ކަނޑުގެ ރާޅުން ހަކަތަ އުފައްދާ ނިޒާމެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެސްޓްކޮށްފިއެވެ.

މިއަދު ހެނދުނު ހޮލިޑޭއިން ކަނޑޫމާ ރިސޯޓުގެ ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ނިޒާމް އިފްތިދާހުކޮށްދެއްވީ އެންވަޔަރަން މިނިސްޓަރ ތޯރިގް އިބްރާހިމްއެވެ.

ކަނޑޫމާގެ ފުށްޓަރުގައި ކަނޑުގެ ރާޅުން ހަކަތަ އުފައްދާ އަޖުމަ ބެލުމުގެ ނިޒާމެއް ގާއިމް ކުރެވިފައިވަނީ ޖަޕާނުގެ އެޑިޔުކޭޝަން އިންސިޓިޓިއުޓެއް ކަމަށްވާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ކޯޕަޜޭޝަނާއި މިނިސްޓްރީ އޮފް އެންވާރްމަންޓް އެންޑް އެނާޖީ އާއި ޖަޕާނުގެ ވިޔަފާރި ކުންފުންޏެއްކަމަށްވާ ކޮކްޔޯ ޓޮޓްމޮނޮ ކޮމްޕެނީ ލިމިޓެޑް އާއި ދެމެދު ވެވުު އެއްބަސްވުމެއްގެ ދަށުންނެވެ.

ކަނޑުގެ ރާޅުން ހަކަތަ އުފައްދާ ނިޒާމެއް ރާއްޖޭގައި ޓެސްޓު ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ކަނޑުގެ ރާޅުން ހަކަތަ އުފައްދާ ނިޒާމެއް ރާއްޖޭގައި ޓެސްޓު ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ކަނޑޫމާ ރިސޯޓުގައި މި ނިޒާމު ގާއިމްކުރެވިފައިވާއިރު މި ނިޒާމު ގާއިމްކުރެވިފައިވަނީ ރިސޯޓުގެ އައްސޭޭރިފަށުން ގާތްގަނޑަކަށް 30 މީޓަރު ދުރުގައެވެ. އަޖުމަ ބެލުމަށް ގާއިމް ކުރެވިފައިވަނީ ކަނޑުގެ ރާޅުން ހަކަތަ އުފައްދާ ހާފް ސްކޭލް ދެޔުނިޓެވެ.

ކަނޑުގެ ރާޅުން ހަކަތަ އުފައްދާ ނިޒާމެއް ކަނޑޫމާ ރިސޯޓުގައި ގާއިމްކޮށްފައިވަނީ އޮކިނާވާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލިޖީ ސުކޫލް ކޯޕަރޭޝަންގެ ކުއަންޓަމް ވޭވް މައިކްރޮސްކޯޕީ ޔުނިޓުގެ ލީޑަރުކަމަށްވާ ޕްރޮފެސަރ ޓުސުމޮރު ޝިންޓޭކް އާއި އޭނާގެ ޓީމުންނެވެ. އަދި މި ނިޒާމު ފަރުމާކޮށްފައިވަނީ ކަނޑު ގަދަވުމުންވެސް އެއްވެސް ގެއްލުމެއް ނުވާ ގޮތަށާއި ކަނޑުގައި އުޅޭ މަސްމަހާމެއްސައްވެސް ގެއްލުމެއް ނުވާ ގޮތަށެވެ.

ކަނޑުގެ ރާޅުން ހަކަތަ އުފައްދާ ނިޒާމު އިފްތިދާހުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމެންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފޯރުކޮށްދޭ ހަކަތައިގެ 30 އިންސައްތައަކީ އިޔާދަކުރަނިވި ނިޒާމުތަކުން ފޯރުކޮށްދޭ ހަކަތައަށް ހެދުން ކަމަށާއި ކަނޑުގެ ރާޅުން ހަކަތަ އުފެއްދުމަކީ ސަރުކާރުގެ އަމާޒު ހަޤީގަތަކަށް ވުމަށް ލިބޭ އެހީއެއްކަމަށެވެ.

