ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ހަބަރު ސިޓީ ނަމުގައި މައުލޫމާތު ފަތުރަން ފަށައިފިއެވެ.

ހަބަރު ސިޓީގެ ނަމުގައި އެމްޑީޕީން ހަބަރާއި މައުލޫމާތު ފެތުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑިސެމްބަރު 1، 2003 ގައެވެ. އެ ދުވަސްވަރަކީ އެމްޑީޕީގެ އިސްލާހީ ހަރަކާތްތައް ވެސް ފެށި ދުވަސްވަރެވެ.

އެއީ ރާއްޖޭގައި އެމްޑީޕީ ރަޖިސްޓްރީ ކުރުމަށް ކުރި ގިނަ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅައި އެ މަސައްކަތް ކުރާނެ އެއްވެސް ފުރުސަތެއް ނުދިނުމުން ނޮވެމްބަރު 10، 2004 ގައި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ޕާޓީ އިއުލާން ކުރުމަށް ފަހުއެވެ. އެ ޕާޓީގެ މައުލޫމަތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ފުރަތަމަ އަދަދު އަމާޒު ކުރީ އެމްޑީޕީ އުފެއްދުމަށް ކުރި މަސައްކަތާއި ވެދިޔަ ގޮތުގެ މައްޗަށެވެ.

ހަބަރު ސިޓީގެ އެޑިޓަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ އެ ނޫހުގެ އަދަދުތައް ނެރެން ފެށީ އެމްޑީޕީގެ 15 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފަށާ މަސައްކަތެއްގެ ގޮތުގައި ކަމަށާއި ބޭނުމަކީ ޕާޓީގެ ގުނަންތަކުގައި ކުރާ މަސައްކަތްތައް ފުޅާ ކުރުމަށް ފުރުސަތު ދިނުން ކަމަށެވެ. އަދި ސަރުކާރާއި ރައްޔިތުންގެ މަޖިލިހުން ކުރާ ކަންތައްތަކުގެ މައުލޫމާތު އާންމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ޕާޓީގެ ސެކްރެޓޭރިއަޓާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ގައުމީ މަޖިލިސް މެމްބަރުންނާއި ކައުންސިލަރުންނާއި ޕާޓީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރާއި ކޮމިޓީތަކާއި ކޮންގްރެސް މެމްބަރުން އެކި މައުޟޫއުތަކަށް ލިޔުއްވާފައިވާ ލިޔުންތައް ޝާއިއުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބަރު ސިޓީގެ މިފަހަރުގެ ފުރަތަމަ އަދަދަށް ލިޔުއްވި ދެ ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވައެވެ. އެ ދެ ބޭފުޅުންނަކީ 1990 ވަނަ އަހަރު ނުކުތް "ސަންގު" މަޖައްލާގެ އެޑިޓަރުންނެވެ.

އެމްޑީޕީއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮބަހައްޓާފައި އޮތް އިރު ވެސް އެކަންކަމުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރި އެއް ޕާޓީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދިވެހިބިން

    ހިލް އެންޑް ނޮލްޓަން ޒާތުގެ ޕީއާރު ސްޓަންޓު ޖެއްސޭވަރަށްވުރެ ދިވެހިން ހޭލުންތެރިވެއްޖެ މިހާރު!

    28
    • Anonymous

      އެމްޑީޕީ އިން ފަތުރާނީ ދޮގު ޙަޤީޤަތާއި ހިލާފު ވަހަކަ

  2. ގ

    މި މީހުން އަބަދު ޕްރޮޕެގެންޑާގަ.. ރައްޔިތުންނަށް ފައިދާ އެއް ނުކޮށްދީ

    28
  3. ނަޖީ

    ތިޔަކަހަލަ ވާހަކަތަކައް ހެއްލިގެން ދިޔަދުވަސްމާޒީވެއްޖެ އަބަދަކު ގުބޯނެހެއްދޭނެ މޮޔަނުގޮވާ މިދިވެހި ގައުމު ދިވެހިނާހަވާލުކިރަން ތައްޔާރުވޭ މި ނިކުންނަނީ ނިމްމާލަން އިންށާﷲ

    14
  4. ޖަޒީރާމަނިކު

    ހަބަރު އެއީ ބޭހަށް ބޭނުންކުރާ ވަރަށް ހިތިރަހަލާ އެއްޗެއް.

    13
  5. ބޯކިބާ

    ކޮމިއުނިސްޓު ސިސްޓަމަށް ޕުރޮޕޕެގެންޑާ ފަތުރަން ފަށަނީ.

    13
  6. ޙ

    ޢަނެއްކާ މީގެ އެޑިޓަރަކި މަޖިލިސް މެންބަރެއް
    މޯޑު.
    މިހާރު މީ ފޮޅިނެރެގެން މީހުންގެ ވިސްނުން ބަދަލު
    ކުރެވޭނެ ޒަމާނެއް ނޫން....އެމް ޑީ ޕީ ކަރުތާ ފެނުގައި

  7. އިބްރާ

    މިފަހަރު އަޅާނީ ހުކުރު ޚުތުބާ ތެރެއަށް ކަންނޭނގެ