ހަމައެކަނި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްގެން އިންސާފެއް ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު އިއުތިރާފުވެ ވަޑައިގެންފިއެވެ.
ރައީސް ޞާލިހް މިކަމަށް އިއުތިރާފުވެ ވަޑައިގެންނެވީ އެމްޑީޕީން ނެރެން ފެށި "ޚަބަރު ސިޓީ" ގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ޤާނޫނު އަސާސީ އާއި، ތިން ބާރުގެ ހިންގުމަށް ބޮޑެތި ބަދަލުތައް އައިއިރު، ރައްޔިތުންގެ އުންމީދުތަކާ އެއްމިންވަރަކަށް ބަދަލުތައް އައުން އެންމެ ފަހުން ފެށުނީވެސް އިންސާފު ޤާއިމުކުރުމުގެ ދާއިރާއިން ކަމަށެވެ. ތަފާތު އެތައް ތަޖުރިބާތަކަކަށްފަހު މި ބަދަލުތައް މިހާރު ފެންނާން ފަށާފައިވާކަމީ، ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހެން ދަންނަވާއިރުވެސް އިންސާފު ހޯދައިދީ އަދި އިންސާފު ލިބިދޭނެ ނިޒާމެއް އެންމެ ފުރިހަމަ ގޮތުގައި އުފެއްދުމަކީ ހަމައެކަނި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްގެން ކުރެވޭނެ ކަމެއް ނޫންކަން އަޅުގަނޑަށް އެނގެއެވެ. މި ބިޔަ ބޮޑު ކަމަކީ އެކަމަށް ބޭނުންވާ ހުރިހާ ކަމެއް ވަށާ ޖެހުނީމާ ލިބޭ ނަތީޖާއެވެ. ޤާނޫނުތައް އިޞްލާޙްކުރުމާއި، އެކަމަށް ބޭނުންވާ މީހުން އުފެއްދުމާއި، ވަސީލަތްތައް ޤާއިމުކުރުމާއި، ތަމްރީންގެ ފުރުޞަތު ލިބުން ފަދަ ކަންކަމަކީ އެކުއެކީގައި ހިނގާން ޖެހޭ ކަންކަމެވެ." ރައީސް ލިޔުއްވާފައި ވެއެވެ.
ރައީސް ވިދާޅުވީ އެމްޑީޕޫގެ މެންބަރުން، މީގެ ވިއްސަކަށް އަހަރު ކުރިން ކުރާން ފެށި މި ދަތުރު ނިންމާލުމާ ގާތަށްވެސް އަދި ނުދެއެވެ. "އަޅުގަނޑުމެން އަދިވެސް މި ތިބީ މި ދަތުރު މަތީގައެވެ. މިކަން ކުރުމުގައި އިތުރު ވަކި އެހެން ނިޔަތެއް ނެތި މަސައްކަތް ކުރާނެ ބަޔަކީވެސް އެމްޑީޕީގެ މެންބަރުންނެވެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އެދެނީ ހަމަ އެންމެ ކަމަކަށެވެ. އެއީ މަސައްކަތް ކުރަން ފެށި ސަބަބު އެންމެ ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާނުލެއްވުމަށާއި އެމްޑީޕީއާއެކު ދެމި ތިއްބެވުމަށެވެ. ރައީސް ވިދާޅުވީ "އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑުމެން ކުރާނީ ތިބޭފުޅުންނާއެކުއެވެ. އެމްޑީޕީއާއެކުއެވެ."
ހަމައެކަނި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްގެން އިންސާފެއް ނުލިބޭނެ ކަމަށް ރައީސް ޞާލިހް މިއަދު ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމަށް އެއް އަހަރާއި ހަތް މަސް ދުވަސް ވޭތުވެގެން ދިޔައިރު ވެސް ވައުދުވި ގޮތައް އިންސާފު ހޯދައި ދެވިފައި ނެތް ކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
ތިޔަހުރިހާތަނެއްވެސް އުވާލާ އަދި މަނިކުފާނުވެސް އިސްތިއުފާ ދެއްވާ ނަސީދައް ހުރިހާކަމެއް ހަވާލުކުރޭ.
