ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހައްދުފަހަނައަޅާފައިވާ ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.

އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތިން ބާރު ވަކިކޮށްފައިވާ ނިޒާމެއް އެކުލަލަވާލާފައިވާ އިރު، ކޮންމެ ބާރަކަށް ވެސް އިންތަކަކާއި މިންތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.

އަދި އެ މިންތައް ކަނޑައަޅާ، ބަޔާންކޮށްފައި ވަނިކޮށް މަޖިލީހުން ޖިނާއީ ތަހުގީގުތައް ހިންގަމުންދާ ކަމަށާއި ސަރުކާރުގެ ވުޒާރާތައް ހިންގުމުގައި މަޖިލީހުން އަމުރު ކުރާ ހިސާބަށް ކަންކަން ދިއުމުން އެވަނީ ހައްދު ފަހަނައަޅާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވަނީ ސިޔާސީ ހައްދު ފަހަނައެޅުން ހުއްޓުވަން ޖެހޭކަމަށް ވެސް ވިދާޅުވެފައެވެ.

އިލްޔާސް މިފަދައިން ވިދާޅުވެފައިވާއިރު، މަޖިލީހުން ސަރުކާރު ހިންގުމަށް ދަތި ކުރާކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ބުނެފައެވެ.

މަޖިލީހާ ގުޅުން ނެތް ކަންކަމުގެ ތެރެއަށް މަޖިލީހުން ވަންނަ ކަމަށް ބުނެ އާންމުންގެ ފާޑު ކިޔުން އަބަދުވެސް މަޖިލިހަށް އަމާޒުވެއެވެ. ދާދި ފަހުން ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ބަލަން ހިއުމަން ރައިޓްސް ޖެންޑަ ކޮމިޓީން ނިންމި މައްސަލައިގައި އަނިޔާ ލިބުނު މީހާ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމި މައްސަލައިގައި ވެސް ފާޑު ކިޔުން އަމާޒުވެފައިވެއެވެ.

އަދި ބ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި ހިނގައިދިޔަ ހަމަނުޖެހުންތައް ބަލަން މަޖިލިހުގެ މެމްބަރަކު ވަނީ މަޖިލިހަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ.

މަޖިލިހަކީ މަސް ކައްކާ ތަނެއް ނޫން، ޖަވާބުދާރީ ކުރާ ތަނެއް: ރައީސް ނަޝީދު

މަޖިލިހަށް އަމާޒުވާ ފާޑުކިޔުންތަކާ ގުޅިގެން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލިހަކީ "މަސް ކައްކާ ތަނެއް" ނޫން ކަމަށާއި އެއީ ސަރުކާރު ޖަވާބުދާރީ ކުރާ ތަނެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން އަމަލުކުރާ ކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ލޮލް

    ތިބޭފުޅާ ޔާ ޑރ. އިޔާޒް އާ ދެބޭފުޅުން ތީ މިރާއްޖެ ސެކިއުލަިސްޓުން ނައްތަބަކައްލާފަ ދިންދެބޭފުޅުން..... ދުވަހަކުވެސް ތިޔަ 2 ބޭފުޅުން ދައްކަވާ އެއްވެސް ވާހަކައެއް ދިވެހި ރައްޔިތުން އަޑު އަހާނެ ކަމައް ދެން ހީނުކުރައްަވާ.

    97
    14
  2. ކަނބާ

    ތިކަން ހުއްޓުވަން އިސްކޮށް ނުކުންނަން ޖެ ހޭނީ އިލްުޔާސް

    117
    2
  3. ބަރުބާދު

    އަޗި..! އެއްކަލަ ނުތާހިރު ސޭކުންތަށް ދޮޅިއެޅެންފެށީމާ ހަރުން ނިކުންނަން ފަށައިފި. މިއަދު ގައުމަށް ދިމާވެފައި މިވާ މުސީބާތުން ކަލޭމެންނަށް ބަރީއަ ވެވޭނެ ގޮތެއްނެތް.. ސަބަކީ ހައްގާއި ބާތިލް އެނގިހުރެ ނުބައި ފާސިގުންނަކީ ކޮބައިކަން ރަށްޔިތުންނަށް ވަނަވަރާއި އެއްކޮށް ކިޔާދީފައި ހަމަ އެމީހުން ނާއި ބައިއަތު ހިފައި ވެރިކަމަށް ގެނެސް ރަށްތިތުންނަށް އަނިޔާ ދޭތީ.. ބުއްދި ދެއްވީ ކަލޭމެންނަށް އެކަނި ކަމަށްތަ ތިޔަ ހީކުރަނީ.. ކަލޭމެންގެ މަކަރުވެރިކަން މިއޮތީ ހާމަވާން

