އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުންދާތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މައުމޫން ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ އަންހެން ކުދިންނާ އަންހެނުންނަށް ކުރާ ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވަމުން ދާ ކަމީ ނިހާޔަތަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށާއި އިޖްތިމާއީ ގޮތުން ހުތުރުކަން ބޮޑު ލާއިންސާނީ އަމަލެއް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

ރައީސް އޮފީހާއި ޖެންޑަ މިނިސްޓްރީ އާއި ފުލުހުންނާއި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ރަސްމީ ޓުވިޓާ އެކައުންޓް ޓެގް ކުރައްވައި މައުމޫން ވިދާޅުވީ މިކަން މުޖްތަމައުން މުޅިން ލުހެލުމަށް އެންމެން ގުޅިގެން ވަރުގަދަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށެވެ.

މައުމޫން އެގޮތަށް ވިދާޅުވި އިރު، ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިފަދަ ބައެއް މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން ދޫވެގެން ދާތީ މުޖުތަމައުގެ ތެރޭގައި އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތެވެ.

އަންހެނުންނާ މެދުގައި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އާންމުންގެ ސަމާލުކަމަށް މި ދުވަސްކޮޅަށް މާ ބޮޑަށް އައީ ހުޅުމާލެ ސަފާރީއެއްގައި ކެންޔާގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހަކު ދޫކޮށްލުމާ ގުޅިގެންނެވެ. ހައްޔަރު ކުރި ދެ މީހަކު ކުއްލި ގޮތަކަށް ދޫކޮށްލުމުން، އެ މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމުގެ އަޑުތައް ވަރަށް ބޮޑަށް ފެތުރުނެވެ.

މި މައްސަލަ އަށް ފަހު، ރޭޕް ކުރުމާއި ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާ ދެކޮޅަށް މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ވަނީ ފަށައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރަބަރޭ

    ކަންބޮޑު ވާނެކަމެއްނެތް މަނިކުފާނުވެސް ތިޔާހުންނަވަނީ އެބާއިގަޑަށް ބައިއަތުހިއްޕަވާއިގެން ވެރިކަންލިބިވަޑާއި ގަތުމަށްފަހު ފުރަތަމަ ކަމަކަށް ދެކެވަޑާއި ގަތީ ކުޑަކުދިންގެ މަތިން ހޯރަ އަޅަމުން ދިޔަ ބޮޑު ހޯރައެއް މިނިވަންކޮއް ދޫކޮށް ލެއްވުން
    ބޮޑުވަރު

    25
  2. ބަރުބަރީ

    ކަލޭގެ 30 އަހަރު މިތާ އިސްލާމީ ޝަރީއަތް ގާއިމް ކުރިނަމަ ތިބުނާކަން ތަށް އޮބެހެއްތިފައި އޮންނާނެ. މިފެންނަނީ ކަލޭމެން ހިންގި ޖާހިލުކަމާއި މަކަރުވެރިކަމުހެ އަދަބު. ރަސޫލާއަށް ފުރައްސާރަ ކުރުމުން ކަލޭ ހިތުގެ ވިންދުވެސް ހުއްޓިފައިވާކަން އެނގޭ. މުޅިން އެހެން ކަމެއްގަ ކަލޭތިއުޅެނީ އަނެއްކާވެސް. އިލްމުވެރި ބޮޑުޖާހިލު.

    12
    1
    • ރަންނަމާރި

      ތި ޝަރީއަތް އޮންނަތާ ކިހާ ޒަމާނެއް. ހުއްޓުނީ ކޮން ގައުމަކުން؟

  3. ނަައީމް

    ކަލޭފަދަ ނުބައިނުލަފާ މީހަގު މިގައުމަކުނެތް އަގަޔާއި ދުލާއި ހަތަރެސްފައިން މުޅިގައުމާއި ރައްޔިތުންނާއި ބުހާތަބުނޮށް ބުނަމުންގެންދިޔައީ ކެނެރީގޭ އާއިލާއަކީ ދުވަހަކުވެސް ދުވަހަކުވެސް ދިވެހިންނަށް ހެޔޯއެދޭނެބައެއްނޫނޭ އެކަމަކު މިއަދު ކަލޭނޫންތޯ ތިބުނަނީ މިގައުމު ހިންގޭނީ އަންނިއަށޭ އަންނިބަންދުކުރީމާވެސްބުނީ ނުހައްގުންނޭ އެބަންދުކުރީ އެހުރީކަލޭގެ ހުރި ނުބައި ނުލަފާ ޖާހިލުކަން ހެޔޯނުވާނެ ތިހެން އުޅެކަށެއް މުސްކުޅިވީދުވަހު އެންމެގިނަ ނުބައި ކަންކަމުގެތެރެއަށް ވަދެގަނެގެން ދުނިޔެދޫކުރާ މީހުންގެތެރޭ ކަލޭވާނެ އިސްލާހުވޭ...

  4. އެމޫނާ

    މިހެރަ ޢިލްމުވެރި ޖާހިލު މޫނާ !!! މީ ކަލޭގެ ވެސް ޒިންމާވާންޖެހޭ ކަމެއް. 30 އަހަރު ކަލޭ ވެރިކަންކުރި އިސްލާމީ ޝަރީޢަތާ ޚިލާފަށް. އަންހެނުން ބުރުގާ އަޅާ އައުރަ ނިވާކުރަން ނުޖެހޭކަމަށް ކަލޭ ރަޢުޔު ނެރުނު. އައުރަދައްްކާފަ ފިރެހެނުން މަގު ފުރައްދާފަ މިހާރު ތިކިޔަނީ އަހަރެން އެކަމުން ބަރީޢަވަމޭ.....

  5. ލައިޓް

    ރައީސް މައުމޫނަށް އިހްތިރާމާއި އެކު ސުކުރިޔާ. ހިތުގެ އެންމެ ފުންމިނުން.

  6. އަދުރޭ

    މީހަކު ބުނާ ރަނގަޅު އެއްޗެއް ބަލައިގަތުމުގެ ހިތްވަރު ނެތް މީހާ އަނެކާއަށް ޒާތްޒާތުގެ ލޭބަލު ދިނުގެ ޙައްޤެއް ނޯންނާނެ

  7. ކިނބޫ

    ހޯރަ އިއްބެ ދޫކުރި އިރު މި މަނިކުފާނު ހުންނެވީ ދެބަންދިހާރަ ވެފަތޯ؟

  8. ޒުވާނާ

    މުސްކުޅިފުޅުވީ ދެއްތޯ؟ އާޚިރަތް އޮތީ ގާތުގަ މަނިކްފާނަށްވެސް! މިޤައުމަށް ލާދީނީ ބައިގަނޑަށް މަގުދައްކާފައި ތިޔަ ވަޑައިގަތީ!
    އަދު ވަޑައިތިޔަގަތީ ޤައުމުރޮއްވާފައޭ! ދެން ވަޑައިތިޔަގަތީ ޢާއިލާ ރޮއްވާފައޭ! ޤައުމު ވަޑައިއަދުގަތީ ބިކަވެ ލަދުވެތިކަމުގައޭ! ﷲ މަނިކްފާނަށް ހެޔޮމަގު ދައްކަވާށި! އާމީން!