މި ފަސް އަހަރުގެ ދައުރު ނިމޭ އިރު، ރައްޔިތުންނަށް ވި ވައުދުތައް ފުއްދާނެ ކަމަށާއި ރައްޔިތުންގެ މަސައްކަތުގައި ޕާޓީއެއްގެ ސިފައިގައި ދެން ވެސް ތިބީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ނެރެން ފެށި "ޚަބަރު ސިޓީ" ގައި ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމު ތައާރަފްކޮށް އިޖުތިމާއީ ރައްކާތެރިކަމުގެ ފުރިހަމަ ޕްރޮގްރާމެއް ހިންގަން ފަށައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް މުޅި ރާއްޖޭގައި ހިންގި ކަމަށެވެ. ހިލޭ ބޭސްފަރުވާގެ ނިޒާމާއި ޓެކްސްގެ ނިޒާމު ތައާރަފްކޮށް އިގްތިސާދު ކޮޅަށް ޖެހުމުގެ ކުލަވަރު ފެންނަން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ނަތީޖާއަކީ "ބަޣާވާތަކުން" އެމްޑީޕީގެ ވެރިކަން ބަދަލު ކުރުން ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ. އޭގެ ފަހުން ފެނިގެން ދިޔައީ އިހު އޮތް އަނިޔާވެރިކަމުގެ ތެރެއަށް ރާއްޖެ ގެންދިޔަ މަންޒަރު ކަމަށް ވިދާޅުވިއެވެ. އެގޮތުން ކަރުނަ ގޭހާއި ކަރަންޓު މުގުރާއި އަސޭ މިރުސް ދިޔަ އާއި ޖަލު ގޮޅިތަކުގެ ޒަމާން އަނެއްކާވެސް އެނބުރި އަތުވި ކަން ހަސަން ލަތީފްގެ ލިޔުއްވުމުގައި ފާހަގަ ކުރެއްވިއެވެ.
"ކަން ދިމާކުރި ގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ވެގެން ދިޔައީ ދިވެހި ރައްޔިތުންނަށް ކުރިމަތިވި މުސީބާތަކާއެވެ. އެ އިންތިހާބު ގަޑުބަޑުކޮށް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެރިކަން ހޯދައި ދިނީ ފަނޑިޔާރުގެއިންނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެ ނުފުށަށް ޖައްސަވައިފިއެވެ. ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަން އާންމު ކުރައްވައިފިއެވެ،" ހަސަން ލަތީފް ލިޔުއްވާފައިވެއެވެ.
ހަސަން ލަތީފް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި ބަސް ބުނާ ފަރާތްތަކުން ލީ ޖަލަށެވެ. އެގޮތުން، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ އިދިކޮޅު ލީޑަރުން ޖަލަށްލިކަން ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.
އޭގެ ފަހުން އައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު ވެގެން ދިޔައީ އަނެއްކާ ވެސް މި ޕާޓީ އަށް އުފާވެރިކަން ގެނެސްދިން ނަތީޖާތަކަކަށް ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މިހާރުގެ އުންމީދަކީ މިދިޔަ ސަރުކާރުން ރައްޔިތުންނަށް ޖައްސާފައިވާ ހާލަތުން އަރައިގަނެވޭނެ ގޮތެއް ހޯދައިދިނުމެވެ. ބޯހިޔާވަހިކަން ހޯދައި ދިނުމާއި މަތީ ތައުލީމް ފޯރުކޮށްދިނުމާއި އާމްދަނީ ލިބޭނެ ވަޒީފާތަކެއް ލިބުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ވިޔަފާރިއެއް ފެށޭނެ ގޮތެކެވެ. ހާސްކަމެއް ނެތި އުޅެވޭނެ ގޮތެކެވެ،" ހަސަން ލަތީފް ލިޔުއްވާފައިވެއެވެ.
