ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 54 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ ތަފްސީލެއް ހެލްތު މިނިސްޓްރީގެ ވެބްސައިޓުން ފެންނާކަށް ނެތެވެ.

މިއަދަކީ ފަހަކަށް އައިސް ރާއްޖެ އިން އެންމެ ގިނަ މީހުން ބަލިން ރަނގަޅުވި ދުވަހެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 2030 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބީ 390 މީހުންނެވެ.

ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން ދަނީ ނުވަ މީހަކަށެވެ.

ރާއްޖެ އިން އިތުރު 25 މީހަކު މިއަދު ކޮވިޑް-19 އަށް ފައްސިވިއެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 19 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާ މީހަކާއި ނޭޕާލް މީހެކެވެ.

މިއަދު 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2435 އަށް އަރާފައެވެ.