ޢަދުލު އިންސާފުގެ ތެރެއަށް އަތްބާނައިގެން ހާވާތާ 18 މަސް ވެއްޖެ!! ތިޔަވިދާޅުވާ ރީނދޫ ހުމުގެ ޢަދުލު އިންސާފު ގާއުމުކުރުމުގެ ބޭނުމުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެއްކޮށް އެވަނީ އެމްޑީޕީގެ އެކްޓިވިސްޓުންނާ ޙަވާލުކޮށްފަ!! އެކްޓިވިސްޓުންނޭ ބުނަނީ ސަބަބެއް ނެތިއެއް ނޫން!! އިސް ފަނޑިޔާރަކީ ކާކުކޮންވިސްނުމެއްގެ މީހެއްކަން ނޭގޭ މީހަކު ނުހުންނާނެ!! ދެން ހުސްނުއްސުޢޫދު އެއީ ކިހިނެތް ކޮންވިސްނުމެއްގެ އަދި ކޮންފިކުރެއްގެ މީހެއްކަން ނޭގޭ މީހަކުވެސް ނުހުންނާނެ!! ދެން ތިބީ ދެ އަންހެނުންގެ ތެރެއިން ސުޖޫން އުޅޭގޮތާއި ވިސްނުން ހުންނަގޮތް ނޭގޭ މީހަކު މަދުވާނެ!! މިއީ ސްޕްރީމް ކޯޓުގެ މިއަދުގެ ޙާލަދު!! ދެން ތިޔަބުނާ އަދުލު އިންސާފު ގާއިމުކޮށްދިނުމަށްޓަކައި ކުރިކަމަކީ ޖުޑިޝަލް ސަރވިސް ކޮމިޝަން އެއްކޮށް ބަދަލުކޮށް އެތަނަށް އެމްޑީޕީގެ ހާޑުކޯ އެކްޓިވިސްޓް އަދި ރައިސް ނަޝީދުގެ ލޯޔަރުންގެ ޓީމުގައި ހިމެނުނު ހިސާންގެ ޓީމު އައްޔަން ކުރުން!! އަދި ޚުދު ނަޝީދު އޭޖީވެސް ހުރުން!! މިމީހުން ކުރާކަމަކީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ބިރުދެއްކުމާއި ބޭނުންވާ މައްސަލަތައް ތާވަލްކުރުވުމާއި ބޭނުން ނުވާ މައްސަލަތައް ބެހެއްޓުމަށް އެންގުމާއި މިމީހުން އެދޭގޮތަށް ނޫންގޮތަކަށް ޙުކުމެއް އަންންހެން ހީވާނަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް އޮތްކަމަށް ބުނެ ފަނޑިޔާރު ބޭރުކުރުމާއި ސަސްޕްންޑްކުރުމާއި ޖުމަލްކޮށް ބޭނުންވާގޮތަށް ނުފޫޒް ފޯރުވުން!! ދެން އޮތްތަނަކީ ޕްރޮސެކިއުޓަރ ޖެނެރަލް (ދަޢުވަ އުފުލާ ފަރާތް) މިއަދު އެކަންކުރަން އެހުރި ފަރާތަކީވެސް އެމްޑީޕީގެ ފިކުރުގެ މީހެއް!! އެމްޑީޕީގެ ދިދަތަށް ހިފައި ބޭރުގައުމުގައި އުޅުނުތަން ފެންނަ ފޮޓޯތައް އެހެރީ މީޑިޔާގައި ފެންނަން