ނުރައްކާތެރި ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް މިރޭ ނިޔާވި އަންހެން މީހާއަކީ، މި ބަލީގައި އެންމެ ފަހުން ނިޔާވި އުމުރުން 92 އަހަރުގެ މީހާގެ އަނބިމީހާ ކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން، މި ދެމީހުންވެސް ނިޔާވީ ކޮވިޑް-19 ޖެހިގެން ސީރިއަސް ހާލުގައި ފަރުވާދެމުން ދަނިކޮށެވެ.

މި ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ދެމަފިރިއަކު ނިޔާވި ދެވަނަ ފަހަރެވެ.

މީގެ ކުރިން ކޮވިޑް ބަލީގައި ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް (ނ.ކ.ޝ.އ) ޝަރަފު އަރުވާފައިވާ، މަރޮށީ ހުސައިން އަބްދުﷲ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ އަވަހާރަވެފައެވެ. ރާއްޖެއިން ކޮވިޑް-19 ޖެހިގެން އެންމެ ފުރަތަމަ އަވަހާރަވީ ހުސައިން އަބްދުﷲ ގެ އަނބިކަނބަލުންނެވެ.

މިރޭ ނިޔާވި އަންހެން މީހާގެ ފިރިމީހާ ނިޔާވެފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ. މި ދެމަފިރިން ނިސްބަތްވަނީ މާލެއަށެވެ.

މިރޭ އިތުރު މީހަކު ނިޔާވުމާއެކު، ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 11 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 2435 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތޭރާގައި ހިމެނެނީ 863 ދިވެހިންނާއި 1572 ބިދޭސީއެކެވެ. ރާއްޖެއިން މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 2030 މީހެކެވެ.

މިވަގުތު ރާއްޖެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ މާލެ ސަރަޙައްދަށެވެ. އަދި މިހާތަނަށް ބަލީގެ އެންމެ ގިނަ ވޭދަނަ ފެންމަތިވެފައި ވަނީ ވެސް މާލެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަައީމް

    މިހާރު އަނގަބިހުން ގައިދުރު ބުނަން އެގުނީމާ ނިމުނީ މީމިސަރުކާރު ސިޔާސަތު ހެލްތުން މިބުނަނީ ނުރައްކާތެރިކަން އިތުރަށް ބޮޑުވަނީއޭ އެކަމުގެ އަޑުނާހާ ސަރުކާރުން ބުނަނީ ހުރިހާ އޮފީހަކާއި ހޮޓާތަކާއި ހުރިހާކަމެއް ނިމުނީއޭ އެބައެގޭތޭ މިވާގޮތެއް މިހާރުވެސް ކުޑަސަރުކާރު ބޮޑުސަރުކާރު ވެއްޖެ މަޖާކަމެއް ފިސާރި

    27
    3
    • ޝާޝާ

      ގައުމު ބަނޑަށް ޖެހެން ދެންވެސް ނުތިބެވޭނެ ދޮއްތަ، އެކިގައުމު ތަކަށް އާދޭސްކޮށްގެން ލިބުނު އެތިކޮޅު ހުސްވަންވާއި ރަށް ފައިސާ ވަންނާނެ ގޮތެއް ވެސް ހޯދަން އެބަޖެހޭ ، ދެން ހެލްތޭ ސަ ރުކާ ރޭ ނުކިޔާ ތިމަ ތިމާމެންގެ އަމިއްލަ ވާޖިބު އަދާކު ރޭ ގައިދު ރުކަން ބެހެއްޓުމާ މާސްކް އެޅުމާ އަތްދޮވުން ފަދަ ކަންތައް ހުއްޓާނުލާ

      20
      12
  2. ސަފަރު ކައްދަގެ ތިއްތިބެ

    މިކަމަށް ބޭނުންވަނީ އެންމެ ހައްލެއް. ފަރުދީ ޒިންމާގެ މާނަ ގަމާރުންނަށް ދަސްކޮށްދިނުން. މިހާރުވެސް ނޭފަތުން ދަމަމުން ކިނބިހި އަޅަމުން މަގުމައްޗައް އެބަ ކުޅުޖަހާ. މިމީހުން މިސްކިތްތަކަށް އެބަވަދޭ. ކޮފީތަކަށް އެބައަރާ. ސައިކަލް ބުރުވެސް ޖަހާ. މިބުނަނީ ކޮވިޑް 19 ނޫނަސް މިއިން ކަމެއް ކިރިޔާ ހުންނަނަމަވެސް އެކަހެރިވާށޭ. އެއިރުން ބޯޓެކޭ! ދޫންޏެކޭ! ކިޔާކަށް ނުޖެހޭނެ. މަވެސް .ކޮއްކޮވެސް .ދޮންބެވެސް. ވ. ސަލާމް