ހަސަން ލަތީފް ވިދާޅުވީ މި ސަރުކާރަށް ދެ އަހަރު ނުވަނީސް، ހެނދުނުގެ ނާސްތާ ދޭން ފަށައި ހިލޭ ޑިގްރީއަށް ކިޔެވުމަށް ދިން ފުރުސަތުގެ ދަށުން އެތައް ދަރިވަރުންނެއް ތައުލީމް ހާސިލް ކުރަމުން އަންނަ ކަމަށެވެ. އަދި ކުދިއަދި މެދުފަންތީގެ ވިޔަފާރި ފެށުމަށް ލޯން ދޫކުރަމުން އަންނަ ކަމަށާއި ވިހެއުމާ ގުޅިގެން ހަ މަހުގެ މެޓަނިޓީ ލީވްއެއް ލިބެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފެނާއި ނަރުދަމާ އާއި ބަނދަރުގެ އެތައް މަޝްރޫއެއް ހިނގަމުން އަންނަ އިރު، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝަރުއީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްވެރިކަމުގެ ގާނޫނާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ މަސައްކަތް ނިންމައި އެންމެ ކުޑަ އުޖޫރަ އާއި ފުލުހުންގެ ހިދުމަތުގެ ބިލްގެ މަސައްކަތް ހިނގަމުން އަންނަ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
ޙަސަން ލަތީފް އެވެ ކަލޭމެން މަސައްކަތް ކުރަނީ ނަޝީދު ހިތް ރުއްސަންވެގެން! ދެވަނަކަމަކަށް ފުލުހުންގެ މުއައްސަސާއަށް އަތް ބާނަންވެގެން! އެރުން ކަލޭމެން ގެންނަން އުޅޭ ދިނީމިނިވަންކަން ގެނެވޭނީ! ޖީއެމްއަރ އަށް މަލޭ އެޔާރޕޯޓް ދެވޭނީ! ހައްތާވެސް އަމިއްލަ ޖީބް ފުރާލެވެތޯ ކުރާމަސައްކަތް!
މިމީހުންގެ ބަލާވެރިކަން ވަރަށް އަވަހަށް ފުނޑޭނެ! މިހާރުވެސް މިއޮތީ ވަރަށްބޮޑަށް ފުނޑިފަ!! ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުން ނިކުންނަންވީ މި ބަލާވެރިކަމުން ސަލާމަށް ވުމަށް!! މިމީހުން ރައްޔިތުންނަށް ޚިދުމަތުގައި މިތިބެނީ ގައުމުގެ ޚަޒާނާ ބަދަލުގެ ގޮތުގައި ނަގާ ހުސްކުރަން!! އަދި މިދަނީ މިނިވަން މުއައްސަސާތައް ފުނޑާލަމުން!! ރައްޔިތުން ވަޒީފާތަކުން ކަނޑާކަމުން!! ރައްޔިތުން ބިކަކުރަމުން!! މިހެންތޯ ކަލޭމެން ރައްޔިތުންގެ ޚިދުމަތުގައި ތިބެންވީ؟
ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސް ފައިސާ އިން ވައްކަން ކުރަން ފޫގަޅައިގެން ކަލޭމެން ތިތިބީ
ހަމަ އެކަނި އަނގަ@ އަމަލެއް ނުހުއްޓުވޭ@ ރޭޕު ކޭސް އެހާ ގިނަ @ ކުރެވުނީ އެންމެ ކަމެއް ޔާމިނު އެކަނި ޖަލުގައި ބެހެއްޓުން!
