ބ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައިހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި ބިދޭސީން ހަމަނުޖެހުންތައް ހިނގަން މެދުވެރިވި ސަބަބުތައް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގައި ކިޔައިދީފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 19 ބިދޭސީއެކެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެއެވެ.

އެ ރިސޯޓް ތަރައްގީ ކުރަމުންދާ ކުންފުނި ކަމަށްވާ ރިޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 200 އަށްވުރެ ގިނަ މުވައްޒަފުންނަށް މުސާރަ ނުލިބޭ ކަމަށް ބުނެ، އެރަށުގައި ތިބި ދިވެހިން ރަހީނު ކުރުމާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފުލުހުން ވަނީ އެރަަށަށް އަރަން މަސައްކަތްކޮށްފައެވެ.

ފުލުހުން ބޮޑުފިނޮޅުގައި ހަރަކާތްތެރިވަނީ - ފޮޓޯ: ފުލުހުން

ފުރަތަމަ ފުލުހުން އެރަށަށް އަރަން މަސައްކަތް ކުރުމުން، ބިދޭސީން ވަނީ ފުލުހުންގެ ގަޔަށް ދަނގަޑާއި، ގާބުރި ފަދަ އެއްޗެހި އުކާފައެވެ. އަދި އެރަށަށް އަރަން މަސައްކަތް ކުރި ބައެއް ފުލުހުންނަށް ވަނީ އަނިޔާވެސް ވެފައެވެ.

އެންމެ ފަހުން އެ ދުވަހުގެ ރޭ މާލެއިން ފުލުހުންގެ ބޮޑު ފައުޖެއް އަރާ އެރަށުގައި ހިނގި ހަމަނުޖެހުންތައް ހުއްޓައި، ރަހީނުކޮށްފައި ތިބި ދިވެހިންތައް ސަލާމަތް ކުރީ ހުކުރު ދުވަހުގެ ފަތިހުއެވެ.

އެ މުސާރަތައް ލަސްވުމާއި ގުޅިގެން ރިޒް ކުންފުނިން ބުނަނީ، މުސާރަތައް ނުދެވި ވަނީ ރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ އެވެ. ނަމަވެސް ރިޒް ކުންފުނީގެ އެ ވާހަކަތައް ދޮގުކޮށް ސީލް އިން ނެރުނު ބަޔާނުގައި ބުނީ، ކޮންޓެރްކްޓަރަށް ދޭން ޖެހޭ ފައިސާގެ އިތުރުންވެސް، އިތުރު ފައިސާ ދީފައި ވާނެ ކަމަށެވެ.

ބޮޑުފިނޮޅުގެ ހަމަނުޖެހުން ހުއްޓުވުމަށް ކުރިޔަށްގެންދާ އޮޕަރޭޝަންގައި ބައިވެރިވާ ފުލުހުން ތުޅާދޫގައި - ވަގުތު އިމޭޖަސް

މި މައްސަލާގައި ދެ ކުންފުނިން ދެގޮތަށް ވާހަކަދައްކަމުން އަންނައިރު، އެ މައްސަލާގައި ހައްޔަރު ކުރި ތެރެއިން ބައެއް މީހުން ވަނީ އެމީހުންގެ ހާލަތު ކޯޓުގައި ކިޔައިދީފައެވެ.

"ޕީއެސްއެމް"އިން ރިޕޯޓްކޮށްފައިވާގޮތުން، އޭގެ ތެރެއިން އެކަކު ވަނީ ތަކެއްޗަށް ގެއްލުން ދިން ކަމަށް އެއްބަސްވެފައެެވެ. އަދި އެކަން އެގޮތަށް ކުރެވުނީ މުސާރަ ނުދޭތާ 6 މަސްދުވަސްވީމަ "ބޯގޮވަައިގެން" ކަމަށް އެ މީހުން ބުނެފައިވާ ކަމަށް އެ ނޫހުގައި ވެއެވެ.

އޭގެ ތެރެއިން ބައެއް މީހުން ބުނީ އާއިލާއަށް ލާރި ނުފޮނުވޭތީ އާއިލާގެ ހާލަތުވެސް ދަށްވެފައިވާ ކަމަށާއި، އާއިލާއިންވެސް ގުޅާކަމަށް ބުނެފައެވެ.

ހައްޔަރު ކުރި ބައެއް މީހުން ކޯޓުގައި ދެއްކި ވާހަކަތަކާއި ހަވާލަދީ ޕީއެސްއެމް އިން ބުނީ، އެ މީހުންގެ މުސާރަ ހަ މަސްވަންދެން ނުދޭތީ ޝަކުވާކުރުމާއި ގުޅިގެން މުސާރަ ނުދޭނެ ކަމަށް ބުނެ އެރަށަށް ބަޔަކު ފޮނުވައިގެން އެ މީހުނަށް ބިރު ދައްކާފައިވާ ކަމަށެވެ. އަދި އެމީހުން ކޯޓުގައި މުސާރަ ނުދީ މާލެ ފޮނުވާލާނެ ކަމަށްބުނެ ބުނެ ބައެއް ދިވެހިން ބިދޭސީނަށް ބިރު ދައްކާފައިވާ ކަމަށްވެސް ޕީއެސްއެމްގެ އޮންލައިން ނޫހުގައި ވެއެވެ.

