓާ ރަނގަޅުކަމަށް ފެނުނީމާ މުއްދަތު ހަމަކޮށްފައި ޓެސްޓްނުކޮށް ފޮނުވާލަނީ ހޭނާރާ ސަރުކާރު، ބޭރުޤައުމުތަކުން ލާރިނަގާގެން ނަތީޖާސަރުކާރު، ދީންމުގުރާ ސަރުކާރު.، ވެރިކަމާއިގެން ފިތުނަފަސާދަތައް އުފައްދާ ސަރުކާރު! އިސްތިއުފާ ދޭންޖެހޭ ވަގުތުން އެބަ މިސަރުކާރު، ވައްޓާލަންވީ ހަމަ ނުކުމެ~ ޤައުމުހަލާކުކޮށްފި.

  43
  5
 9. ބޯހަލާކު

  ކޮބާ މަބްރޫކު! އަހަރެންގެ މަންމަ އާއި ޢާއިލާ ރިޒޯޓަކަށް ކޮވިޑްޖެހިގެން ގެންގޮއްސަ މިރޭ ގެނައީ މުއްދަތު ހަމަވެގެން ގެނެސް މާލޭ މަގުމަައްޗަށް އެއްލާލީ! ބަންގާޅިއަކަށްނު ތިހެދުނީ! ގެންދިޔައީ ގޭގައި ތިއްބާ އިމަޖެންސީކޮށް! އެންމެ ކުޑަމިނުން މާލެގެންނަކަންވެސް އަންގާލަންވެސް ވާނެ ދެއްތޯ! ނުރައްކާބައްޔެއްގަ މަންމަ ގެންގޮއްސަ ގެނައީ! ޓެކްސީއެއް ނުލިބި މަގުމަތިވީ މިއޮއްފަދަރޭގަނޑު! މީތޯ އުޞޫލަކީ؟ މަބްރޫކް މަންމަ އަށް މިފަދަގޮތެއް ވާން އެދޭނެތަ؟ މީ ސަރުކާރުން ކޮވިޑް19 އަށް ހުސްއަނގަތެޅި ބޮޑު ޚަރަދުކޮށްގެން! ދެކޮޅުޖެހޭތަ މިކަންކަން އެބަ؟ މުޅިދުނިޔޭގަވެސް އެންމެ ނުރައްކާ ބައްޔެއްމީ! ތި ހުންނަނީ ކަންކަން ކުރެވުން ގޮތް! ފޮނިކަނޑާފަ އަނގަހާވާތި މިސަރުކާރުން! ކޮވިޑް ޖެހޭ މީހުން މަދެއްްވެސް ނުވޭ! މި ސަރުކާރުން ދައްކާ އެއްވެސް ވާހަަކައެއް ދެކޮޅެއްނުޖެހެއޭ ބައްލަވާ މަބްރޫކް!

  16
  5
  • އަހްމަދްފުޅު

   މަބްރޫކެއްނޫން މިހާރު ތިކަމުން ސަލާމަތްވެއްޖެ. މަބުރޫކާ ނުގުޅާތި.

 10. ޙެހެހެ

  ހެޔޮނުވާނެ، އަދި ސުކޫލުތައް ހުޅުވަން މާ އަވަސް.

  16
  1
 11. އެފިކުރު

  ރާއްޖޭގައި އެންމެ ފުރަތަމަ ބަންދުކުރާ، އެންމެ ފަހުން ހުޅުވާ ތަން ވީމަކަންނޭނގެ އެހެން އެ ބުނީ. މިސްކިތަށް ނުގޮސް ގޭގަ ނަމާދުކުރެވޭ ޙާލަތްތައް ހުރޭ. އެކަމަކު އެހެން ހުރިހާ ކަމެއް ކުރެވޭއިރު މިސްކިތްތައް ބަންދުކޮށްފަ ހުރުން އެއީ ވަރަށްވެސް ދެރަކަމެއް.

  3
  1
 12. ލިއޯ ޑިކެޕްރިއޯ

  އަދިވެސް ސްކޫލް ހުޅުވައިގެން އުޅެންވާނީ އިނގޭ 😒

 13. ހާލާ

  މަރުވި އިންޑަނޭޝިއާ މީހާ ކޮވިޑް އަށްޕޮޒެތިވް. ސަރުކާރުން ދޮގުހެދީ. މިވާހަކަ މި ބުނަނީ އެކަން ރަނގަޅަށް އެނގިގެން. މީގެ އެންމެ ދެރަކަމަކީ އެމީހާ އާއި ކޮންޓެކްޓިވް ޑޮކްޓަރުން ޓެސްޓް ނުކުރިކަން. ޑޮކްޓަރުން ޓެސްޓް ކޮށްދިނުމަށް އެދުނީމަވެސް އެޗް ޕީ އީ އިން ބުނަނީ ބަލީގެ އަލާމާތް ނުފެންނަންޏާ ޓެސްޓް ކުރަން ނުޖެހޭނެ ކަމަށް. މީ ބަލިމީހުނަށް ބޭސްކުރަން ތިބި ޑޮކްޓަރުން ނާމެދު ކަނކުރާގޮތް. ދެން އެހެން މީހުނަށް ހަދާނީ ކޮންގޮތެއް.