ޖޫން މަހުގެ ކަރަންޓް ބިލްތަކުން 40 އިންސައްތަ ޑިސްކައުންޓް ފެނަކައިގެ ކަސްޓަމަރުންނަށްވެސް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ޖޫން މަހުގެ ކަރަންޓް ބިލް ބޮޑުވެގެން އެތައް ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. މިކަމާއި ގުޅިގެން އެންމެ ފުރަތަމަ ކަރަންޓް ބިލުން 40 އިންސައްތަ ޑިސްކައުންޓެއް ދިނީ ސްޓެލްކޯއިންނެވެ.

ސަރުކާރުގެ މަޝްްވަރާއާ އެއްގޮތަށް ރާއްޖޭގައި ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯއިންނާއި، ފެނަކައިންވެސް ޖޫން މަހުގެ ކަރަންޓް ބިލުން، 40 އިންސައްތަ ޑިސްކައުންޓް ދޭން ނިންމިއިރު، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އޭޕްރިލް އަދި މެއި މަހުވެސް ކަރަންޓް ބިލުން 40 އިންސައްތަ ކަނޑާދީފައި ވެއެވެ.

އެހެންކަމުން މި ޑިސްކައުންޓް ރޭޓުގައި މި ދެ ކުންފުނިންވެސް ގޭތަކަށް އަލުން ބިލް ފޮނުވާނެއެވެ.

ކަރަންޓް ބިލް ބޮޑުވި މައްސަލަ ހޫނުވެފައި ވަނީ އެހެން މަސް މަހާއި ހިލާފަށް،ބޮޑުކޮށް ބިލްކޮށްފައި އޮތުމުންނެެވެ. އެކަމާއި ސްޓެލްކޯއިން ބުނަނީ، ކަރަންޓް ބިލް ހަދަން މީޓަރު ނަމްބަރު ފޮނުވަން ބުނުމުން މެއި މަހު 80 އިންސައްތަ މީހުން ނުފޮނުވާ ކަމަށެވެ. އެހެންވެ ބިލް ހެދީ ތިން މަހުގެ ކަރަންޓް ބިލް ބޮޑުވި މިނަށް ބަލާފައި އެވްރޭޖްކޮށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކަރަންޓް ބިލް ބޮޑުވި މައްސަލަ މިހާރު ވަނީ މަޖިލީހަށްވެސް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރައްޔިތުންމިހާ

    ރައްޔިތުންނަށް ކަރަންޓު ބިލުން ޑިސްކައުންޓު ނުލިބިގެން ނޫޅެމޭ މިއުޅެނީ 4 މަހުގެ ގޭ ކުލި ނުދެއްކިގެން މަގުމައްޗަށް ނެރޭ ހިސާބަށް ގޮސް ގޮތްހުސްވެފަ.

    11
  2. އަބްދޫ

    ކަރަންޓް ބޭނުންކުރެވޭ ތަކެއްޗައް ބަލާއިރު އައިސްއަލަމާރިޔާ އެއާކޯން އަކީ ކަރަންޓް ބޭނުންކުރެވޭ މިންގަނޑު ފިނި ހޫނުން ބަދަލު އަތވެދާނެ ދެއްޗެއް، ދެންހުންނާނީ ފަންކައާ ދިއްލުން އެއީ ހޫނިވިޔަސް ފިނިވިޔަސް އެނބުރޭމިނަކަށް ބަދަލެއްނާންނާނެ އަލިގަދަ މަޑުވުމަކަށް ބަދަލެއް ނާންނާނެ. ކަރަންޓް ބޭނުންކުރވޭ މިންގަނޑުގެ ތެރޭއިން 1 ޔުނިޓް ހިގާވަރު ބަލާ މީޓަރު އެޖެސްޓް ކުރަނީ 100 ވޯޓް ބޮކި 10 ގަޑިދިއްލާފަ ގަޑިއެއްގެ އިރު ބެހެއްޓީމަ 1 ޔުނިޓް ހިގާ ނިސްބަތަށް. މިގޮތުން ނޯމަލް ގޮތެއްގާ އެއާކޯނަށް ކޮންމެ 45 މިނިޓަކުން ޔުނިޓެއް ހިގާނެ 75 ވޯޓްގެ ފަންކައަސް ކޮންމެ 13 ގަޑި 20 މިނިޓަކުން ޔުނިޓެއްހިގާނެ ޓިއުބްލައިޓް 55 ވޯޓްގެކޮންމެ 18 ގަޑި10 މިނުޓުން ޔުނިޓެއް ހިގާނެ ފްރިޖް 300 ކިއުބިކް ފޫޓް ކޮންމެ 12 ގަޑިއިރަކުން ޔުނިޓެއްހިގާނެ 32 އެލްސީޑީ ތީވީ އަށް ކޮންމެ 10 ގަޑިއިރަކަށް ޔުނިޓެއްހިގާނެ. ލެޕްޓޮޕް ކޮންމެ 25 ގަޑިއިރުން ޔުނިޓެއްހިގާނެ ޑެސްކްޓޮޕް ކޮންމެ 8 ގަޑިއިރަކުން ޔުނިޓެއްހިގާނެ 7 ކިލޯ ދޮންނަމެސިން ކޮންމެ 2 ލޯޑަކުން ޔުނިޓެއްހިގާނެ. ރާއްޖޭގެ ބޭނުންކުރަނީ 110 އައި 240 ވޯޓާދެމެދުގެ ކަރަންޓް ތަކެތި ރާއްޖޭގަދެނީ 230 ހާމިންވަރު ޕަވަރ ނަމަ އެޕަވަރު އެޖެސްޓް ވެއްޖެ ނަމަ މީޓަރުތަކުގެ ހިގުމަށް ބަދަލު އަތުވެދާނެ.