މުސާރަ ނުދޭތީ ބިދޭސީންގެ ތެރޭގައި ހުރި ހިތްހަމަނުޖެހުންތަކާއި ގުޅިގެން އެކަމުގައި ހައްލެއް ލިބޭތޯ ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިހާރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    ޜިޒާ މެމްބަރުކަމުން ވަކި ކުރަން ގޮވާލަން. މަޖިލީހަކަށް ނުޖެހޭނެ ވައްދާކަށް. ޕޮލިހުންނާއި މިއާ ގުޅޭ އެހެން މުއައްސަސާތަކުން މިކަން ބަލަން ޖެހޭނެ.

    54
  2. ހަސަނާ

    ކޮބާތަ ތެޅިގަނެގެން ދަންވަރުވެސް މަޖިލިސްބާއްވާ ކަލޭގެ ފިކުރުގެ މީހެހްވީމަ މިފުކުރެއްނުފޮހެވޭނެ ދޯ ބޯގޯސް އަމިއްލައެޖެންޑާ އެކަނި ހިންގަންބޭނުމީ ދިވެހިޒުވާނުން މަގުފުރެއްދުން ނޫންކަމެއް ނުކުރެވޭނެ..

    36
    4
    • ހުސޭނު

      އޭނާ ޖުމޭރާގަ އިވެ ސަރުބަތު ބޮއެބޮއެފަ އަނގައިން ބޮކިއަރުވަނީކަމައްވާނީ..

  3. Anonymous

    ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސިންނަށް މުސާރަ ދޭން ނުޖެހޭނެއޭ..

    7
    51
    • ޝަފީގު

      މަސައްކަތެއް ކުރުވިއްޔާ ގަވާއިދާ ޚިލާފައް ގެނެސްތިއްބަސް މުސާރަދޭންޖެހޭނެ .. ބަހަނާ ނުދައްކާ.. މުސާރައަކީ މަސައްކަތް ކުރި ކޮންމެމީހެއްގެ ހައްގެއް.

      16
      1
    • ނަސީރު

      ބަަލަގަ ، އެމީހުން ނުގަވައިދައް ގެނެސް އެމީހުން މަގުމައްޗައް ދޫކްލީކީ ނޫނޭ ، އެމީހުން ގެނައި މީހާ އެމީހުންލައްވާ މަސައްކަތް ކު ރުވީ މިހެން ހަދުވަން ،

      11
    • ?

      ފުރަތަމަ ބިދޭސީންނާ މަސައްކަތް ހަވާލުކުރާއިރު އެމީހުންނަކީ ގަވާއިދާއި ޚިލާފަށް އައިސްގެން އުޅޭ ބައެއްތޯ ބަލަންޖެހޭ ކަންނޭގެ.
      މިކަން މިގޮތަށް އަމަލުނުކޮށް އެމީހުން ލައްވާ މަސައްކަތް ކުރުވާފައި އެމީހުންނަށް ޙައްޤުވާ މުސާރަދޭން މަޖުބޫރު.

      12
      1
  4. ހުދު ފޮށާ

    ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މީހުން މެރުމަށް އިންޒާރު ދޭން ގްރޫޕް ފޮނުވުން މީ އާދައިގެ ވާހަކައެއް ނޫން..

    މިކަން ބަލަން އެބަޖެހޭ ދޯ.. މަޖިލީހުގައި ޖިނާއީ ކުށް ކުރާ މީހުން ތިބެ ގާނޫނު ހެދީމަ، އެގާނޫނުން އެމީހުން ސަލާމަތް ވާގޮތަށް ނޫނީ ގާނޫނު ނަހަދާނެ.

    މިއީ ގައުމީ ނުރައްކަލެއް ގެ އަޑު މިއިވެނީ.. މިކަމާއި ރައްޔަތުން ބަސްބުނަން އެބަޖެހޭ.. ނޫނީ މީގެ ގެއްލުން ލިބޭނީ ހަމަ ނިކަމެތި ރައްޔަތުން

    މިހާރުވެސް ވެރިން ނަށް ވަކި ގޮތެއް ރައްޔަތުންނަށް ވަކި ގޮތެއް.. އެކަމުގެ ހެކި.. މަޖިލީހުގައި ތެޅުން.. ސަފާރީ ކޭސް، ބޮޑުންގެ މައްސަލަ ނުބެލުން.. މި މައްސަލަ..

    23
  5. އަނިޔާ

    އެބިދޭސީމީހުންނަށްވެސް އެނގޭނެ ވޯކް ޕާމިޓްނެތި މަސައްކަތްކުރުން މަނާވާނެކަން. ވީމާ ދެބައިމީހުންވެސް (މަސައްކަތް ކުރުވިދިވެހި ކުންފުންޏާ އަދި ޕާމިޓްނެތި މަސައްކަތްކުރި ބިދޭސީން) ވެސްކުސުގައި ބައިވެރިވި. ޤާނޫނީގޮތުން މަނާމުއާމަލާތެއް އެހިންގީ.ވީމާ ކިހިނެތް ޙައްޤުހޯދަދޭނީ. ނަމަވެސް ވޯކް ޕާމިޓް އޮތްމީހުންގެ ޙައްޤުހޯދަދޭންޖެހޭނެ.

