ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހުން ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދާއި ހަމައަށް 3269 ބަންގްލަދޭޝް މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ، ސައްހަ ލިޔެކިޔުން ނެތި، ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމަށް ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން މިއަދުގެ ނިޔަލަށް 3269 މީހަކު ބަންގްލަދޭޝްއަށް އަނބުރާ ފޮނުވާލާފައިވާ ކަަމަށެވެ.

މާލެއިން ޑާކާއަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓްގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބަންގަލަދޭޝްގެ 187 މީހަކު ވަނީ ފޮނުވާލާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން، ރާއްޖޭގައި އުޅެމުންދާ ބިދޭސީން އެނބުރި ގައުމަށް ފޮނުވާލުމުގެ ބޮޑު މަސައްކަތެއް ފެށުނެވެ. ކަނޑުމަގުންނާއި، ބަންގްލަދޭޝް އަސްކަރީ ފްލައިޓެއްގައިވެސް ބައެއް ބަންގްލަދޭޝް މީހުން ވަނީ ފޮނުވާލާފައެވެ.

ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެެވެ.

ރާއްޖޭގައި ބަންގްލަދޭޝް މީހުން ހައްދު ފަހަނައަޅާ ވަރަށް ގިނަވެފައިވާ މައްސަލަ މި ވަނީ ބޮޑު މައްސަލައަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގްރެފިޓީ

    ތެދެއް ނުހަދާތި. ފޮނުވާލި ގިނަ ބިދޭސީންނަކީ ގަވައިދާ އެއްގޮތަށް ގެންގުޅޭ ކުންފުނިތަކުގެ މަސައްކަތުގައި އުޅޭ ލޭބަރުން. ޔުނިވަސަލް ކަހަލަ، ބައެއް ކުންފުނިތަކުން ވަނީ ޗާރޓަރ ފްލައިޓް ތަކުގައި އެމީހުން ފޮނުވާލައިފަ. މުސާރަނުދީ ބަޔަކު ބައިތިއްބުމަށް ވުރެ ފޮނުވާލުންވެސް މާ ބުއްދިވެރިކަން އެނގި ފޮނުވާލި ބިދޭސީން.

    5
    1
  2. މާމިގިލީ މީހާ

    މާމިގިލީ ފިހާރައެއްގެ ސޭޓަކަށް މިވަގުތު ވެސް އެބައިން، އެއްވެސް ލިޔެކިއުމެއް ނެތް ބަންގާޅީއެއް. ގަވައިދާ ހިލާފަށް އެތެރެ ވެފަ އިން ބަންގާޅީއެއް. މާމިގިލީ ތިބޭ ފުލުހުންނަކީ ބޮޓުންތަކެއް. ކުރާކަަމަކީ ހަވީރު ފިއްޏައް ސައިކަލު ދުއްވާ އަންހެނުންގެ ފަހަތުން ވޭން ދުއްވާލަ ދުއްވާލާ ތިބެނީ. ކޮން އަންހެނެއްތޯ ރީތީ..

  3. ޝަން

    އެބަ ރަގަޅު ވޭ

  4. ނަސީރު

    ތިޔަ ވަރައް މީ ހުން ފޮނުވިޔަސް ، ހީވަނީ މިހާރު އަދި ގިނަހެން ބޮންދުން

  5. ފެކްޓް

    އާނ. އެކަން އެބަ އެނގޭ މަގުމައްޗަށް ނިކުތީމަ

  6. މިގޭ

    ބޮޑުންނާއި ވިޔަފާރިވެރިން ގެންގުޅުމީހުންތައް ފޮނުވީ ދޮގުހަދަންވެސް ވަކިވަރެއް. ތަފާތު ދޮގު އެޖެންޑާއެއް

  7. މިގޭ

    ހުސްދޮގު ތެދެއްނުހަދާތި. ލޮކުވީމާ މުސާރަނުދޭން ރޮސޯޓު އޯނަރުން، ބޮޑުންގެންގުޅޭމީހުންތައް ފޮނުވީ. މާލެތެރޭގައި އުޅޭ ބިދޭސީންގެ މަދު ބައެއް ފޮނުވީ ހުސްދޮގު މަކަރާހީލަތް ވައްކަމާ ފޭރުންމުޅިން.