    86
    7
    • ރަޔާން

      އަޅުގަނޑު ވެސް ޝޭޙް އިލިޔާސް އަށް އިހްތިރާމް ކުރަން،. އެމްޑީޕީން ކަންތަށް ކުރިގޮތް ފެނިވަޑައިގަތުމަށް ފަހު ވެސް ބުނުއްވީ އެމްޑީޕީ އަށް ވޯޓް ދިނުމަށް... ކުރީ ވެރިކަން ވަރަށް އަނިޔާވެރި އޭ... މިހާރު ތި ބުނުއްވަނީ ކީކޭތޯ؟ މި މަޖުލީހުގެ ގޮތް އެގުންކަން ރަގަޅު

      44
  4. ???

    ???

    38
    3
    • ??

      ?????????

      15
  5. ނަައީމް

    ނަރަކައިގާ އަބަދުމެ އެއްކަމެއް ކޮށްލަކޮށްލާ އުޅޭބަޔަކު ވާކަމުގަ އިލްޔާސްވެސް ވިދާޅުވޭ އެމީހުންގެތެރޭ މިވަނީ އިލިޔާސްވެސް އެހެން މިބުނީ ސަރުކާރެއް ބަދަލްކުރިޔަސް އިލިޔާސް ވައްޓާލިޔަސް އިލިޔާސް މީނަޔަކަށްނެތް ރަނގަނޅު ހަމައެއްގޮތެއްވެސް ޝަހީމް ކަހަލަ ރަނގަޅުމީހަކު ކުރިމަތީލީމާވެސް ކޮވުނަކަ ނުދިން އެހެންވީމާ މީނައެއނޫންތަ އެމީންހުންގެތެރޭގައި ވަނީ

    62
    3
    • ޖިންނި

      ވ ރަނގަޅު ވާހަކައެއް ޝަހީމް ކަހަލަ ރަނގަޅު ބޭފުޅެއްގެ ބަދަލުގަ އެ ބާރުދިނީ “ ކެނަ “ އަކަށް

      58
      3
  6. Anonymous

    ޝޭޚް ތައްޔާރު ތޯ މިކަން ހުއްޓުވުމަށް ނިކުންނަށް. ޤައުމަށް ދީނަށް ލޯތްބެއް ހުރިއްޔާ ހިންގަވާ ނިކުންނަށް. ވަލުގައި ހިތްޕަވާ ރައްޔިތުން މިތިބީ ބާރުލާން. ކެރިގެންތޯ ތިޔަވިދާޅުވަނީ؟ ތަރައްޤީ މެކުހަށް ޖަހަމުން އައި ޤައުމެއް ފުޑާލީއޭ. ޝޭޚް ދުޢާދެއްވި އޭ ވިދާޅުވީ. ފެނިވަޑައި ގަނޭތޯ ލާދީނީ ރިޕޯޓްތައް. ހިތްޕުޅަށް އަސަރުނުކުރޭތޯ ޝޭޚަކަށްވެ ހުރެ. ކަމަކަށްފަހު ކަމެއް ފެންމަތިވަނީ. ނަމުގައި ސޯލިޙް އޮތީ . ބަހާއި ޢަމަލު ދިމާނުވޭ. ޒިންމާ ނަންގަވާ ޝޭޚް މެން މިވެރިކަން ގެންނެވި ބޭފުޅުން. ތިލަފަތުން ކިރާލައްވާ. ރ.ޔާމީންތޯ . ދުޢާދެއްވި ސޯލިޙް ތޯ މިޤައުމާއި ރައްޔިތުންނަށް ހެޔޮއެދެނީ

    75
    1
    • މީހާ

      ރައްޔިތުންނަށް ހެޔޮއެދޭ ވެރިއެއް ރާއްޖޭގެ ވެރިކަމަކަށް އަދި ނާދޭ... ހުރިހާ އެންމެންވެސް އުޅެނީ އަމިއްލަ ފައިދާއަށް

