ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް، ބަލިވެއިން މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ މައުލޫމާތު ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް، ބަލިވެއިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޖުލައި 2 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ފ. ފީއަލީ/ފީރޯޒްގެ، އިބްރާހިމް ޝާފިއު (37އ) އެވެ.

ފުލުހުން ދެންމެ ވިދާޅުވީ ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ޖުލައި 3 ވަނަ ދުވަހު ފ. ފީއަލީ/ފީރޯޒްގެ، އިބްރާހިމް ޝާފިއު (37އ) ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި މައްސަލައަކަށްވަތީ، އޭނާ ދޫކޮށްލައިފިނަމަ މިމައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒުފޯރުވައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެތީ އާއި އޭނާގެ ފަރާތުން މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ތަހުގީގު ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށާއި މައްސަލައިގެ ޝަރީއަތުން ހުކުމެއް ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މިމައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންވެސް ހިމެނޭގޮތަށް ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށެވެ.

އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާ ތަކުގައި ޝާއިއު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިފަދަ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ހީ ކޭން ގޯ ޓު ހެލް.

    28
    1
  2. ނަޖީ

    ކޮމްމެކަމެ ރައްޔަތުން ބޮލައްޖަހާލީމާ އެނިމުނީ އިސްލާމީ ގައުމެގަ އިސްލާމީށަރިއަ ގާއިމުނުކުރާހާހިދަކު މިކަހަލަކަންތަ ހުއްޓުމަކަ އަންނާނެކަމަކަ ގަބޫލެނުކުރެވޭ ކޮބާތޯ އިންސާފުގާއިމުކޮއްދޭން އައިސަރުކާރު

    39
    2
  3. ނަޖީބު އައްބާސް

    އަދައިގެ ސޮރެއްވީމަ ފޮޓޯޖަހާލައިފި ސަފާރީ ރޭފު ފޮޓޯޖަހަން ނުކެރުނު! މިއީ އެމްޑީޕީގެ އިންސާފުވެރި ސަދޫމުގަ އިންސޯފު އޮތްގޮތް

    88
    2
  4. ސަމީ

    މި ވެސް ސިޔާސީ މީ ހެއް ނަަމަ ފޮޓޯ ކީއްކުރަން ނަމް ވެސް ހާމަ ނުކުރީސް. ކޮބާ ސަފާރީ ކަންތައް

    84
    2
  5. ދާން

    ވަރުގަދަ އަދަބެއް ދޭން ޖެހޭ... ނުލަފާ މީހެއް

    39
  6. ހިލޭ

    ކުއްޖާގެ ޅިޔަނު...

    30
  7. ޢލަި

    މަރަންވީ ދަންޖައްސާ

    21
    1
  8. ާމަމެންއަސުރައްގުއިނަ

    ކޮބާ ސަފާރީ ސަފާރީ ސޯލިހުބޯށިގަނޑު

  9. ާއައި

    ޙީ އިޒް އަ ބާސްޓަޑް. ޙީ ޝުޑު ބީ ޕަނިޝްޑް ސިވިއާރލީ