އެހެރީ!! ނަޝީދުގެ ލޯޔަރުންގެ ޓީމުގެ މީހެއް!! ދެން މިހާރު މިހާރު މިއުޅެނީ ފުލުހުންގެ ގާނޫނު މުޅިން ބަދަލުކޮށްގެން އެމްޑީޕީގެ ގޮތްޕެއްކަމުގައިވާ މަޖްލިސްތެރެއިން ފުލުހުންގެ މުއައްސަސާ ހިންގަން ފަށަން!! ބޭނުންވާ ތަހްގީގެއް ކުރުވުމާއި ބޭނުންނުވާ މައްސަލައެއް (އެމްޑީޕީގެ މަސްލަހަތު އޮތް ފަރާތެއްނަމަ) ނަމަ އެކަމުގެތެރެއަށް ވަދެ އެކަން ހުއްޓުވުމާއި ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި މިކަންކަން މިމީހުން ބޭނުންވާގޮތަށް ބައްޓަން ކުރުން!! ދެން އެއޮތީ މަޖްލިސް އެއްކޮށް ހިސާރުކޮށްފަ!! މިހުރިހާ ކަމެއް މިހެން ހުރިއިރު އެމްޑީޕީން އަދުލު އިންސާފު ގާއިމުނުވެޔޭ ބުނަން ލަދު ގަންނަންވާނެ! ތިން ބާރު އެއްކޮށް ޑިމޮކްރެޓިކް ވެލިއުސްތައް އެއްކޮށް ނެތިކޮށް ވަރަށް ޚުދުމުޚުތާރުކޮށް ހުރިހާ ކަމެއްވެސް އިންގަމުންދާތަން ފެންނަނީ!! މިއީ މިއަދު މުޅި ދިވެހިން ރައްޔިތުންނަށް އެގި ސާބިތުވަމުން އަންނަކަމެއް!!
ރައީސް އެ ވި ދާޅުވީ ހަޤީގަތް. އިންސާފު ފެށެނީ ގޭގެ ކާމޭޒާ ހަމައިން.ސުފުރާ މަތިން
ކަން ކުރަން ތިބޭ މީހުން މޮޔައ އިންނަށް ވީމާ ކޮން ކަމެ އް ކުރެވޭނީ
ރައީސްވެސް ރަގަޅެއްނޫން މަރުފުރޭ ކަމަކު ފައިޕުޅުދުށުމަށް ނިކަމެތި ދިވެ ހިރައްޔިތަކު އެދިގެން 3 މަސްވީއިރު ފުރުސަތެއްނުދެވުނު. ވަލިއްޔުލް އަމުރަކީ ހާދަބޮޑެތި ޒިންމާތަކެއް ހަވާލުވެވިފައިވާކަމެއްކަން ދަންނަންޖެ ހޭ.
މަނިކުފާނަކަށް ނުވި ދެއްތޯ.
ދެން އިސްތިއުފާ ދެއްވާ.
ކޮންމެ ކޮންމެ މީހަކައް ވެރިކަމެއް ނުކުރެވޭނެ.
މެކުނު ފުމުނަސް ގާހަކަ އަކަށް ނުފުމެވޭނެ.
އިބުރާހީމާ ކަލޭއިސްތިއުފާދިނުން ހަމައެކައޮއްހައްލަކީ
މީހުން ބަދަލުކޮށްގެން ކަންކަން ރަގަޅު ވާނެނަމަ، މިހާރުން މިހާރަށްވެސް އެންމެ ފުރަތަމަ ބަދަލުކުރަން ޖެހޭ ދެ ބެންޗަކީ ސޯލިހުގެ ބެންޗާއި ނަޝީދުގެ ބެންޗް!
