މެދު ތެރޭގެ އަތޮޅުގެ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ހުންނަ ސިއްހީ މަރުޒަކުން ފުލުހުންނަށް ހުށަހަޅާފައިވަނީ ޖޫން 30 ވަނަ ދުވަހުއެވެ.

ފުލުހުން އެ ދުވަހު ވިދާޅުވީ،މި މައްސަލަ ކުޑަކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމެންޓްގެ ޓީމަކާއި ޖެންޑާާ އާ ގުޅިގެން ކަމަށެެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދުއެވެ.

ފަހަަކަށް އައިސް ރާއްޖޭގައި ރޭޕްގެ ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.

އިއްޔެެގެ ވަގުތެއްގައިވެސް ވަނީ ރޭޕްކުރި ކުއްޖަކު ބަނޑުބޮޑުވި މައްސަލަގާއި މީހަކު ހައްޔަރުކޮށްފައެވެ. އަދި ދޮންބައްޕައަކު އޭނާގެ ދޮން ދަރިއަށް ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް އިއްޔެ ވަނީ ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    މެންބަރު ޖިހާންގެ ފިރިމީހާ ވެސް ހައްޔަރުކުރޭ

    30
    • Anonymous

      ހިންނަވަރު ބުއްޅަހުއްތު ގެ ކޮއްކޮގެ ފިރިމީހާ ކިހިނެށް ހައްޔަރު ކުރާނީ

  2. ކިނބޫ

    ހޯރަ އިއްބެ ވެސް ހައްޔަރުކުރޭ.

    6
    1
    • ހޯރަ

      ހޯރަ އިއްބެ ދޫކޮށްލި ސޯލިހުވެސް ހައްޔަރު ކުރޭ.

    • ތިނބޫ

      ހޯރަ އިއްބެ އިނީ 9 އަހަރުގެ ކުއްޖަކާތަ؟

  3. ރޭޕް

    އެކުއްޖާ ރުހިގެންނަމަ ރޭޕަކަށް ވޭތަ؟

  4. ދާން

    ކުޑަކުއްޖަކަސް ބޮޑު މީހަކަސް ޖިންސީ ގޯނާ ކޮށްގެން ނުވާނެ... ޖިންސީ ގޯނާ ކުރާ ނުލަފާ މީހުންތަށް އެ ނަގާލާ ހަލާކު ކޮށްލަނީ އިނޮސެންޓް ފަރާތެއްގެ މުޅި މުސްތަގްބަލް.... ކިހާ ވެނެއް އެދެނީ... ޖިންސީ ގޯނާ އެއް ލިބުމަށް ފަހު އެކަމުން އަރައިގަތުމަކީ ވަރަށް އުންދަގޫ ކަމެއް.... ޖިންސީ ގޯނާ ކުރާ އެންމެނަށް ވަރުގަދަ އަދަބެއް ދޭންޖެހޭ