      17
      19
  7. ބަނަސް

    ތިކަމަށް ހަމަ ތާއީދު، ތާކުން ތާކު ޖެހޭ ބިލެއް ހުށައޅަނީއެއް ނޫން . ކޮންމެސް މީހެއް ދޮގު ހަދައިގެން ނޫނީ މަސްތަކުގެ ބޯ ފަޅައިގެން ދާތީ އެކަމާ މި ބަހުސް ކުރަން ކޮންތަނެއް

    58
    1
  8. ސިކުނޑި

    ޝުކުރިއްޔާ ޝެއިޚް

    39
    1
  9. މާމީ

    އިލްޔާސް މެނައް ތިހެން ނުބުނެވޭނެ ކަލޭމެން މިހާރު ތިތިބީ ހުރިހާއެއްޗެއް ފިތިފަ އަނގަ ނަވާތި ވަޒީފާ ގެއްލޭނެ .

    57
    6
  10. އަބްދޫ

    މަޖިލީހަކީ ގާނޫނުހަދާ މަޖިލީހެއް . ޖަވާބުދާރީ ކުރާ މަޖިލީހެއްނޫން. މަޖިލީހުގެ ކޮމިޓީ ތަކެއް ހެދިފާ ދާއިމީކޮށް ހުންނާކަށެއްނުޖެހޭނެ. އޮފީސްތައް ޖަވާބުދާރީ ކުރަންޖެހޭނީ ރައިސުލްޖުމްހޫރިއްޔާ .ވަޒީރުން އައްޔަންކޮށް ހިގާނުހިގާގޮތްބަލާ ކަނކަން ނިންމަންޖެހޭނީ ވަޒިރުންގެ މަޖިލީހުގެ ކުރެވޭ މަސްވަރާއިން. މިަޖީލުން ވުޒާރަޔަކާ ވެހޭ އެއްވެސް ކަމެއް ހިންގޭނީ ވަޒީރުންގެ މަޖިލީހުގެ މަސްވަރާމަތިން ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާކަމެއްއެކަނި. ގާނޫނުއަސާސީގަ ބުންނީ ދަވްލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް. ދާއިމީ ކޮމިޓީއަކަށް ގާނޫނުއަސާސީގަ ލާޒިން ކުރަނީ ގައުމީސަލާމަތާބެހޭ ކޮމިޓީ 241 މިނޫންއެއް ވެސް ކޮމިޓީއެއް ދާއިމީކޮށެއްނެހެދޭނެ. ބަޖެޓް މަޖިލީހަށް ހުށަހެޅުމުން ބަޖެޓް ދިރާސާއަށް ބަޖެޓް ފާސްކޮށް ނިމެންދެން މާލިއްޔަތު ކޮމިޓީ ބޭއްވިދާނެ މިގޮތުން މަޖިލީހަށް ހުށަހެޅޭ ގާނޫނީ ބިލްތަކުގެ ދިރާސާކުރުމަ މަޖުލީހުން ވަގުތީ ކޮމިޓީއެއް ނެގިދާނެ. މިނޫންގޮތަކަށް ސަރުކާރުގާ ހުރި ކޮންމެ އޮފީހަކަށް މިޖިލީހުގަ ކޮމިޓީއަެއް ހަދާ ކޮންމެ މެމްބަރަކަށް 20000 ރ، ދިނުމަކީ ބަޔަކަށް ނަޖައިޒު ފައިދާ ހޯދާދިނުންކަމަށް ދެކެން. ސަބަބަކީ ކޮމިޓީ ހިގަމުންދަނީ ތަޅުމުގާ ބަހުސް ހިގަމުންދާ ވަގުތު ތަކުގާ ވެފައި ދެމުސާރަ ދެވެންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނާތީ.

