ފުލުހުންގެ ބާރުތަކުގެ ތެރެއަށް ޤާނޫނުހަދާ މަޖިލިސް ވަދެ ބާރުތައް ކޮންޓްރޯލް ކުރުމަކީ ފަސާދައަށް މަގުފަހިވާނޭ ނުރައްކާތެރި މައްސަލައެއް ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުރީގެ އިކޮނަމިކް މިނިސްޓަރ ސައީދު ކުރެއްވި ޓްވީޓެއްގައި ބ.އަތޮޅު ބޮޑުފިނޮޅުގައި ހިނގި ހާދިސާ އަށް އިޝާރާތް ކުރައްވާ ވިދާޅުވީ ރައްޔިތުންނާއި ޤައުމުގެ ދިފާއުގައި ފުލުހުން އަދާކުރަމުން ގެންދަނީ ޝުކުރުޙައްޤު ބުރަމަސައްކަތެއް ކަމަށެވެ. އިނާޔަތްތައް މަދު ކުޑަ ބަޖެޓެއްގައި މުޅި މުއައްސަސާ ހަރަކާތްތެރިވަނީ، ދީނާއި ޤައުމު އަދި ރައްޔިތުންގެ ސަލާމަތައް އިސްކަންދޭތީ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
"މިހާލަތު (ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުން) އެކަނިވެސް ބުނެދެނީ ޤާނޫނުހަދާ މަޖިލީހާއި އެމަޖިލީހުގެ މެންބަރުންގެ އަތް ބޭނުމުން ފުލުހުންގެ މުއައްސަސާ މިނިވަން ކުރަންޖެހޭކަން." ސައީދު ވިދާޅުވިއެވެ.
ސައީދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ މިހާރު މަޖިލިސްގައި ބަހުސް ކުރެވެމުންދާ ފުލުހުންގެ ބިލް ޤާނޫނަކަށް ވުމުން މިފަދަ މައްސަލަތައް "ބޮލަށް ކެނޑެން ވާނީ އިތުރު" ކަމަށެވެ.
"މީޑިއާ، ފުލުހުން، ޝަރުއީ ދާއިރާ، މިނިވަން މުއައްސަސާތަކުގެ މައްޗަށް މަޖިލިސް ވަދެ ނިމުނީ، އެކެނޑުނީ ޑިމޮކްރަސީގެ ބާރު "އެއްބޮލަކަށް"" ސައީދު ވިދާޅުވިއެވެ.
1.ރައްޔިތުންނާއި ޤައުމުގެ ދިފާއުގައި ފުލުހުންއަދާކުރަމުންގެންދަނީ ޝުކުރުޙައްޤު ބުރަމަސައްކަތެއް .🇲🇻@PoliceMv އިނާޔަތްތައް މަދު ކުޑަބަޖެޓެއްގައި މުޅިމުއައްސަސާ ހަރަކާތތެރިވަނީ، ދީން،ޤައުމު އަދި ރައްޔިތުންގެ ސަލާމަތައް އިސްކަންދޭތީ. https://t.co/rkNWjCL26T
— Mohamed Saeed (@em_saeed) July 3, 2020
މިހާރު ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ބިލްގައި މަޖިލީހަށް ގިނަ ބާރުތަކެއް ދޭތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ފުލުހުންގެ ބައެއް މަސައްކަތްތަކާއި ގުޅިގެން ވަކިވަކި ފުލުހުން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭ ގޮތައް ޤާނޫނު ފާސްކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.
ވެރިކަމެއް ވެރިކަމެއްގެ ގޮތުގައި ބާރުވެރިކުރުމަށް ދިފާއީ ބާރުތަށް މުހިންމު ނުވާބަޔެއްގެ މިސާލަކީ... ފެންފަހިނޫން، ނުކިއްސަރު، ކޮޅަކަށް ދުވާ ކޮޅަކަށް ޖެހިލައިފިނަމަ އިސާހިތަކު ގަރަގު ވެދާނެ ފަދަ ދޯނިފަޅިއެއް ދުއްވުންފަދަ މިސާލެއް.
