ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް ދިވެހިންތަކެއް ރަހީނުކުރުމުން އެރަށަށް ފުރަތަމަ ދިޔަ ފުލުހުންނަށް އިހުތިޖާޖު ކުރަމުން ދިޔަ ބިދޭސީން ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯ އެއް އާއްމުވެއްޖެއެވެ.

އެ ވީޑިއޯ ނަގާފައި ވަނީ ބޮޑުފިނޮޅު ބަނދަރާއި ތަންކޮޅެއް ދުރުގައި ހުރި މީހެކެވެ. ނަމަވެސް އެ ވީޑިއޯ އިިން ފެންނަ ގޮތުގައި އެރަށުގެ ބަނދަރުގައި ގިނަ އަދަދެއްގެ ބިދޭސީން ލަކުޑު ބުރިއާ ދަގަނޑު ބުރި ފަދަ ތަކެތި ހިފައިގެން ތިއްބެވެ. އަދި ބޮޑުފިނޮޅު ބަނދަރާއި ފުލުހުންގެ ލޯންޗު ކައިރި ކުރަން އުޅުމުން ހަޅޭއްލަވާ އަޑުގަދަ ކުރާ އަޑުވެސް ވީޑިއޯ އިން ފެނިގެން ދެއެވެ. އަދި ފުލުހުންގެ ލޯންޗު ބަނދަރާއި ކައިރި ކުރަން އުޅުމުން ބިދޭސީންގެ އަތުގައި ހުރި ލަކުޑި އަދި ދަގަނޑު ބުރިތައް ފުލުހުންގެ ލޯންޗާއި ދިމާލަށް އުކަން ފެށި މަންޒަރުވެސް އެ ވީޑިއޯ އިން ފެނެއެވެ.

ބިދޭސީންގެ ހަމަލާތަކުން ފުލުހުން ސަލާމަތްވުމަށް ފުލުހުންގެ ލޯންޗު ފަހަތަށް ޖެހެން ފެށިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލޯންޗުގައި ދިޔަ ފުލުހުން ދިޔައީ ސަލާމަތީ ގޮތުން ފުލުހުން ލާންޖެހޭ ބައެއް ޖެކެޓު ފަދަ ތަކެތި ނުލައެވެ. އެހެންކަމުން ފުލުހުންގެ ސަލަމާތަށް ފަހަތަށް ލޯންޗު ޖައްސަން މަޖުބޫރުވިއެވެ.

ބޮޑުފިނޮޅުގައި ބިދޭސީން ފުލުހުންނަށް ހަމަލާދޭ ބިރުވެރި މަންޒަރެއް

Posted by Sangoaru Bin Ali on Friday, July 3, 2020

އޭގެފަހުން ވެސް އެރޭގެ އިރާކޮޅުވެސް ފުލުހުން ވަނީ އެރަށަށް ގޮސްފައެވެ. ނަމަވެސް ކުރިއެކޭވެސް އެއްގޮތަށް ބިދޭސީންގެ އަމަލުތަކުގެ ސަބަބުން ފުލުހުންނަށް ރަށަށް އެރޭނެ ގޮތެއް ނުވިއެވެ. ރަަށަށް އެރުމަށް ފުލުހުން ކުރި މަސައްކަތް އެރޭވެސް ވީ ނާކާމިޔާބެވެ. ބިދޭސީންގެ މި އަމަލުތަކުގެ ސަބަބުން ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ 13 ދިވެހި މުވައްޒަފުން ރަހީނުކޮށް، އެރަށުގައި ހުރި ތަކެއްޗަށް ގެއްލުންދީ ހަދާފައި ވަނީ އެރަށުގައި ތިބި 203 އެއްހާ ބިދޭސީންގެ ތެރެއިން ބައެކެވެ. ބިދޭސީން ހަމަނުޖެހުން ހިންގާފައި ވަނީ އެމީހުންނަށް ލިބެންޖެހޭ އެތައް މަހެއްގެ މުސާރަ ލިބިފައި ނުވާތީއެވެ.

މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މާލެއިން ސިފައިންނާިއ ފުލުހުންގެ ފައުޖެއް ދިޔައެވެ. ނަމަވެސް އެރަަށް އެރީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންނެވެ. އަދި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ އެރަށް ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައެވެ. ފުލުހުން އިއްޔެ ބުނީ އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 19 ބިދޭސީއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ބަކުރުބެ

    ތިޔަ ބިދޭސީންތައް ހަމަ މިހާރު ޑީޕޯރޓު ކުރޭ

    36
    3
  2. ކިނިކްސް

    މި މީހުންނަށް ދޭންޖެހޭ ފައިސާ ހަމައަށް ދިނުމަށްފަހު މިމީހުން ޑީޕޯރޓް ކުރަންޖެހޭނެ. ޑީޕޯރޓު ކުރުމަށް ހިނގާ ޚަރަދު އެމީހުންނަށް ފައިސާނުދިން ކުންފުނިން ހޯދަންވާނެ. އަދި ޓެރަރިޒަމް އަމަލެއްހިންގާފައިވާތީ މިމީހުން ޖޫރިމަނާކޮށް އެފައިސާ ދައުލަތަށް ހޯދަންވާނެ.