    44
  11. ކާފަބޭ2020

    ޔަހޫދީންގެއަތްމައްޗަށް ޤައުމުދުއްވާލުމުގެމޭސްތިރިންނަކީ 1 މައުމޫން 2 ގާސިމު 3 އިމްރާން 4 އިލްޔާސް 5 ޒައިދު 6 އިޔާޒު މިމީހުންނުކުމެ މިހާރުފާފަޅޮލޭ ގަރުދިޔަބޯތައްޓޭ ކިޔަންފެށީމަ؟؟؟؟؟

    60
    2
  12. ތާކިހާ

    އިލިޔާސް ގެ ތިޔަފަދަ ބަސްފުޅުތަކަށް އަޅުގަނޑުގެ ކަންފަތް ބީރު. އަދި އަޅުގަނޑުގެ އެދުމަކީ ހުރިހާ ރައްޔިތުންވެސް އިލިޔާސުގެ މިފާޑުގެ ބަސްފުޅުތަކަށް އެއްގޮތަކަށްވެސް އަޅާނުލެއްވުން.

    44
    5
  13. ދުންތަރި

    މަޖިލީހަކީ މަސްކައްކާތަނެއް މަޖިލީހަކީ މަސްމާރުކޭޓު މަޖިލީހަކީ ދާޚިލީ ހަނގުރާމަކުރާ ހަނގުރާމައިގެ މައިދާނެއް މަޖިލީހަކީ ޖިނާއީ ކުށްކުރާ ކުށުގެ ވެއްޓެއް މަޖިލީހަކީ ބާޒާރުމައްޗަށްވުރެ ބަހުރުވަ ހުތުރުތަނެއް މަޖިލީހަކީ ދިވެހިރާއްޖޭގެ ޝަރުޢީނިޒާމަކީވެސް މަޖިލީހަކީ ޤާނޫނު ހަދާކަމަށްބުނާ ތަނަކީވެސް މަޖިލީހަކީ ވެރިކަން ހިންގާ ތަނަކީވެސް މަޖިލީހަކީ ޑުރާމާކުލޭ ތަނަކީވެސް އެހެންވީމާ މަޖިލީހުގެ ދައުރު ކުޑައެއްނުވާނެ

    42
  14. އިބ

    ތީ ދީނީ އިލްވެރިން ނެއް ނޫން ސިޔާސީ އެކްޓިވިސްޓުން.. ތޯގޫތުންނަކީ ކޮބައި ކަން އިސްލާމްދީން ގެ އިލްމްވެރިމް ނަ އެހެން ނަމަ އިންގޭނެ

    39
    3
  15. ހޭލާ

    ނިދިންހޭލެވެނީތަ ވަގުތުފާއިތުނުވަނީސް އަމިއްލައެދު އެއފަރާތްކޮއްފަ ތެދުވެ ޒިންމާނަގާ އެހެންނޫނީ މަޢާފެއްނެތް

    34
    3
  16. Anonymous

    މަސާޖް ކުރާތަނެއް ހުޅުވުމުގެ ޚިޔާލެއް ނެތްބާ ؟

    25
    1
  17. އިބޫރާހިމް

    ތީ ސިޔާސީ އެކްޓިވިސްޓުން...އިޔާޒް ޝަހީމް އިމްރާ އިލްޔާސް ޒައުދު މެނައް ތޯގޫތުން ނަކީ ކޮބާކަން ނޭންގެން ޔާ އެއީ ވަރައް ބޮޑު މަސަލައެއް

    20
    1
  18. މާމިގިލީ މީހާ

    މަޖިލީހެއްނޫން ހައްދުފަހަނަ އަޅައިފަ ހުރީ، ކަލޭޔާ ކަލޭގެ ލާދީނީ ފިކުރު ހުރީ ހައްދުފަހަނަ އަޅައިފަ. ކަންނެލިިދޯނި.

    22
    4
  19. ހާމިދު ޝާހިދު

    އިއްލިޔާސް މެންވެސް މިހާރު ދެން ތިޔަހެން ކިޔަން ލަދެއް ނުގަނޭތަ. އޭރުވެސް އިނގޭ މިހެންވާނެކަން. އެކަމަކު ހިހޫންތަނުން ކާލައިގެން ތިޔަ ހުންނަވަނީ މެލޭޝިއާގައި. ސަރުކާރާއި މަޖްލިހަކީ މިހާރު އެކައްޗެއް. ރައީސް ސާލިހް އާއި ނަޝީދު އަކީ ކުޑައިރުގެ ދެ ރަހުމަތްތެރިންގެ އިތުރުން، އާއިލީގޮތުންވެސް ގުޅިފައިވާ ދެ ފަރާތް. ދެން އެތަނުން ކޮންމެ މީހަކު ކަމެއް ނިންމިނަމަވެސް އަނެކަކު އޭގެން ނެއްޓިގެނެއް ނުދާނެ. ޒިންމާވާންޖެހޭނީ، ޞާލިހް އާއި ނަޝީދު.