ކަނޑުގެ ރާޅުން ހަކަތަ އުފައްދާ ނިޒާމެއް ރާއްޖޭގައި ޓެސްޓު ކުރުމުގެ ރަސްމިއްޔާތައް ފަހު މިނިސްޓަރ ތޯރިގު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ކަނޑުގެ ރާޅުން ހަކަތަ އުފައްދާ ނިޒާމެއް ރާއްޖޭގައި ޓެސްޓު ކުރުމުގެ ރަސްމިއްޔާތައް ފަހު މިނިސްޓަރ ތޯރިގު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

"އެނގިވަޑައިގަންނަވާނެ ރާއްޖޭގެ 90 އިންސައްތަ ހިއްސާ މިކުރަނީ ކަނޑު. އެެހެންކަމުން އެ ކަނޑު ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ހަކަތަ އުފެއްދިދާނެ ކަން މިއަދު ސާބިތުވެގެން މިދިޔައީ. އަދި ޖޯގްރަފީ ގޮތުންވެސް ރާއެްޖެ މިއޮންނަނީ ކަނޑުން ހަކަތަ އުފެއްދުމަށް އެންމެ އެކަށޭނެ ހިސާބެއްގަ. މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދެެވޭ ހަކަތައިގެ 30 އިންސައްތައަކީ އިޔާދަކުރެނިވި ނިޒާމުތަކުން ފޯރުކޮށްދެވޭ ހަތަކައަށް ހެދުން. އިރާދަކުރެއްވިއްޔާ މިއަދު ރާއްޖޭގައި ކުރެވުނު އީޖާދުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި ސަރުކާރުގެ އަމާޒަށް ވާސިލް ވެވޭނެ" މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.

ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖޭގެ ހުރިހާ ރަށަކަށް ހަކަތަ ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ އިޔާދަކުރެވިނި ނިޒާމުތަކުން ފޯރުކޮށްދެވޭ ހަކަތައިގެ ނިސްބަތް އިތުރުކުރަން ޖެހޭ ކަމުގައެވެ.

ކަނޑޫމާ ރިސޯޓުގައި މިހާރު ގާއިމްކުރެވިފައި ވަނީ ހަމައެކަނި އަޖުމަ ބެލުމުގެ ނިޒާމުތަކެއް ކަމަށާއި އެބާވަތުގެ ފުލް ސްކޭލް ދެ ޔުނިޓް މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ގާއިމް ކުރެވިގެންދާނެ ކަމުގައިވެސް މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.

ރާއްޖޭގައި ކަނޑުގެ ރާޅުން ހަކަތަ އުފައްދާ ނިޒާމު ގާއިމް ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ޕްރޮފެސަރ ޓުސުމޮރު ޝިންޓޭކް ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ހަކަތަ އުފެއްދުމަށް އެންމެ އެކަށޭނެ ގައުމު ކަމަށެވެ. އަދި މި ނިޒާމަކީ ރާއްޖޭގައި ކާމިޔާބުކަމާއި އެކު ކުރިއެރުވޭނެ ނިޒާމެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދިސްވޭ

    ވޭވް އެނަރޖީ އަކީ އެއީ ޑީސަލަށް ވުރެން ބޮޑު އަގުގައި ކަރަންޓް އުފައްދާ ނިޒާމެއް އެނިޒާމް ކާމިޔާބު ނުވާނެ އޭގެ މެއިންޓަނެންސް ކޮސްޓް އާއި އަދި އޮޕަރޭޓިންގް ކޮސްޓް ބޮޑު ކަމުން. ކަނޑުގެ އެނަރޖީ އަކަށް ބޭނުން ކުރަނީ ކްެއަންޓަމް ވޭވްސް ނަމަ އެއީ ވަަރަށް އަގު ބޮޑު ނިޒާމެއް އަދި އެއިން ޖެނެރޭޓް ކުރާ އިލެކްޓްރިސިޓީ ވަރަށް ކުޑަ ވާނެއެވެ. ޑޮމެސްޓިކް ރޭޑިއޯ ގަނޑެއް ވެސް ޖަހާނުލެވޭނެއެވެ.

    • ނުރަބޯ

      ދިސްވޭ ތިޔަދެއްކިވާހަކަ ގަބޫލުކުރާނީ ހަމައެކަނި އިދިކޮޅޭމެން. ސައިންސް ވެރިން އެއްޗެއް އީޖާދުކުރާއިރު ބަލާ އެއްމެ މުހިއްމު އެއް ކަމަކީ އޭގެއިން ކުރާބޭނުމުން ޚަރަދު ޗަލާނެތޯ މިގޮތްގޮތް ބަލާފަނޫނީ ވިޔަފާރި އުސޫލުން ދޫކޮށެއްނުލާނެ.

  2. ލއ

    މަށަށް ހީވަނީ މިވަރުންދަންޏާ 30 ދައުރުވެސް ރައީސް ޔާމީންއަށް ހައްގުހެން.

  3. ޖޮއްބެ

    މިސަރުކާރަކީ އުއްމީދީ ސަރުކާރެކޭ ބުނަންޖެހެނީ މިފަދަކަންކަމުން.