އިބުރާހީމާ ކަލޭއިސްތިއުފާދިނުން ހަމައެކައޮއްހައްލަކީ ދެން ނޫޅުއްވާ އަހަރުމެން ގުބޯހައްދަން އެކަމެ ނުވާނެ ވަރައް ގިނަދުވަހައް ބަލަންތިބެވިއްޖެ މިހާރު ކެއްތެރިކަން ކޮޅުންލާފި މީވަރައްވާހަކަ
އިންސާފޭ ކިޔައިގެން އަނގަނުތަޅާތިބޭ. އިންސާފަކީ އެމްޑީޕީ އެދޭގޮތައް ނިޔާ ކަނޑައަޅާ މީހަކު ފަނޑިޔާރުންނަށް އައްޔަން ކުރުމެއް ނޫން. ސްޕްރީމް ކޯޓުގަ ތިބީ އެމްޑީޕީގެ އެކްޓިވިސްޓުން. ރ.ޔާމީނުގެ މައްސަލަ ބެލި ފަނޑިޔާރަށް ހަދާލިގޮތުން ކަލޭމެން ހިތް ނޭދޭ ގޮތައް ހުކުމް އަތުވެއްޖެނަމަ ވާނެގޮތް ވަރަށް ސާފު
ދެން ތި ހެންކިޔައިގެން ގުބޯ ހައްދާ ގުބޯ ހެއްދޭ ބައިގަނޑެއް އުޅޭނެ ؟؟؟ ގައުމަށް ހެވެއް އެދެންޏާ ހޯ ހޯ ގޮވާފަ އެއް ކައިރިއަށް ޖެ ހިލައްވާ؟؟؟
ނުކިޔަވާ ޖާހިލް
ޔަގީންވާ ކަމަކީ. ސަރުކާރު. ބޭނުންވި ހުރިހާ ކަމެއް ބޭނުންވި ގޮތަށް ވެއްޖެ ކަން
އެބަ ރަނގަޅުވޭ! މަނިކފާނުވެސް އެބަޖެހޭ ބޮޑުވަޒީރުގެ ނުފޫޒުން ދުރުވެ މަނިކުފަނު މުޤައުމުގެ ވެރިކަން ކުރާން! އާއިލީ ނުފޫޒާއި ސިޔާސީ ނުފޫޒު އޮތް ފުލުހުން ނާއި ސިފައިންގެ މުއައްސަސާގެ އިސްފެވިރިން އެމުއައްސަސާގެ އަގުނުވައްޓާ އިންސާފު ވެރިކޮށް މަސައްކަތް ކުރަންއެބެޖެހޭ! ޤާނުނު އަސާސިއަށް ފައިން އެރި މީހުންލައިގެން މުއައްސަސާތައް ނުހިންގޭނެ!
ބޮލަކަށް ކަނދުރާއަކަށް ނުބާލާ އިންސާފް ޤާއިމު ކޮށްދެއްވާ! އެހެންނޫނީ މަފިކުފާނުވެސް ނުވިކަން ޤަބޫލުކޮށް އެއްފާރާތްވެ އިންސާފްވެރި އިންތިޙާބެއް ބާއްވާދީ!!!!
މި ރާއްޖޭގައި ބޭނުން ވަނީ މަޖިލީހސް އެކަނި
ކޮން އިންސާފެއް ވާހަކައެއް.
ޢެޓާރނީ ޖެނެރަލް ރިފުޢަތު ބޭނުންގޮތަކަށް، ފަރުދުންގެ މައްސަލަތައް ނިންމުވަމުން އެގެންދަނީ. މީދޯ ތިބުނާ އިންސާފު. ރިދުޢަތު ބޭނުންވާ ގޮތް އެއީ ތިބުނާ އިންސާފު. އެހެންވީމަ އިންސާފޭ ނުކިޔާ. ތިމާމެން ބޭނުން ގޮތަކަށް ޙުކުން ކުރެވޭ ވާހަކަ ބުނޭ..
ވެރިކަންވެސް މަޖިލިސްވެސް ބަދަލުކުރަން ފެންނަނީ ތިބޭފުޅުން ބޭނުންވާ ގޮތް އެއީ އިންސާފުކަމަށް ދެކުން އެއީ ކުން ހީއެއް އަވަހަށް އިސްތިއުފާދެއްވާ، މަޖިލީހުގައިވެސް ހަމަ ތިކަހަލަ ޖާހިލުން
އިސްތިއުފާ ދިނުން ނޫން ގޮތެެއް ނެތް...