    33
    1
  20. މަސްދަރު 4

    ކޮއްކޯ މާ މައްޗަށް ތި ދެވެނީ @ ބުލަޑު ޕުރަޝަރު ލެވެލް އަށް ތިރި ކުރަވޭތޯ ބަލާ ބަލަ

    19
    2
  21. ރޯޔަލް

    ރަސޫލާ ދުއާ ދެންނެވި ވެރިކަން ގެނެސްދިން މީހާ ހާދަ ރުޅިގަދަވެފަ މިހިރީ، ކަލޭމެން ކިޔާއެއްޗެއް ދެން ނިކަމެތި ރަތްޔިތުން ބަލައެއް ނުގަންނާނެ

    37
    2
  22. ނާސިރު

    ލަދު ނުގަންނަ މީހުންވެސް އުޅޭ. އެކަމަކު ތިޔަ އިލްޔާސް ވަރުގެ މީހަކު ނުދެކެން. ތިޔައެތި ހުކުރު ކުރާކަން އެނގުނަސް އެމިސްކިތަށްވެސް ނާރާ މިއުޅެނީ.

    30
    2
  23. ޙހހހ

    ރަހަ ލާންފެށީތޯ އަރުތެރޭގައި

    32
    1
  24. ކަހުރަބު

    ކަލޭ ތާހިރެއް ނޫން މި ސަރުކާރު އޮތްހާ ދުވަހަކު “ އެކައްޗެއްވެސް ކިޔާކަށް “ މިއަދު އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުން އެ ކަން އެކުރަނީ ކަލޭގެ ވެސް އެހީތެރި ކަމާއި އެކު

    36
    1
  25. ޢަލީ

    ކަރުން ނާރު ފުއްޕާފަ ދެން ތިހެންކިޔަސް ކާކު ތިކަމާއުޅޭނީ، އޭރުވެސް އަހަރެމެން ކިޔަމުންދިޔައީ ވާނެގޮތް، އެކަމަކު މަނިކުފާނު ވިދާޅުވީ އެއީ ދުޢާ ދެއްވާފައިވާ ބޭފުޅެކޭ، ދެން އޭގެ ވަށައިގެންވެސް ތިބޭނީ އެމީހުންނެއްނު.

    34
    1
  26. އަލި

    އިލްޔާސް މެން ކޮށިމަގުން ދަތުރުކުރަނީ ދެންކީކޭތިކިޔަނީ ފަހުޒަމާނުގެ ދަންނަ ނުދަން ބޭކަލުންނަވާނެގޮތް ތިޢޮތީވެފަ

    32
    1
  27. ސަންތިމަރިޔަބު

    ﴿156﴾ الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

    އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ.
    [ އަލް ބަޤަރާ ސޫރަތުގެ 156 ވަނަ އާޔަތް]

    12
  28. ރަބަރޭ

    އެމީހަކު ކެނޑި ކަޑުލެއްގެ ހިތިފިލުވާނީ އެމީހެކެވެ.

    19
  29. ދޮންތުއްތު

    ކަލޯތެކަހަލެއިވާހަކަނިދައްކަ ގާސިމް
    ރިޑިއަރާހެއް

    11
  30. ޒާ

    މިނުބައި ދޮރު ހުޅުވަނީ އެހީތެރިވީ ބޮޑު 2 ސޭހުންކުރެ އެކަކުތީ. ދެން ހުރީ ކަޅުބޭ ލަތީފުގެ ދަރި. ލަދުކޮބާ ތިވާހަކަ ދައްކަން.