    41
    1
  3. 19ބިދޭސީން

    ތިޔަ ފެންނަ ފޮޓޯއިންވެސް ނުވަތަ ތިޔަ ބިރުވެރި ވީޑިއޯ އިންވެސް 19 އައް ވުރެ ގިނަ މީހުން އެބަތިބި ހަތިޔާރާއެކު،،

    35
    1
  4. ޙިޔަޅު

    މާދަރް ޗޯދް

    13
  5. ާއަބޫ

    ގަބޫލު ކުރިއަސް ނުކުރިއަސް މިއީ ފާއިތުވެ ދިޔަ ހުރިހާ ސަރުކާރެއްގެ އިހުމާލެއް. މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް. އަދި ދުރާލައި ފިޔަވަޅު ނާޅާނަމަ ހީނުކުރާ ވަރުގެ ގޯސް ކަންތަކެއް ފެންނާނެ.

    40
    1
  6. ރޭވުން

    މިސަފާރީގެ އަޑުކަނޑުވާލުމަށް ހިންގި ޖަރީމާއެއް ކަމަށް ތުހުމަތު ކުރެވޭ އެކަމު މާތްﷲ ކޮންމެކަމެއްވެސް މޮޅައްބައްލަވާ ދެނެވޮޑިގަންނަވާ

    29
    4
  7. ފާތުމަ.

    މީ ރިޒާ ބުނެގެން ކުރިކަމެއް.ރިޒާ ސީލް މޯލްޑިވްސް އަތުން އިތުރަށް ލާރި ހޯދަން އުޅުމުން އެކުންފުނިން އިތުރަށް ނުދިނުމުން ރިޒާ އެމީހުން ލައްވާކުޅުނު ގޭމެއް މީ.

    15
    1
  8. ރޭވުން

    ސަފާރީ ގެ އަޑުކަނޑުވާލުމުގެ ރޭވުމަކަށް ވިއަސް ނުވިއަސް މާތްﷲ ކޮންމެކަމެއްވެސް މޮޅައްބައްލަވާ ދެނެވޮޑިގަންނަވާ

    25
  9. ހިޖާ

    ބޯގުނާލީމާ 19 އަށް ވުރެ ހަތަރު ފަސްގުނަ ގިނަ!!!!!!!

    12
  10. ހަސަނާ

    ބޮޑުފިނޮޅުގެ މިހަރަކާތުގަ ބައިވެރިވި އެއްވެސް ބިދޭސީއަކު މުސާރަދިނުމައްފަހު ޑީޕޯޓު ނުކޮއްބަހައްޓާފިނަމަ ތިޔަފަދަ އަމަލުތައް މިގައުމުގަ އިތުރުވެގެންދާނެ ކަމީ ސައްކެއް އޮތްކަމެއްނޫން ވީޑިއޯ ކޮޅު ބަލާލީމަ ފެނޭ 19 މީހުނައްވުރެ ގިނައިން 90 ޕަސެންޓު މީހުން ހަރަކާތުގަ ބައިވެރިވާމަންޒަރު ތިކަން މެދުވެރިވި ސަބަބު ހިއުމައްޓުރެފިކު ގެ އަމަލެއްގެ ތެރެއިންވީމާ އަދި ތިޔަ އަމަލު ހިންގީ މަޖިލިސްމެމްބަރަކައްވާތީ އެމީހުންގެ މުސާރަ ބޮޑުވިފަދައިން އަދަބުވެސް ބޮޑު ވާންޖެހޭ..

  11. ސީނު

    މި ރާއްޖޭގައި އެތައް މުޒާހަރާއެއް ކުރި އިރުގަވެސް ފުލުހުންނަށް ތިގޮތަށް ޙަމަލާ ދިނުމުގެ ވިސްނުމެއް ދިވެހި މުޒާހަރާގެ ބައިވެިން ގެންގުޅެފައި ނުވާނެ. ތިޔަ ބަންގާޅީންގެ ވިސްނު ހުރިގޮތް ފެނިއްޖެއެއްނު. ސިދާ ފުލުނުނަށް ޙަމަލާދީ އުޅަދަށް ޙަމަލާ ދީފައި ތިއޮތީ. ތިކަހަލަ ކަމެއް ހިގާފައި އޮތީ ހިމަންދޫގައި. ރާއްޖޭގެ ގާނޫނުގައިވާ ގޮތަށް މިފަހަރު ބަދަރުމަތީގައި ތިބެ ފުލުހުންގެ ލޯންޗަށް އެއްޗިހި އުކި ހުރިހާ ބަންގާޅީންނަށް ތަހުގީގު ހިންގާ އަދަބު ދޭންވާނެ.
    ބަދަރުމަތީގައި ތިބި މީހުން އެންމެން އެތިބީ ޕޮލިހުންނާއި ހަގުރާމަކުރަން ނިކުމެ. އެންމެ 19 މީހުންނަށް ފަިޔަވަޅު އެޅުމަކީ އިންސާފެއްނޫން.

  12. ދޮންއަމާ

    ހައްޔަރުކުރީ 19 މީހުނޯ؟؟؟ އެކަމަކު ބައިވެރީން މާގިނަދޯ؟؟؟

    3
    1
  13. އެޖެންޑާ 19 ހައްޔަރުކުރީ 19

    ކިތައްމެ ބަޔަކު އެހަމަނުޖެހުމުގައި ބައިވެރިވިޔަސް ހައްޔަރުކުރެވޭނީ އެޖެންޑާ 19 ގައި އެބުނާ ޢަދަދު ކަމުގައިވާ 19 ނޫންތޯ؟

  14. ފަޓާސް

    މީ ދެވެހިންގެ ރަށަކު ހިނގި ކަމެއްނަމަ ރައްޔިތުން ރަޅާ ތިރިއަރޫވާ ނުލާނެތަ.