އެމްޑީޕީން އުޅެނީ ޕްރޮޕެގެންޑާ ހިންގާ ރައްޔިތުންނަށް އުންދަގޫ ޖައްސަން.... އެމްޑީޕީ މީހުން މަޖުލީހުގަ ތިބެގެން ކުރާ ކަމަކީ ހަމަ އެކަނި އަމިއްލަ ސިޔާސީ އެޖެންޑާ ކުރިއެރުވުމާ ބާރުގެ ބޭނުންކޮށްގެން ކުއްކުރުން... މިސާލަކަށް ރިޒް ކުންފުނިން ބިދޭސީންގެ އަތުގަ ވޯކް ވިސާ ނެތި ގެންގުޅުމާ، މުސާރަ ނުދިނުން، އަންހެނަކަށް ޖިންސީ ގޯނާ ކުރުމަށް ފަހު ސިޔާސީ ނުފޫޒް ބޭނުން ކޮށްގެން އެކަން އޮއްބާލުން... ސަފާރީގަ މަސްތުވާތަކެތި ބޭނުން ކުރުމަށް ފަހު އެކަން އޮއްބާލަން އުޅުން... މަސްތުވާތަކެތި ބޭނުން ކޮށްގެން ހުރެ އަންހެނަކަށް ޖިންސީ ގޯނާ ކުރުން..... އެމްޑީޕީގެ ރޯޔަލް ފެމެލީން ހިންގަނީ މިހާރު ހުސް ޑިކްޓޭޓަރޝިޕްގެ އަމަލްތަށް...
މި ވެރިކަމުގަ ރައްޔިތުންނަށް ފައިދާ ހުރި ކަމަކަށް ކޮށްދިނީ ކޮންކަމެއް؟ މި ވެރިކަމުގަ މުއްސަދި ވަނީ އެމްޑީޕީގެ ނުފޫޒް ގަދަ ރޯޔަލް ފެމިލީ އެކަނި... އެމްޑީޕީ ގެ ރޯޔަލް ފެމިލީއިން މަޖުލީސް ބޭނުން ކުރަނީ އަމިއްލަޔަށް ނުހައްގު ޑީލްތައް ހަދައިގެން މުއްސަދި ވާން... އަމިއްލަ ޖީބަށް ބަރުކުރަން... އެމްޑީޕީގެ އާދައިގެ މެމްބަރަކަށް ނުލިބޭ އެއްވެސް މޮޅެއް... ފްލެޓް ވެސް ނުދޭން ހިފަނީ.... އެމްޑީޕީގެ އާދައިގެ މެމްބަރުން ފެންނަނީ ވޯޓް ހޯދަން ވީމަ އެކަނި...
ކަލޭމެނައް ދައްކަދޭނަން ރައްޔަތުން ތިބީއެމްޑިޕީނޫންކަން އިންސާﷲ ގިނަދުވަސްތަކެނުވެ
ލަދެއް ހަޔާތެއް ނެތްބައެއް ރައްޔިތުންނޭ އެބަކިޔަނުން ކޮށްމެވެސް އެހެންކަމެއްކުރެވޭތޯބަލާ
މޑޕ އަކީި މި ގައުމަށް ޖެހިފައިވާ ބޮޑުބަލާއެއް މިވެރިކަމަކީ މިގައުމު ނުދެކޭހާ ބޮޑު ބަލަވެރިކަމެއްމިވެރިކަން މޑޕ އައިފަހުން ކޮންމެދުވަހަކީ ރައްޔިތުންމަށް ކޮންމެވެސް ދުއްތުރާޔެެއް ތަހައްމަލްކުރަން ޖެހޭ ދުވަސްތަކެއް މުޅި ގައުމު ވައްކަންކޮށްގެން ދަވާލުމާ ރޭޕްކުރުމާ ދީނަށް ފުރަށްސާރަ ކުރުމާ ރާބުއިމާ ޖަރީމާ ނުހިންގާ ދުވަހެއް މިވެރިކަން އައިފަހުން މީ ހަމަ މިހާރުން މިހާރަށް ރައްޔިތުންނިކުމެ ސައިޒް ކުރަންވެފައިވާ ބަލާވެރިކަމެއް
ނުބުންޏަސް އެނގޭ. ތި ބައިގަނޑު ރައްޔިތުންމާނަ ކުރެވެނީވެސް ތިބައިގަނޑުގެ އައުވާނުންނަށް. އެހެން ޕާޓީއެއްގެ ބަޔަކު ކަމަކާއިގެން ތިމަންނަ ކައިރިއައް އައިސްސި ނަމަ، ތިމަންނަގެ ހުރި ނުލަފާކަން ދައްކާލާނަމޭވެސް ބުނީ ތި ބައިގަނޑުގެ ބޮއްޅައެއްނު.
