ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތަކާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވާ ތަރުޖަމާނަކަށް އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު މިރޭ ހަމަޖައްސައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރިން އުފައްދާފައި އޮތް ނޭޝަނަލް އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އުވާލައި މިހާރު ވަނީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއޯސީ) އުފައްދާފައެވެ. މިރޭ ހެލްތު މިނިސްޓްރީން ވިދާޅުވީ އެޗްއޯސީގެ ތަރުޖަމާނަކަށް ޑރ.ނަޒްލާ އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޑރ.ނަޒްލާ ވަނީ މިރޭ އެޗްއޯސީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ އެންއީއޯސީގެ ބައްދަލުވުގައި އެޗްއޯސީ އުފެއްދި ނަމަވެސް ކުރިއެކޭ އެއްގޮތައް ހުރިހާ މަސައްކަތެއް ވެސް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ގަވައިދުން ނޫސްވެރިންގެ ބައްދަލުވުންތައް ވެސް އޮންނާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ދެން މީޑިއާތަކާއި ހިއްސާ ކުރައްވާނެ ތަރުޖަމާނަކަށް ޑރ.ނަޒްލާ މިރޭ އައްޔަން ކުރެއްވި އިރު ފާއިތުވި ހައެއްކަ މަސް ދުވަހު ޑރ.ނަޒްލާ ވަނީ ވަރަށް ގިނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެން ގިނަ މައުލޫމާތުތަކެއް އާއްމުންނާއި ހިއްސާ ކުރައްވާފައެވެ.

ޑރ.ނަޒްލާ ވަނީ ކޮވިޑް-19 އާއި ގުޅިގެން އަޅަން މީގެ ކުރިން ވެސް ލަފާ ދެމުން ގެންދިޔަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް މިރޭ ވެސް އެދިވަޑައިގެންފައެވެ. އެގޮތުން މާސްކް އެޅުމަށާއި، ގިނަ ގިނައިން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ބަންގާޅީބޭފުޅާ

    ކަމަކުނުދޭ

    11
    3
    • ވިސްނާލުމަށް އެދެމޭ

      ބަންގްލަދޭޝް ބޭފުޅުން ވަ ރަށްއުފާވާނެ.މަބު ރޫކު ސިޔާސީކަން ކުޑަވެގެން އޭނަޔަށްވު ރެ ސިޔާސީކަންބޮޑު މީހެއް އެ ރުވީ.....ވަ ރަށް ފޫހި މީހެއް.....ޑޮކްޓަ ރެއްގެ ހުންނަންޖެހޭ އެއްވެސް ސިފައެއްނެތް.....ތީނަ އެއްމެ ރަގަޅުވާނީ އިބު ރާހިމުގެ ޑޮކްޓަ ރަކަށް ބެހެއްޓުން...އައިޖީއެމްއެޗަށް ގެންދާނެކަމެނެތް.....މުލިއާގޭގަ ބަހައްޓާ... ރިޔާސީ ޑޮކްޓަ ރަކަށް...

      5
      2
  2. ޙުއްތު

    މަބުރޫކު ދެން ނުފެންނާނެދޯ. ކިހާދެރަ

    8
    5
  3. ެެްައައުފު

    ތިޔަ ކު ރައްވާ މަސައްކަތަށް ފައްފަށުން ސުކު ރިއްޔާ

    8
    4
  4. ާާއަޒޫ

    ނަޒްލާ އަށް ކެއްކޮށްލެވޭނެބާ...ނޫސްވެ ރިޔަކު ސުވާލު ކޮށްކޮށް އޮއްވާ އެކްސްކިއުޒްމީ އޭ ކިޔާފަ ނޫސްވެ ރިޔާގެ ސުވާލު ހުއްޓުވި ބޭފުޅެއް އެއީ...ބަންގާޅީންނޭ ބުނީމަ...އެހާ އަވަހަށް ޖަޒުބާތުގަ ޖެހޭ ބޭފުޅަކަށް ތިކަން ކު ރެވޭނެބާ...މަބް ރޫކުގެ ކެތްތެ ރި ކަމުން ފިލާވަޅެއް ދަސްކު ރައްވާ.