  4. ދިސް ނީޑްސް މޯރ

    ވޭވް އެނާރޖީ ޕޮސިބްލް ހައިޑްރޯލިކް ސިސްޓަމަކާ އެކު ބޭނުންކުރުން.. އޮސްޓްރޭލިއާގަވެސް ބޮޑު ސްކޭލެއްގަ އިމްޕްލިމެންޓު ކޮށްފި... އެކަމަކު ރާއްޖޭގެ ކުރިއެރުމަކީ ބަޔަކު ހަދާ އެއްޗެއް ޓެސްޓު ކުރުމަށް ނުވަތަ ޓޫރިޒަމުން ލިބޭ ފައިދާއިން އެތަކެތި ގަނެފަ ހަރުކުރުމެއްނޫން ދޯ.. އަސްލު ކުރިއެރުމަކީ މިފަދަ ޓެކްނޮލޮޖީތަކާއި ދިމާލަށް ދިވެހި ޔުނިވާރސިޓީ މެދުވެރިކޮށް މިސްރާބުޖެހުން.. އެހެންނޫނީ ވީ އާރ ޖަސްޓް ކޮންސިއުމާރޒް..

  5. ރީޒަން

    ކަނޑުގެ ރާޅުން ހަކަތަ އުފައްދާ ނިޒާމެއް ރާއްޖޭގައި ޓެސްޓުކޮށްފި ނަމަވެސް ތިޔާ ޓެސްޓްގެ ނަތީޖާ އެއް އެއްވެސް ނޫހެއްގައި ޕަބްލިޝް ނުކުރާނެއޭ ސަމަރީ އެއްގެ ގޮތުގައި ވެސް ކްއަންޓަމް ވޭވްސްގެ އެހީގައި އެނަރޖީ އުފެއްދުން އެއީ އޭގެ ކެޕިޓަލް އިންވެސްޓްމެންޓް އަށް ބަލާނަމަ ޑީސަލް އެނަރޖީގެ %100 މަތި އަދަދެކޭ ދެން ކަނޑުގައި އުފެދޭ ރާޅު ތަކުން ކަރަންޓް އުފައްދަން ބަލާއިރު ކަނޑުގެ ރާޅުތަކަކީ އެއީ ވިންޑް ފޯސް އަށް ޑިޕެންޑް ވާ އެއްޗެކޭ ވައި މަޑު ދުވަސް ތަކުގައި ކަރަންޓް ނުވެސް އުފައްދާނެ އޭ ތިއިން. ރިނަވަބުލް އެނަރޖީ އަކީ އެއްގޮތަކަށް ވެސް އަދި އިތުބާރު ހިފޭ އެއްެޗެއް ނޫނޭ ރާއްޖޭގައި މިހާތަނަށް ޖަހާފައިވާ އެއްވެސް ސޯލަރ ޕެނަލް އަކުން އެންމެ ތެޔޮ ލީޓަރެއް ވެސް ސަލާމަތް ކޮށްފައި ނެތް ކަން އެއީ ފެންނާން ހުރި ހަގީގަތޭ އެއިން އުފައްދާ ކަރަންޓް ގްރިޑް އަށް ދިނީމާ ގްރިޑް ގައި އުފެދޭނީ ރިއެކްޓިވް ޕަވަރއޭ އެއީ ސީދާ ގެއްލޭ ކަރަންޓޭ މިކަމަށް ޕްރޮޕެގެންޑާ ފަތުރައިގެން ތިމާވެށި މިނިސްޓްރީން ކުރާ ޚަރަދުގެ ފައިސާ އަށް މާލެ ސަރަހައްދުގައި ފްލެޓްސް ތައް އިމާރާތް ކުރިނަމަ މިހާރު ހުންނާނީ 20 ހާސް ހައުސިންގް ޔުނިޓްސް ހިމެނޭ ފްލެޓްސް އިމާރާތް ކުރެވިފައި. އައި ހޭވް ފައުންޑް އަައުޓް ތައުޒަންސް ރީޒަންސް ދެޓް އިޓްސް އަ ޓޯޓަލް ފެއިލިއަރ އިޓްސް ސަމްތިންގް ދެޓް އައި މަސްޓް ލިވް ވިދް އެވްރީޑޭ އެން އޯލް ދަ ޕެއިން އައި ޕުޓް މައިސެލްފް ތްރޫ. ދެޓްސް ވައި އައި ނީޑް ޓު ޓެލް އިޓް އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ ދިސް ޓު ޗޭންޖް އިޓް އައި ޔޫޒްޑް ޓު ބީ އަ ބޭޑް ވަން އަ ރީޒަން ޓު ސްޓާރޓް ތިންކިންގް އޮފް ދިސް އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އައި އޭމް ނޮޓް ގޮނާ ބިލީވް އިޓް...

  6. ވގ

    ތިގޮތައް ތެޔޮވިސްދޯ