އާނ ނޮހޮ ރޮއްޕާނެއްކަހަލަ މަޖިލީހެއް މީ?
ކުރާނެ ކަމެއް ނެތިގެން ފުލުހުން ގެ މަސަައްކަތާ ހަވާލު ވީތަ؟ މަޖިލީހުގަ ކުޑަ ގޮޅިއެއް ހަދަން ފެނޭ
ތީ ކޮންބައެއް ވާހަކަ ދައްކަން މަޖިލީހޭކިޔައިގެން........
ތިމާމެންނަށް ބާރުލިބުނު ދުވަހު ކަންކުރިގޮތުން މިހެންވާން ޖެހުނީވެސް.
ކުރީގެ ސަރުކާރުގޯސްވެގެން ވެރިކަމަށްއައީ. ވެރިކަމަށްއައިސް ކުރިޔަށްވުރެ ގޯސްވެ ނާތަހުޒީބު ކަންކުރީމަ އެވާހަކަ ދައްކާނެ. އަދިވެސް ޔާމީނުގޯސްވަނީ. ކުރީސަރުކާރުން ޔާމީނު ނޫޅެ ބޮޑުވަޒީރުކަން ނުލިބިގެން ދައުލަތުގެހުހިހާ ބާރެއް ޖީބަށް ނުލައްވާ. ދެމީހަކު ވަރިވިޔަސް އެތަނުގަ ބޮޑުވަޒީރު. ދައުލަތުގެ މާލިއްޔަތުގަ ނެތް ފައިސާއެއް ތަރައްްގީއެއް ނުކުރޭ. ރައްޔިތުންގެ ހައްގެއް އަދާނުކުރޭ ވައްކަންކުރުމުގަ ރޭހަތަރުދަމު.
ކަލޭމެން ޖަލްސާތަކަށްވެސް ނުގޮސް ގޭގަތިބެ މުދާރަ ނަގައިގެން ތިކަނީ ތިފައިސާ ހަލާލުވާނެތަ
ޕޮލިހުންނައް ކުރެވޭކަމެއްނެތް ވީމަ ދެންތިބި ބައެއް އެބަޖެހޭދޯ ކިރަން، އިތުބާރުގެއްލިފަ ތިބިބައެއްލައްވާ ކޮން ތަހުލީލެއް ކުރެވޭނީ،!
ސައީދުމެން ތިވާހަކަ ދެއްކީމަ ހަޑިއޭ.
ކުރީ ސަރުކާރުގައި މަޖްލީސް ހިންގިޔަ ނުދީ ހިފެހެއްޓި އެމްޑީޕީ މީހުން. އެމީހުން ބޭނުންވިގޮތަށް ކަންތައް ނުދިޔުމުން މަޖްލީސް ތެރޭގައި މޭޒުމައްޗަށް ކޮޅު ފައިން އަރައި ޤާނޫނު އަސާސީ މައްޗަށް ކޮޅުފައި އަރައި ހެދި ހެދުން މިހާރުވެސް ހަނަދާން އެބަހުރި. އެމްޑީޕީ މިހާރު މަޖްލީސްގެ މެޖޯރިޓީ ހޯދި ގޮތަކަށް ހޯދައިގެން ހިތުހުރި ގޮތަކަށް ކަންތއް ކުރާއިރު އޭރު އިދިކޮޅު މީހުން ގެ ބަހެއްވެސް އަހާނުލާ. މުޅި މަޖްލީސް އެމްޑިޕީ އަށް ލިބުމުން ރަނަގަޅަކީ ކޮބާކަން ނުރަނަގަޅަކީ ކޮބާކަން ނޭނގި އެމްޑީޕީ ހިތުހުރި ގޮތަކަށް ޤާނޫނުތައް ފާސްކުރަމުން އެބަދޭ.މިކަމާ ބަސް ކިޔުމަށްވެސް ތިބީ އެމްޑީޕީ.