ހަޔާތުގައި ކަންފުޅެއްވެސް ނެތް ސޮރަށް ތިކަން ދަށްކުވާނެދުވަސް އެބަކައިރިވޭ ޓީވީތަކުން ބަލަންތިބޭތި.
ވެރިކަމަށް އައިގޮތަށް އައިސް ރައްޔިތުންގެ ހަޒާނާ ކައްވާލާފަ ދެން ތިބުނަނީ ތިބޭނީ ރައްޔިތުންގެ މަސައްކަތުގައޭ. ތިމަސައްކަތުން ގައުމަށް އޮތީ ގެއްލުން.
ތިތިބީ ފޭލިވެފަ. ދެމީހުންގެ ތިބޭތަނެއްގައިވެސް ވެރިޔަކަށް އިބޫ ކަމަކުނުދޭ. އަވަހަށް ގައުމު އިތުރަށް ބަނޑަށްނުޖެހެނީސް އިސްތިއުފާދެއްވާފަ ގެއަށް ވަޑައިގަންނަވާ. ނަމަނަމަ ބަޣާވާތްކުރީއޭ ނުބުނާތި.
މާލޭހަސަނާބުނަން ކަލޭތިދައްކާވާހަކަ ޚޮދުކަލޭމެންގެޕާޓީގެމީހުންވެސް ޤަބޫލުނުކުރާނެ ކަލޭތިބުނަނީ ރައީސްޔާމީން މިޤައުމައް ކަމެއްކޮއްދެއްވާފައެއްނެތޭ ރަނގަޅައް ހާވާލާފަ ބަލާބަލަ ދަރުމަވަންތަހޮސްޕިޓަލް ދެންބަލާބަލަ ހުޅުލެ މާލެ ބްރިޖް ދެންބަލާބަލަ ހުޅުމާލެ ބަލާބަލަ ރިންގރޯޑުދެންބަލާބަލަ އެންމެފަހުން ކަލޭމެން ޖަލްސާބޭއްވި ކްރޮސްރޯޑު ހަތްހާސްފްލެޓް މިވަރު ފަސްއަނހަރުތެރޭގަމަދީތަ ޔަޤީންކަމާއެކުބުނަންކެރޭ އެމަނިކުފާނައް ދިހައަނހަރު ވެރިކަންކުރައްވަން ލިބިލެއްވިނަމަ މިކުޑަކުޑަ ޤައުމު ކުޑަސިންގަޕޫރަކައްހެއްދެވީސް
މިއުޅެނީ އެމް.ޑީޕީ އުފެދުނުގޮތް ހަދާންނެތިގެނެއްނޫން، ކަލޯ ހަސަނާ. މިއުޅެނީ ކަލޭމެން ނަށް ވެރިކަން ލިބުނީމައި ކަންތައްކުރާގޮތް ގޯސްވެގެން. ރައްޔިތުން ގަޅިހައްދަން ފާޑުފާޑު ގެ ނޫސް ނެރޭނެކަމެއްނެތް. ރައްޔިތުން މިތިބީ ފިސާރިހޭލާ- އޮޅިފޮޅިސަރުކާރު
ވަރަށް ގިނަކަންކަން ކޮށްދެވިއްޖެއެވެ.