ހަޑިއެއްޗެއް ބުނިއްޔަވާނީ.ހަޑި ނުބުނަންތިއްބަސް ގަދަކަމުންވެސް ހަޑިއެއްޗެއްބުނުވޭތޯ ހާދަމަސައްކަތެއްތިކުރަނީ
ގައުމުގައި އެމްޑީޕީ އަށް ތާއިދުކުރާ މީހުން ހުރިހާ މަގާމުތަކަށް ހަމަޖައްސައިގެން ނުނީ ތިބުނާ އިންސާފެއްނުލިބޭނެ
ސޯލިހޫ ވެރިކަންކުރުމުގެ ގާބިލިއްޔަތު ނެތްކަން އަމިއްލަ ނަފުސައް މިހާރު އިހުސާސް ކުރެވެންފަށައިފި ގައުމުމިދަނީ އަނދަވަޅަކާއިދިމާލަށްކަން ކަށަވަރުވެއްޖެ ފައިސާމަތިމަތިން ޗާޕުކޮށްގެންވެސް ގައުމު ސަލާމަތެއްނުވޭ ސޯލިހު ވެރިކަމުން ފޭބުމުގެ މަރުހަލާ މިހާރު މިވަނީފެށިފަ.
"އަޅުގަނޑުމެން އަދިވެސް މި ތިބީ މި ދަތުރު މަތީގައެވެ. މިކަން ކުރުމުގައި އިތުރު ވަކި އެހެން ނިޔަތެއް ނެތި މަސައްކަތް ކުރާނެ ބަޔަކީވެސް އެމްޑީޕީގެ މެންބަރުންނެވެ." ރައީސް ވިދާޅުވިއެވެ.
ނިޔަތް ވަރަށް ސާފު “ފައްޅިއެޅުން” މަގު ދަނީ ކޮށަމުން ޢޭ ދިވެހި ލޮބުވެތި މުއާތިނުން ނޭވެ ހޭއަރަން ވެއްޖެ. މިހާރު ނުވިރަށްކަލެއް ފަހަކުން ނުވެވޭނެ. އިސްލާމް ދީނަށް ވުރެކުރިޔަށް އެހެން ކަންކަން ނެރެ ގާނޫނުތަށް ކޮށާއި މަށަމުން ދާއިރު ދިވެހިރައްޔިތުން ހަނުތިބުމަކީ ބޮޑުވެގެންވާ ހިތާމައެއް އެތަމަ އޭކިޔާ ލާދީނީ ބަޔަކު ނުކުމެ ދީނުގެ އެތަށް ކަންކަމަކަށް ގޮންޖަހަމުންދާއިރުވެސް އިލާމް ދީނުގެ ދިފާއުގާއި އެއްވެސް އެއްޗެއްބުނެލަންވެސް ނުކެރުނު އިއްޒަތް ތެރިކަމަށް އެބޭފުޅުން ވިދާޅުވާ މަޖިލީހުގާއި ގާއިދުރުކުރުމުގެ ޕްރޮގުރާމެއް ހިންގާ މެންބަރަކަށް އަނިޔާކުރުމުން އެމަށްސަލަ ތަހުގީގު ކުރާނެކަމަށް ހޯމް ޝޭހް ވިދާޅުވުމުން ވަނީ ސައިޒަށް ކަނޑާތިރިކޮއްލާފަ ގަންނާކުރެއްވި ބިރުން ތިމަނަ ތިމަޖިލީހުގާއި ހިގާކަންކަމަކާއި ނުބެހޭނެކަމަށް ވިދާޅުވެ ބޯދަމާއިގެންފި
ހަމަހިނިއަންނަނީ
މިއީ މުނާފިގު ސަރުކާރެއް
މިއެއްޗަކު އަރާއިނދެ މިކިޔަނީކީކޭތަ؟
ޔާމީނު ޖަލަށް ލެވުނީމާ ކަލޭ ހިމެނޭ ހެން ގުންޑާމެންނަށް އިންސާފުލިބިއްޖެ އެއްނޫންތަ.؟
ތަންދޮރު ނޭގޭ ނުކިޔަވާ ޖާ ހިލުންވެސް އުޅޭ އެކަމަކު މިބުރާންތި ވަރެއްނުދެކެން
އެއްކަމެއްވެސް ނުވާނެ ކުރެވޭކަމެއްނޭގޭމީހުންނަށް ހޮޅިވާހަކަ ނުދައްކާ އިސްތިއުފާދީފަ އިންޑިއާއަށްދޭ ހެދޭނޭހެދޭ ނޭގޭ އޮޅިފޮޅި
ކަލޭ ބޭނުންގޮތަކަށް ކަންތަށްވާނީ މިރާއްޖޭގެ ރައްޔިތުން ރާއްޖެއިން ފޮނުވާލައި އިންޑިޔާ ރައްޔިތުން މިތަނަށް ގެނެވުނީމައެވެ. ކޮންބާރެއް ނެތިގެންތޯ ގައުމު ނުހިންގިގެން މިއުޅެނީ؟ ރައްޔިތުންނޭވެ. ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ތިޔަރައްޔިތުންގެ އަޑުއިއްވާލާށެވެ.