  3. ޞަކީލް

    ވަރަށް މޮޅަށް ޑިސްކައުންޓް ދޭ ބައެއްމީ. ޢެން މަހު ބިލްގަ 1000 އިނިއްޔާ 200 ރުފިޔާގެ ޑިސްކައުންޓެއް ދީފަ، ޖެހިގެން އަންނަ މަހު 1500 އަށް ބޮޑުކޮއްފަ 200 ރުފިޔާގެ ޑިސްކއުންޓެއްދީ ކުރިންމަހުގެ ޑިސްކައުންޓައް ދިޔަ ވަރަށްވުރެ އިތުރަށް ނގާ

    12
  4. އިބްރާހިމް

    ރާއްޖެތެޜޭ ރަށްރަށަށް ފެނަކަ ނޫންގޮތެއް ހޯދަން ވެއްޖެ. މިވެރިންނަށްވީ ދުވަހަކުން ރަށްރަށުގަ ކަރަންޓާ ނަރުދަމާ ފުރިހަމަކުރަން ދުކޮށްލައިގެން ތިބެވޭކަށްނެތް.
    ކަން ކުރެވޭވަރުގެ ބަޔަކާ ހަވާލުކުރަންދެން އިހުތިޖާޖު ކުރަންވީ، އެވެސް އެއްވެސްމީހަކު ކަރަންޓު ބިލް ނުދައްކާ. ކަނޑަންޏާ ހުރިހާ ގެޔަކުންތާ ކަރަންޓު ކަނޑަން ޖެހޭނީ.
    ރައްޔިތުންގެ ބާރު ދައްކާލަންވީ

  5. ޝާރީފް

    ފެނަކަ އުވާލާފައި ބޭރުކުންފުނިއަކުން ކަރަންޓް ދޭންރާވަންވި ތިޔަފެނަކަ މީހާބުނި އަށްޑޫގާ ފެންމީޓަރގެ 30 ރުފިޔާ ކެނޑިވާކަ އެމަކުވެސް މިހާރުވެސް ބިލް އާދޭ ނިމިދިޔަ ޖޫންމަހުގެ ބިލް ބޮޑުކޮށް ރައްޔަތުންނާއި ސަރުކާރާއި ޖައްސަން ސައީދު ތިއުޅެނީ އެހެން ނުހަދާ އިސްތިއުފާދީ ބިލްބޮޑު ކޮށް ރައްޔަތުން ހާލުގާ ޖައްސަން އުލޭނެ ކަމެއް ނެތް ކަލޭމެން ހަދާ ހުރިހާ މަކަރު ސާފްކޮށް އެނގޭ ސައީދު އިސްތުއުފާ ދިނުމުން ފެނަކަ ރަނގަޅުވާނެ.

  6. 💖💖💖

    ރާަާއްޖެ ތެރޭ ރަށްރަށުގޭގޭ ކަރަންޓު ބިލު ވެސް ކުޑައެއް ނޫން