ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މޯލްޑިވްސް އިމިގްރޭޝަނާއި އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ ދެ އިދާރާގެ އިތުރުން ލޭބާ ރިލޭޝަންސް އާއި ޕަބްލިކް އިންޓްރެސްޓު ލޯ ސެންޓަރުގެ ބޭފުޅުންވެސް މިހާރު ބޮޑުފިނޮޅުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ފަރާތްތަކުން ހަރަކާތްތެރިވަމުން މި އަންނަނީ ބޮޑު ފިނޮޅުގައި އިއްޔެ ބިދޭސީން ހިންގި ހަމަނުޖެހުމުގެ ތެރެއިން ދިވެހިން ރަހީނުކޮށް އެރަށުގެ ތަންތަނަށް ވަނީ ގެއްލުން ދީފައި ވަނިކޮށެވެ.

އެ ރަށުގައި ހަމަނުޖެހުންތައް ހިންގައިފައިވަނީ އެ ބިދޭސީންތަކަށް އެތައް މަހެއް ވަންދެން މުސާރަ ނުދޭތީއެވެ. އެ ބިދޭސީންނަކީ ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ، ރިޒް ކުންފުނީގެ މުވައްޒަފުންނެވެ.

ބޮޑުފިނޮޅުގައި 203 ބިދޭސީއަކު މަސައްކަތް ކުރަމުން ދިޔައެވެ. އަދި އެމީހުން ވަނީ އެރަށުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުން ރަށުން ދާން އުޅުމުން އެކަމަށް ހުރަސް އަޅާފައެވެ. އަދި އެމީހުން އެރަށުގައި ހުރި އިމާރާތްތަކާއި މުދަލަށް ވެސް ވަނީ ގެއްލުންތައް ދީފައެވެ.

ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީ އަކު ހައްޔަރުކުރިއެވެ. އަދި އެމީހުންގެ ބަންދަށް މިއަދު ބ. އޭދަފުށި މެޖިސްޓްރޭޓު ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.

އެ މީހުންނަށް މުސާރަ ނުދޭ މައްސަލާގައި އެ ބިދޭސީންގެ ބެލެނެވެރި ފަރާތް ރިޒް ޕްރައިވެޓް ލިމިޓެޑާއި، ރިސޯޓުގެ ވެރި ފަރާތް ސީލް މޯލްޑްވިސްއިން ވާހަކަދައްކަމުން ދަނީ ދެގޮތަކަށެވެ. އެގޮތުން ރިޒް ކުންފުނިން ބުނީ މުވައްޒަފުންނަށް މުސާރަ ދެވިފައި ނުވަނީ ސީލް މޯލްޑިވްސް އިން ދޭންޖެހޭ ފައިސާ ނުލިބިވާތީ ކަމަށެވެ. ނަމަވެސް ސީލް މޯލްޑިވްސް އިން ބުނީ ރިޒް ކުންފުންޏަށް ދޭންޖެހޭ އަދަދަށްވުރެ ގިނައިންވެސް ފައިސާ ދީފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ގ

    ރިޒް ކުންފުނީގެ މައްސަލަ އެއް... މުސާރަ ނުދީ ވަގަށް ބިދޭސީން ގެންގުޅެނީ

  2. ޙހހހ

    ކޮބާހޭ ، އެންމެ 19 މީހުންހޭ ފުލުހުންނަށް ހުރަސްއެޅީ ، ވީޑިއޯ ނުފެނޭތަ ފުލުހުންނަކަށް ، ސިއްރު އެޖެންޑާއެއް އެބައޮތް، ބަޔަކު ހައްޔަރުކުރިކަން ދައްކަން 19 މީހުން ހައްޔަރުކުރީދޯ ، ބާކީ މީހުން ރިޒާގެ އޯޑަރަައް ދޫކޮށްލީދޯ ، ތަން ހުއްޓިދާނެތީ ، ބަލަ އެންމެންނަށްވެސް އަދަބު ދޭންޖެހޭ

    9
    2
  3. ޙަސަނާ

    ރިޒުކޮމްޕެނީ..މިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރުގެ ކުންފުނި ހިއުމަންޓުރެފިކުގެ ސިކާރައްަކައް އެތައްބިދޭސީން ނަކައް 6 މަސްދުވަހުގެ މުސާރަވެސް ނުދީ މިކަހަލަ މީހުން ހަދާ ގާނޫުނެއް ވެސް ސައްހަވާނެތޯއެވެ.

    11
  4. ށޫބާ

    ދެން ކަންވެ ނިމުނީމަ ކޮން ހަރަކާތެއް ހިންގާކައް.. ކަލޭމެންނައް ކަހެރިވަކެކޭވެސް ހިތައްނާރަޔެއްނުން ބިދޭސީންނައް މުސާރަނުދީ އަނިޔާމަތީގައި ރާއްޖޭގެ މަހުޖަނުން މަސައްކަތް ކުރުވާއިރު.. އަމީން ގިރި ތަންތަނައް ގޮސް އެމީހުންގެ ހާލުބަލާބަލަ.

  5. ޒާ

    ގަވާއިދާ ޚިލާފަށް ބިދޭސީން ލައްވާ މަސައްކަތް ކުރުވި ފަރާތަށް ދައުވާ ކުރަން ކެރޭނެތަ؟

    11
    1
  6. ޒާ

    މަޖުބޫރުން މީހުން ލައްވާ މަސައްކަތް ކުރުވުމަކީ ލޭބަލޯގައި ބުނާގޮތުން ކުށެއް. ސަރުކާރަށް ކެރޭނެތަ އެގޮތަށް މަސައްކަތް ކުރުވި ފަރާތަށް އަދަބުދޭން؟

    • ކާފަބޭ2020

      ނުކެރޭނެ މިހާރުގެއޮޕަރޭޝަން ނިމުނީމަ ރިޒްކޮމްޕެނީއަށްބަދަލު ދެވޭނެތޯބަލަނީކަންނޭގެދޯ؟

  7. ކާފަ

    ރިޒް އަށް ބަދަލުނަގައިދިނުމަށް .

  8. ދޮށިކޮއި ޢަލީގެ މުޙައްމަދު

    ތިޔައީ މާލެ ތެރެއިން ހޮވައިގެން ގެންގޮސްފަ ތިބި ބަޔަކަށް ވާނީ ވޯކްޕަމިޓް ނެތް

  9. ނ

    ކޮބައިތަ ލޭބަރ ޕާރޓި އަޑެއް ބަޑެއް ނެތް
    ޔާމިން ސަރުކާރު އޮތް އިރު ހީވަނީ ފަޔަތް ހިނި
    ޢަރައިގެން އުޅުނުހެން
    ޜާއްޖޭގައި އެންމެބޮޑު މައްސަލަ އަކީ..މުސާރަނުދިނުމާއި
    ޢަނބުރާދައްކާގޮތައް..ފައިސާ ނުދިނުން..މިކަމަށް
    ޣާނޫނު ހަދާބަލަ...މުސާރަ ނުދޭ މީހާ ދުވަހަކު ކުއްވެރިއެއް ނުވޭ...ބޮޑު ފިނޮޅު އެއްކޮށް ތަޅާ ސުންނާފަތި ނުކުރިކަން ނަސީބު