    7
    2
  5. ބީރުމީހާ

    ޗަކޮއިމެން ގޮވީވެސް މާސްކްއަޅާނެކަމެއްނެތޭ މިހާރު ޗަމެން ކިޔަނީ މާސްކް ނާޅާ ނުނިކުމެވޭނޭ ކަންވެނިމުނީމަ ބިޑުތަނުން ޗޮކެއް

    11
    4
  6. ޏުފޫޒް

    ނުފޫޒް ޢާ އޮޅުވާލުމައް

    8
    1
  7. ދޮގެއް؟

    ފުރަތަމަވެސް ތިކަން އޮންނަންޖެހޭ ގޮތަކީ ތީ. ނަސް ފަލަހެން ހީވާ ސިޔާސީ މީހުން، މުޒާހިރާވެރިން، ތަޅާ ގްރޫޕް ކުދިން ސިއްހީ ކަންކަމުގެ މައުލޫމާތު ދޭން ވައްދައިގެން އުޅުނީމަ ވަރަށް އައްޗި.

    8
    4
  8. ޑރ.ރާމީ ހަސަން (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ވަރަށް ކުޅަދާނަ، މަޢުލޫމާތު މުއްސަނދި ބޭފުޅެއް!ތާޢީދު! މަސައްކަތްޕުޅު ގައި މާތް ﷲ އަބަދު ވެސް ރަޙްމަތް ލައްވަވާށި!

    7
    9
  9. ނަައީމް

    މަބުރޫކު ވެރިކަމުން ދުރުކުރަން މަޖިލީހުންއެޅި ފިޔަވަޅެއް ފެންކުންފުނި ރޯވިދުވަހު މަގުމައްޗަށް ނުކުމެ ސަރުކާރު އިސްތިއުފާއަށް ގޮވިމީހާ ނިއަދު އެހާލަތުގަ ތިހުރީ ސަރުކާރުގަ މިއަދު އެހެންމީހުން އިސްތިއުފާއަށް ގޮވީމާ މަބުރޫކަށް ހަޖަމެއްނުކުރެވުނު މަބުރޫކު ގެއްލިއްގެ ކިހިނެއްމިވީީީީ/////

    10
    1
  10. އެކްސްކިޔުޒްމީ!

    މިހިސާބުން ނޫސްވެރިން ދެން ތިބެންޖެހޭނީ ބިރުން ތުރުތުރު އަޅައަޅަ. ތެދު މައުލޫމާތެއްވެސް ނުލިބޭނެ. ހައްތާވެސް ނުބާނީ އެހެންމީހުން ކަންކުރާގޮތް ދެރަ ވާާހަކަ. ތިމާމެންނަށް ހެދޭ ގޯހެއްވެސް ނޯންނާނެ. އަހަރެން ދެން ޕްރެސް ބެލުން މިހިސާބުން ހުއްޓާލީ!!!

  11. ބާބޫ

    ޑރ.ނަޒަލާމެން ކައިރީ މަބުރޫކަށް ޖެހޭނީ ހުނިގާނަން....................ނަޒްލާ ހަބޭސް ވާނެ.....

    1
    2
  12. ބަންގާޅީ

    ބަންގާޅީންނޭ ބުނީމަ ރުޅިއައި މީހާތަ؟ ހިފަހައްޓާ ލެވިއްޖެއްޔާ ވަރަސް ރަނގަޅު، ނޫސްވެރިންނަށް ބުނެވޭ އެއްޗަކުން ރުންކުރުވާ ޒާތު މީހަކު އެއްގޮތަކަށްވެސް ކަމަކުނުދާނެ

  13. ޤައުމު

    ހެހެ އެއްކަލަ ބަނގާޅީމީހާ މަށައްހިވަނީ ބަންގާޅީ އަންހެނެންހެން