ނޯތް ސެންޓްރަލް ޑިވިޝަން (ކ.އއ.އދ.ވ)ގައި ހިމެނޭ ރަށެއްގައި ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރު ކުރި ދޮންބައްޕަގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފިއެވެ.

މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން އެ މީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު ވަގުތެއްގައެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 57 އަހަރުގެ މީހެކެވެ. އެއީ އެ ކުއްޖާގެ ދޮން ބައްޕައެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، އެ މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއޔަމަށް 15 ދުވަހުގެ މުއްދަތެއް މިއަދު ޖަހާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އަންހެން ކުއްޖާ އަކީ ކޮން ކުއްޖެއްކަން އެނގޭތީ މައްސަލައިގެ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ. ނަމަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިމައްސަލަ ތަޙްޤީޤު ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގައި ފަހަކަށް އައިސް އަނެއްކާވެސް ޖިންސީ ގޯނާ އާއި ރޭޕް ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިފަދަ މައްސަލަތަކާއި ދެކޮޅަށް ޒުވާނުން ދަނީ މުޒާހަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޞަހީފާ

  ބަލަގަ ދޫކޮށްލައިގެންނޫންތަ ހެކި ހޯދަނީ؟ ސޮރީ! އެއީ ވަކި ބަޔަކަށް އޮންނަ ޤާނޫނެއް ދޮތަ؟

 2. ސައިސަމްސާ

  މިހިގާ (ރޭޕުގެ) ވަބާ މިގައުމަށް ކުރިމަތިވެފައިވާ ބޮނޑު މުސީބާތެއް ކަމަށް ދެކި ރައްޔެތުން ނިކުމެ މިކަމަށް ނިމުމެއް ގެންނަން އަދިވެސް ނުވަނީތޯ،؟؟ކޮންމެދުވަހަކުހެން މިދަނީ ކުރިޔަށް، މުސްލިމުންނޭ ކިޔައިގެން މިހެން ތިބުންތޯ މިކަމުގެ ހައްގު ގޮތަކީ..؟؟!! އަދުލުގެ އިންސާފްގެ ދޮރު ބަޔެކުމީހުން ގަސްތުގަ ތަޅުލާފަ ބަހައްޓާފައި ލާދީނީ ފިކުރުގެ މީހުންނައް މަގުފަހި ކޮއްދިނުމައްޓަކާ ހިންގާ ބޮޑުވެގެންވާ ޖަރީމާޔެއްކަން، މިގައުމުގާ ދިރިއުޅޭ މުސްލިމް އަޅުތަކުންނައް އެގިތިބެ މިކަންތައްތައް ހުއްޓުއްވަން މަސައްކަތް ނުކޮށް އެޅިހާބަތަކަށް ރިަބޯން އަހަރެމެން ރައްޔެތުން މިހެން ތިބުމަކީ ހާދަހާވާ ފާފަޔެކޭ އަދި ހާދަހާވާ ފިނޑިބަޔެކޭ ހިތަށް އަރާ.!!. ބަލަގަ ރައްޔެތުންނޭ އަދިވެސް ތިޔަބައިމީހުން ނިދިން ހޭލާ ގަނޑި ނުޖެހެނީތޯ.. ހެޔޮނުވާނެ މިހެން ތިބޭކަ މިގައުމު ހަލާކުގެ ތެރެޔައް ވެއްޓިގެންދާ އިރުވެސް ހަމަ މަގަށް އަޅުވަން މަސައްކަތް ނުކޮށް،، ބަލަގަ ސަރުކާރުން މިޒާތުގެ މުންކަރާތްތައް ނުހުއްޓުވާނަމަ، ރައްޔެތުން ނިކުމެ އަދުލު އިންސާފުގެ ދޮރުހުޅުވަން މަސައްކަތް ކުރުމަކީ އަހަރެމެން މުސްލިމުންގެ މައްޗަ އޮތް ވާޖިބެއް އަދި ފަރުދީ ޒިންމާއެއްނޫންތޯ..

  1
  1
 3. ސަމާސާ

  މިފަދަ ރީތި ބޮޑެތި އަންހެނުން ތިބޭއިރު ކުޑަކުދިންނާއި ބެހެނީ ކީއްވެ. މި މައްސަލަ ބަލަންވީނު ކޮންމެސް ބަޔަކު.

  3
  1