އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް، އެކުއްޖާ ރޭޕްކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކޮށްފައި ވަނީ ތ. ގުރައިދޫ/މިޔަވާލި، ޙުސައިން ޒާހިނު (33އ) އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، އޭނާ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކަށް ވުމާއެކު، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މިމައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރާއްޖޭގައި ޖިންސީ މައްސަލަތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިފަދަ މައްސަލަަތަކުގައި ހިމެނޭ މީހުން ހައްޔަރުު ކުރުމަށް ގޮވާލާ މާލޭގައި މިފަހަކުން ތިން ފަހަރެއްގެ މަތިން މުޒާހަރާކޮށްފައި ވެއެވެ.
އިނދެގެން ވެސް ރޭޕް ކުރެވޭނެ ނު.
ރޭޕް ކުރުމުގެ މާނަ އެނގޭތަ ކަލެއަށް. އިނދެގެންވެސް ގަދަކަމުން އަނިޔާވެރި ގޮތުުގައި އެދުން ހާސިލް ކުރުމެއް ނޯވޭ ދީނަކު.
ރާއްޖޭގަ ނޯވޭ ކޮންސެންޓް ކިޔާ އެއްޗެއް އެއްވެސް ކަމަކު
ކޮންސެންޓް އޮވޭ... ގަދަކަމުން ބެހުމަކީ ނުބައި އަމަލެއް
ނުކުރެވޭނެ އިނގިއްޖެ!!!!!
ކައިވެނި ކުރަނީ އެކީގަ އުޅެން... އެކީގަ ލޯބި ހޯދަން... ކައިވެނި ކުރަނީ އެކީގަ އުފާ ހޯދަން.... އަބި މީހާޔަށް އަނިޔާވެރި ވުމަކީ ހަރާމް ކަމެއް... ރޭޕް އަކީ ގަދަކަމުން އަންހެނަކަށް ޖިންސީ ގޯނާ ކުރުން.... ގަދަ ކަމުން އަންހެނެއްގެ ކަރާމަތަށް އަރައިގަނެ އަނިޔާ ދިނުން.... ރޭޕިސްޓުންނަށް ވަރުގަދަ އަދަބެއް ދޭންވީ...
މިކަމެއް ނުހުއްޓުވޭނެ.މިސަރުކާރަކުން ނޫޅޭ މިކަން ހުއްޓުވާކަށް.
ޙަހަހަހ ތީނަ ތީ ތީގެ މީހެއް ދޯ އަދިކިރިޔާ މި އެނގުނީ
އޭނަގެ ނެތީ ސިޔާސީ ބައްޕައެއް، މަންމަ އެއް، ދައްތަ އެއް، ބޭބެ އެއް، ކޮއްކޮ އެއް، އެފަދަ މީހަކު ހުރިނަމަ މިހާރު ހުންނާނީކީ ހަމަ އެކަނި ގޭގަ އެއްވެސް ނޫން، ތިމައްސަލަ ޖެއްސި ކުއްޖާ ޑޮކްޓަރަށް ދައްކާ އެއީ މޮޔަމީހެއް ކަމަށްވެސް ނިންމައިފީސް. މިއޮތީ ވާ "ހެޔޮވެރިކަމެއް" ގެ ދައުރު ފެންނަންފަށާފަ. މިހެންއަނގަ ނަގައިގެން މިވެރިންހެދިއެއްޗެއްހެދިގެން ތިބުންނޫންގޮތެއް ނެތް މިޤައުމަކު.
ރޭޕިސްޓުންނަށް ގަދަޔަށް އަދަބް ދީ... ފަގީރަކަސް ވަރިހަމަ، މުއްސަންޖަކަސް ހެޔޮ އަދަބް ދީ
މީރޮޔަލް ފެމިލީ މީހެއްނޫންދޯ..!!
ތީ އެރަށުގެ ކޮންމެ އާއިލާއެއްގެ ބޮޑު ސިއްރު. އެތައް ޒަމާނެއް ގާތް ތިމާގެ މީހުނާ އަވައްޓެރިންގެ ކުދި ދަރިންނާ ބެހޭތާ. ބޭބެއެއް ވީމަ ފުރާވަރަށް އަރާވަރު ކުދިން ލަދުން ބުނަން ނުކެރެނީ. ފާޑެއްގެ ރަށެއްވީމަ. ލާހިކެއްނޫން އެފަދަ ޒުވާން ވިކްޓިމްއަކަށް ހަމަޖެހިގެން އުޅެން. ފާޑުފާޑު އެއްޗިހި ކިޔާނެ. މަށައް އިނގިގެންވެސް ރަށު އަހަރެމެން ފުރާ 25 އަހަރު ވަރު 4 މީހަކު ބުނި ކުޑައިރު ކަޒިންސް ނޫނީ އެއްބަޑު ބޭބޭ ތަކުރާރުކޮށް ބެހުނު ވާހަކަ. ބިރުން ފުރަގަސް ދޭން ނުކެރި އެދަށާ ތަދަށް ކެތްކޮއްލައިގެން 18 ވާއިރަށް މީހަކާ އިނދެ ބޭބެ ކައިރިން ސަލާމަތް ވާން.
މަމެން ރަށުގައި ތިޔައީ އެތައް އަހަރަކުން ފެށިގެން އާއްުމު ވަބާއެއް. މިރަށު ގިނަ ފިރިހެނުން ތިމާގެ މީހުން ފެންވަރާއިރު ގިފިލި ބަލާ، ތިމާގެ ކުދިންނާ ބެހޭ. އާއްމުކޮށް އުމުރުން 12 ވަރަކަށް އަހަރުގަ ބިރު ދައްކައިގެން. އަހަރެމެން 16 އަހަރުގަ ކައިވެނި ކޮއްގެން އުޅުނީ ތިމާގެ ބޭބޭން ކިބައިން މިންޖު ނުވެގެން. އެހައްދުވަހު ރަށުގަ ކުޑައިރު އެކުގަ އުޅުނު ދެތިން މީހުން އަމިއްލަ އަނގައިން ކިޔާ ދިނީމަ މި އިނގުނީ މަ އެކަނި ނޫން ކަން. އަހަރެމެންނަށް މިހާރު 40 އަހަރު ވަނީ. އަދިވެސް ރަށުގަ އެ ކުޅި އޮވޭ. ބީރައްޓެހިންނާ އިނދެގެން ދާން ޖެހެނީ ވެސް ރަށެ ފިރިހެންވެރިން ނުބައިކަމުން. އޭރު ހޭލުންތެރި ނުވަނީ. އަދިވެސް އާއިލާގެ ނަމަށް ބަލާފަ ހަނުވަނީ. މުޅި އާއިލާއަށް ނޫޅެވޭވަރަށް ޗުކުޗުކު ލައްވާނެތީ. މި ކޮމެންޓް ޖަހާދެއްވާ. ރަށު އަންހެންވެރިންނަށް ހިއްވަރު ލިބި ގޭތެރޭ ހިނގާ ކަންތަކަށް ވިސްނާލާތޯ.