ހުރިހާ ކޯޓެއްގެ ބެންޗް ބަދަލުކުރިޔަސް އިންސާފެއް ނުލިބޭނެ. އިންސާފަކީ ބެންޗް ބަދަލުކޮށްގެން ލިބޭނެ އެއްޗެއް ނޫން. އެއަށްވުރެ ދިވެހި ސިޔާސީ މީހުން ކޮރަޕްޓް. ސިޔާސީ މީހުންގެ ނުފޫޒު ކޯޓުތަކަށް ފޯރާހާ ހިނދަކު އިންސާފެއް ނުލިބޭނެ. ރާއްޖޭގެ ސިސްޓަމް މިއޮތީ ހުރިހާތަނަކަށް ސިޔާސީ މީހުންނަށް ނުފޫޒު ފޯރުވޭގޮތަށް. ސިޔާސީ އެންމެން ވެސް ބޭނުންވަނީ ނުފޫޒު ފޯރުވޭގޮތަށް ނިޒާމު އޮންނަން. ސިޔާސީ މީހުންނަކީ އިޚްލާސްތެރި ބައެއްނޫން. ސިޔާސީ ގޮތުން ލިބޭ މޮޅަށް އަބަދުވެސް ވިސްނުން ހުންނާނީ. ގައުމީ މަސްލަޙަތެއް ގައުމަށް ލިބޭ ފައިދާއަކީ އެ މީހުން ދަންނަ އެއްޗެއްނޫން.
ރަނގަޅު ވާހަކައެއް ރައީސް ވެސް ބަދަލުކޮއްގެން ވާނީ މިކަން
ތިޔަބުނާ އިންސާފު ޤާއިމްކުރެވޭނީ ހުރިހާޤާނޫނެއް މޮޑެ މަސްހުނިގަނޑެއްހަދައި ޤާނޫނު އަސާސީ އިން ޖޫސްގިރައި ހުރިހާ ކޯޓުތަކަށް އެމްޑީޕީގެ އެކްޓިވިސްޓުން ލައި ހުރިހާ ބާރެއް ކެނެރީގޭ ނަޝީދުގެ އަންބޮނޑިޔަށްޖަމާކޮށް ކެނެރީމަޖިލީހުން ހުރިހާކަމެއްކުރަން ހަމަޖެހި ނިނޭދުވަހުން އޭރުން މިޤައުމުގަ އެމްޑީޕީން ބޭނުންހާ ގޮތަކަށްކަންކަން ކުރެވޭޏީ ލާދީނީ ހުރިހާކަމެއް އާންމުވާނީ އޭރުން އެހިސާބުން ލާދީނީ އެމްޑީޕީން ބޭނުންވި ހުރިހާކަމެއް ފުރިހަމަ ކުރެވުނީ އިންސާފުގެ ވާހަކަ ނުދައްކަ އަދުލު އިންސާފު ޤާދޫކޮލޮން ބޭރަށް ފައްސާ ނެރެލައިފި އެމްޑީޕީން
ތިތަންތަނުން މިހާރު މަސްރޮށި ވިއްކަނީ ބަންގުލަދޭޝް މީހުންބޭނުން ކޮއްގެން ދެންކޮން އިންސާފެއްލިބޭނީ.