    13
    6
    • މަލް

      ޕާރްމިޓް ނެތީމަ އެއީވެސް އެމީހުންގެ މައްސަލަތަ އެއިީވެސް ހަމައެ ދިވެހިން ކުރާކަމެނު...މީހުން އެތެރެ ކޮފަ ރުފިޔާބޮޑި ލިބުނީމަ ނިމުނި ދެން ހެޔޮ އެބިދޭސި މަރުވިޔަސް..
      ޢަދި އެމީހުން ނަކީވެސް އިންސާނުން އެމީހުން މަސަކަޔްނުކުރީމަ ސަރުކާރުންތަ ރުފިޔާ ދޭނި ނުވަތަ ތިބޭފުޅާތައް ދޭނި.

      6
      2
  6. ގެރިބޭ

    މަޖިލީހަށް ވެއްދީމަ ދެން ތިކަން ތިނިމުނީ! ހެއްވާ ކަމަކީ، ފުލުހުން އަމިއްލައަށްވެސް އެބަ ބުނެއޭ "މައްސަލ މަޖިލީހަށް ވައްދައިފީމޭ" މީހަކު ހައިރާނެއް ނުވާނެތަ؟

    23
    2
  7. ނުޖެހޭނެއޭ

    ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސިންނަށް މުސާރަ ދޭން ޖެހޭނެ އެއް ގޮތެއް ވެސް އޮވެގެން ނުވާނެ އެމެން ޖެހޭނީ ހަމަ މުސާރަ ނުދީ ޑިޕޯރޓް އަރުވާލަން އެއިރަށް ދެން ތިބި އެއްޗެހި ތައް އެމެން އަމިއްލަ އަށް ވިސްނިގެން އަލިފާނޯއިއޭ ކިޔާ ރައްކާވާނެ ބަންގާޅަށް އެމެން ތިބި ހޮރު ތަކުން ނިކުމެގެން..

    2
    8
  8. ސުހާން

    މަޖިލީހަކީ ފަނޑިޔާރު ގެޔޯ.. ދެން ވަރީގެ މައްސަލަވެސް ބަލަން ފޮނުވަންވީ މަޖިލީހައް.

  9. ތަރައްގީ

    ޙެޔޮނުވާނެ ތިކަހަލަ ފޭކުވާހަކަ ނުފަތުރާބަލަ. މުސާރަނުދީ އޮވެދާނެ. ޢެކަމު މުސާރަދޭން ބުނީމަ މަރުގެ އިންޒާރު؟ ބުރޯ ތީ ތަންކޮޅެއް ބޮޑުވަރު ދޯ.

    7
    1
  10. ޝާފީން

    މުސާރަ ނުދޭ ކުންފުނިތަކުގެ ވިޔަފާރި ހުއްދަތައް ބާތިލްކުރޭ..މުސާރަ ނުދޭ ކުންފުނިތަކުގެ ވިޔަފާރި ހުއްދަތައް ބާތިލްކުރޭ..މުސާރަ ނުދޭ ކުންފުނިތަކުގެ ވިޔަފާރި ހުއްދަތައް ބާތިލްކުރޭ..މުސާރަ ނުދޭ ކުންފުނިތަކުގެ ވިޔަފާރި ހުއްދަތައް ބާތިލްކުރޭ..މުސާރަ ނުދޭ ކުންފުނިތަކުގެ ވިޔަފާރި ހުއްދަތައް ބާތިލްކުރޭ..މުސާރަ ނުދޭ ކުންފުނިތަކުގެ ވިޔަފާރި ހުއްދަތައް ބާތިލްކުރޭ..

  11. އަހްމަދު

    މަޖިލީހަށް ހުށަހަޅައި ފިއްޔާ ތިޔަ މުސާރަކޮޅު ލިބިނިމުނީ. އެތަނަށް ހުށަނާޅާގެންނޭ މުސާރަ ނުލިބި މިހާގިނަދުވަސްތިވީ. ބަންގާޅީން މިއޮއްހުރިހާދުވަހު އެތަނަށް ހުށަނާޅާ ތިތިބީ ރިޒާ މަޖިލީހުގެ މެންބަޅަކަށްވާތީދޯ؟

  12. ޟަރީ

    ދިވެއްސަކަސް ބަންގާޅަކަސް ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިއިންސާނިޔަތު ކަން ބަހައްޓަމާ.. މާދަން ވެސް މަރުވެދާނެ..ެ އެކަކައްވެސް ދެރަ ގޮތެއް ވިޔަ ނުދެމާ

  13. ސަގަރު

    އަލީރިޒާ އާއި އަލީރިޒާގެ ކުންފުނީގެ އެންމެހާ ހިއްސާދާރުން ޖަލަށްލުމަށް މަޖިލިސްގެ ރައީސަށްގޮވާލަން .