    20
  31. علي وحيد

    މަޖިލިސް މެންބަރުން ހައްދުފަހަނަ އަޅާފަ ރައީސުލްޖުމްހޫރިއްޔާ ހައްދުފަހަނަ އަޅާފަ ވަޒީރުން ހައްދުފަހަނަ އަޅާފަ ހުއްޓުވަންޖެހޭ މިގޮތަށް ބުނެލުމަކުން ފުދިދާނެބާ! ހުއްޓުވަންޖެހެނީ ކޮންބަޔަކު ނުކުމެބާ ސޭޚު އިލިޔާސް ނިސްބަތްވާ އަދާލަތުޕާޓީ ، ހައްދުފަހަނަ އެޅި ލާދީނީ ބައިގަނޑުގެ ކޯލިސަން ދަމަހެއްޓުމުގަ އަވަދިނެތި ޖުމްހޫރީޕާޓީ ކޯލިސަން ދަމަހެއްޓުމުގަ އަވަދިނެތި އެމްއާރުއެމް ކޯލިސަން ދަމަހެއްޓުމުގަ އަވަދިނެތި ދެން ކޯއްޗެއް ހައްދުފަހަނަ އަޅައިގެން ތިއުޅެނީ ބަލަގަ މޮޔަފުޅުވެގެންނޭ ތިއުޅުއްވަނީ

    14
  32. علي وحيد

    މީގައި މިހިރަ ކޮމެންޓުތައް ސޭކު އިލިޔާސް ،ސޭކު އިމްރާނޫ ،ސޭކު ޒައިދޫ ،ސޭކު އިޔާޒު ،ސޭކު މައުމޫނު ،ފަގީރުންގެ ލިސްޓްގަ އޮތް ބުރުމާ ޤާސިމް ބައްލަވާލަވަ ބާވަޔޭ އަޅުގަނޑު ހިތައްއަރާ

    21
  33. ތިރިބެ

    ތިބޭފުޅާއައް އިގޭބަ ޖަވާބުދާރީކުރުން ( އެއީ އަނެއްދެބާރު ކުޜާކަންތައްބެލުން)

  34. ލައިޓް

    ޝޭހުން ދައްކަންވީ ދީނުގެ އިންތަކާ މިންތައް. ޕާލިމެންޓް އަކީ އިގިރޭސި ބަހެއް.

  35. Happy

    ޢެބައުޅެންދޯ ކަލޭމެންވެސް ?‍♂️

  36. އައްޔު

    ދުއާ ލައިދިން އިބްރާހިމް ކޮބައިތޯ؟

  37. ޞަނބުކެޔޮ

    ދެންވެސް ޕީޕީއެމްްި އަށް ވަދެބަލަ ސެއިހް

  38. އަހުމަދު

    މި ޤައުމުގައި ހިންގާ ޖަރީމާތަކާ. މަޖިލީހުގައި ހިންގާ ދީނާޚިލާފުޢަމަލުތައް ހުއްޓުވަން ޖެހޭ

  39. ހަސަންބޭބެ

    ތިމަންނާގެ ދުޢާ ﷲ ސުބުހާނަހޫ ވަތަޢާލާ ޚާއްސަގޮތަކުން އިޖާބަކުރައްވާކަމުގެ އިންޕްރެޝަނެއް އުފައްދައިގެން، ދުއާ އާއި ވައުޟު ވިއްކައިގެން ދިރިއުޅޭ ދަންނަބޭކަލުން އެގައުމެއްގަ ގިނަވެއްޖެ ކޮންމެ ގައުމަކަށް ވެފައޮތްގޮތް މިގައުމަށްވެސް މިވަނީ. އަތުންފައިން ދިރިއުޅުމަށްޓަކައި އެއްވެސް މަސައްކަތެއް ނޮކޮށް އަބިދަރީން ބޭރުގައުމުތަކުގަ ބައިތިއްބާއިގެން ދެއިރު ދެދަޅަޔަށް އެތަނަށް ދަތުރުކުރެވޭ! މާލޭގަ ހުއްޓަސް ނެތަސް ހުންނާނެ ލަގްޒަރީ އެޕާރޓްމަންޓް ހުންނަނީ ހިފާފަ. ރަށުގަ ގަޑުވަރެއް ބިނާކޮށްނިންމާލާކަށް ހަމަ އެއްވެސް ކަމަކަށް ނުވި. ދެން އަދި އެބަ ދީނޭ ގިޔާމަތޭ ކިޔާ އެބަ ވާހަކަ ދައްކާ! މިކަހަލަ މީހުން ހިފާ ހައްޔަރުކުރަން ރައީސް ނަޝީދަށް ގޮވާލަން. ގައުމުގެ ސަލާމަތަށްޓަކާވެސް މެ.