މި އީ ލަދެއްގަންނަ އިންސާނެއްތަ، ކަލޭ ގެނެސްދީގެން އުޅޭ ރޯޔަލް އިންސާފު އަހަރެމެން ނިކަމެތި ރަތްޔިތުން ބޭނުމެއްނޫން،
ތިޔަބުނުއްވީ ބޮޑު ތެދުފުޅެއް ދެން އަދި ވެރިކަމުގައި ތިބޭފުޅާ އިސްތިއުފާދެއްވުން އެންމެ ރަގަޅު ވާނީ ދެން ރައްއިތުންނައް
ދެން ތިވިދާޅުވަނީ ދީނީ މިނިވަންކަންވެސް ދޭށޭތޯ ،
ޔަގީނުންވެސް އިނގޭކަމަކީ އަދި ތިއުޅިއްވަނީ ދަތުރުމަތީގަކަން ތި ދަތުރު ނިމޭއިރު ރާއްޖޭގައި އޮންނާނީ ސެކިއުލާރ ފަތުރާ ނިމިފަ. އަނދަލުސް އަށްވީހެން ވުން ވވވވ ގާތް. ޢަނެއްކޮޅުން އިންޑިއާގަ ހުންނާނީ ރާއްޖޭގެ ކޯޓުތަށް . މީ އަޅުގަނޑުގެދުރުމިނުން ފެންނަގޮތް
ތިހެން ވިދާޅުވީމް ކާކުގެ ކަމެއްކަމަށްތޯ މަނިކުފާ ނަށް ފެނިވަޑައިގަންނަވަނީ ތިކަން ކުރެވޭނީ. ބަލަ މަނިކުފާނު ބޭނުންފުޅުނުވާތީއޭ މިހާރު ތިކަން ލަސްކުރައްވަނީ. އިންސާފު ހޯދައިދެނީ ރޮނގެއް އަޅައިފް ދޭތެރެ މެދުުުން. ޢިންސާފު ހީދައިދީފާނެތީ ތިއުޅުއްވަނީ އިސްލާމީ ޗަރީއަތުގެ ހުކުމެއް ކޮށްފާނެކަހަލަ މީހަކު ވައިވެސް އެޅުނަނުދޭން. ޖޭއެސްސީން ބޭނުންހާކުޅިވަރެއް ކުޅެން ތިހިރީ ހިސާނުއަތަށް މުޅި ޝަރުޢީ ނިޒާމު ފުނޑާލަން ދީފައެއްނު.
ގަޅި ރައީސެއް ކީއްކުރާނީ ވޯޓް ލެވުނު މޮޔަ ހިތަށްއަރާ
ރިޔަލުގަ ދަތުރު ކުރާ ނަމަ ލަސްވާނެ.
ކޯޓުތަކުގެ ބެންޗު ބަދަލު ނުވެގެން ތަ އިންސާފުނުލިބިގެން މި އުޅެނީ، ކޮރަޕްޝަނާހެދި، ހާއްސަކޮށް ސިޔާސީ މީހުންނާއި މުއްސަނދިންގެ ބަލާވެރިކަމާހެދި
އެމްޑީޕޫގެ؟
ރަނގަޅު ވާހަކައެއް ތީ. އިންސާފަކީ ކޮބައިކަން ނޭނގޭ ބަޔަކަށް އިންސާފު ހޯދައެއް ނުދެވޭނެ. ތިބޭފުޅާ އެބަޖެހޭ އިސްތިއުފާ ދެއްވަން. ކޮލިޓީއެއް ނެތެއްނޫންތޯ!