ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 07 މީހަކު މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ.

އެއާއެކު ރާއްޖެއިން މިހާތަނަށް ބަލިން ރަނގަޅު މީހުންގެ ޖުމްލަ އަދަދު މިވަނީ 1976 އަށް އަރާފައެވެ. މިއީ މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ބަލި ޖެހުނު މީހުންގެ 81.9 އިންސައްތައެވެ. ރާއްޖޭގައި ކޯވިޑް-19 އަށް މިހާރު ފަރުވާދެމުންދަނީ 419 މީހުންނަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ މިހާރު 2410 އަށް އަރާފައިވާ ކަމަށެވެ.

މި ބަލީގައި ރާއްޖެއިން 10 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ފަސް ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު