ނޯތް ސެންޓްރަލް ޑިވިޝަން (ކ.އއ.އދ.ވ)ގައި ހިމެނޭ ރަށެއްގައި ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދޮންބައްޕަ ހައްޔަރު ކޮށްފިއެވެ.

ދޮންބައްޕަ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ ބުދަ ދުވަހު އެވެ. އެމައްލައިގައި 57 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރީ މިއަދު ހަވީރުއެވެ.

މިމައްސަލައިގައި ހިމެނެނީ އަންހެން ކުއްޖާގެ ދޮންބައްޕަ ކަމެއް ފުލުހުން ނުބުނެއެވެ. ފުލުހުން ބުނީ "އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއް" ކަމަށެވެ.

ފުލުހުން ވިދާޅުވީ އަންހެން ކުއްޖާ އަކީ ކޮން ކުއްޖެއްކަން އެނގޭތީ މައްސަލައިގެ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ. ނަމަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިމައްސަލަ ތަޙްޤީޤު ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގައި ފަހަކަށް އައިސް އަނެއްކާވެސް ޖިންސީ ގޯނާ އާއި ރޭޕް ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެފަދަ މައްސަލަތައް އިތުރު ވެފައި ވާއިރު، ބައެއް މައްސަލަތަކުގައި ފުލުހުންނާއި ރަސްމީ އިދާރާތަކުން އަމަލު ކުރަމުން ގެންދާ ގޮތުން ވަރަށް ބޮޑަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މިއަދު

    ކޮބާ ސަފާރީ ރޭޕް ވާހަކަ އަހާލަންވެސް ނުކެރުނުދޯ

    14
    1
  2. މިއަދު

    ވީ ވިލްޓް ބީ ތިތިބީ ތިބިގޮތް ގޯސްވަނީ ކުރީމަ ކުރާމީހުން ވީވިލްޓް ބީމެން އެތިބިފަދަ ގޮތަށް ހެދުން އަޅައިގެން މަގުމައްޗަށް ނުކުތުންވެސް ޤާނޫނަކުން މަނާކުރަންޖެހޭ

    10
    3
    • ހޫ

      މުސްކުޅިން ރޭޕް ކުރަމުން އެދުވަނީ ކޮން ގޮތަކަށް ހެދުން އަޅާތީތަ.

      8
      1
  3. ޑޮކް

    އެންމެނަށް ވެސް އިނގޭ ރާއްޖޭގައި ފާހިޝް އަމަލުތަކަށް މީހުން އަރައިގަންނަން މަގުފަހިކުރުވަނީ ކޮން އެއްޗެއްކަން. އެހެންނަމަވެސް އެވާހަކަ ދައަކަނީ މަދު ބަޔެއް.ގިނައީ މުނާފިގުން.މިފަދަ މުޑުދާރު އަމަލެއް ކުރީމަ ނޫސްތަކުގަވެސް ލިޔާނެ މަގުމައްޗަށް ވެސް ނިކުމެ ހަޅޭލަވާފައި އެބަހުރި އެކަމަކު އެއްފަހަރުވެސް މަގުމައްޗަށް ނިކުމެފައި މިކަމަށް މަގުފަހިކުރުވާ ކަންތައް ހުއްޓުވާލަން ގޮވާލާތަން ނުފެނޭ. ރޭޕްއާއި ދެކޮޅަށް ކުރި މުޒާހަރާގައި އެއްވެސް ބޯޑެއްގައި ނެއި މިކަން ހުއްޓާލަން ގޮވާލާފައެއް. ކޮންކަމެއްތޯ ؟ތިބޭފުޅާއަށް ވެސް ހަމައިންގޭ ނޫންތޯ؟ އާދެ ބަރަހަނާ ސައިޓްތަކަށް އެކްސެސް ދީފަހުރުން. ނޭންގޭ ކަމަށް ނުހަދާ! އެންމެނަށް ވެސް އިގޭ.މުނާފިގު ކަމުގެ ބޮޑުކަމުން މިވާހަކަ ނުދައްކަނީ. ހުއްޓުވަން މުޒާހިރާވެސް ނުކުރަނީ. އިންޓަރނެޓް ދޭ ކުންފިނިތަކަށް ލިބޭ މަންފާގެ ބޮޑުކަމުން ބްލޮކް ނުކުރަނީ. މީ ހަގީގަތް.

  4. ދެރަ

    ކިހާ ބޮޑު އުދަގުލެއް... މި ކަހަލަ ހުރިހާ ނުލަފާ މީހުންތަކަށް ވަރުގަދަ އަދަބެއް ދޭންވީ... މި އަނިޔާވެރިން މިކުރާ ކަންތަކުން އެ ގެއްލެނީ ކުއްޖެއްގެ/އަންހެނެއްގެ މުސްތަގްބްލް... ކުޑައިރު ޖިންސީ ގޯނާ ގެ ޝިކާރަކަށް ވުމަށް އެއިން އަރައިގަންނަން ވަރަށް އުންދަގޫ... ފިރިހެނަކަށް އިތުބާރެއް ނުކުރެވޭ... މުޅި ދިރިއުޅުން ބަރުބާދުވޭ..