1. ހޯރަ އިއްބެ މިނިވަންކުރުން
2. އެމްޑީއެން ރިޕޯޓުނެރުން
3. އުތެމަ ރިޕޯޓް ނެރުން
4. ސީޕީ ކުލަބް ހިންގުން
5. 32 ބިލިއަނުގެ ބަޖެޓް، އެމްއެމްއޭ ރިޒާވް،ކޮވިޑް އާގުޅިގެން ލިބުނު އެހީތައް ވީގޮތެއްނޭގުން
6. ބަދަލުގެ ގޮތުގައި ބިލިއަނުން ޕާޓީކުދިންނަށް ބެހުން ދީބާޖާ
7. ފައިސާ ޗާޕްކުރުން، ޑޮލަރުގެ އަގު މަތިވުން އިންފްލޭޝަން މައްޗަށް ދިއުން
އަދިވެސް ބައިވަރު
އެމްޑީޕީ ވެރިކަމުގައިތިބި ހާދުވަ ހަކި ރައްޔިތުން ޖެ ހޭނީ ދަމާކަނޑަށް:
ރައްޔިތުންގެ މަސަތްކަތުގައޭ ރައްޔިތުން ގަބޫލެެއް ނުކުރޭ އެމްޑީޕީ އަށް ރައްޔިތުންނަށް ކަމެއްކޮށްދެވޭނެކަމަކަށް:
ކަލޭމެންނަށް ބުނެލަން އޮތީ ދެން ރައްޔިތުންނަކަށް ކެތެއް ނުވާނެޔޭ. ކޮރޯނާ ވައިރަސްއާއި ގުޅިގެން މަޑުން މިތިބެނީ. ކުޅިދައްކާލާނަން. ލާދީނީ ބައިގަނޑަށް
ތިމަންނާ މިއީ ހަތަރުކަށިމަތި މާލެ މީހެކޭކިޔާފަ ޕޯޑިއަމްމަތީ ހަޅޭއްލެވި ބޮޑާ ނާތަހުޒީބު ރޭސިސްޓެއް ތިއީ. ޜައްޔިތުންނަކަށް ދެނެއް އޮޅުވައެއްނުލެވޭނެ.
ވީމާ ރިޒް ކޮމްޕެނީން މަސައްކަތް ކުރުވާފަ މުސާރަ ނުދޭ މީހުންތެރޭ ދިވެހިންވެސް ހިމެނޭނެ.
- ހަތަރުކަށިމަތި -
މިރހާރު ހިތާކުރަން ހިތުހުރިހާކަމެއްކުރައްވާތި ތިޔައީ ޢިއްޒަތްތެރި މަޖިލީހެއް އެކަމު މިހާރު ޢިއްޒަތެއް ޝަރަފެއްނެތި ބަިބަލާ ކުޅޭތަނަކަށް ވެއްޖެ ކަމަށް ރައްޔިތުން ޤަބޫލްކުރަނީ
ރައްޔިތުންގެ މަސައްކަތުގައެއްނޫން ލާދީނީމީހުންނައް ހިއްވަރުދިނުމުގައިތިބޭނީ އެމްޑީޕީމީހިން އަދި ރޭޕިސްތާނު ދިފާއުކުރުމުގައި އޭގެހެއްކަކަށް ހޯރައިއްބެއެކަނިވެސްފުދޭނެ ރައީސްކަމަށްއައިސް ބިސްމިކިއުމަކަށްވީ ހޯރައިއްބެ މިނިވަންކުރުން މީހުރިހާރައްޔިތުންނަށް އެގިގެންހިންގި ބޮޑުޖަރީމާއެއް
ޢެމަޑީޕ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ވަނީ އިބުރާޕާޓީއާ ކުރީގެޑީއާރުޕީގެ މީހުން ހިސޯރުކޮއްފަ
މިފަސް އަހަރު ނިމޭއިރި މިގައުމުގައި ބާކީ ފަޅެއް ގިރި އެއް ހިކިފަސް ތަނެއް ނުބާއްވާތި ބޭރު ބަޔަކައް ދީ ނުވަތަ 99 އަހަރައް ވިއްކާލާ 4ކަށިމަތި
ހަސަނާ! ސުރުޚީ ގައި އެވާ އިބާރާތް؟... ހުސް ދޮގު.